ޚަބަރު / ޕްރޮސެކިއުޓާ ޖެނެރަލް

އޭސީސީން ފޮނުވާ ބައެއް މައްސަލަތައް ޕީޖީ އޮފީހުގައި ގޮތެއް ނުނިމި ތިން މަސް!

އޭސީސީގެ މެމްބަރުންނާ އެކު ޕީޖީ މަޖިލީހުގެ ކޮމިޓީގައި: އޭސީސީން ފޮނުވާ މައްސަލަތައް ނުނިމި ދިގުލައިގެންދާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ނިންމައި ދައުވާކޮށްދޭން އެދި ފޮނުވާ ބައެއް މައްސަލަތަކުގައި ގޮތެއް ނުނިމި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ދިގުލައިގެންދާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެދިގެން އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުގައި ބުނީ އޭސީސީން ފޮނުވާ މައްސަލަތަކުގައި ގޮތެއް ނިންމަން އެވްރެޖްކޮށް ތިން މަސް ހޭދަވާ ކަމަށެވެ. މިގޮތަށް ބުނީ ޕީޖީއަށް ފޮނުވި 25 މައްސަލައެއް އޮޑިޓް ސާމްޕަލަށް ނަގައި ދިރާސާކުރުމަށް ފަހު އެވެ.

އޭގެތެރެއިން 32 މައްސަލަ އަށް އެވްރެޖްކޮށް 91 ދުވަސް ހޭދަވި ކަމަށް ރިޕޯޓުގައިވެ އެވެ.

"އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ އުފުލިފައި ނުވަނީ ޕްރޮސިކިއުޓަރުންނަކީ މާލީ ދާއިރާގެ ފަންނީ ބަޔަކަށް ނުވުމުގެ ސަބަބުން މާލީ ކަންތައްތަކާ ގުޅިގެން ނިންމަން ޖެހޭ ކަންކަން ނިންމުމުގައި ދަތިތައް ދިމާވާތީ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެ އެވެ،" އޮޑިޓުގައިވެ އެވެ.

އޭސީސީން ފޮނުވާ މައްސަލަތައް ލަސްވިޔަސް މި ފަހުން ޕީޖީ ގެންގުޅުއްވާ އުސޫލަކީ ދައުވާކޮށްދޭން އެދި ފޮނުވާ މައްސަލަތައް ލަސްނުކޮށް ގޮތެއް ނިންމުމެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ ބެއްލެވުމުގެ ދަށުން ހިނގާ މައްސަލަތަކުގައި ބައްލަވަނީ ވީހާ ވެސް އަވަހަށް، އެންމެ ރަނގަޅަކަށް ކުރިއަށް ގެންދެވޭތޯ އެވެ. މައްސަލައެއް ޕްރޮސެސްކުރަން ނަގާ އެވްރެޖް މުއްދަތަކީ 10 ދުވަސް ކަަމަށާއި ހަތަރެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ވެސް ބައެއް މައްސަލަތައް ނިންމާ ކަމަށް ވިދާޅުވެފައިވެ އެވެ.

އޭސީސީގެ ޕާފޯމަންސް އޮޑިޓުގައި ވަނީ ގިނަ މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމައި ފޮނުވާލާކަން ވެސް ފާހަގަކޮށްފަ އެވެ. އޭސީސީން ފޮނުވި 12 މައްސަލައެއްގައި ދައުވާ އުފުލަން ނިންމި އިރު 13 މައްސަލައެއް އަނބުރާ ފޮނުވާލި ކަމަށް ރިޕޯޓުގައިވެ އެވެ.

"މައިގަނޑު ގޮތެއްގައި މައްސަލަތައް އަނބުރާ ފޮނުވާލާފައި ވަނީ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށާއި ތުހުމަތު ކުރެވޭ ކުށް ކޮށްފައިވާ ތާރީހާ ތަހުގީގު ފުރިހަމަކުރުމާ ދެމެދު ދިގުު މުއްދަތެއް ހިނގާފައި ވުމުގެ ސަބަބުން ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ކަމަށް ޕީޖީން ފާހަގަކޮށްފައިވެ އެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.

ޕީޖީ ހުސެއިން ޝަމީމް: އޮޑިޓުގައި ވަނީ ޕީޖީން ކޯޓަށް ފޮނުވާ މައްސަލަތައް ލަސްވާކަން ވެސް ފާހަގަކޮށްފައި. -- ފޮޓޯ/ މިހާރު

އޮޑިޓް އޮފީހުން ބުނި ގޮތުގައި ތަހުގީގު އިތުރަށް ފުރިހަމަކުރަން ގިނަ މައްސަލަތައް އަނބުރާ ފޮނުވާލާފައި ވިޔަސް ކޮލިޓީ ހިފަހައްޓަން ކޮމިޝަނުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ތަހުގީގުކުރާ މައްސަލައެއް ނިމުމުން، ލީޑު އިންވެސްޓިގޭޓަރު ޓީމުގެ އެހެން މެމްބަރުންނާ އެކު އެ ރިޕޯޓާ މެދު މަޝްވަރާކުރަމުން އަންނަ ކަން ފާހަގަކޮށްފައިވެ އެވެ.

ކޮމިޝަންގެ މެމްބަރުންނަށް ރިޕޯޓް ހުށަހަޅަނީ ލީގަލް ޑިޕާޓްމެންޓުންނާއި ހެޑް އޮފް އިންވެސްޓިގޭޝަން ރިޕޯޓް ރިވިއުކުރުމަށް ފަހުގައި ކަމަށް ކޮމިޝަނުން އޮޑިޓަށް މައުލޫމާތު ދީފައިވެ އެވެ.

"ޕީޖީއަށް މައްސަލަ ފޮނުވުމުގެ ޕްރޮސެސް ޑިޖިޓަލައިޒްކޮށް، މައްސަލަ ޕީޖީއަށް ފޮނުވަން މެމްބަރުން ނިންމާ ދުވަހުން ފެށިގެން 3 ދުވަސްތެރޭ މައްސަލަ ޕީޖީއަށް ފޮނުވަންވާނެ ކަމަށް ކަނޑައަޅައި ކޮމިޝަނުން ގައިޑްލައިނެއް އެކުލަވާލާފައިވެ އެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.

ޕީޖީ އޮފީހުން އޮޑިޓަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ އޮފީހުން ކޯޓުތަކަށް ފޮނުވާ މައްސަލަތައް ހިނގާލެއް ލަހެެވެ. ގިނަ މައްސަލަތަކުގައި އަޑުއެހުމެއް ބާއްވަން އެވްރެޖްކޮށް 39 ދުވަސް ހޭދަވެ އެވެ.

"އަދި މި އޮޑިޓުގެ ފީލްޑް މަސައްކަތް ނިމިފައިވާ ދުވަސް 20 ޑިސެމްބަރު 2020ގެ ނިޔަލަށް ޝަރީއަތް ނިމިފައިވާ 4 މައްސަލަ އާއި ޝަރީއަތް ނިމިފައި ނުވާ 8 މައްސަލައަށް މީޑިއަން އެވަރެޖް 468 ދުވަސް ހިނގާފައިވެ އެވެ،" އޮޑިޓުގައިވެ އެވެ.

ހައި ކޯޓުގައި އިސްތިއުނާފްކުރި ތިން މައްސަލައެއްގައި އަޑު އެހުމެއް ބާއްވާފައި ނުވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އޮޑިޓުގައި ވަނީ، ކޯޓުތަކަށް ހުށަހަޅަ މައްސަލަަތައް ނިންމައި ހުކުމް ކުރަން ދިގު މުއްދަތެއް ހޭދަވާ ސަބަބު ދެނެގަނެ އެކަންކަން އިސްލާހުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް ދަންނަވަން ލަފާދީފަ އެވެ. އަދި ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާއާ މެދު ދައުވާކުރަން ޖެހޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ދައުވާކުރަން ފޮނުވަން ވެސް އެދިފައިވެ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަލީމް.މ.

18 December 2021

ކޮރަޕްޝަންގެ 35 މައްސަލައެއްގައި މި އަހަރު ދައުވާ ކުރާނަން: އޭސީސީ މީ މީގެ 1 ެެހަރު ކުރިން ބުނި ވާހަކައެއް. ކޮބާ ދައުވާ؟ ޒިންމާ އަދާ ނުކުރެވޭ. ބޭރުކުރޭ.

The name is already taken The name is available. Register?

ހާލަތުގެ

16 December 2021

ޕީޖީ އޮފީހުގައި މައްސަލަތައް މިހާ ލަސްވާންޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ!

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

16 December 2021

ޕީޖީގެ ކަމަކީ ބޮޑެތި ކަރާފެޅުން. އެއްކަމެއްވެސް ވާމީހެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454