ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ހުކުމް ކުރުމަށް ފަހު ކޯޓުން ނެރުމާ އެކު، ކޯޓު ބޭރުގައި ތިބި މީހުންނަށް އަތުން އިޝާރާތްކޮށްލައްވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
06 ޖޫން 2016 - 22:14
ފިސްތޯލައެއް ގެންގުޅުއްވުމުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް އަވަސް އަރުވާލައިގެން ހުކުމް ކުރީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް ކަން ހާމަވާ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން މިއަދު ބުނެފި އެވެ.
ރާއްޖޭން ބޭރުގައި މިހާރު ތިއްބެވި ރާއްޖޭގެ ސިޔާސީ ބޭފުޅުން އުފައްދާފައިވާ ޔުނައިޓެޑް އޮޕޮޒިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖިނާއީ ކުށްތައް ހުއްޓުވޭނީ އަވަހަށް ޝަރީއަތް ހިންގައިގެން ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލައިގެ ބެންޗު ކުއްލިއަކަށް ބަދަލުކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ މައްސަލަ ބަލަން ފަށައި އަވަހަށް ހުކުމް ކުރުމަށް ރައީސް އެދިވަޑައިގެންނެވި ކަން ހާމަވާ ކަމަށެވެ.
އެ އިއްތިހާދުން ބުނީ އަދީބަށް ކުރީ އިންސާފުން އެއްކިބާވެފައިވާ ހުކުމެއް ކަމަށެވެ. އަދި އެ ޝަރީއަތުގައި ވެސް ޝަރުއީ ނިޒާމާ ގުޅިގެން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތައް ތަކުރާރުވެފައިވާ ކަމަށް ބުންޏެވެ.
މިިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު އެއްވުމާ ދިމާކޮށް އަދީބު ދެ ފިސްތޯލައެއް ގެންގުޅުނު ކަން ވަނީ ސާބިތުވެފަ އެވެ. އެ ކުށުގައި އަދީބު 10 އަހަރަށް ޖަލަށް ލުމަށް ރޭ ވަނީ ހުކުމް ކޮށްފަ އެވެ.
އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނީ އަދީބުގެ ޝަރީއަތް ބިނާ ކޮށްފައިވަނީ އަދީބު ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ދުށް ކަމަށް ބުނާ ތިން ސިއްރު ހެކިވެރިއެއްގެ ހެކިބަހުގެ މައްޗަށް ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ހިންގުނު ޝަރީއަތެއް ކަމަށް ވެސް އެ ކޯލިޝަނުން ބުނެ އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު އިއުލާންކުރި ޔުނައިޓެޑް އޮޕޮޒިޝަންގައި އަދީބުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުޅިޝަން މޯލްޑިވްސް
17 July 2017
ކިތަންމެ އަވަހަކަށް ކުރިއަސް ލަހުންކުރިއަސް އަބްދުﷲ ގާޒީ ހައްޔަރު ނުކުރޭތޯ.
ޢިބްރާހީމް
14 September 2016
ޙައްތަހާވެސް ޤައުމައް ޣައްދާރުވެފަތިބި ބޮޑެތި މުޖްރިމުންގެ ޔުނައިޓެޑް އެއް.
އަހާ
06 September 2016
މިހާރު އަދީބު ރަނގަޅު މީހެއް؟
އާދަން ހުސެން
29 August 2016
އަދުލު ގާއިމު ނުވި ގައުމަކަށް ނިކަމެތިކަން ލިބޭނެކަމީ ޝައްކެއް އޮތް ކަމެއްނޫން. އަދި އަމުދުން އިސްލާމީ މުޖުތަމައެއްގަ އިންސާފު ނުލިބޭނަމަ ކިތަންމެ ބޮޑު މުސީބާތެއްވެސް މެދުވެރި ވެދާނެ. މިގައުމު ﷲ ސުބުހާނަހޫ ވަތައާލާ މިންޖު ކުރައްވާފާނދޭވެ.
ރައްޔިތު
08 June 2016
ސިއްރުހެކި ބޭނުންކުރެވޭނީ ހަމައެކަނި ސިޔާސީކުށްވެރިންގެ މައްޗަށްތޯ؟ އަދު، މިގައުމުގައި ދިވެހިދަރިންގެ ލޭއޮހޮރުވާލަމުންދާއިރު އިންސާފުގެ ހިޔަނިވެސް ޤާތިލުންގެމައްޗަށްނޭޅޭކަން ހިތާމަޔާއެކު ފާހަގަކޮށްލަން!
ޙަފުޞަ
08 June 2016
ކޮއްކޮމެނޭ ހިމޭންވޭ!
އަބޫ ކެޓް
07 June 2016
ބޮޑު ކޯލުގެ ހަބަރުތަށް ލިބޭ ގޮތުގައި މިހާރު ބަހުސްކުރެވޭ.ސުވާލަކީ ފުރަތަމަ މަރުގެ ހުކުމް އިއްވާނީ، އަދީބަށް ތޯ ނުވަތަ ހުމާމް އަށްތޯ. ހުރިހާ ތައްޔާރީތަކެއްވަނީ ނިމިފައި. މަރުގެ ހުކުމް ތަންފީޒް ކުރާނެތަނާއި ގާނޫނު ވަނީ ލިޔެ ނިމިފައި.
ރައްޔިތުމީހާ
07 June 2016
މިކުދިންނަށް ރަނގަޅު ހަމަ އެއްވެސްގޮތެއް ނެތެންނު. ލަސް ވެއްޖެޔާބުނާނީ ކަމަކުނުދެޔޭ.
ޖާރިޔާ އަހުމަދު ދީދީ
07 June 2016
ބައެއް ފަހަރު މައްސަލަ ލަސްވެގެން، އަނެއްބައި ފަހަރު އަވަސްވެގެން. ބޮޑާ ހޭކުން ނޫނަކަމެއް ތިޔަ ކުދިންނަށް އެބަކުރެވޭތަ؟
ފާތުން
07 June 2016
އަދި ކޮންމެހެން ކުރަންޖެހޭ އެއް ޝަރީއަތް އެބައޮތް. އެއީ އެމްއެމްޕީއާރުސީގެ އޯޑިޓް ރިޕޯޓް ރައީސް ކުނިވަށިގަނޑަށް ވަށްޓާލާ އެކަން އޮއްބާލަން މަސައްކަތްކުރި މައްސަލަ.