ޚަބަރު / ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް

ރާޝިދަށް ވަނީ ވޯޓުގެ 48 ޕަސެންޓް ލިބިފައި. އެއީ 1،401 ވޯޓް. ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބުނީ 1،161 ވޯޓް. އެއީ 40 ޕަސެންޓް.

ފައިސާ ބަހާ ކަމުގެ ތުހުމަތާ އެކު ޕީޕީއެމްގެ ސަޕޯޓަރުން އިސްކަންދަރު ސްކޫލު ކުރިމަތީގައި ހިތްހަމަނުޖެހުން ފާޅުކުރަނީ -- ފޮޓޯ: މޫސާ ރަޝީދު/ މިހާރު

05 ފެބުރުއަރީ 2022 - 08:11

112 comments
05 ފެބުރުއަރީ 20:34

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ހުރިހާ ފޮއްޓެއްގެ ވޯޓު ގުނައި ނިމިފައިވާއިރު 240 ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ރާޝިދު. އޭނާ 1،401 ވޯޓު ހޯއްދެވި. ޕީޕީއެމްގެ ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓު ކަމަށް ވާއިރު އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ހޯއްދެވުނީ 232 ވޯޓު.

05 ފެބުރުއަރީ 20:24

މާލޭގައި ބެހެއްޓި ވޯޓުފޮށި (1) ވެސް ކާމިޔާބު ކުރެއްވީ ރާޝިދު. އޭނާ އަށް އެ ވޯޓުފޮށިން ލިބިވަޑައިގަތީ 280 ވޯޓު. ފަތުހީ އަށް 242 އަދި ހަންނާނަށް ލިބިވަޑައިގަތީ 88 ވޯޓު.

05 ފެބުރުއަރީ 18:24
05 ފެބުރުއަރީ 18:22

މާލޭގެ އިސްކަންދަރު ސްކޫލްގައި ބެހެއްޓި ވޯޓުފޮށި (2) ގެ ނަތީޖާ ކާމިޔާބު ކުރެއްވީ ރާޝިދު. އޭނާ އަށް އެ ވޯޓުފޮށިން 234 ވޯޓު ހޯއްދެވުނު. ފަތުހީ އަށް 178 އަދި ހަންނާނަށް ލިބިވަޑައިގަތީ 69 ވޯޓު.

05 ފެބުރުއަރީ 18:19
05 ފެބުރުއަރީ 18:16

ރާޝިދުގެ ކާމިޔާބީ، އޭނާގެ މަންމައާއެކު ފާހަގަކުރަނީ.

05 ފެބުރުއަރީ 18:16

ކޮމަންޑޫގައި އެމްޑީޕީގެ ކެމްޕޭނުގައި އުޅުނު ޓީމުން މިހާރު ވަނީ އިންތިހާބު ނިންމާލައި، އުފާ ފާޅުކުރަން ފަށާފައި. އެ މީހުން ވަނީ ވޯޓު ލާ މަރުކަޒު ހިމެނޭ ސަރަހައްދު ދޫކޮށް މިހާރު ގޮސްފައި. އެ މީހުން ބުނަނީ ކޮމަންޑޫން 60 ވޯޓު ސަރުކާރަށް ލިބުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށް. ފޯކައިދޫގައި ބެހެއްޓި ދެ ފޮށިން ވެސް ކުރި ހޯއްދެވީ އެމްޑީޕީ ކެންޑިޑޭޓް ރާޝިދު

05 ފެބުރުއަރީ 18:11
05 ފެބުރުއަރީ 18:01

ފޯކައިދޫގައި ބެހެއްޓި ދެވަނަ ވޯޓުފޮށިން ކުރި ހޯއްދެވީ ރާޝިދު. އޭނާ އަށް 223 ވޯޓު ލިބިވަޑައިގެންނެވިއިރު، ފަތުހީ އަށް ހޯއްދެވުނީ 204 ވޯޓު. ހަންނާނަށް މި ފޮށިން ހޯއްދެވުނީ އެންމެ 11 ވޯޓު.

05 ފެބުރުއަރީ 17:57

މިހާތަނަށް އިއުލާން ނުކޮށް ހުރީ މާލޭގައި ބެހެއްޓި ދެ ވޯޓުފޮށީގެ ނަތީޖާ. އެހެން ހުރިހާ ފޮއްޓެއ ގުނައި ނިމުނުއިރު ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު. އެހެންވެ، އޭނާ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި ކަމަށް ނިންމައި އެމްޑީޕީން މިހާރު ގެންދަނީ އޭނާ އަށް މަރުހަބާ ކިޔައި އުފާފާޅުކުރަމުން.

05 ފެބުރުއަރީ 17:48

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު، މި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ކަމަށް ނިންމައި ކޮމަންޑޫގައި އުފާފާޅު ކުރަން ފަށައިފި ކަމަށް އެ ރަށުގައި ހަރަކާތްތެރިވާ "މިހާރު" ގެ ނޫސްވެރިން ބުނޭ. މިހާތަނަށް އިއުލާން ކޮށްފައިވާ ފޮށިތަކުން ކުރި ހޯއްދެވީ ރާޝިދު.

05 ފެބުރުއަރީ 17:34

މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު. އޭނާ އަށް 659 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީ އަށް ލިބިވަޑައިގަތީ 541 ވޯޓު. އެމްއެންޕީގެ ކެންޑިޑޭޓަށް މިހާތަނަށް ލިބިވަޑައިގަތީ 151 ވޯޓު.

05 ފެބުރުއަރީ 17:32

ފޯކައިދޫގައި ބެެހެއްޓި ދެ ވޯޓުފޮށިން އެއް ފޮށިން ކުރި ހޯއްދެވީ ފަތުހީ. އޭނާ އަށް 202 ވޯޓު ލިބިވަޑައިގެންނެވިއިތު ރާޝިދަށް އެ ފޮށިން ހޯއްދެވުނީ 195 ވޯޓު. ހަންނާނަށް ލިބިވަޑައިގަތީ 13 ވޯޓު.

05 ފެބުރުއަރީ 17:30

މަރޮށީގައި ބެހެއްޓި ވޯޓުފޮށިން ރާޝިދަށް ލިބިވަޑައިގަތީ 161 ވޯޓު. ފަތުހީ އަށް ހޯއްދެވުނީ 96 ވޯޓު.

05 ފެބުރުއަރީ 17:29

ކޮމަންޑޫގައި ބެހެއްޓި ދެ ވޯޓުފޮށިން 60 ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު.

05 ފެބުރުއަރީ 17:27

ކޮމަންޑޫ ސްކޫލްގައި ބެހެއްޓި ވޯޓުފޮށިން ކުރި ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓް ފަތުހީ. އޭނާ އަށް އެ ފޮށިން 152 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް އެ ފޮށިން ލިބިވަޑައިގަތީ 144 ވޯޓު. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ކޮމަންޑޫ ސްކޫލުގައި ބެހެއްޓި ފޮށިން ހޯއްދެވުނީ 37 ވޯޓު.

05 ފެބުރުއަރީ 17:25

މިހާތަނަށް ނަތީޖާ ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު. ދެވަނައިގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް މޫސާ ފަތުހީ. މިހާތަނަށް ބަލާއިރު ރާޝިދު އެންމެ ބޮޑަށް ކުރި ހޯއްދެވީ ކޮމަންޑޫ ޕްރީ ސްކޫލުގައި ބެހެއްޓި ފޮށިން. އެ ފޮށިން ރާޝިދަށް 159 ވޯޓު ލިބިވަޑައިގެންނެވިއިރު، ފަތުހީ އަށް ހޯއްދެވުނީ 92 ވޯޓު. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 64 ވޯޓު.

05 ފެބުރުއަރީ 17:17

ބައެއް ވޯޓުފޮށިތަކުގެ ނަތީޖާ މިހާރު އަންނަނީ އިއުލާން ކުރަމުން. އޭގެ ތެރޭގައި ކޮމަންޑު އާއި މަރޮށި ހިމެނޭ.

05 ފެބުރުއަރީ 16:57

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގެ ވޯޓުތައް އަދި ގުނާކަށް ނުފަށާ. އޭގެ ތެރެއިން އެއް ފޮއްޓަކަށް ވޯޓުލައި ނިމުނީ ދެންމެ، އެހެންވެ، އެ ވޯޓުފޮށީގެ ވޯޓު ގުނަން ފެށޭނީ 30 މިނިޓް ފަހުން. އަނެއް ވޯޓުފޮށީގެ ވޯޓު ގުނުން މިހާރު ކުރިއަށް އެބަދޭ.

05 ފެބުރުއަރީ 16:49

ކޮމަންޑޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއްގެ ވޯޓުތައް ގުނަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

05 ފެބުރުއަރީ 16:44

ކޮމަންޑޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއް އޮފިޝަލުން ގުނަނީ

05 ފެބުރުއަރީ 16:32

މާލޭގައި ހުރި ކޮމަންޑޫގެ ވޯޓު ފޮއްޓެއް ފިޔަވައި، އެހެން ހުރިހާ ވޯޓު ފޮއްޓެއް މިހާރު ވަނީ ބަންދުކޮށްފައި. ވޯޓުތައް ގުނުމަށް މިހާރު އަންނަނީ ތައްޔާރުވަމުން.

05 ފެބުރުއަރީ 16:10

އިސްކަންދަރު ސްކޫލު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

05 ފެބުރުއަރީ 16:10

ކޮމަންޑޫ ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިސްކަންދަރު ސްކޫލު ކައިރީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޒުވާބު އުފެދި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. "މިހާރު"ގެ ނޫސްވެރިން ބުނަނީ އެ ސަރަހައްދުގައި ދެ ގުރޫޕަކުން ޒުވާބުކޮށް އިންޒާރު ދިނުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ތިން މީހަކު ގެންދިޔަ ކަމަށް. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުން.

05 ފެބުރުއަރީ 14:24

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވޯޓު ލައިފައި. މެންދުރު އެކެއް ޖެހުމާ ހަމައަށް ވޯޓު ލީ މީހުންގެ އަދަދު ވަނީ 1800 އަށް ވުރެ މައްޗަށް ގޮސްފައި. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 3309 މީހުންނަށް.

05 ފެބުރުއަރީ 14:21
05 ފެބުރުއަރީ 12:15

ވޯޓުލުން ކުރިއަށް ދަނީ ބޮޑެތި ތުހުމަތާއި ޝަކުވާތަކާ އެކު. ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން އިސްކޮށް ތިއްބައި ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވޯޓުލުން ހިނގި އިރު ވެސް ޕީޕީއެމުން ދަނީ ކުރަމުން. އެކަމަކު މިއީ މަސްލަހަތު ނަގާލަން ކުރާ ތުހުމަތުތަކެއް ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވޭ. އެމްޑީޕީން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ޕީޕީއެމާއި އާއި އެމްއެންޕީން ވަނީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި. އެކަމަކު އީސީން ބުނަނީ އިންތިހާބު ކުރިއަށް ދަނީ ހަމަނުޖެހުމެއް ނެތި އޮމާންކަމާ އެކުގައި ކަމަށް. ކޮވިޑަށް ޕޮޒިޓިވް މީހުން މި އިންތިހާބުގައި ވޯޓުލާން ދީފައި ވަނީ އެއް ގަޑިއިރު. އެއީ 3-4 އަށް.

05 ފެބުރުއަރީ 12:14

ކޮމަންޑޫގެ ޕްރީ ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމަށް ފަހު ދުވަސްވީ މީހަކު ވޯޓުލާ މަރުކަޒުން ނިކުންނަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

05 ފެބުރުއަރީ 12:12

ތިން ޕާޓީއަށް މުހިއްމު ވާދަވެރި ކެމްޕޭނެއް ދިޔައަސް މެންދުރާ ހަމައަށް ވޯޓުލުމުގެ ތަރުހީބު ކުޑަ. ގިނަ މީހުން ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވެނީ މެންދުރު ފަހު ކަމަށް ބެލެވޭ. ތިން ރަށުން 3,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު މީގެ ތެރެއިން 1,300 މީހުން ވޯޓުލަނީ މާލޭގައި. ރަށްތަކާ އަޅާބަލާއިރު މާލޭގައި މިހާތަނަށް ވެސް ގިނަ ބަޔަކު ވަނީ ވޯޓުލާން ނުކުމެފައި. ކޮމަންޑު އާއި ފޯކައިދު އާއި މަރޮށީގައި ވެސް އިންތިހާބު މޮނިޓާކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޕާޓީތަކުގެ ލީޑަޝިޕްގެ ބޭފުޅުން. އޭގެ ތެރޭގައި އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީގެ މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ.

05 ފެބުރުއަރީ 11:59

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓް

05 ފެބުރުއަރީ 11:56

ޕީޕީއެމުން މިހާތަނަށް ވަނީ ދެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި. އެ ޕާޓީން ބުނި ގޮތުގައި އެ ދެ މައްސަލައަކީ، ފޯކައިދޫ ވޯޓު ފޮށިތައް ސަރަހައްދުގައި އެމްޑީޕީގެ ކެންޑިޑޭޓް ކެމްޕޭން ކުރައްވާ މައްސަލަ އަކާއި އިސްކަންދަރު ސްކޫލު ސަރަހައްދުގައި ފައިސާ ބަހާ ކަމުގެ ތުހުމަތުތަކެއް.

05 ފެބުރުއަރީ 11:04

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި މާލޭގައި ހަރަކާތްތެރިވާ، ޕާޓީތަކުގެ އޮފިޝަލުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

05 ފެބުރުއަރީ 11:04

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމަށް ފަހު މީހަކު ވޯޓު ލީ ކަމުގެ ފާހަގަ ދައްކާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

05 ފެބުރުއަރީ 10:34

އިސްކަންދަރު ސްކޫލު ސަރަހައްދުގައި ހިނގި ޒުވާބުގެ ވީޑިއޯ

05 ފެބުރުއަރީ 10:31
05 ފެބުރުއަރީ 10:29

މާލޭގައި ވޯޓު ލާން ގޮސް ތިބި ބައެއް މީހުންނަށް އެމްޑީޕީން ފައިސާ ބަހާ ކަމުގެ ތުހުމަތާ އެކު ޕީޕީއެމްގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

05 ފެބުރުއަރީ 10:28

އެމްޑީޕީގެ ޖަގަހަ ކައިރީގައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މަޑުކޮށްލައްވައިގެން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

05 ފެބުރުއަރީ 10:27

އިސްކަންދަރު ސްކޫލު ކުރިމަތީގައި ޕީޕީއެމްގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

05 ފެބުރުއަރީ 10:19

އިސްކަންދަރު ސްކޫލުގެ ދެވަނަ ގޭޓް ކުރިމަތީގައި މަގުގެ އަނެއް ފަރާތުގައި އެމްޑީޕީގެ ޖަގަހައެއް އެބަހުރި. ފުލުހުން ތިބީ އެތަނުގެ ދޮރުމަތީގައި. އެތާނގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައެއް އިސް މީހުން ވެސް އެބަތިބި. ހަމަނުޖެހުމެއް އުފެދިދާނެތީ، ގިނަ އަދަދެއްގެ ފުލުހުން ވެސް އެބަ ހަރަކާތްތެރިވޭ

05 ފެބުރުއަރީ 10:18

މާލޭގައި ވޯޓު ލާން ގޮސް ތިބި މީހުން، ވޯޓު ލާން ދިއުމުން އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި އެމްޑީޕީގެ ޖަގަހަ އަކަށް ވައްދައި، އެ މީހުންނަށް ފައިސާ ދޭ ކަމަށް ބުނެ، ޕީޕީއެމްގެ ބައެއް ސަޕޯޓަރުން އަޑުގަދަކޮށް އެބަހަދާ. އިސްކަންދަރު ސްކޫލް ކުރިމަތީގައި ޕީޕީއެމްގެ ވަރަށް ގިނަ ސަޕޯޓަރުން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުން. އެ މީހުން ބުނަނީ ވޯޓު ލާން ގޮސް ތިބޭ ބައެއް މީހުން އެ ޖަގަހަ އަށް ވައްދަމުން ގެންދާ ކަމަށް. އަދި އެ މީހުންނަށް ފައިސާ ދޭ ކަމަށާއި އެކަން ހުއްޓުވައިދިނުމަށް އެ މީހުން ވަނީ ފުލުހުންގެ ކިބައިން އެދިފައި.

05 ފެބުރުއަރީ 09:19

އީސީގެ ނައިބު ރައީސްގެ ޓްވީޓެއް

05 ފެބުރުއަރީ 09:17

ފޯކައިދޫގައި މިއަދު ވޯޓު ލަނީ

05 ފެބުރުއަރީ 09:17

މަރޮށީގައި މިއަދު ވޯޓު ލަނީ

05 ފެބުރުއަރީ 09:16

ކޮމަންޑޫގައި ގިނަ ބަޔަކު ވޯޓު ލާކަށް އަދި ނުނުކުމޭ. މިހާރު ވޯޓު ލާން ގޮސް ތިބި މީހުން ކިޔޫގައި ވެސް ނުޖެހި ގޮސް ވޯޓު ލައި ވަގުތުން ނިމޭވަރުވޭ. ރޭ މައްސަލަ ބޮޑުވި ފޯކައިދޫގައި ވެސް ވޯޓު ލުން ދަނީ ކުރިއަށް. އަދި، މި ދާއިރާގައި ދެން ހިމެނޭ މަރޮށީގައި ވެސް ވަނީ ހެނދުނު ވޯޓު ލާން ފަށައިފައި.

05 ފެބުރުއަރީ 09:13

އިސްކަންދަރު ސްކޫލުގައި ވޯޓު ލުން ކުރިއަށް ދަނީ -- ފޮޓޯ: މޫސާ ރަޝީދު/ މިހާރު

05 ފެބުރުއަރީ 09:12

ވޯޓު ލުމަށް އިސްކަންދަރު ސްކޫލުގައި އޮތް ކިޔޫ -- ފޮޓޯ: މޫސާ ރަޝީދު/ މިހާރު

05 ފެބުރުއަރީ 09:07

އީސީގެ ނައިބު ރައީސްގެ ޓްވީޓެއް

05 ފެބުރުއަރީ 09:06

ކޮމަންޑޫ ދާއިރާގެ ވޯޓު ލުން މާލޭގައި ވެސް ކުރިއަށްދޭ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ އިސްކަންދަރު ސްކޫލުގައި. މި އިންތިހާބުގައި ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓާފައި އެބަހުރި. އެއީ މާލޭގައި ދެ ފޮށި، އަދި ފޯކައިދޫގައި ދެ ފޮށި، ކޮމަންޑޫގައި ދެ ފޮށި އަދި މަރޮށީގައި އެއް ފޮށި.

ކެމްޕޭންގެ ވާދަވެރި ކަމުން މުޅި ރާއްޖޭގެ އަމާޒު ހުއްޓިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

މި ދާއިރާގައި ހިމެނޭ ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދޫގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށް އެބަދެ އެވެ. ވާދަވެރި މި އިންތިހާބުގެ ވޯޓުލުން ފެށިއިރު ހުރިހާ ވޯޓު ފޮއްޓެއްގެ ކައިރީގައި ވަނީ ކިޔޫ ހަދައިފަ އެވެ.

ތިން ޕާޓީއަކުން މި އިންތިހާބުގައި ވާދަކުރެ އެވެ. އެއީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން މުހައްމަދު ރާޝިދާއި ޕީޕީއެމުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީން އަބްދުލް ހަންނާނެވެ.

ކޮމަންޑޫގައި މިއަދު ބަޔަކު ވޯޓު ލާން ކިޔޫގައި -- ފޮޓޯ/ ފަޔާޒް މޫސާ/ މިހާރު

ވޯޓުލުމުގެ ހައްގު 3،309 އަށް ވުރެން ގިނަ މީހުންނަށް ލިބެ އެވެ.

ކޮމަންޑޫ: 1،406

މަރޮށި: 703

ފޯކައިދޫ: 1،201

ކޮމަންޑު އާއި ފޯކައިދޫގައި ވޯޓުލާން ދެ ފޮށި ބަހައްޓާފައިވެ އެވެ. މަރޮށީގައި ބެހެއްޓީ އެއް ފޮއްޓެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ މީހުންނަށް ފޮށިތައް ވެސް ބަހައްޓާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ގޮނޑިއެއް ހުސްވެ ބާއްވަން ޖެހުނު ބައި އިލެކްޝަންތަކުގައި މިހާ ވާދަވެރި، އިންތިހާބެއް ނުދެ އެވެ. އިންތިހާބު އިއުލާންކުރުމާ އެކު ތިން ޕާޓީގެ ވެސް އިސް ބޭފުޅުން ދާއިރާގެ ރަށްތަކަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ތިއްބަވައި ކެމްޕޭން ކުރެއްވި އެވެ.

މި ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ގޮނޑި ފުރުއްވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާ ގުޅިގެންނެވެ.

112 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 0%
icon angry icon angry 54%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިޙްސާސް

06 February 2022

ޕޕއމ ދެން ބުނާނެ ވޯޓު އޮޅުވާލީއޭ. އމޑޕ ކުދިން ދެން އަވަހަށް ބައިބަޔަށް ބޮނޑިބަތް ބަހަން އިސާހިތަކު ފަށާފާނެ.

The name is already taken The name is available. Register?

ފަތަފަތަ

06 February 2022

ސުޕްރީމް ކޯޓަށް ދާން ފެންނަނީ ތިކަމުގަވެސް. ބަލިގަބޫލުކުރަން އެންމެ ނޭނގެނީ މި ބޭފުޅުންނަށް

The name is already taken The name is available. Register?

ކިޔާން

06 February 2022

ދެން އަވަހަށް ކޮމަންޑޫ ދާއިރާ ތަރައްގީ ކުރަން ވައުދު ވެ ވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވައިދީ. އަވަހަށް ހުރިހާ ޕްރޮޖެކްޓްތަށް ފައްޓަވާ ނިންމަވާ ދެއްވާ. އެހެން ދާއިރާތަކަށް ރަގަޅު މިސާލެއް. ކޮމަންޑޫ ދާއިރާގެ ރަށްތަކަކީ އެހެން އަތޮޅުތަކާ، ރަށްތަކަށް ވުރެ ތަރައްގީވެފަވާ ތަނަކަށް ހަދަންޖެހޭނެ.

The name is already taken The name is available. Register?

ޒާލިމް

06 February 2022

މަޖިލިސް ގޮނޑިއެއް މިވަރުން ނަގަން ދެކޮޅުން ހިފައިގަތީމަ އެނގެންވާނެ ބަލިވާ ބަޔަކަށް ދެން ކުރިއަށް ދާން ރާވަންވީ ގޮތެއް. ޕީޕީއެމް ބަލިވުމަކީ ޔާމިންގެ ބަދަލުގައި އެހެން މީހަކު ނުކުތުން. އެހެން ނޫނަސް އެމްޑީޕީގެ ވެރިކަން ބަދަލު ކުރަން ޖެހޭ ވަރު ކަމެއް އަދި ނެތް.

The name is already taken The name is available. Register?

ރެމަރާ

05 February 2022

ރާއްޖެގަ އޮންނަނީ ހަގީގަތުގަ 2 ޕޮލިޓިކަލް ޕާޓީ ދެން އުޅެނީ ބޮޑަމަސްގައިގަ ތަތްކޮށްލައިގެން އުޅޭ ކުޑަ ރެމަރާ 2 މަސް އެބަހީ ދީނީއަދާލަތާއި ޚަޒާނީވިލާ. މޮޅުވާންވީ ފޯމިއުލާއަކީ މި2ރެމަރާ ގަނެލުން. މިކަންފެންނާނެ 2008 އިން މިއަދާހަމައަށް އޮތް ކޮންމެ އިންތިހާބަކުން.

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

05 February 2022

ގާސިމަށް ދޭންވައުދުވިއެއްޗެއް އޭނާއަށް އަވަހަށް ދޭންއުޅޭ. ނޫނީ އަނެއްކާ ބޣވާތަކަށް ޚަރަދުކޮށްފާނެ. ފަހުންރޯނީއެއްނޫން. މަމިބުނީ ވަގުތުންވަގުތަށް އަޅަންޖެހޭ ފިޔަވަޅު.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

05 February 2022

މިތާމިއުޅޭ ރަދީފެކޭކިޔާމީހާއަކީ ހާދަނުލަފާމީހެކޭ. އޭރު އޮއިހުންނަކޮޅަކަށް ކޮމެންޓުކުރާނީ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

05 February 2022

ބްރޯ އެއީ އަޅުގަނޑުކުރި ކޮމެންޓްތަކެއް ނޫން.އަޅުގަނޑުގެ ޔޫޒާނޭމް ވަގަށް ނަގައިގެން ކޮންމެވެސް މީހަކު ކޮމެންޓްކުރަނީ.އެމީހަކަށް ފިލާ އިނދެގެން އެކަން ކުރެވުނަސް މާތްﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވޭ.ވ.ވެދުން

The name is already taken The name is available. Register?

ގފދބ

06 February 2022

ހާޖީ މެންނަށް އަދި އުޅެން ނޭނގެނީ. އެއީ އޭނަގެ ހިޔާލު.

The name is already taken The name is available. Register?

Nice

05 February 2022

މަރޮށި އެނބުރުނީމަ ދެން ޔާނު މެންވެސް ތިޔަ އައުޓް ކެންޕޭނު ހުއްޓައި އެމްޑީޕީހެން ރައްޔިތުންނަށް ކޮށްދޭނެ ކަންތައްް ކިޔާދީ އޯގާތެރިކަން އިސްކުރޭ. 23 އެހެން ނޫނީ މި ގެއްލެނީ.

The name is already taken The name is available. Register?

ކޯޑިނޭޓަރ

05 February 2022

ވޯޓުން ދޭ މެސެޖް:،، 1. އިދިކޮޅު ބައި ބައިވެގެން ސަރުކާރު ހިންގާ ޕާޓީ ބަލި ކުރުން އުނދަގޫވާނެ ކަން.. 3. މަޝްރޫޢުތައް ހިންގާ ދައުލަތުން ބޮޑެތި ޚަރަދުތައް ކުރިޔަސް ހީކުރާ ވަރަަށް ވޯޓެއް ނުލިބޭކަން.. 4. ވޯޓު ދެނީ މީހަކަށް ނޫނޭ ޕާޓީ އަށޭ. 5. ވޯޓުލާ މީހުންގެ 15 % ވަރަކީ ވޯޓު ވިއްކާ މީހުންކަން.. ނަތީޖާ ބަދަލުކުރަން މި 15% މުހިއްމު ދައުރެއް އަދާކުރާކަން.

The name is already taken The name is available. Register?

ޣފދފ

06 February 2022

ކޮބާ އިދިކޮޅު ބައިބައިވެފައި؟

The name is already taken The name is available. Register?

ޑޮނާ

06 February 2022

ވަރަށް ރަނގަޅު ވާހަކަ އެއް. ނާޒިމް ޕާޓީ ޕީޕި އެމް އާ ގުޅެންވީ. އެހެން ނޫނީ ތިއީ އިދިކޮޅަށް ލިބެން އޮތް ވޯޓެއް ގެއްލުވާލުން. ނުސީދާ ކޮށް އެމް.ޑީޕީ އަށް ތި ކަމުން ހުރިހާ މޮޅެއް.

The name is already taken The name is available. Register?

ކޮބާ

05 February 2022

އިންޑިއާ އައުޓަށް ގޮވަނިކޮށް އެވީ ޕީޕީއެމް އައުޓު. ލަދު ގަނޭތަ؟ ހެހެހެހެ... ލޯތްބާއި ރުހުމަކީ އެޒާތުގެ ކެންޕޭނަކުން ލިބޭ އެއްޗެއް ނޫންކަން ދަސްކުރަމާ.

The name is already taken The name is available. Register?

ޣަނީ

05 February 2022

ތިބުނާލޯބި ފެނުނި ވަރައްކުޑަތަފާތެއް އެވެސް އިންތިހާބައް ބިލިޔަންރުފިޔާ ގެ ވައުދުތަކާއެކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454