މުނިފޫހިފިލުވުން / ބޮލީވުޑް ކައިވެނި

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަޖޭ.

އަރުޖުން ކަޕޫރް ސޮއިކޮށްފައި އޮތް ތުރިލާ "ދަ ލޭޑީކިލާ" ގެ ބަތަލާގެ ރޯލަށް ބޫމީ ޕެޑްނޭކަރް ސޮއިކޮށްފި އެވެ.

އޭނާ އެ ފިލްމަށް ސޮއިކޮށްފައި މި ވަނީ ފިލްމު ބަތަލާގެ ރޯލު ހުށަހަޅާފައިވާ ކަމަށް ކުރިން ވެސް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ. އަޖޭ ބާލް ޑައިރެކްޓުކުރާ "ދަ ލޭޑީކިލާ" ވާނީ އަރުޖުންއާ އެކު ބޫމީ ކުޅޭ ފުރަތަމަ ފިލްމަށެވެ.

ވަރަށް އަވަހަށް ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދާ ފިލްމެކެވެ. "ދަ ލޭޑީކިލާ" ގެ ޑައިރެކްޓަރަކީ ކްރިޓިކުންގެ ތައުރީފު ލިބުނު ފިލްމުތަކެއް ކަމަށްވާ "ބީއޭ ޕާސް" އާއި "ސެކްޝަން 375" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

"ކައިތީ" ގެ ރިމޭކަކީ އަޖޭގެ "ބޯލާ"

މީގެ ދެ އަހަރު ކުރިން އަޖޭ ދޭވްގަން ސޮއިކުރި ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރިމޭކްގެ ނަމަކަށް "ބޯލާ" ހަމަޖައްސައި އޭގެ ޝޫޓިން ވެސް ފަށައިފި އެވެ.

ރިލަޔަންސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ ދަރުމެންދުރަ ޝަރުމާ އެވެ. ވަރަށް ކާމިޔާބު އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ކައިތީ" އަކީ ލޮކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށް، ކާތީ މައިގަނޑު ރޯލު ކުޅުނު ފިލްމެކެވެ.

މޯނީގެ ކައިވެނި މި މަހުގެ 27 ގައި

ޓީވީ ސިލްސިލާތަކުން މަޝްހޫރު ކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ ބަތަލާ މޯނީ ރޯއި އާއި ލޯބިވެރިޔާ ސޫރަޖް ނަމްބިއާ މި މަހުގެ 27 ގައި ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ދުބާއީގައި ދިރިއުޅޭ އިންޑިއާގެ ދަރިކޮޅުގެ ވިޔަފާވެރިޔާ އާއި މޯނީގެ ކައިވެނީގެ ހަފުލާ އޮންނާނީ ދައުވަތު ދެވޭ ހާއްސަ ބަޔަކާ އެކީ ގޯއާގަ އެވެ. އެ ހަފުލާގައި ބައިވެރިވާ މަޝްހޫރު މީހުންގެ ތެރޭގައި ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ކަރަން ޖޯހަރާއި ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާގެ އިތުރުން ބަތަލާ އާޝްކާ ގޮރާޑިއާ ވެސް ހިމެނެ އެވެ.

މޯނީ، 36، ކައިވެންޏަށް ތައްޔާރުވާ އިރު އޭނާ ކުރިން ރައްޓެހިވި އެކްޓަރު މޯހިތު ރައިނާ ވެސް ވަނީ މި ހަފުތާގެ ކުރީކޮޅު ކައިވެނިކޮށްފަ އެވެ.

"ކުމްކުމް ބާގިއާ" ގެ ބަތަލާއެއް ބޮލީވުޑަށް

ޒީޓީވީގެ ސިލްސިލާ "ކުމްކުމް ބާގިއާ" އިން ފެނިފައިވާ ބަތަލާ އަމްރިތާ ތަންގަނިއާ ބޮލީވުޑްގެ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

އޭނަގެ އަލަތު ފިލްމަކީ ތުރިލާ "ޑްރީމީ ސިންގް" އެވެ. ކާސްޓްގައި ކަޝްމީރާ ޝާހް ވެސް ހިމެނޭ މި ފިލްމަކީ ސަމީރް ބަޓްނާގަރްގެ ފިލްމެކެވެ. ކުރިން ވެސް ފިލްމުތަކެއްގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ ކަޝްމީރާ އަކީ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަޕްނާގެ ކެރެކްޓާ އިން ފެންނަ ކޮމީޑިއަން ކްރިޝްނާ އަބީޝެކްގެ އަންހެނުންނެވެ.

އަމްރިތާ ބުނީ ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފަލުން ހުރ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް ތަނުގައި ސަލްމާން ޚާނާއި އަޖޭ ދޭވްގަންގެ އިތުރުން އަޔޫޝްމަން ކްރާނާ ފަދަ އެކްޓަރުންނާ އެކު މަސައްކަތްކުރުން ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454