ލަންކާގައި ތެޔޮ ލިބުން ދަތިވުމުން އިދިކޮޅު ޕާޓީން މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
20 ޖެނުއަރީ 2022 - 14:11
ކޮލަމްބޯ (ޖެނުއަރީ 20) - ސްރީ ލަންކާ އިން ޑޮލަރަށް ޖެހި މުދާ އިމްޕޯޓް ކުރާނެ ބޭރު ފައިސާ ނެތުމުން، ތެޔޮ ގަތުމަށްޓަކައި ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން 500 މިލިއަން ޑޮލަރު ދިނުމަށް އިންޑިއާ އިން އެއްބަސްވެއްޖެ އެވެ.
ސިލޯން އިލެކްޓްރިސިޓީ ބޯޑުން ބުނީ އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުން ދަނީ ޕަވަ ޕްލާންޓްތައް ހިންގާނެ ތެޔޮ ނެތުމުގެ ސަބަބުން ކަމަށެވެ. ކެލަނިޓިއްސާ ޕަވަ ޕްލާންޓް ކޮމްޕްލެކްސް އިއްޔެ އިން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. ސަބަބަކީ އެ ޕްލާންޓް ހިންގާނެ ތެޔޮ ނެތުމެވެ. އޭގެ ކުރިން ވަނީ ސަޕުގަސްކަންޑާ ޕަވަ ސްޓޭޝަނުގެ ޖަނަރޭޓަރެއް ވެސް ތެޔޮ ނުލިބިގެން ނިއްވާލަން ޖެހިފަ އެވެ.
އިންޑިއާ އިން ދޫކުރާ އެލްއޯސީއާ އެކު ލަންކާ ސަރުކާރުން ބުނެފައި ވަނީ ކަރަންޓް ކެނޑުމަށް ހުއްޓުމެއް ގެނެވޭވަރަށް ތެޔޮ އިމްޕޯޓް ކުރެވޭނެ ކަމަށެވެ. ސިލޯން ޕެޓްރޯލިއަން ކޯޕަރޭޝަން އިން ބުނެފައި ވަނީ ކަރަންޓް އުފައްދަން ބޭނުންވާ ވަރަށް މި މަހު 22 އާ ހަމައަށް ތެޔޮ ސަޕްލައިކޮށްދޭނެ ކަމަށެވެ.
ލަންކާގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސް ބޭރުން ތަކެތި ގެނައުމަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ނޮވެމްބަރު މަސް ނިމުނުއިރު ލަންކާގެ ފޮރިން ރިޒާވް އަކީ 1.58 ބިލިއަން ޑޮލަރެވެ. ރައީސް ގޯޓާބޭ ރާޖަޕަކްސާ 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފޮރިން ރިޒާވް އަކީ 7.5 ބިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
21 January 2022
ލަންކާއިން ތެޔޮ ގަންނަން އިންޑިއާ އިން އެހީ ދެނީ ކޮންބަޔަކަށް؟
ވިސްނާވިސްނާ
21 January 2022
ލަންކާއިން ބޭނުންވީ ގޮތް. އިންޑިޔާއިންވެސް އެދިއެދި އޮތް ގޮތް. އިންޑިޔާއިން ވިޔަފާރި އުސޫލުން އެހެން ގައުމުތަކުގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަނީ. ލަންކާގެ މިހާރުގެ ވެރިންގެ ތަޖުރިބާ ހުންނަންވާނެ.
ލެއްގިކޮމިޝަނަރް
21 January 2022
އިންޑިއާއިން ލަންކާއަށް އެހީ ދެނީއެއްނޫން. ބޮޑިތަނުން އިންޓަރެސްޓްލާފަ ލޯނުދެނީ. ހަމަ ދަރަނި ދަންތުރާގަ ޖައްސަނީ
ޔާންޓޭ2025
22 January 2022
ދެން ޗައިނާއިން ދިން ހަނޑޫ؟
ނިޒާރުބެ
20 January 2022
މުއްސަނދި ޗައިނާގެ އަޅުވެތިކަމުގައޮވެގެން ބިކާރީވީދުވަހު ލޯނުގަނޑެއް ކަނޑާލަނުދިންތާނގަ އެންމެފަހުން ވާދަވެރި އެހެންގައުމުތަކުން އަޅާލަންޖެހޭހިސާބަށް ކަންތައްދިއުމުން މިސަރަހައްދުގެ ގައުމުތަކަށް ހެޔޮވަރު ފިލާވަޅަކަށްވާނެ
ނޭގޭ
20 January 2022
ލަންކާއަށް ތެޔޮ ގަތުމަށް އިންޑިޔާއިން އެހީދެނީ
ބުލްބުލާ
20 January 2022
ޝުކުރިއްޔާ އިންޑިޔާ.
1828
20 January 2022
އޭގެ ބަދަލުގައި ލަންކާގައި އިންޑިއާ ސިފައިން ޤާއިމްކުރާނެ. އިންޑިއާއިން އެދުމެއްނެތި ވެދުމެއް ނުކުރާނެ.