ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ސިޔާސީ ޕާޓީތަކުން އެންމެން އެއްބައިވާންވެއްޖެ ކަމަށް ބަޔާން ނެރުނު އިރު ލަދުހަޔާތްވީ ކޮންތާކުތޯ ސުވާލު އުފެދުނު ކަމަށް އޭނާ ވިދާޅުވި.
އަދުރޭ ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ސިޔާސީ ޕާޓީތަކުން އަޑުއުފުލަންވީ އިންޑިއާގެ ނުފޫޒާ ދެކޮޅަށް ކަމަށް ވިދާޅުވި. -- ފޮޓޯ/ މިހާރު
28 ޑިސެމްބަރ 2021 - 11:35
ގައުމުގެ މިނިވަންކަން ނަގައިލަން ބޭރުގެ ބަޔަކަށް ޖާގަ ދެއްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވީ "މަވެތިކަން" އިސްކުރައްވައިގެން، ގައުމަށް ހަރާންކޯރުވެފައި ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރުގަދަ ބަހުގެ ހަމަލާތަކެއް ރޭ އަމާޒުކުރައްވައިފި އެވެ.
މައުމޫންގެ ނަންފުޅު ވިދާޅުނުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ އެއްބައިވަންތަކަމަށް ގޮވާލައްވައި "މަވެތިކަން" އިސްނުކުރުމުގެ ބަސްތައް ރައްޔިތުންނަށް ހަދިޔާކުރެއްވި ލީޑަރުން މިއަދު ތިއްބެވީ ގައުމު ބައިބައިކުރާ ފަޅީގައި ކަމަށެވެ. ގައުމު އަޅުވެތިވިޔަސް ވަރިހަމަ ކުރެއްވީ ވެރިކަމުގެ ދަހިވެތިކަމަށް އިންޑިއާގެ ނުފޫޒުގައި ތާށިވެފައި ތިބުމުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު މިއަދު އެ ބޭފުޅުންނަށް ގޮވާލަން ދިވެހި ގައުމު ދެކެ ލޯބިވަންޏާ، ރައްޔިތުން ދެކެ ލޯބިވަންޏާ ޕީޕީއެމާ އެކު މަސައްކަތްކުރަން ވަޑައިގަންނަވާށޭ. އަމިއްލަ އެދުން އެއްފަރާތްކުރައްވާށޭ،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވަރަށް ވަރުގަދަ ވެރިކަމެއް ހިންގައި ރައްޔިތުންނަށް ތަނަވަސްކަމާއި ކުރިއެރުން ހޯދައި ދެމުން އަންނަނިކޮށް އިންޑިއާގެ އެހީގައި ވެރިކަން ބަދަލުކޮށްލީ އަމިއްލަ އެދުން އިސްކުރައްވައިގެންނެވެ. އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައި ޓުވީޓްތައް ކުރައްވައި ފަހުން ބަޔާންތައް ނެރުއްވައި މިހާރު އެ ގޮވާލައްވަނީ ކޮން އެއްބައިވަންތަ ކަމަކަށްތޯ އަދުރޭ ސުވާލު ކުރެއްވި އެވެ.
"އެ ދުވަހަކު އާއިލީ ގުޅުމެއް ވެސް ނެތް، އެއްބައިވަންތަކަމެއް ވެސް ނެތް، މިނިވަންކަމެއް ވެސް ނެތް. ރާއްޖޭގެ ފުދުންތެރިކަމެއް ވެސް ނެތް. އިސްކުރެއްވީ މަވެތިކަން، އެންމެ ކަމެއް ބޭނުންވީ. ރައްޔިތުންގެ ވެރިކަން ބޭނުންވީ. ރައްޔިތުންނަށްޓަކައި ވެރިކަން ކުރަމުން އައި ރައީސަކު މަގާމުން ދުރުކުރަން ބޭނުންވީ. އަމިއްލަ ލެއަށް ހަރާންކޯރުވީ،" މައުމޫންގެ ނަންފުޅު ވިދާޅުނުވެ އަދުރޭ ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ސިޔާސީ މަގްސަދެއް ހާސިލްކުރަން އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫނާރުވަން ގޮވާލެއްވުމުގެ ބަދަލުގައި އެ ބޭފުޅުން ކުރައްވަން ޖެހިވަޑައިގެންފައި އޮތް ކަމަކީ އަމިއްލަ އެދުން ހާސިލްކުރަން އަމިއްލަ ގައުމު ވިއްކާނުލެއްވުން ކަމަށެވެ.
"ސިޔާސީ ސަބަބަށްޓަކައި ދޭދޭ ގައުމުގެ ގުޅުމަށް ބުރޫއެރުމަށް ވުރެން އަޅުގަނޑުމެންނަށް މާ މުހިއްމޭ އަމިއްލަ އެދުމަށްޓަކައި އަޅުގަނޑުމެންގެ ގައުމު ވިއްކާނުލައި އެކަމާ ދެކޮޅަށް ތެދުވެވަޑައިގަތުން،" އޭނާ ވިދާޅުވި އެވެ.
ޖަލްސާއެއްގައި މައުމޫން ވާހަކަފުޅު ދައްކަވަނީ: ގައުމު ދެކެ ލޯބިވާ ނަމަ މައުމޫން ހުންނަވަންވީ ޕީޕީއެމްގެ ފަޅީގައި ކަމަށް އަދުރޭ ވިދާޅުވި. -- ފޮޓޯ/ މިހާރު
އަދުރޭ ވިދާޅުވި ގޮޮތުގައި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ސިޔާސީ ޕާޓީތަކުން އެންމެން އެއްބައިވާންވެއްޖެ ކަމަށް ބަޔާން ނެރުނު އިރު ލަދުހަޔާތްވީ ކޮންތާކުތޯ ސުވާލު އުފެދުނެވެ. ރާއްޖެއަށް މި ހާލަތަށް ވުރެން އެއްބައިވަންތަ ވާން ޖެހޭ ދުވަސްވަރެއް ނާންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.
"އެއްބައިވާންވީ އިންތިހާބެއް ވަގަށް ނަގައިދިން މީހުންނަކާއެއް ނޫން. އެއްބައިވާންވީ ދިވެހި ރައްޔިތުންނަށްޓަކައި،" އަދުރޭ ވިދާޅުވި އެވެ.
އެނާ ގޮވާލެއްވީ މައުމޫން ވެސް ރައްޔިތުން ދެކެ ލޯބިވާނަމަ މޭމަތި ފުރެންދެން "އިންޑިއާ އައުޓް" ޖައްސަވައި އެ ކެމްޕޭނާ ގުޅިވަޑައިގަތުމަށެވެ. ރައްޔިތުންނަށްވުރެން އިންޑިއާ މުހިއްމުވާން ޖެހޭ ސަބަބެއް ނެތް ކަަމަށް ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އިންޑިއާއާ އެއްކޮޅަށް ސިޔާސީ ޕާޓީތަކުން ބަޔާން ނެރެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެން ކަމަށެވެ.
"ރައީސް ޔާމީން މޭމަތީގައި ބޭސްގަނޑެއްހެން އިންޑިއާ އައުޓް ޖަހައިގެން ނުކުތީމާ އަޅުގަނޑުމެން ފަހުރުވެރިއޭ ވަނީ،" އަދުރޭ ވިދާޅުވި އެވެ.
"ހަސަން ލަތީފަށް ދަންނަވާލަން ބޭނުން ވަނީ ލަދެއް ނޫނޭ ގަންނަނީ، ފަހުރުވެރިއޭ ވަނީ. މުހައްމަދު ނަޝީދަށް ދަންނަވާލަން ބޭނުން ވަނީ މަނިކުފާނު ތިއުޅޭ ގޮތުންނޭ ދިވެހި ރައްޔިތުން ލަދުގަންނަނީ. ރައީސް މައުމޫން ޖައްސަވާ ސަކަރާތުންނޭ ދިވެހި ރައްޔިތުން ލަދުގަންނަނީ. ގާސިމް އިބްރާހިމް ދައްކާ ވާހަކައިންނޭ ރައްޔިތުން ބިރުގަންނަނީ. އިމްރާން އުޅުއްވާ ހުތުރު ގޮތްތަކުންނޭ ދިވެހިރާއްޖެ އަށް ނުރައްކާ އޮތީ. އިބްރާހިމް މުހައްމަދު ސޯލިހް ކުޅޭކުޅިގަނޑުންނޭ ދިވެހި ރައްޔިތުންނަށް ހިތްދަތިކަން އޮތީ."
އަދުރޭ ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެކަން ނިންމާލާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބާލާފައި ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައި ބުއްދި
30 December 2021
ދެން ލަދުހަޔާތުގެ ކަންފުޅެއް ނެތަސް ، މީނާގެ ބަސްމަގު މިހުރީ ބޮލަށް ބޭސް ކުރަން ޖެހޭ ނަފްސާނީ ބޭސްކާންޖެހޭ، މުޅިން ބުއްދި ފިލާ ގޮސްފައިވާ މީހެއްގެ ބަސްމަގު ހުއްނާނޭ ބީދައިން، މީ ލަދުވެތި ކަމެއްވެސް ނެތް، ދުރޫސުލް އަހުލާގޭ މި ކިޔާ އެއްޗެއް އެއްވެސް ވަރަކަށް ދަންނަ އާދަމުގެ ދަރިއެއް ނޫން..!
ހ. ހުސައިން
29 December 2021
ދުނިޔެއަކީ އެކަހެރިވެ އުޅެން ވަރަށް އުނދާގުތަނެއް، ހާއްސަކޮށް ނިކަމެތި ރައްޔިތުންނަަށް އެކަމުން ލިބޭނޭ ދެރަ ވަރަށް ބޮޑު. މުއްސަނދިންނާ ސިޔާސީ ބޭފުޅުން ބަލިވީމާ ދުނިޔޭގެ ކޮންމެ ތަނަކަށް ގޮސް ބޭސްފަރުވާ ކުރެވިދާނެ. ނަމަވެސް އާދައިގެ ނިކަމެތި މީހާއަށް ސަލާންޖަހައިގެންވެސް ދެވެން އޮތީ އަވަށްޓެރި ގައުމަކަށް. އެހެންވީމާ ސިޔާސީ މަންފާއަކަށްވެސް އަވަށްޓެރިންނާ އޮންނަ ގުޅުމަށް ބުރޫއަރާ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
ސަސް
29 December 2021
އަދުރޭމެން އަނގަހުޅުވީމައި "ހަރާންކޯރު" މިބަހުގެ މާނަވެސް އޮޅިއްޖެ.. ރައްޔިތުންގެ އެތަށް ބިލިއަން ރުފިޔާއެއް ކައްވާލުމުގައި ބައިވެރިވެ ތިމާ ދުނިޔޭގެ އެކިކަންކޮޅުތަކުން ބިންގަނެ މަހުޖަނަކަށްވެ ނިމުނުއިރު އަނގަހުޅުވާފަ އަދި އެބައުޅޭ އެހެންމީހުންނަށް ހަރާންކޯރުގޮވަން.
ބަޑިތަކުރު
29 December 2021
އަދުރޭ ތިޔަ ބުނަނީ ދައުލަތުގެ ކުންފުންޏެއްގެ ވަޒީފާގައިހުރެގެން ޚިޔާނާތްތެރިވީމާ އަރުވާލެވުނު މީހަކު އަފޫޢާންމުގެ ދަށުން މިނިވަންކޮށް އަނެއްކާ ގާތަށްލައިގެން ދެވަނަ ފަހަރަށް ގައުމަށް ޣައްދާރުވުމުގެ ފުރުޞަތު ހޯދައިދިންވާހަކަ ދޯއެވެ. ހަމަ ރަނގަޅަށްވެސް އެއީ މައުމޫން ހެއްދެވި ގޯހެކެވެ. އެހެން ނޫންނަމަ 9 މިލިޔަން އެކުގައި ދީފައި ލަގްޒަރީ 2 އެޕާޓްމަންޓް ގަންނާކަށް ފުރުޞަތެއް ނުލިބުނީހެވެ.
އޯކޭ
29 December 2021
މަށާކީ ސިޔާސީ ގޮތުން ވަކިޕާޓީއަކަށް ދާއީދުކުރާ މީހެއްނޫން ޔާމީންވެސް ރަނގަޅު ވަރަށް ގިނަ ކަންކަން ކުރި އަދި އިބޫވެސް ރަނގަޅު ވަރަށް ގިނަ ކަންކަން ކޮށްފި ދެމީހުންވެސް ގައުމަށާ ރައްޔަތުންނަށް ގެއްލުންވާނެހެން ވަރަށް ގިނަކަންކަންވެސް ކޮށްފި ބުނެލަން އޮތީ އަދުރޭ އަކީ ސިޔާސީ ގޮތުން ބަލައިގަންނަން ވަރަށް ކަމުނުދާ މީހެކޭ އޭނާ އެހުރި ހިސާބުން ތިރިއަށް ބާލަން އެބަޖެހެޔޭ ބޮލުގަ އެއްވެސް ތެއްކަމެއްނެތް ހަމައެކަނި އަނގައެއް އޮވެގެން އުޅޭމީހެކޭ އަދުރޭއަކީ
އަލީރާޖާ
29 December 2021
އަދުރޭ ކަލޭތިއީ ވާހަކަދައްކަން އެހާ ރީތި މީހެއް ނޫންދޯ؟
ޓިނު
28 December 2021
އަދުރޭއަށްވުރެ ބޮޑަށް ގައުމަށް ހަރާންކޯރުވީ ކާކުބާ؟ މެލޭޝިޔާއިންނާއި ހުޅުމާލެއިންނާއި މާލެއިން ލަގްޒަރީ އެޕާރޓްމަންޓްތައް ގަނެގެން ތިއުޅެނޯ ކޮންތާކުން ހޯދި ފައިސާއަކުންތޯއެވެ. ރައްޔިތުންގެ އެތައް ފައިސާއެއް އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ހުރި މީހެއްގެ ފަހަތުގައި ތިއުޅެނީ ގައުމުދެކެ ލޯބިވާތީތޯ؟
މުރިއާ
28 December 2021
ކޮބާތަ ތިޕާޓީގެ ވެރިކަމުގާ (ލިބުނު ދެއެޕާޓުމެންޓް) ދެރިޝޯޓް ހަދަން ދެރަށް ދޭންބުނެ ބޮޑުކޮމްޕެނީގެ ދެބެން އަތުން ނެގިފައިސާ ފައިސާ ބަދަލުވީ އެޕާރޓްމެންޓަށް
އައުޓްއައުޓް
28 December 2021
އިންޑިއާ އައުޓް ކިނބިގަސްދޮށުގޭ މައުމޫނު އައުޓް އެމްއާރު އެމްއައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އަދާލަތު އައުޓް އިމްރާން އައުޓް އެމްއެންޕީ އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް ރައީސް އިބޫ އައުޓް އައުޓް އިންޑިއާ އައުޓް...
ބާޅި
30 December 2021
އައުޓް ކޮއްފަ ހުރިމީހާ ދެލޯ ނިކަން ރަނގަޅަށް ހުޅުވާފަ ބަލާބަލަ
ކުރިއަށްކުރިއަށް
28 December 2021
ސާބަހޭ އަދުރޭ އަދުރޭ ބާރަށް ކުރިއަށް ގޮސް އިންޑިއާ އައުޓް ކުރަންވީއޭ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް ބާރަށް ކުރިއަށް