ޚަބަރު / ދިވެހި ސިފައިން

ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފައިސާ ހޯދަން މަސައްކަތް ކޮށްފި

މާލެ: މޭ 7، 2021: މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ: ރޭ ގުރޫޕަކުން ވަނީ ސިފައިންގެ މީހަކު ރަހީނުކޮށް ފައިސާ ހޯދަން މަސައްކަތް ކޮށްފަ .-- ފޮޓޯ: ނިޝާން އަލީ /މިހާރު

ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފައިސާ ހޯދަން ބަޔަކު މާލޭގައި ބަޔަކު މަސައްކަތް ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ކޯސްޓް ގާޑުގައި މަސައްކަތްކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ގުރޫޕަކުން ދިމާކޮށް، ފައިސާ ހޯދަން މަސައްކަތް ކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

އެ ގުރޫޕްގެ މީހުން މަގުމަތިން ފަހީމް ރަހީނުކޮށްގެން ގެންގޮސް ކޮޓަރިއަކަށް ވެއްދުމަށް ފަހު، ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް ވެ އެވެ. އެކަމަކު ފައިސާ ނުލިބުމުން މިއަދު ހެނދުނު އޭނާ އައިޖީއެމްއެޗް ކައިރިއަށް ވައްޓާލުމަށް ފަހު އެ މީހުން ފިލީ އެވެ.

ފުލުހުން މިއަދު ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ހެނދުނު 9:55 ހާއިރު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހެ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ވާހަކައެއް މި މައްސަަލައިގައި ފުލުހުން އަދި ނުދައްކަ އެވެ.

37 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

120687

18 November 2021

އާންމުން އަނިޔާވެރިވުން ހުއްޓުވިފައި ކޮބާ؟

The name is already taken The name is available. Register?

ނަޑޭ

18 November 2021

އިިމްރާނު ބުނާހެން ކޯލީޝަން ދެމެހެއްޓުމަކީ މި ސަރުކާރުގެ ހާދަ ބޮޑު ކާމިޔާބީ އެކޭ. މިވެރިންގެ ވަޒީރު ކަމާ މުސާރަ ސެކިޔުރ ކުރެވިއްޖެ އެއްނުން. ދެން އެންމެ ރަނގަޅުތާ ރައްޔިތުން ކޮންމެ ޙާލެއްގައި ތެޅުނަސް.

The name is already taken The name is available. Register?

ސޯލިހްބެ

18 November 2021

ބަޔާނެއް ނެރެލީމަ ދިވެހިން ވަރަށް އުފާވާނެ. ހުރިހާ ކަމެއްވެސް އޭރުން އެހަމަޖެހުނީ. ދެން ފެންނާނީ ބާރަށް އަތްޖަހާތަން.

The name is already taken The name is available. Register?

ޔަހުޔާނު

18 November 2021

މިއުޅެވެނީ ކޮލަމްބިއާގަތަ؟

The name is already taken The name is available. Register?

ވަޒީރު

18 November 2021

ކޮލަމްބިއާ އަށް ވުރެ ވެސް މާ މަތީގަ

The name is already taken The name is available. Register?

ރަންދެލި

18 November 2021

ކޮންމެ ގޭބިސީ އަކަށް އެވްރެޖް ކޮން 12 ފަރަކަށް ފުލުސް ( ދެ ޖިންސު މަސްހުނިކޮށް) އެބަ ތިއްބޭ ކިޔާ އަޑު އިވޭ! އަދިވެސް މަދީ އެހެން ނޫންތޯ؟ 75000 މހުންނަށް ވަޒީފާ ދީގެންވެސް މިތާ ސަލާމަތުން އުޅެވޭތޯ ބަލާދީބަލަ!

The name is already taken The name is available. Register?

ހުސެން324ފ

18 November 2021

ސިފައިންގެ މީހަކައް މިވަރު ވީއިރު ގައުމުގެ ހާލަތު މިހާރު ވަޒަން ކޮއްލައްވާ ! ސިފައިންނަކީ ވަކި ހާއްސަ ޓްރެއިންގް އެއް ފުރިހަމަ ކޮއްފައި ތިބޭ ބަޔެއް ނަމަވެސް އެ ގުރޫޕޫން އެމީހުން ބޭނުން ގޮތެއް ހެދާލީ .. އެހެން ގައުމެއްގަ ނަމަ ތިކަން ކުރި ބަޔަކު ސިފައިން ނިކުމެ ބަޑިޖަހާ މަރާލީސް ! އަހަރުން ބިރު ގަނޭ މިގައުމުގައި އުޅެން ! ބޮޑެތި މަގާމުތަކުގައި އުޅޭ މީހުން ސެކިއުރިޓީން ލައިގެން އުޅުނަސް އަޅުގަޑުމެން ކިހިނެއް ހަދާނީ !

The name is already taken The name is available. Register?

މުލޭ

18 November 2021

ކޮލަމްބިޔާއާއި މެކްސިކޯ ފަދަ އަމާން ގައުމުތަކުގެ ލިސްޓުގައި ރާއްޖެވެސްް ހިމެނިއްޖެ. ލިސްޓުގެ އެއްވަނައަށް އަރާކަށް މާކަ ގިނަ ދުވަހެއް ނުނަގާނެ. މަންޒަރުތައް ފެންނަގޮތުން ތަސައްވަރު ކުރެވެނީ 10 ވަރަކަށް އަހަރު ތެރޭގައި އެއްވަނަ ލިބޭނެހެން.

The name is already taken The name is available. Register?

ކުރެވިދާނެ

18 November 2021

ސިފައިންނަކީ މިހާރު އެއްވެސް ތަމްރީނެއް ނުލިބި ތިބި ބަޔަކީތަ؟ ބޭރު ގައުމެއްގެ ސިފައިން އަރުވައިގެން އަބަދު އެކަމު ދިވެހި ސިފައިން ޓްރެއިންކުރާ ވާހަކަ އިވެނީ. އެކަމު ފެންނަ މަންޒަރަކީ މަގުމަތީގަ އުޅޭ ކޮންމެ ބަޔަކަށްވެސް ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރެވިދާނެކަން. މިވަރުވީމަ ދެން ކީކޭބާ ޑިފެންސް މިނިސްޓަރު ބުނަން އޮތީ؟

The name is already taken The name is available. Register?

ޢިބޫ

18 November 2021

މިގައުމު މިހާރު އަފުއާނިސްތާނަށް ވުރެ ނުރަށްކާ، މިގައުގެ ފުލުހުން މީކީއްކުރާ ބައެއްބާ؟

The name is already taken The name is available. Register?

ހުތްއާދަނު

18 November 2021

އަމާންވެގެން މިހާރު މާލޭ މަގުމަތިން ފުލުހުން މަގުމަތި ބެލެހެއްޓުން ވެސް ހުއްޓާލައިފި.

The name is already taken The name is available. Register?

އިބަ

18 November 2021

ހުރިހާ ފުލުުހުން އެބަޖެހޭ މިކަމުގާ އެކަތިގަޑަކަށްވެ ނުކުންނަން

The name is already taken The name is available. Register?

ސަންޑޭ

18 November 2021

ފުލުހުން ގެ އިދާރާ އެއްކޮށް މި އޮތީ ފޭމް ވެފައި.. ދެން ނިކުންނަން ވީ ސިފައިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454