އަންކިތާ އާއި ވިކީ.
17 ޑިސެމްބަރ 2021 - 10:07
މިދިޔަ އަންގާރަ ދުވަހު ކައިވެނިކުރި އިންޑިއާގެ ބަތަލާ އަންކިތާ ލޯކަންދޭ އަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ފިރިމީހާ ވިކީ ޖެއިންގެ ފަރާތުން ރާއްޖޭން އަގު ބޮޑު ލަގްޒަރީ ވިލާއެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިކީ އަށް އަންހެނުންނަށް ރާއްޖޭން ދިން ހަދިޔާ އަކީ 50 ކްރޯޑް ރުޕީސް (6.56 މިލިއަން ޑޮލަރު) ގެ ވިލާއެކެވެ. އެކަމަކު އެތަނާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ. އެހެންވެ، މިއީ ދެމަފިރިން ރާއްޖޭގެ ހަނީމޫން ދަތުރަށް ހަމަޖެއްސި ވިލާއެއް ކަމެއް ނުވަތަ އަމިއްލަކުރި ތަނެއް ކަމެއް ނޭނގެ އެވެ.
މީޑިއާތަކުން ބުނީ އަންކިތާ އަށް ފިރިމީހާ ރާއްޖޭގެ ވިލާއެއް ދިން އިރު، ވިކީ އަށް އަންކިތާ ހަދިޔާއެއްގެ ގޮތުގައި ދިނީ 8 ކްރޯޑް ރުޕީސް (1.05 މިލިއަން ޑޮލަރު) ގެ ޕްރައިވެޓް ޔޮޓެއް ކަމަށެވެ.
މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތާ ކުރިން ރައްޓެހިވި އަންކިތާ އަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ގާތް އެތައް ބައެއްގެ ފަރާތުން އަގު ބޮޑު އެތައް އެއްޗެއް ލިބިފައިވެ އެވެ. އޭނާ ރޯލެއް ކުޅުނު މިދިޔަ އަހަރުގެ ފިލްމު "ބާގީ 3" ގެ އެކްޓަރު ޓައިގާ ޝްރޮފްގެ ފަރާތުން ހަދިޔާއަކަށް ލިބުނީ 40 ލައްކަ ރުޕީސްގެ މިނީ ކޫޕާ ކާރެކެވެ.
ސުޝާންތާ އެކު އަންކިތާ ކުޅުނު ޒީޓީވީގެ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ ޕްރޮޑިއުސަރު އެކްތާ ފަރާތުން ހަދިޔާއެއްގެ ގޮތުގައި 50 ލައްކަ ރުޕީސްގެ ޖަވާހިރު އަނގޮޓިއެއް ލިބުނު އިރު، މި އަހަރު ސްޓްރީމްކުރި "ޕަވިތުރަ ރިޝްތާ 2.0" ވެބް ސީރީޒްގެ ބަތަލު ޝަހީރު ޝައިހް ފަރާތުން އަންކިތާ އަށް ހަދިޔާއަކަށް ލިބުނީ 25 ލައްކަ ރުޕީސްގެ ރަނުގެ ގަހަނާ އެވެ.
މީގެ އިތުރުން "ބާގީ 3" ގެ ބަތަލާ ޝްރަދާ ކަޕޫރް ފަރާތުން ހަދިޔާއަކަށް 8 ލައްކަ ރުޕީސްގެ ޖަވާހިރު އެހެއް ޖެހި ކަރުގައި އަޅާ ފަށެއް، ޓީވީ އެކްޓަރު ރިތިކް ދަންޖާނީގެ ފަރާތުން އަންކިތާގެ ދެމަފިރިންނަށް 15 ލައްކަ ރުޕީސްގެ ހަދިޔާ ދިނެވެ.
އޭގެ ތެރޭގައި ޖަވާހިރު ޖެހި އުޅާ ހިމެނެ އެވެ. އިތުރު ހަދިޔާތަކުގެ ތެރޭގައި ބަތަލާ ރަޝްމީ ދެސާއިގެ ފަރާތުން ލިބުނު 10 ލައްކަ ރުޕީސްގެ ޑިޒައިނަ އާއި މިރުނާލިނީ ތިޔާގީގެ ފަރާތުން 10 ލައްކަ ރުޕީސްގެ ގަހަނާ އާއި މާހީ ވިޖްގެ ފަރާތުން ލިބުނު 15 ލައްކަ ރުޕީސްގެ ޑިޒައިނަ ސާޅީގެ އިތުރުން ޝްރިސްތީ ރޯޑްގެ ފަރާތުން ލިބުނު 5 ލައްކަ ރުޕީސްގެ ރަން ޗޭނެއް ހިމެނެ އެވެ.
އަންކިތާ އާއި ވިކީ އަންގާރަ ދުވަހު ހަވީރު ކައިވެނިކުރީ މުމްބާއީގެ ލަގްޒަރީ ހޮޓަލެއްގައި ބޭއްވި ވަރަށް ކުލަ ގަދަ ހަފުލާއެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނާޑަ
04 January 2022
ކައިވެންޏެއް ކޮށްގެން މުއްސަނދި ވަންޏާ ވާހާ ވަރު ވެފަ ތިޔަހުރީ!!!
ނަންކިތާ
18 December 2021
ތިޔަ ކުރެވުނު ކައިވެންޏަށްވުރެ ކަންތައް ބޮޑީ ތިޔަ ލިބުނު ހަދިޔާތަކުގެ. އެހެންވީމަ ތިއީ އަންކިތާގެ ކައިވެންޏަށްވުރެ ބޮޑަށް އަންކިތާއަށް އެންމެ އަގުބޮޑު ހަދިޔާ ދިނީ ކާކުތޯ ބެލުމުގެ މުބާރާތެއްހެން ހީވަނީ.
ސޯލިހްބެ
18 December 2021
ނަސީބެއްނު މޯދީ ޖަޒީރާ ރާއްޖެ ތީނަ އަށް ހަދިޔާ އަކަށް ނުދިންކަން
ބައި
18 December 2021
މިހުސް ފޮނި. ތިހާ ފައިސާއެއް ތަޅާ ބުރުއްސާކަށް ތިއިން އެކަކު އަތުގައިވެސް ހުރެދާނެބާ؟
މުޙައްމަދު123
17 December 2021
އެހާ އަގުބޮޑު ޖަދިޔާތައް ލިބުނު އިރު އިސްތިރިގަނޑެއް ދިއްކޮށްލާނެ މީހަކު ނުވިދޯ.?
ބަނބޫ
17 December 2021
ފިލްމުކުޅޭން ދާންވީ.
ޖިމް
17 December 2021
ރިސޯޓް ވިޔަފާރި މިލިއަނުން ކުރިޔަސް ދިވެހިންނަށް ނޭނގެނެ. ޓެކުހެއްވެސް ނުލިބޭނެ