23 މާޗް 2022 - 09:38
ޕީޕީއެމް އާއި ޕީއެންސީން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ހުއްޓުވުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ބަހުސް ފަށައިފި އެވެ.
"ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް މާލޭގައި ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހު ހަވީރެވެ. މިއީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށާއި އަވަށްޓެރި ގައުމަކާ މެދު ނަފްރަތު އުފައްދަން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އަތޮޅުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މާލެ އަށް ގެނެސް ރާވަމުންދާ އެ ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭނެ ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއް މާލޭގެ އެއްވެސް ތަނެއްގައި ކުރިޔަށް ގެންދަން ފުރުސަތު ނުދިނުމަށް އެ ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމެވުމަށް ނެގި ވޯޓުގައި 30 މެމްބަރަކު ވޯޓު ދެއްވީ ކުއްލި މައްސަލަ ބަލައިގަތުމަށެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
ހުކުރު ދުވަހު ބޭއްވުމަށް ރާވަމުން އަންނަ ބޮޑު އެއްވުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މަޖިލީހުގައި ވިދާާޅުވެފަ އެވެ.
ޕީޕީއެމް އިން ބުނި ގޮތުގައި ފުލުހުން ހުރަސް އެޅި ނަމަވެސް އިންޑިއާ ސިފައިންނާ ދެކޮޅަށް ހިންގާ މުޒާހަރާ ކުރިޔަށް ދާނެ އެވެ. އަދި އެ މުޒާހަރާގައި ބައިވެރިވާން އަތޮޅުތަކުން 4،000 އަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްބޭ
23 March 2022
ޙެހެހެހެހެ. ހިނި އަންނަނީ .....ބޮޑުގޮނޑީގައި އިނީ ގައުމުގެ ރައީސް ހެދިގެން ދިވެހިންނަށް މިނިވަންކަން ދަސްކޮށްދިން ލީޑަރޭކިޔައިގެން އުޅޭ މަންޑޭލާ. ގޮނޑިތަކުގައި ތިބީ އެމީހުން ބޭނުންވަގުތަކު ބޭނުންހައިތާކު ބޭނުން އެއްޗެއްކިޔޭނެކަމަށް ބުނެ އުފެއްދި ޑިމޮކްރެޓިކޭ ކިޔާ ޕާޓީގެ 65 މެންބަރުން.3 މީހަކު މަގުމައްޗަށް ނުކުންނާތީ ޕާލަމެއންޓަށް އެހުށަހެޅީ ކުއްލި މައްސަލަ.
އަލީ ޙަމީދު.
23 March 2022
އަތޮޅު ތަކުގެ ތެރެއިންނޭ ކިޔަނީ ކ.އަތޮޅު މާލޭވެސް ހިމަނައިގެންދޯ؟ އަހަރުމެން އަތޮޅުތެރެ ކިޔަނީ ތިރަށުމީހުން ތިކިޔާ ގޮތަކަށްނޫންހެން މަށަށް ހީވަނީ. އަހަރުމެން އަތޮޅު ތެރެއޭ ކިޔަނީ އެވަގުތަކު އެމީހަކު ހުންނަ އަތޮޅު ތަކުގެ ރަށްތަކުގެ މައްޗަށް ނުވަތަ އެއަތޮޅު ތެރޭގެ ވާހަކަ ތަކަށް ބުނާ ބަހެއްގެ ގޮތުގައި. އެކަމަކު ތިރަށު މީހުން (ކ.މާލޭ މީހުން) މިބަސް ބޭނުން ކުރާގޮތުން އޮޅުން އަރާތީވެ ބުނެލީ.
ބޮޑުމީހާ
23 March 2022
އިއްޔެ އެއޮތީ އަންގާފަ މިދައުރުގަ ފްލެޓް ނޭޅޭނެޔޭ. 2018 ގަ 20000 2019 ގަ 15000 2020 ގަ 10000 2021 ގަ 5000 ފްލެޓް އަޅަން ވައުދުވި މީހުން މިއަދުއެކިޔަނީ އެކައްޗެއްވެސް ނެތޭ އެޅޭކަށް. މިކަމާއި ކުއްލި މައްސަލައއް ލާނެ މީހަކުވެސް ނެތް
އަންމަކަޅޭ
23 March 2022
މަލަބާރު ކަރަ (ކެރަލާ) ގެ ކަނޑުފޭރޭމީހުން ރާއްޖެ ހިފައިގެން ތިބިކަން ޔާމީނަށް އެނގޭނަމަ ތިޔަ ސަކަރާތެއް ނުޖެހީސް. އިންޑިއާ އާ ލެޑިގަނެގެން އުޅެވޭހާ އުރަތްޕެއް އަދި ރާއްޖެއަކުނެތް.
ފޫހި
23 March 2022
ޖާބިރު ކޮންމެވެސް ބޭނުމެއް ސަރުކާރުން ފުއްދަން އުޅޭހެން ހީވޭ. މަގުމަތީ ހަރަކާތް ހިންގަން ހުއްދައޮންނަނީ އެމްޑީޕީ އަށް އެކަނިތަ؟ ރައްޔިތުންގެ ޝުޢޫރު ފާޅުކުރެވެންވާނެ. މިއީ ނޯތު ކޮރެއާއެއްނޫން. ކޮން އަވަށްޓެރިގައުމެކޭތަ މިކިޔަނީ.
އިންޑިޔާ އައުޓް
23 March 2022
ހާދަ ވަރަކަށޭ ތިތެޅެނީ. އެހެންމާ މިބުނަނީ ނޭވާ ހޮޅިއަށް އެޅިފައޭ ތިތިބީ. އިންޑިޔާ އައުޓް
ފޮނިފޮނިޓައްޕު ކުމާރު
23 March 2022
ވިޔަފާރިވެރިން އެހެރަ އިންޒާރުދެނީ ރަނަޟާނުމަހު އެއްޗެހި އަގުބޮޑުވާނެކަމަށް. އަދި ކަނޑޫދޫމިރުސް އަތްނުފޯރާފަށަށް މައްޗަށްއަރައިގެންދާނެ. މިކަމާ ކަނބޮޑުވެގެން ކުއްލިމައްސަލައެއް ހިތްލާލާނެމީހަކުވެސް ރައްޔިތުންގެނަމުގާ މަޖުލީސްހަދައިގެން ރައްޔިތުންގެ ފައިސާއިން މުސާރަނަގައިގެން އުޅޭމީހެއްގެބޮލަށް ނުވަންނަކަން ހިތާމައަކީ.
ގުލްސަން
23 March 2022
ގާނޫން ލީބޭ ބާރެއް މަޖިލާހުންވެސް ނުހުއްޓުވޭނެ ޖާބިރު އެއީ ދެންކާކު
ޙިނި
23 March 2022
ޕީޕީއެމް ރިޔާސީ ކެންޕޭނު ކުރުމައް އިންޑިޔާ އައުޓޭ ކިޔައިގެން ޒެނުފޯބިޔާ ފެތުރިޔަސް ރާއްޖޭގެ ގާނޫނުން އަސާސީން އެކަމެއް މަނަލެއް ނުކުރޭ . ޢެހެންވީމަ ވޯޓެއް ހޯދެން އޮތިއްޔާ އަވައްޓެރި ގައުމުތަކާ ދެކޮޅައް ރުޅިވެރިކަން މެކުހައް ޖަހަންވެނޭ
ރަދީފު ބިން ރަފައިދާ
23 March 2022
ރައްޔިތަކަށް ފައިދާހުރިކަމެއް ކުރާން މިމީހުންގެ ހިތަކަށްނާރާނެ. އަބަދުވެސް އެންމެކުރިއަށް އޮންނާނީ އަމިއްލަ އެޖެންޑާ. ދެން ޕުރިންޓޭ ބުނާނެ ކަންކޮށްފާއޮންނާނީ ރަނުންރަނަށްށޭ.