ބޭސްތަކެއް ގުދަންކޮށްފައި: އައިޖީއެމްއެޗުން މަނާ ބޭސްތައް ނެރުނު މައްސަލައިގައި ޕްރޮޓޮކޯލް ހަރުކަށިކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނޭ.
06 ޖެނުއަރީ 2022 - 14:57
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ އަންހެން ނަރުހުގެ މަރާ އެކު މަނާ ބޭސްތަކެއް އައިޖީއެމްއެޗުން ނެރެފައިވާ މައްސަލަ ފެންމަތިވެ ހޮސްޕިޓަލުގެ އުސޫލްތައް ދޯދިޔާ ކަމުގެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.
ފިލިޕީންސްގެ ނަރުސް މަރާލި ކަމުގެ ދައުވާ އުފުލީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރި އޭނާގެ ފިރިމީހާ އަށެވެ. މިކަމުގައި ބައިވެރިވުމުގެ ތުހުމަތު ފިރިމީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި އަންހެން ނަރުހަށް ވަނީ ކޮށްފަ އެވެ.
މި މައްސަލައިގައި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އާއްމުކުރި މައުލޫމާތުން ހާމަވި ގޮތުގައި ހައްޔަރުކުރި އަންހެން ނަރުސް ދިރިއުޅޭ ގެއިން ވަނީ މަނާ ބޭސްތަކެއް ފެނިފަ އެވެ.
މި ބޭސްތަކާ އެ މަރާ ހުރި ގުޅުމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ގެއިން ފެނުނީ، އެނގިފައިވާ ގޮތުގައި މީހަކު މަރާލަން ބޭނުންކުރެވިދާނެ ފަދަ އިންޖެކްޝަންތަކެކެވެ. އޭގެ ތެރޭގައި ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަނެއް ވެސް ފެނުނެވެ. މީގެ ތެރެއިން ޕޮޓޭސިމް ކްލޮރައިޑަކީ ލޭގެ ތެރޭގައި އެ ގިނަވެއްޖެ ނަމަ ހިތުގެ ހިނގުން ހަމައިން ނެއްޓި މީހާ މަރުވުމަށް މެދުވެރިކުރުވާނެ އެއްޗެކެވެ. ޕްރޮޕޮފޯލް އަކީ ބޮޑެތި ސާޖަރީތައް ކުރާއިރު ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. ހަށިގަނޑަށް މި ޖަހައިފި ނަމަ މީހާ ހޭނެތި ތަންދޮރު ވަކިނުވާ ހާލަތަށް ދާނެ އެވެ. އަދި ސަކްސިނައިލްކޮލިން އަކީ ވެސް ހޭނެއްތުމުގައި ބޭނުންކުރާ އެއްޗެކެވެ. މި އިންޖެކްޝަން ޖެހުމުން ހަށިގަނޑަށް އަންނަ ބަދަލުގެ ސަބަބުން، ވެންޓިލޭޓަރުގެ އެހީގައި ނޫނީ މީހާ އަށް ނޭވާއެއް ނުލެވޭނެ އެވެ.
އާއްމުކޮށް ބޮޑެތި ސާޖަރީތަކުގައި ބޭނުންކުރާ އިންޖެކްޝަނާއި ބޭސްތައް، އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތްކުރާ ނަރުހަކަށް އެހާ ފަސޭހައިން ނެރެވުނު ގޮތާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. މިކަން މިގޮތަށް ކުރުމުގެ ފުރުސަތު ފަހިވެފައި އޮތީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ޕްރޮޓޮކޯލްތައް ދޯދިޔާ ވުމުން ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލަައިގައި "މިހާރު"ން ސުވާލުކުރުމުން އައިޖީއެމްއެޗުން އެދިގެން ފޮނުވި ސުވާލުތަކަށް ލިއުމުން ދިން ޖަވާބުގައި ބުނީ ހޮސްޕިޓަލުން މަނާ ބޭސްތައް ނެރުނު މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ. އެކަމުގައި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ސީދާ ކަން ހިނގި ގޮތް ސާފުކޮށް ނުދިނަސް އައިޖީއެމްއެޗުން ބުނި ގޮތުގައި މުވައްޒަފެއްގެ ފަރާތުން އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހޮސްޕިޓަލުގައި އަމަލުކުރަން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރުން ހަރުދަނާ ކުރުމާ އެކު އިތުރު ޕްރޮޓޮކޯލްތައް އެކަށައަޅައި ތަންފީޒުކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ވެސް ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ގެންގުޅުމުގައި ހަރުދަނާ އުސޫލްތަކާއި ޕްރޮޓޮކޯލްތައް ކަނޑައަޅާފައިވެ އެވެ. ވަކިން ހާއްސަކޮށް ހައި އެލާޓް، ނާކޮޓިސް ބޭހާއި އިންޖެކްޝަންތަކަށް ޕްރޮޓޮކޯލްތައް ކަނޑައަޅައިފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކު ވެސް އެތައް ހިދުމަތެއް ދޭން ޖެހޭ ތަނަކަށް ވާތީ އަސާސީ ބައެއް ހިދުމަތްތަކުގައި ކަމާބެހޭ ފަރާތްތަކުން މަޝްއޫލުވެ ގިނަ ވަގުތުތަކެއް ހޭދަކުރާއިރު އުސޫލްތަކާއި ޕްރޮޓޮކޯލްތައް އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވޭ ހާލަތެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
"ނަމަވެސް މިފަދަ ބޭހާއި އިންޖެކްޝަނަށް އެކްސެސް އޮންނަ ފަރާތްތައް [ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުންނަކީ] ހުވައެއްކޮށްގެން ތިބޭ ގިނަ އެތިކަލް ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭ އަދި ހޮސްޕިޓަލްތަކާއި ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައުގެ ފަރާތުން ވެސް ނުހަނު ބޮޑު އިތުބާރެއް އެ ފަރާތްތަކަށްކޮށް މިފަދަ ތަކެއްޗަށް އެކްސެސް ދެވޭ ފަރާތްތަކެވެ،" އައިޖީއެމްއެޗުން ބުންޏެވެ.
"މިފަދަ ބޭހާއި އިންޖެކްޝަނަށް އެކްސެސް އޮންނަ ފަރާތްތަކުން، މިއިން އެއްޗެއް ގެއަށް ގެންދިއުމަކީ ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ކަށަވަރު ކަމާ އެކު ކުރެވޭނެ ކަމެއް ނޫނެވެ."
މަނާ ބޭސްތަކަށް އެކްސެސް ދެވިފައި އޮންނަ އުސޫލު، ސަލާމަތީ ގޮތުންނާއި ރައްކާތެރި ސަބަބުތަކަކަށްޓަކައި އާއްމުކުރަން އިއުތިޒާރްކޮށް ހޮސްޕިޓަލުން ބުނީ ހަރުދަނާ އުސޫލްތަކެއް ކަނޑައަޅައި ތަންފީޒުކުރަމުން އައި ނަމަވެސް އެކަން ހުއްޓުވޭނެ ކަމަށް ނުބުނެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖިލިސް
07 January 2022
ޢެމްޑީއެފްގެ ބަޑި ގުދަނުގައި ހުންނަންޖެހޭ ހަތިޔާރު ފަޅުރަށެއްގެ ގޮޑުދޮށުން ފެނުނު މައްސަލައިގެ ހަގީގަތް ހޯދަން ނޫސްތަކުން ފަލަސުރުހީގައި ނުޖަހަނީ ކީްއވެ؟ ބިރުންތަ؟ ޢެއީ އަދި މާބޮޑު ކަމެއްނޫންތަ؟
ޢައްމަޑޭ ޖޫނިއަރ
07 January 2022
ތިހާ ފަސޭހައިން ތިކަހަލަ ބޭހާއި އިންޖެކްޝަންތައް ހޮސްޕިޓަލް ތެރެއިން ނެރެވެންޏާ ތިއީ ވަރަށް ނުރައްކާތެރިކަމެއް. ވާނުވާއެއް ނުއެނގި މީހުން މަރުވުމުގެ އަސްލަކަށްވެސްް ތިކަންވެދާނެ. ވޭތުވެދިޔަ ތާނގައި ވާނުވާއެއްނުއެނގި މަރުވެފައިވާ މީހުންގެ ތެރޭގައި ތިކަހަލަ އިންޖެކްޝަންތައް ބޭނުންކޮށްގެން ކިތައްމީހުން ކަމެއް ނޭގޭ މަރާލާފައިވަނީ، ތިކަމުގައި ފުރިހަމަ އޮޑިޓެއް ހަދަން ޖެހޭ. މާތްރަސްކަލާނގެ ކަމެއް މީސްތަކުންގެ ތެރެއަށް ހާމަކުރެއްވުމަށް ކުޅަނދުންވަންތަ،
ސޮލޭ
07 January 2022
އިއުތިޒާރުކުރުމޭ ދިވެހިން ކިޔާއުޅޭކަމެއް ކުރިއަކުން ނޭނގޭ. އެކަމަކު މާކުރިންސުރެވެސް އިއުތިރާޒެކޭ ކިޔާކަން ގައިމު
އުދުހޭ
07 January 2022
ނަރުހުން މިގޮތަށް ބޭސް ނެގުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ހިނގާ ކަމެއް. މީގައި އޮތީ އިހްލާސްތެރިކަން އިތުރުކުރުން. ނަރުހުން މަސައްކަތްކުރާ ގޮތަށް ބަލާލާއިރު މިއީ މުޅިން ހުއްޓުވޭނެ ކަމެއްނޫން. ފިޔަވަޅުތަކެއް އަޅައިގެން އެފުރުސަތު ހަނިކުރެވިދާނެ. އިންޖެކްޝަނަކުން މީހަކު މަރައިފިއްޔާ ޓޮކްސޮކޮލޮޖީ ރިޕޯޓުން އެކަން ގިނަފަހަރަށް އެނގޭނެ. ވަކިން ހާއްސަކޮށް އިންޖެކްޝަން ޖެހުމަށްފަހު ކުޑަ ވަގުތުކޮޅެއްގައި މަރުވެއްޖެއްޔާ އެކަން ރިޕޯޓުން އެނގޭނެ.
ކަމީނޯ
06 January 2022
އެޕޮއިންޓްމެންޓް ހަދާފަ ހާޒިރުނުވާ މީހުންގެ ތަފާސް ހިސާބު އާއްމުކުރުމެއްވުރެ މުހިއްމު ކަންކަން ކުރަން ހުރިކަން މިހާރު އައި.ޖީ.އެމް.އެޗް ގެ ލީޑަރޝިޕަށް ރިއަލައިޒް ވާނެކަމަށް ދެކެން - ސްޓޮޕް ރިޑިކިއުލިންގ ޢާއްމު ރައްޔިތު.
ގުދުގުދާބެއްޔާ
06 January 2022
މަށަކީ ސަރުކާރު ހޮސްޕިޓަލް އެއްގައި ވަޒީފާ އަދާކުރާ މީހެއް! ޕޮޓޭސިއަމް ކުލޮރައިޑް އީއާރ ގައި ހުރުމަކީ މައްސަލައެއްނޫން! އެކަމަކު އީއާރ ނުވަތަ އިމަޖެންސީ ހާލަތްތަކުގައި ފަރުވާދޭ ތަނެއްގައި އުޅޭ މީހަކަށް ޕުރޮޕޮފޯލް އިންޖެކްޝަން އާއި ސަކްޝަނިލް އިން ޖެކްޝަން ލިބުނުގޮތެއް ތަޚްގީގުން ހޯދަންޖެހޭނެ! ސަބަބަކީ ޕުރޮޕޮފޯލް އާއި ސަކްސަނިލް އިންޖެންޝަނަކީ އޮޕަރޭޝަން ތިއެޓަރ ގައި ބޭނުންކުރާއިންޖެކްޝަން! މިކަން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލްކަމަށްގެންނަން.
ލޮލް…..
07 January 2022
އެމަޖެންސީ ޑްރަގްސް ހުންނާނެ ވޯޑުތަކުގަވެސް ??♀️ އީއާރުގަ ކީއްވެ ނުހުންނަން ވީ؟
ނަރުސްމަންޖެ
06 January 2022
ނަރުސް ކުއްޖާގެ އެޑްރެސް ލިޔާއިރު އޮންނަނީ ހިންނަވަރު ދޯ؟
ލާހޫރޭ
07 January 2022
ހިތުން ވަރަށް މޮޅުއެއްޗެއް ދޯ ތިޔަބުނެވުނީ؟
މުލޭ
07 January 2022
ނަރުސް މީހާ. ކުއްޖެއްތަ އެއީ.
ބިންބި
06 January 2022
މި ބަޔާން ނެރުނު މީހުން ވަގްތްން ވަގްތައް އިސްތިއުފާ. ހިންގަން ތިބި މީހުންގެ ބަސްމަގު މިގޮތައް ހުރީމަ އެއްނު ތަަނުގެ ހުރިހާ ކަމެއް ބޮއްސުން ލާފަ މިއޮތީ. އަދިވެސް ވެއިޓިން ލިސްޓުގަ ދިހަ ހާސް.
ކޮރަލް
06 January 2022
މިހާރު ހުރި މިނިސްޓަރު އެމަގާމަށް ގާބިލް އެއް ނޫނެވެ. ދެން އެމްޑީޕީގެ ވެރިކަމެއްގަ ގާބިލް ނުވިއަސް ބަހައްޓާނެ އެވެ.
ބިއްޖެހި
06 January 2022
ހާދަ ކަންނެތް ޖަވާބެއް ލިޔުމުންވެސް ދޭން އެނގުނީ. މި ފެއްނަނީ ހިންގަން ތިބި މީހުންގެ ފެންވަރު. ޔަގީން ކަމެއް ނެތް ކޮންފިޑެންސެއް ނެތް އަދި ހުއްޓުވުމުގެ ނިޔަތެއްވެސް ނެތް އެކަން ކުރަން ނޭގޭތީ. ބަލަ ތީ ހަރުދަނާ ވެރިން ދުނިޔޭގެ އެހެން ގައުމުތަކުގަ ވަރަށް ފުރިހަމަޔަށް ކުރަމުން އައްނަ ކަމެއް. އެޓޮމް ބޮމެއް ހިފާގެން ވެސް ގެޔައް ގެންގޮސް ދާނެ އެއްނު ތިވަރު ކޮންޓްރޯލް ނުވާނަމަ