ލައިފްސްޓައިލް / ކައިވެނި

ކައިވެނި ރޫޅުމަކީ ލަދުވެތިކަމެއް: އެޑެލް

16 ނޮވެމްބަރ 2021 - 06:48

ކައިވެނި ރޫޅާލުމަކީ ބޭނުންވި ގޮތެއް ނޫން ކަމަށާއި އެކަމަކު އެ ކައިވެނީގެ ސަބަބުން އަމިއްލަ ނަފުސު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޮވެ، ކައިވެނި ރޫޅުމަކީ ލަދުވެތި ކަމެއް ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް ބުނެފި އެވެ.

ރޯލިން ސްޓޯން މަޖައްލާ އަށް ދިން އިންޓަވިއުއެއްގައ 33 އަހަރުގެ ފަންނާނުން ބުނީ ދަރިޔަކު ލިބިފައި ވަނިކޮށް ސައިމަން ކޮނެކީ ގާތުން ވަރިވާން ނިންމީ އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަަށެވެ. ރައްޓެހިވެގެން އުޅޭތާ ފަސް އަހަރު ފަހުން، އެ ދެ މީހުން 2016 ގައި ކުރި ކައިވެނި ރޫޅައިލީ 2019 ގަ އެވެ.

"އެންމެ ބޮޑު ކަމަކީ އަހަރެންގެ އަމިއްލަ ނަފުސު ވާނުވާއެއްގެ ތެރޭގައި އޮތުން. ކުރިން އަހަރެން ހީކޮށްގެން ހުރީ އަހަންނަކީ އަހަރެންގެ އަމިއްލަ ނަފުސު ވަރަށް ބޮޑަށް އެނގޭ މީހެއް ކަމަށް. އެކަމަކު ކައިވެނީގެ ގުުޅުމުގެ ތެރެއިން ޔަގީންވި ކަމަކީ އަހަރެންގެ ނަފުސާ މެދު އެތައް ސުވާލެއް ހުރިކަން. އެ ކައިވެންޏާ އަހަރެން އެހާ ރިލޭޓް ނުވާކަން." އަންނަ ހުކުރު ދުވަހު ހަތަރު ވަނަ އަލްބަމް "30" ނެރެން ތައްޔާރުވަމުން އަންނަ އެޑެލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރުން 30 އަހަރުތަކާ ދިމާލަށް ދަނިކޮށް ކައިވެނީ ގޮށް މޮހާލަން ޖެހުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ނިންމުމެއް ނޫނެވެ. އެކަމަކު ކައިވެނި ކާމިޔާބުކަމާ އެކު ދެމެހެއްޓިދާނެ ކަމާ ސުވާލު އުފެދުމަކީ ވަރަށް ވެސް ދެރަވާން ޖެހުނު ކަމެއް ކަމަށް އެޑެލް ބުންޏެވެ.

"އަހަރެން އަސްލު ބޭނުންވީ ކައިވެނިކޮށްގެން ވަރަށް ހެޕީކޮށް އުޅެން. އެކަމަކު ފަހުން އިހުސާސްކުރެވެން ފެށީ އެ ކައިވެންޏަކި އަހަރެން އެންމެ ބޭނުންވި ގޮތް ނޫންކަން،" އޭނާ ބުންޏެވެ. "ހަގީގަތުގައި އެއީ ހިތް ހަލާކުވި ކަމެއް ވެސް މެ. އަދި ކައިވެނި ރޫޅާލަން ޖެހުމަކީ އަހަރެން އަމިއްލަ އަށް ލަދުވެތި ވެސް ވާ ކަމެއް. އޭގައި އަހަރެންގެ އަދާކުރަން ޖެހޭ ދައުރު އެންމެ ފުރިހަމަ އަށް އަދާނުކުރެވުނު ކަމަކަށް ގަބޫލު ވެސް ނުކުރަން."

އެޑެލް އާއި ސައިމަންގެ ކައިވެނި ރޫޅާލިއިރު ފިރިހެން ދަރިފުޅު އެންޖެލޯ އެޑްކިންސްއަށް މިހާރު 9 އަހަރެވެ.

ރޯލިން ސްޓޯން އަށް ދިން އިންޓަވިއުގެ ކުރިން ވެސް އެޑެލް ވަރީގެ ވާހަކަތައް ދާދި ފަހުން އޯޕްރާ ވިންފްރީ އާއި ވޯގް މަޖައްލާ ވެސް ކިޔައި ދީފަ އެވެ. އޭގައި އޭނާ ބުނީ އެންމެ ބޮޑު ކަމަކީ ދަރިފުޅުގެ ފަރާތުން އަންނަ ސުވާލުތަކަށް ދޭނެ ޖަވާބުތަކެއް ނެތުން ކަމަށެވެ.

"ވަރަށް ޖާއިޒު ސުވާލުތަކެއް ދަރިފުޅުގެ ފަރާތުން އާދޭ. އެކަމަކު އެއިން ސުވާލަކަށް ދޭނެ ޖަވާބެއް އަހަންނަނަށް ނޭނގޭ. އެއީ ހަގީގަތުގައި އަހަންނަށް ދަރިފުޅަށް ދެވޭ ހިތްދަތި ކަމަކަސް ވެސް ވެދާނެ. އަދި އެކަމުން އޭނާ އަށް ލިބޭ ޒަހަމްތައް ދުވަހަކު އަހަންނަށް ފަސޭހަކޮށްދެވޭނެ ކަމެއް ވެސް ނޭނގޭ." އެޑެލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާ އަލްބަމްގެ ލަވަތަކުގައި ދަރިފުޅަށް ހާއްސަކޮށްގެން ކައިވެންޏާއ ވަރިއާ ގުޅުން ހުރި ވާހަކަތައް ކޮންމެވެސް ސިފައެއްގައި ކިޔައި ދީފައި ހުންނާނެ އެވެ. އެހެންވެ ދަރިފުޅު ޒުވާނަކަށްވާ ދުވަހަކުން އަލްބަމް "30" ގައި ކިޔައި ދީފައި ހުރި ވާހަތަކަކުން ކަންކަން އިތުރަށް ސާފުވާނެކަމުގެ އުންމީދު އޮތް ކަމަށް ބުންޏެވެ.

އެޑެލް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސްޕޯޓްސް އޭޖެންޓެއް ކަމަށްޗާ ޕޯލް ރިޗްއާ އެވެ. އެކަން އިއުލާންކުރީ ސެޕްޓެމްބަރ މަހު އެވެ. އަދި މިހާރު އެ ދެ މީހުން އެންގޭޖް ވެސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454