ރިޕޯޓް / ޖުޑީޝަރީ

ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!

ޔާމީންގެ އެކައުންޓްގައި "ގޮތް ނޭނގޭ ފައިސާ ހުރި ކަމަށް" އިއްތިފާގުވާއިރު ޖަލުން ސަލާމަތްވި ގޮތާ މެދު އަޖައިބުވާ ކަމަށް އާޒިމް ވިދާޅުވި އިރު، ޔާމީން ސަލާމަތްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީ

ޕީޕީއެމްގެ ވެރިކަމުގައި 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު "ފެބްރުއަރީ 1" ގެ އަމުރާ ހަމައަށް ސަރުކާރާއި ޕީޕީއެމުން ދިޔައީ އެ ކޯޓަށް އޮތް ފުރިހަމަ އިތުބާރުގެ ވާހަކަ ދައްކައި ދިފާއުކުރަމުންނެވެ. ޖަލުގައި ތިއްބެވި އޭރުގެ އިދިކޮޅު ލީޑަރުންނާއި ސިޔާސީ ބޭފުޅުން މިނިވަންކުރުމުގެ ހުކުމާ އެކު، އެ ހުރިހާ ކަމެއް އަނެއްކޮޅަށް ބަދަލުވީ އެވެ. މިއަދު ވެސް އެ މަންޒަރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެމްޑީޕީގެ އިސް ބޭފުޅުންގެ ބަހުގެ ހަމަލާތައް އޮތީ ކޯޓުތަކާއި ފަނޑިޔާރުންނަށެވެ. އެންމެ ފުރަތަމަ އެކަމާ ފާޅުގައި ވާހަކަ ނުދެއްކެވި ނަމަވެސް އެންމެ ފަހުން އާންމުންގެ ތެރޭ އެ ވާހަކަ ދައްކަވަން ފެއްޓެވީ އެވެ.

ވޭތުވެދިޔަ ތިން އަހަރު މި ސަރުކާރާއި އެމްޑީޕީން އެންމެ ފަޚުރުވެރިކަމާ އެކު ދެއްކި އެއް ވާހަކަ އަކީ ޝަރުއީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކެވެ. ވަކިން ޚާއްސަކޮށް، ސުޕްރީމް ކޯޓަށް އައިސްފައިވާ ހެޔޮ ބަދަލެވެ. އެކަން ގިނަ ބަޔަކު ގަބޫލު ވެސް ކުރެ އެވެ. އެކަމަކު މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ އެކު، އެ ބޭފުޅުންގެ ރާގު ބަދަލުވީ އެވެ.

ޔާމީން މިނިވަންވުމުން އެންމެ ފުރަތަމަ އެމްޑީޕީގެ އިސް ބޭފުޅުން ދެއްވީ ވަކި ތާރީޚެއްގެ ކުރިން އެ މަނިކުފާނު އަލުން ޖަލަށްލާނެ ކަމުގެ އިންޒާރެވެ. ދެން އައީ އެންމެ އަކުރެއް ނުވަތަ ފިއްޔެއްގެ މައްސަލާގައި ޔާމީން މިނިވަންވީ ކަމަށް ބުނެ ފާޑުކިޔުމެވެ. އެންމެ ފަހުން ދުރުދުރުން ވާހަކަ ދެއްކުމުގެ ބަދަލުގައި ދެން އައީ ސީދާ އިންޒާރެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މި ހަފްތާގައި ގޮވައިލެއްވީ ޔާމީން ޖަލަށްލާން ހުކުމް ނުކުރާ ފަނޑިޔާރުން މަގާމުން ދުރުކުރުމަށެވެ.

ޔާމީން މިނިވަންކުރި ހުކުމާ މެދު "އަޖައިބުވާ" ކަމަށް ވިދާޅުވެ، އާޒިމް ދެއްކެވި ސަބަބަކީ ޔާމީންގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުމާއި އެ މަނިކުފާނުގެ ގެކޮޅު އިމާރާތް ކުރަމުންދާ ދިއުމެވެ. އެކަމަކު އެއީ ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލެއް ވެސް ނޫން

"ފަނޑިޔާރުން އެކަން ނުކޮށްފިއްޔާ އަޅުގަނޑުމެން މި ތިބީ ވަކިކުރަން ޖެހުނު ކޮންމެ ބަޔަކު ވަކިކުރަން ނުކުމެ ތައްޔާރަށް،" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އާޒިމް ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރި ހުކުމާ މެދު "އަޖައިބުވާ" ކަމަށް ވިދާޅުވެ، އާޒިމް ދެއްކެވި ސަބަބަކީ ޔާމީންގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުމާއި އެ މަނިކުފާނުގެ ގެކޮޅު އިމާރާތް ކުރަމުންދާ ދިއުމެވެ. އެކަމަކު އެއީ ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލެއް ވެސް ނޫނެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން ބަޔަކަށް ގަބޫލު ކުރެވުނަސް ނުވަތަ ނުކުރެވުނަސް، އެއީ މަޖިލީހާއި ސަރުކާރާއި ރައްޔިތުން ހިމެނޭހެނެން އެންމެން ތަބާވުން ލާޒިމް އަދި އެންމެ ފަހުގެ ނިިންމުމެވެ.

ޔާމީންގެ އެކައުންޓްގައި "ގޮތް ނޭނގޭ ފައިސާ ހުރި ކަމަށް" ހުރިހާ ފަނޑިޔާރުންނާއި އެންމެން އިއްތިފާގުވާ ކަމަށާއި އެހެންވެ ޖަލުން ސަލާމަތްވި ގޮތާ މެދު އަޖައިބުވާ ކަމަށް އާޒިމް ވިދާޅުވި އިރު، ޔާމީން ސަލާމަތްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކޮން ފައިސާއެއްކަން ހޯދިފައި ނުވުމެވެ. ގާނޫނީ ގޮތުން ބަލާއިރު އެއީ އަޖައިބުވާންޖޭ ކަމެއް ނޫނެވެ. އެއީ ހުކުމް އިއްވީ އެންމެ މަތީ، ފަހު މަރުހަލާގެ ކޯޓުން ކަމަށް ވާއިރު ފަހުން ކުރާ ތަހުގީގަކުން އެއީ ދައުލަތުން ގެއްލުނު ފައިސާކަން ކަށަވަރު ނުވެއްޖެ ނަމަ ނުވަތަ ރަނގަޅު މުއާމަލާތެއްކަން އެނގުނަސް ޔާމީންގެ ޖަލު ހުކުމް ދެމިއޮންނާނެތީ އެވެ.

މަޖިލީހަށް، އަމިއްލަ އިސް ނެގުމުގައި ފަނޑިޔާރުން ވަކިކުރުމުގެ ބާރެއް ނެތަސް، ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފުރިހަމަ ކޮންޓްރޯލް އޮތީ މަޖިލީހާއި ސަރުކާރުގަ އެވެ. އާޒިމް އެ ވާހަކަ ދެއްކިއިރު އެކަމަށް ފުރުސަތު ދެއްވައިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ޖޭއެސްސީގެ މެމްބަރެއް ކަމަށްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޖޭއެސްސީގެ ރައީސަކީ އެމްޑީޕީއަށް ނިިސްބަތްވެ ވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ.

މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/މަޖިލިސް

ޔާމީނަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެގޮތަށް ވިދާޅުވުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމެވެ. އަދި މަޖިލީހުގެ ރައީސް ނޫނަސް، މަޖިލީހުން އައްޔަންކޮށް އަދި ވަކިކުރެވޭނެ އެތައް މެމްބަރުންނެއް ޖޭއެސްސީގައި ތިބުމުން އެއީ އެ ކޮމިޝަންގެ މެމްބަރުންނަށް ވެސް ނުފޫޒު ފޯރުވުން ނޫން ކަމަކަށް ނުވާނެ އެވެ. ހަމައެހެންމެ، ފާޅުގައި ފަނޑިޔާރުންނަށް އިންޒާރު ދޭއިރު ވެސް ޖޭއެސްސީ އޮތީ ހިމޭނުންނެވެ.

ޔާމީންގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ލިބުނު ހައިރާން ކަމާ އެކު ވެސް، އެމްޑީޕީގެ މެމްބަރުން އެންމެ ފުރަތަމަ އެކަން ދެއްކީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނެތްކަމުގެ ހެއްކެއްގެ ގޮތުގަ އެވެ. އެކަމަކު ޔާމީންގެ ސިޔާސީ މަސައްކަތްތައް އަލުން ފެއްޓެވުމާ އެކު، ރާގު ބަދަލުވެ، ފަނޑިޔާރުންނަށް ބަހުގެ ހަމަލާތައް އަމާޒު ކުރުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވައުދާ މެދު ސުވާލު އުފައްދަން ލިބޭ ޖާގަައަކަށް ނޫނީ ނުވެ އެވެ.

މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތްތަކާ ބެހުމުގެ ބާރެއް ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި ބޭފުޅަކަށް ނޯންނާނެ ކަމަށާއި އެހެންވެ، ޔާމީންގެ މައްސަލާގައި ވަކި ގޮތަކަށް އަމަލު ނުކޮށްފި ނަމަ މަގާމުން ދުރުކުރާނެ ކަމަށް ބުނުމުން އެ ދެވެނީ އެހެން މެސެޖެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ބަދަލުގައި އެ ޕާޓީގެ ބާރުގެ ދަށަށް ޝަރުއީ ދާއިރާ ގެންދިއުންކަން އެ ވާހަކައިން ހާމަވާ ކަމަށެވެ.

"ޖަލަށްލަންޏާ ލާންޖެހޭނީ ޝަރީއަތަށް އެކަން ސާބިތުވީމާ. އެއީ އެމްޑީޕީ މެމްބަރުން ބޭނުންވީމާ ކުރަންޖެހޭ ކަމެއް ނޫން. މިހާރު އެ ބުނަނީ ތިމަންނަމެން ބޭނުންވާ ގޮތަށް ހުކުމްކުރާ ފަނޑިޔާރުންނޭ ތިބެން ޖެހޭނީ. އެއީކީ ނޫން ރައްޔިތުން ބޭނުންވާ ގޮތަކީ އަދި ގާނޫނުއަސާސީގައި ވެސް އޮތް ގޮތަކީ. އެހެންވީމާ ޝަރުއީ ދާއިރާ މިނިވަން ކުރުމުގެ ވާހަކައިގެ އެއްވެސް އިހްލާސްތެރިކަމެއް ނެތްކަން މިކަމުން ވެސް މި އެނގެނީ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން އެގޮތަށް ވާހަކަ ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެކެވެ. އަދި އެފަދަ މައްސަލަތައް ކޯޓުތަކުގެ އިސް ނެގުމުގައި ބެލުމުގެ ފުރުސަތު އޮންނަ ކަމަށާއި އެހެންވެ، އެ މައްސަލަ ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވާހަކަ ދެއްކީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރަކު ކަމަށް ވެސް، އެކަމަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމުން މުޒާހަރާކުރަނީ. -- ފޮޓޯ: މިހާރު

މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީން އަނބުރާ ޖަލަށް ގެންދާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސް ބޭފުޅުން އެކި ގޮތްގޮތަށް އިންޒާރު ދެއްވާފައި ވަނިކޮށް މަޖިލީހުގައި އާޒިމް އެގޮތަށް ވާހަކަ ދެއްކީ ރާވައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. އަދި މީގެ ކުރިން މަޖިލީހުގައި ކަންކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު، އެކަމުގެ ސަބަބުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުރަސްމީ ސިފައެއްގައި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން އެ މަޝްވަރާ ކޮށްފައި އެ ވާހަކަ އެ ދެއްކީ. މީގެކުރިން ޖަލްސާތަކުގައި މިވެނި ފަނޑިޔާރުންތަކެއް ވަކިކުރާނަމޭ ބުނެފައި އެ ފަނޑިޔާރުން ވަކިކޮށްފައި އެބަހުރި. އެހެންވީމާ އެއީ ނުފޫޒު ފޯރުވުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން މިނިވަންވުމާ ދެކޮޅަށް އެމްޑީޕީގެ އިސް ބޭޭފުޅުން ވާހަކަ ދައްކަވާއިރު، ޔާމީނަށް ދައުވާކުރާ ދެން ހުރި މައްސަލަތަކަށް އެކަމުގެ އަސަރު ދަނީ ކުރަމުންނެވެ. ޔާމީންގެ މައްސަލަ އާއި ޔޫތު މިނިސްޓަރު މަހްލޫފްގެ މައްސަލާގެ ޝަރީއަތް ތާވަލް ކުރުމުގައި ތަފާތުކޮށް އަމަލު ކޮށްފައިވާކަން އެކަމާ ގުޅުވައިގެން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެގޮތަށް އެކަން ހިނގާއިރު ވެސް، ޖޭއެސްސީ ހިމޭނުން އޮތުމުން ކަންބޮޑުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މައްސަލައާ ހަމައިން ފެނިގެން ދިޔައީ އެމްޑީޕީއަށް ޝަރުއީ ދާއިރާ ގޯސްވި މަންޒަރެވެ. އެކަމަކު ކޯޓުތަކާއި ފަނޑިޔާރުންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއް ނުވަތަ ސަރުކާރު ހިންގާ ޕާޓީއަކުން ރުހޭ ގޮތަކަށް ކަންކަން ކުރަންޖެހޭ ބައެއް ނޫނެވެ. އެހެން ނޫން ނަމަ، ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތުމުގެ ބޭނުމެއް ވެސް ނެތެވެ. އެހެންވެ، ކޯޓުތަކާއި ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާ އެކު، މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހެ އެވެ. އެކަމަކު އޭރު ވެސް މިހާރުވެސް އެ މަންޒަރެއް ނުފެނެ އެވެ.

28 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 13%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްޕިރިން

09 February 2022

އެހެންވީމަދޯ ފުރާޅުން ޓިނުނެގީ.

The name is already taken The name is available. Register?

ކަން

09 February 2022

އެންމެ މީހެއްގެ މައްސަލަ އެންމެ ފަހަރަކު އެންމެ ކޯޓަކުން މިމީހުން ބޭނުންނުވާ ގޮތަށް ނުނިންމީމަ އެތިބީ އަރާވަރު. އެމްޑީޕީ އެންމެ ފުރަތަމަ ވުޖޫދަށް އައިސްގެން ގޮވި ގިނަ ފަތިވަރަކީ ހަމަ އެކަހަލަ ވާހަކަތަކެއް. ތިމާމެން ނުރުހޭތީއާ ބޭނުންވާ ގޮތަށް ކަންކަން ނުވުމުން މައުމޫން ނުބައިވުން އެއަށް ކިޔަނީ.

The name is already taken The name is available. Register?

ޗޮސްބެ

09 February 2022

ފާޑުފާޑަށް ޝުރުޚީ ޖަހައިގެން އޮޅުވާލަން ނޫޅޭ... ރާއްޖޭގެ ޝަރުޢީނިޒާމް ރަގަޅެކޭ ނުބުނެވޭނެ. ބޭނުންވާ ހުކުމް ނުކުރަނީއެއްނޫން، ރާއްޖެޔަށް ބޮޑެތި ބޮނޑި ބޮނޑި ޑްރަގް އެތެރެކުރާ އެއްވެސް މީހަކަށް ކުށް ސާބިތުވޭތަ؟ ބޮކްސާދަށުން ބައިކިލޯ ޑްރަގް ނެގީމަވެސް އިޖްރާތު ގޯހޭ ކިޔާފަ ދޫކޮއްލަނީ ސާބިތު ނުވާތީތަ؟ ކޮންމެ ގޮތެއްވިޔަސް ބައިކިލޯ ޑްރަގް އޭނަޔަށް ނޭގި ބޮކްސާދަށަށް ވަދެވޭތަ؟

The name is already taken The name is available. Register?

ކިނބޫ

11 February 2022

ބޮކްސާދަށުން ބައިކިލޯ ޑްރަގް ނެގީއޭ ބުނާއިރަކަށް މީހެއްގެ މައްޗަށް އަދަބެއް ކަނޑައެއް ނޭޅޭނެ. ބޮކްސާދަށުން ބައިކިލޯ ޑްރަގް ނެގިކަން ސާބިތުކޮށްދޭން ޖެހެނީ. އެކަމެއް ނުކުރާނެ. ނަމަކަށް ކޯޓަށް ގެންދަނީ. ގަސްތުގަ މައްސަލަ ސާބިތު ނުވާނެ މިންވަރު ކަށަވަރު ކޮށްގެން ދަނީވެސް. އަނގަ ނުހާވައްޗޭ އަހަރުން ކުރިމަތީ.

The name is already taken The name is available. Register?

ވަހުތާން

09 February 2022

އުސް ފަސްގަނޑުގަ ކޯޓެއް ހަދާފަ އެހެން ކޯޓުތައް އުވާލީމަ އެވީނު! ދެން އެތަނަށް ލާނީ ބުނާކަމެއް ކުރާނެ މޮޔައިން، ރަނގަޅުވާނީ ލޮނުޒިޔާރަށް ކޯޓަށްލީ މީހާ. ރ. މޫސަ

The name is already taken The name is available. Register?

ދޮގެއް

11 February 2022

ރާމޫސަ ފަނޑިޔާރަކަށް ލީމަ ރަނގަޅުވާނެ

The name is already taken The name is available. Register?

މަބުނީ

09 February 2022

ކޮބައިތޯ އެމް އެމް ޕީ އާރު ސީގެ ވައްކަސް، ގަޓުހުރިމީހުން ކޮއްލި މޮޅުކަމަކަށްވީތޯ! މަޤާމެއްލިބޭ ހައިސިއްޔަތެއްއޮތް ކޮއްމެމީހަކު ލޫޓުވާއްއޮތް ގޯއްޏެއްތޯ ދިވެހި ބައިތުލްމާލުއެކީ؟ ޗެކު ޖަމާވިކަށް ޔަގީންވާއިރު ސްލިޕްގެ ނަމްބަރާއި ޗެކް ނަމްބަރ ދިމާނުވުމީ މައްސަލައަކުން ބަރީއަވެވި ހިޔާނާއި ހުއްދަވާނެކަމެއްތޯ؟ އިލްމީ ނަޒަރަކުން ދިރާސާކުރީމަ ފެންނަނީ ހުރިހާ މުޢައްސަސާއަލުން އެފައިސާ އަދި މިފައިސާ ކައިފަވާކައިފަ ވާކަމެވެ.

The name is already taken The name is available. Register?

ޚުދުމުހުތާރު ޕާޓީ

09 February 2022

އެއްވެސް އިރެއްގަ އެމްޑީޕީއަކީ މިނިވަން މުއައްސަސާތަކެއް ނުވަތަ މިނިވަން ޖުޑިޝަރީއެއް ބޭނުންވާ ބައެއް ނޫން. އެމީހުން ބޭނުންވާ ގޮތަށް ޙުކުމްކޮށް، ކަންކުރާނެ ކޯޓުތަކާއި ކޮމިޝަންތައް ބޭނުންވަނީ. ދުވަހަކު އެ މީހުން ދައްކާ ވާހަކައަކާއި އަމަލަކާ ދިމާވިތަ. ކެބިނެޓް އިން މިނިސްޓަރ ނަން ނާންނަ މީހެއް އޭސީސީއަށް އަންނަން ބުނީމަ، މާ އަވަސް އަރުވާލައިގެން އެތަން ހަފުސް ކޮށްލީވެސް. ތެދެއް. އެ މީހުން ނަމުން ޑިމޮކްރެތީކް. ނޯތު ކޮރެއާވެސް ނަމުން ޑިމޮކްރެޓިކް

The name is already taken The name is available. Register?

ބޮޑުމީހާ

09 February 2022

މިރާއްޖެއަށް ޑިމޮކްރަސީ އައިސްގެން ވީ ފައިދާއެއް ނެތް. ސިޔާސީ މީހުންނާއި މަހުޖަނުން އިތުރަށް މުއްސަދިވަނީ ރައްޔިތުން ބިކަވަނީ. މިރާއްޖޭގެ އެންމެ މުސާރަ ބޮޑު އެންމެ އެލަވެންސް ބޮޑު އެންމެ ރަގަޅު ކާނާ ކައިގެން އުޅޭ މީހުންނަށް ދައުލަތުގެ ޚަރަދުގައި އާޝިއާން ގައުމުތަކުން އިންޝުއަރެންސް ދެނީ ކީއްވެބާ؟ ރާއްޖޭގެ ސިއްޚީ ނިޒާމުވެސް ކުރިނާރަނީ މިހެންވެ.

The name is already taken The name is available. Register?

އާކޫރޭ

09 February 2022

މިޤައުމުގަ ހެޔޮނުވާނެ މަރުގެ ހުކުން ތަންފީޒް ކުރަން. މިއަދު މަރަން ހުކުން އިއްވާފަ މާދަން އަނެއްކާ ސިޔާސީ ނުފޫޒުން އެހުކުން ބަދަލް ވާއިރު އޮންނާނީ މީހާ ކައްވަޅުގަ.

The name is already taken The name is available. Register?

ނޫންތަ

11 February 2022

ދޫނި ރާއްޖޭގަ ދޫންޏަށްވެސް ހިމާޔަތެއް ނެތް. އެކަމަކު ބަޖެޓްގަ މިލިއަނުން ފައިސާ ޖެހި. އެ ފައިސާގަނޑު ކާލައިފި.

The name is already taken The name is available. Register?

ރަޔާން

09 February 2022

ބަޔަކު ބޭނުންހާ ގޮތަކަށް އަންނަން ޖެހޭ އެއްޗެއް ނޫން ހުކުމަކީ. ރުހުނަސް ނުރުހުނަސް އިސްލާމީ ޝަރީއަތެއް ގާއިމްކޮށްފަ އޮނަ ތަނެއް ވިއްޔާ ހުކުމް އަންނާނީ ހައްގަށް. އެ ހެޔޮ ބަޔަކު ރުހުނަސް ނުރުހުނަސް. އެވަރު ނޭނގޭ ބަޔަކު ގައުމެއްގެ މަތީ ފަޑިއަށް އަރާތިބުމަކީ އެ ގައުމެއްގެ ގެއްލުމާއި ހަލާކު

The name is already taken The name is available. Register?

ކަމީލާބީ

09 February 2022

ރާއްޖޭގެ ޝަރުއީދާއިރާ ރަނގަޅެއް ދުވަހަކުވެސް ނުވާނެ! ސަބަބު: ސިޔާސީ އަދި ނުފޫޒްގަދަ އާއިލާތަށް އަދި ބޮޑު ވިޔަފާރިވެރިންނަށް ގާނޫން އަދި ގަވައިދެއް ނުހިގާނެ ރާއްޖޭގަ! މިސާލަކަށް ހޮޑައިދޫގެ ބީޗްގަ ބަނގުރާ ބޮއެ މަސްތުގައި ތިބި މެންބަރުން އަދި ބިޔަފާރިވެރިން އަދި ސިޔާސީ ބޭފުޅުން ސިޔާސީ ނުފޫޒުން ދޫކޮށްލީ! މިހާރުގެ ބަނގުރާ ބޯ ބޮޑުން ދޫކޮށް ނޭގޭކަމަށް ހަދައިގެން މިތިބެނީ! އެކަމަކު އާދައިގެ ޒުވާނަކު ބޮއިފިނަމަ ޖަލު ހުކުމެއް! ވިސްނަބަލަ ދިވިހިން!

The name is already taken The name is available. Register?

މުލޭ

09 February 2022

ބަނގުރަލާ މަސްތުވާތަކެތި ޢާންްމު ވެއްޖެ. އެ ގެންގުޅެ ބޭނުންކުރާ މީހުންނަށް ފިޔަވަޅު ނާޅާ ދުނިޔޭގެ ލަދަށް ނުވަތަ ރައްޔިތުން ބޮލަށް އަރައިގެންފާނެތީ ހަމައެކަނި އެތިކޮޅު އަތުލަނީ. މިކަންކަމަކީ މަތިފަޑީގެ މީހުންނާ ގުޅިފަ ހުންނަ ކަންކަން. ނުުވާނެ ރަނގަޅެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454