ބާރަށު ސްކޫލުގެ ޕްރިންސިޕަލްގެ ސައިކަލުގައި ރޯކޮށްލުމުން އެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި --
23 ނޮވެމްބަރ 2021 - 17:59
ހއ. ބާރަށު ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސެއިންގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
އަމްޖަދު ދިރިއުޅުއްވާ ގޭގެ ގޯތިތެރެއަށް ބަޔަކު ވަދެ އެ ގޯތި ތެރޭގައި ހުރި އޭނާގެ ސައިކަލުގައި ރޯކޮށްލީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި އިރު އަލިފާނުގެ ސަބަބުން ގެއަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވި އެވެ.
ފުލުހުން ބުނީ ބާރަށުގައި ސައިކަލެއްގައި ރޯކޮށްލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބާރަށު ކައުންސިލުގެ ރައީސް ސޮފްއަތު މުހައްމަދު "މިހާރު" އަށް ވިދާޅުވީ، ނ. ވެލިދުއަށް ނިސްބަތްވާ އަމްޖަދު ބާރަށު ސްކޫލުގެ ވަޒީފާ އަދާކުރައްވަން އެ ރަށަށް އާއިލާއާ އެކު ދިރިއުޅުން ބަދަލުކޮށްގެން އުޅޭތާ މިހާރު އަހަރެއް ވެދާނެ ކަމަށެވެ.
ޕްރިންސިޕަލް ދިރިއުޅުއްވާ ގޭގައި ހުންނަނީ ވަށައި ފާރު ރާނާފައި ކަމަށް ވެސް ސޮފްއަތު ވިދާޅުވި އެވެ. އެ ގޭ ތެރެއަށް އެކަން ކުރި ބަޔަކު ވަން ގޮތެއް ސީދާ ނޭނގުނަސް ނުކުމެގެން ދިޔައީ ގޭގެ ދޮރު އެތެރެއިން ހުޅުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ސޮފްއަތު ވިދާޅުވީ މި ހާދިސާއާ ގުޅިގެން އަމްޖަދު އެހެން ރަށަކަށް ބަދަލުވާން ނިންމަވާފައިވާ ކަމަށެވެ.
އަމްޖަދު ދިރިއުޅުއްވި ގެއަކީ ކުޑަކުދިން ވެސް ދިރިއުޅޭ ގެއަކަށްވާއިރު އެ ކުދިންނަށް ވެސް މިކަމުން އަސަރު ކުރާނެތީ ސޮފްއަތު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މިހާރު" އިން އަމްޖަދު އަށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އެހެންވެ އޭނާގެ ބަހެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
24 November 2021
ވަރަށް ދެރަ... މީ މިހާރު މި ރާއްޖޭގެ ހާލަތު.. ސަލާމަތް ކަން ހޯދޭނީ ހޯދަން މި ޖެހެނީ އަމިއްލައަށް...
ގައުމު ގެ ފެންވަރު. ގައުމުގެ ކުރިއެރުން!
24 November 2021
ހިތުން ވަރައް ތާހިރު ކަމެއް ތިކުރެވުނީ! ކުރިއައް އޮތްތަނުގަ، މިހާރުގެ ކުޑަކުދިންނައް ތި ދައްކުވައިދިނީ ފިލާވަޅެއް. މަށައް ހަމަ ވަރައް ޔަގީން، އެކުދިން ބޮޑުވެގެން ހިތްހަމަ ނުޖެހޭ ކޮންމެ ކަމެއް ދިމާވާއިރައް ތިރަށުގެ ކޮންމެ ތަނެއް ރޯކޮއްލާކައްވެސް ޖެހިލުމެއް ނުވާނެ. ސަޅިވާނެ ތި ރައް ކުރިއައް އޮތް ދުވަސް ތަކުގަ! ހެހެހެ..ބބކބ.
ހސހސ
23 November 2021
ޑިމޮކުރަސީގެ އައްޕަމެން ދަސްކޮށްދިން ތާހިރު ދިރިއުޅުން.
ޙާލަތުއްޟަރޫރާ
23 November 2021
ވަރަށް ނޭދެވޭ ކަންކަން
ސަކީނާ
23 November 2021
ސައިކަލްގަ ރޯކޮއްގެން ސްކޫލްގެ ކިޔެވުން ރަނގަޅު ކުރެވެންޏާ ވަރަށް މޮޅުކަމެއް ތިކުރީ
ބޮޑުމީހާ
23 November 2021
ރަތްރޮގު ދަމައިގެން ސެކިއުރިޓީ ދޭ ބަޔެއްވެސް އުޅޭ މިގައުމުގަ. އާއްމު ރައްޔިތުންގެ ހާލަތު މިހުރީ
ރަދީފްއޮފިޝިއަލް
23 November 2021
ފުލުހުން: މިމައްސަލައިގަ ތުހުމަތު ކުރެވޭ މީހުން ހޯދަން މިދަނީ ވީވަރަކުން މަސައްކަތްކުރަމުން. #ވީވަރަކުން
ޑެބީ
23 November 2021
ހިތްހަމަ ނުޖެހޭއިރަށް މީހުންނަށާ މުދަލަށް ގެއްލުން މިދެނީ ހަމަ ނާތަހުޒީބު ކަމުން. ބެލެނިވެރިން ކިހާ ރަނގަޅު މިސާލެއް އެމީހުންގެ ދަރިންނަށް މިދައްކައިދިނީ. ޖީލަކަށް ފަހު ޖީލެއް މިދަނީ ހަލާކުވަމުން.
ރަދީފްއޮފިޝިއަލް
23 November 2021
ވަރަށް ފިނޑި އަމަލެއް.ހަރުކަށި އިބާރާތުން މިކަން ކުށްވެރިކުރަން.ކޮން ބަޔަކަށް ދެރަ މި ލިބުނީ.މުޅި ރަށަށް އެހެން ނޫން ތޯ. ''ސޮފްއަތު ވިދާޅުވީ މި ހާދިސާއާ ގުޅިގެން އަމްޖަދު އެހެން ރަށަކަށް ބަދަލުވާން ނިންމަވާފައިވާ ކަމަށެވެ.''