އަލްހާން ފަހުމީ: އޭނާގެ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އެކައުންޓުތައް ފްރީޒް ކުރީ ރޭގެ ވަގުތެއްގައި -- ފައިލް ފޮޓޯ/މިހާރު
11 މާޗް 2022 - 08:43
ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާ ކަމުގެ ތުހުމތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން" ގެ އެކައުންޓް ރޭ ފްރީޒް ކޮށްފި އެވެ.
އެކައުންޓް ފްރީޒް ކުރިކަން ހާމަކޮށް އެ ކުންފުނީގެ ޓެލެގްރާމް ގްރޫޕުގައި ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރި ވަކި ސަބަބެއް ބީއެމްއެލުން އަންގައިފައި ނުވާ ކަމަށެވެ. އެކައުންޓް ފްރީޒް ކުރި ނަމަވެސް މިއަދާ ހަމައަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ވަނީ ބީއެމްއެލުން ކުއްލިއަކަށް އެޅި ފިޔަވަޅާ ގުޅިގެން ލިބޭ ގެއްލުމުގެ ސަބަބުން ބީއެމްއެލް އަށް ދައުވާކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
ކިންގްސް ފޮރެކްސް އިން ކުރި ޓްވީޓެއްގައި ވަނީ އެމްއެމްއޭއިން ފްރޯޑުގެ ތުހުމަތު ކުރަނީ އެ ކުންފުންޏަށް ކަމަށް ވެސް ބުނެފަ އެވެ. އަދި ނުސީދާކޮށް އެ ކުންފުންޏާ ގުޅޭގޮތުން ނެރުނު ބަޔާނަކީ ކުންފުނީގެ އަގުވައްޓާލައި އިތުބާރު ގެއްލޭ ގޮތަށް ނެރުު ބަޔާނެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް މިކުންފުންޏަށް އަމާޒުކޮށް މިކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް ، މިކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ މިކުންފުނީގެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާން ކުށްވެރިކުރަން!
— 𝗞𝗶𝗻𝗴’𝘀 𝗙𝗼𝗿𝗲𝘅 𝗧 (@KingsForexTrade) March 10, 2022
އެމްއެމްއޭގެ ބަޔާނާ ގުޅިގެން ކިންގްސް ފޮރެކްސް ޓްރޭޑުން ކުރި ޓްވީޓް--
އެމްއެމްއޭއިން ރޭ ނެރުނު ބަޔާނުގައި ވަކި ކުންފުންޏެއް ހާމަނުކޮށް ބުނެފައިވަނީ ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށްބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށެވެ. އެފަދަ ސްކީމްތަކަށް އިންވެސްޓް ނުކުރުމަށް ވެސް އެމްއެމްއޭއިން ވަނީ އެދިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފްރޯޑް ސްކީމުގެ ދަށުން މިހާތަނަށް 30-50 މިލިއަނެއްހާ ރުފިޔާ ވަނީ ހޯދައިފަ އެވެ. އެހެންވެ، އެމްއެމްއޭގެ ސަމާލުކަމަށް އެކަން އައުމުން ވަގުތުން ފިޔަވަޅު އަޅަން ބޭންކުތަކަށް ވެސް އެންގި އެވެ.
އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވެސް ވަނީ ފްރޯޑުތައް ހިންގާތީ ސަމާލުވުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
13 March 2022
ޓާގެޓާއެއްގޮތަށޭ ކަންކަން އެގެންދަނީ. އޭގެބައެއްމީ. އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މިނިސްޓަރުން ފެށިގެން ކިތައްމީހުން ދައުލަތުގެ ތެރޭގައި އެބަތިބި. އެކަމެއްނުބައެއްނޫންތޯ. ކުރާހާވެސް ކަމަކީ ކޮމެޓީހަދާ ޕާޓީގެ މީހުންނަށް ބޮޑެތި މުސާރަތައްދީ ނިކަމެތިން ބިކަކުރުންނޫންތޯ. އެކަހަލަ އެކަކުގެވެސް ހެއްކެއް، ނެތްތާ، އެކަންކުރަން ތިބިމީހުންގެ ބަހާ ޢަމަލެއްވެސް ދިމަލެއްނުވޭނޫންތޯ. އެހެންވަނީ މިއީ ދުނިޔެކަމަށްވާތީ، ވަގުން އަބަދުވެސް ވައްކަންކުރާނެ.
ފައްލޯ
12 March 2022
ގެއްލުން ވިޔަސް ފައިދާ ވިޔަސް އެމް އެމް އޭ އަށް ކޮންކަމެއް. އަހަރެން އަމިއްލަ ރިސްކު ގަ އޭ އެކަން ކުރަނީ.
ބަސްތޫތު
12 March 2022
ގައުމެއްގެ ބައިތުލް މާލު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދިރުވާލި ބަޔަކު މި 2 ބޭންކަށް ފިޔަވަޅު ނާޅާ އޮވެ، މިއަދު އަރާ ހޯހޯ ސަމާލުވާށޭ ބުނާ އިރު ،ދިވެހިންގެ ބައިތުލްމާލުން އަދިއަދަށްވެސް އެމްއެމްއޭ ތެރޭގައި ފޮރެކްސް ޓްރޭޑިން އަމިއްލައަށް ޑިޕާޓްމަންޓް ހަދައިގެން ސަރުކާރުން މުސާރަދޭ މުވައްޒަފުން ލައްވާ އެސަކަރާތް ޖަހާ .2017 ވަނަ އަހަރު ފޮރެކްސް ޓްރޭޑިން ހުއްޓުވަން ބަޔާންނެރެފަ ގާނޫނު އެކުލަވާލަނީއޭ ބުނެ އަމިއްލައަށް ތިބެ އެކަންކޮށް ފައިދާ ހޯދަނީ.
ބޮޑުމީހާ
12 March 2022
އަލްހާންވެސް އުޅޭގޮތުން ތިހެންވަނީ. 1 މިނެޓް ތެރޭ 10000 ޑޮަލަރުން އެއްލައްކަ ހެެދެންޏާ މީހުން އަތުން ފަންޑު ނަގަނީ ކީއްކުރަން
ސޮސްދޖފ
12 March 2022
އަލްހާން އެބުނާ ފައިދާ އޮޕްޝަން ޓްރޭޑްގަ ނެރެވޭނެ އެއީޔަގީންކަމެއްއެކަން އަހަރެންވެސް ކުރާތީ މިބުނަނީ.. އެކަމު ސުވާލުއުފެދެނީ އެލާރި ރާއްޖެ ގެނެވޭނެ ނިޒާމެއް ނެތި ގެންނަނީ ކިހިނެއްތޯ އަދި އެވަރައް ފައިދާވާއިރު 10000 ވަރުގެ ކުޑަ އަދަދުތައް މީހުންއަތުން އަބަދު ނަގަނީ ކީއްވެތޯ؟ ބޮޑައް ހީވަނީ ލާރި ނުގެނެވިގެން މީހުންނަށް ރިޓާން ދޭންވެގެން ނަގަނީ ކަމަށް ނޫނީ އިންވެސްޓް އެއްކޮށް ގެއްލިގެން މީހުންއަތުން ނަގަނީތި.މިއިން ކޮންމެސް އެއްގޮތެއް ތިވަނީ ޔަގީން.
200
12 March 2022
ނުނެރެވޭނެ، ޔަގީންކޮށް މިބުނަނީ. އެއީ ހަމަ ހުސް ފްރޯޑް. ޓްރާންސެކްޝަންއަކުން ފައިދާއެއްވިޔަސް ދެމެހެއްޓެނިވިކޮށް ވިހި ތިރީސްޕަސެންޓްވެސް ނުޖެއްސޭނެ. ސުވާލެއްވެސް ނެތް.
ހާސަރު
12 March 2022
އެއްލައްކަ ރުފިޔާ އިންވެސްޓް ކޮށްގެން ހަފްތާއަކު 20 ހާސް ރުފިޔާ ދެވޭނެ ވިޔަފާރިއެއް މުޅިދުނިޔޭގައިވެސް ނެތް! ވީއިރު މިއަށްވުރެ ބޮޑު ފްރޯޑެއް އޮންނާނެތަ!؟ މިމަޅީގައި ޖެހުނު ގިނަބަޔަކުގެ ފައިސާކޮޅުގެއްލުނީ . ދެން ބުނާނީ ތިމަންނާމެންގެ އެކައުންޓް ފްރީޒްކުރީމާގެއްލުންވެއްޖޭ . ދެން އޮންނާނީ ކޯޓްތަކަށް ދުވުން. މައްސަލައަކީ މަޅިމަޅީގައި މާފަސޭހައިންޖެހޭތީ.
ވަހީދު
12 March 2022
އަލާހާނާއި ގުޅޭ ކޮންމެ ކަމެއްގައި މިޖަހަނީ ހަމަ އެއް ފޮޓޯއެއް. މިފޮޓޯގައި އެފެންނަ ޙާފިޒުގެ އެއްވެސް ބައިވެރި ވުމެއް ނެތް ޚަބަރު ތަކުގައި އޭނާގެ ފޮޓޯ ޖަހަން އޭނަ ހިތްހަމަ ނުޖެހޭ. ކީކޭ މިހާރުން ބުނާނީ؟
ފަޔާ މާހިރު
12 March 2022
ނުޖެހޭ ކަލޭމެން އަހަރުމެންގެ އިންވެސްޓްމެންޓް ހުއްޓުވާކަށް. ހަމަ ބުއްދީގަ ތިބެ ބޭނުންވެގެން މިކަން މިކުރަނީ. ވެދާނެ ކަމަކަށް ކަލޭމެން ފިޔަވަޅު އަޅަންޏާ މާލޭ އިމާރާތްތަކުގެ ބެލްކަނީގަ ހުރި ގަސް މުށިތަކާ ލަކުޑިބުރިބުރިއާ އެއްޗެހި ނަގާބަލަ. އެ ބޮލަށް ވެއޓިއްޖިއްޔާ އަހަރުމެން ވާނީ ހަމަ މަރު.
ޕީއެޗްޑީ އިން ފައިނޭންސް
12 March 2022
ފައިނޭންޝަލް ލިޓްރަސީ - މާލީ ކަންކަން އުނގެނި ދަސްވުމުގެ މާނައަކީ، މާލީ ގޮތުން އިންސާނާ އަށް މިނިވަންކަން ލިބުން. އެއާ ޚިލާފަށް އެކަންކަން ނޭނގުމަކީ އިންސާނާ އިގްތިސޯދީ އަޅުވެތިކަމުގައި ކަސްތޮޅު އެޅުން. ހައިބަތާއި ނަމުން ކިތަންމެ ބޮޑަސް ރަންނަމާރި އަރާނޭ ބުނެ ބަޔަކު ނެރޭ ބަޔާންތަކަކަށް ވުރެ އިންސާނާގެ ބުއްދި އާއި ފިކުރު ދުނިޔެއަށް ބޮޑުކޮށް ހުޅުވީމާ އޭކީ ރަންނަމާރިއެއް ނޫންކަން ވިސްނޭނެ!
މާލީ ސެކްޓަރަށް ލޯތައް ހުޅުވާ
12 March 2022
އެމްއެމްއޭ / ބީއެމްއެލް / އެމްއެފްއެލްސީ / ސީބީއެމް / ކެޕިޓަލްމާކެޓް އޮތޯރިޓީ / ރައްޔިތުން ފެނުން މައްޗަށް ބޯހިއްލާލިއަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ. ލޯނަކަށް %18 - %16 އިންޓްރެސްޓް ރޭޓް ދީގެން އާންމު ރައްޔިތުން ގައިން ހަމާއި މަސް ވީދުން ނޫންކަމެއް ނުވާނެ. ދައުލަތުގެ ބޮންޑުތަކުން ބޮޑު ނަފާ ނެގުމަށް ފުރުސަތު އޮތީ މެގަ މަހުޖަނު ދެއާއިލާ އަށް. މިސާލަކަށް އިންޑިއާގައި 10500 ރުޕީސް ބޮންޑަކުން ބޭނުން ރައްޔިތަކަށް އޭގެ ނަފާލިބޭނެ.