ޚަބަރު / ފުލުހުން

"އިދިކޮޅު އެއްވުމުގައި ގޭންގުތައް ބައިވެރި ކުރޭ، އާންމުންނަށް ނުރައްކާ ވެދާނެ"

ޕީޕީއެމް އާއި ޕީއެންސީން މާލޭގައި ބާއްވާ މުޒާހަރާގައި ކުށް ކުރާ ގްރޫޕުތަކުން ބައިވެރިކޮށް އާންމުންގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

"ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަކަށެވެ. މިއީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ ހަރަކާތާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް އޮފީސް ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި އުސްފަސްގަނޑު ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވުމަށް ރާވާފައިވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫން ކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރި ކަމަށެވެ.

އެ ހަރަކާތައް ރަށްރަށުން ގިނަ އަދަދެއްގެ މީހުން ގެންނަ ކަމަށާއި ގިނަ އަދަދެއްގެ ދުއްވާތަކެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް، ރައްޔިތުންނާއި އާންމުންގެ ދަތުރުފަތުރުގެ ހިދުމަތައް ހުރަސް އަޅަން ރާވާފައިވާ ކަމަށް ފުލުހުން ބުުންޏެވެ. އަދި މާލޭގައި އުޅޭ ކުށް ކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށް ޕީޕީއެމް/ޕީއެންސީން ރާވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"...މިފަދަ އެއްވުމުގެ ސަބަބުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން މި އެއްވުން ނުބޭއްވުމަށް މި ހިދުމަތުން އެ ޕާޓީ އަށް [ޕީޕީއެމް/ޕީއެންސީ އަށް] ވަނީ އަންގާފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެ އެއްވުމުގައި ބައިވެރިވެ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތު ކުރެވޭ އެއްގަމު އުޅަނދުފަހަރުތަކާއި ކަނޑު އުޅަނދުތައް ބަލައި ފާސް ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އެއްވުން ރޫޅާލައި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވާޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

52 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސް

25 March 2022

މުޅި ދައުލަތް ދޮވެލާފަ އެވާހަކަ ފޫބައްދަން އުޅޭ ބައެއް ތީ. ޔާމީނު އަށް ހީވަނީ އެންމެންނަކީ ގަޅިން ކަަމަށް. ތިމާގެ ވެރިކަމުގަ ކީއްވެތަ އިިންޑިޔާ ސިފައިން ނުބޭލީ، އޭރުވެސް ތިބިނު.

The name is already taken The name is available. Register?

ަސދފ

24 March 2022

ޔާމިން ހެެދިގޮތަށް ހަދާ...އެންމެން ޖަލަށް.

The name is already taken The name is available. Register?

ކާކީ

24 March 2022

ބަލަ ގޭންގަކަސް އެހެން އެއްޗަކަސް އެވެސް ދިވެހި ރަތްޔިތުން، ވަކިބަޔަކައް ވަކިގޮތަކައް ލޭބަލް ކުރާއިރު ތީ މާ ތާހިރު ބަޔެއްތަ، ރަތްޔިތުންގެ އެއްވެސް އިތުބާރެއް އޮތްބަޔެއްނޫން ތިއީ، ހޯމް މިނިސްޓަރޭ ކިޔާ މީހާ ޔަކީ ބޮޑު ދޮގުވެރިޔެއް، އެއްވާހަކައެއް އެތައްގޮތަކައް ދައްކާ ނާގާބިލު މީހެއް

The name is already taken The name is available. Register?

Happy 123

24 March 2022

ސަާބަސް ދިވެހި ފުލުހުން❤️?

The name is already taken The name is available. Register?

1234

24 March 2022

ފަޅުރަށަކައްދާދާންވީނު ތިކަންކުރަން ؟

The name is already taken The name is available. Register?

ލޮލްސް

24 March 2022

އެމް.ޑީ.ޕީގެ ޑިމޮކްރަސީ ދޮންވެ ފައްކާވީ!

The name is already taken The name is available. Register?

އަހްމަދު އާދަމް

24 March 2022

ތިކަން ސުލްހަވެރި ގޮތުގަ ހައްލުކުރަން ޑިޕްލޮމެޓިކް އަދި ޑިމޮކްރެޓިކްގެ އުސޫލުތައް ބޭނުންކުރުމަށް ގޮވާލަން.. މުޒާހަރާ ކުރުމަކުން ނަތީޖާއެއް ނުފެންނާނެ. އަދި ބިރުދެއްކުމާ ގަދަބާރުން މުޒަހަރާ ހުއްޓުވައިގެންވެސް ނަތީޖާއެއް ނުފެންނާނެ. ދެކޮޅުގަވެސް ތިބީ ދިވެހިރައްޔިތުން. ދެބައިމީހުންގެ ވެސް މަސްލަހަތާއި މަގްސަދަކަށް ވާންޖެހެނީ އެއް އަމާޒެއް. އެއީ ދިވެހި ގައުމު.

The name is already taken The name is available. Register?

އަސްލު

24 March 2022

ބަޔަކު އެއްވެދާނެތީވެ, ބުހުތާނެ, މުސްލިމުންނަށް ވ އަނިޔާވެރި ނުބައިބައެއް. އެއީ ހުރިހާ ތަނަކަށް ވެރިވާންއުޅޭ ނުބައިބައެއް.

The name is already taken The name is available. Register?

ހޯމް މިނިސްޓަރަށް

24 March 2022

ކުޑަ ކުދީންނަށް ޚާއްސަ ވަގުތުކޮޅެއް - މި ހުކުރު ދުވަހުން ފެށިގެން ރޯދަ މަހާއި އީދު ނިމެންދެން، ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 16:00 - 18:00 އަށް އެެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރަންވީ. އެންމެންގެ ސަލާމަތާއި، ރައްކާތެރިކަމާއި، ހަމަޖެހުމަށް ކުރާާންޖެހޭ ކަންކަން ކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް.

The name is already taken The name is available. Register?

ކިހިނެއްތޯ

24 March 2022

މިއާޓިކަލް ކިޔާލީމާ ގަންނަނީ ލަދު ގޭންގް ހުރެފައި އޮޕްރޭޓް ކުރެވެނީކީއްވެގެންތޯ ގާނޫނުގަ ހުއްދައީތޯ ކޮންމެދުވަހަކު އަޑުއިވޭ ކޮންމެވެސް ގެއަކުން ވައްކަންކުރިވާހަކަޔެއް އަނެއްކާ އެމީހަކު އަތުލާއިރައް ޓީވީތަކުންގޮވާލަމިވެނިމީހަކު އަތުލައިގެންފިޔޭ ވައްކަން ކުރިކަމުގެ ތުހުމަތުގައި ކުށުގެރިކޯޑް އޮންނަމީހެކޭ މިއުޅެނީ ވޯލްޑްރިކޯޑް ހޯދަންތޯ ކުއްވެރިޔާގެފަރާތުން ގައުމައް އެހެންވީމަނޫންތޯ އެމީހާގެ އުމުރައްވުރެގިނަ ކުއްކުރާމިހާ މަގުމަތީގަ މިނިވަންކަމާއެކް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454