މީހަކު ފައިސާތަކެއް ގެންގުޅެނީ: ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން ގެއަކުން 200،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދައިފައި -- ފޮޓޯ: މިހާރު
03 މެއި 2022 - 12:12
މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރަލާއެކު 200،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓުން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި އެ ތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ސްރީ ލަންކާގެ ފިރިހެނަކާއި 31 އަހަރުގެ ސްރީ ލަންކާގެ ފިރިހެނެއް އަދި 29 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ.
އެ ތިން މީހުން ވެސް ހައްޔަރުކުރީ މާލެ އަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވަގު ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން، ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ބުންޏެވެ.
އެ މީހުންގެ އަތުން ފެނުނީ:
- 79 ބަނގުރާ ފުޅި.
- 245،000 އަށް ވުރެ ގިނަ ރުފިޔާ.
- 14،500 އަށް ވުރެ ގިނަ ޑޮލަރު.
- 50 ޔޫރޯ.
އެ ތިން މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ހުއްދަ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މި ފަހުން މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
03 May 2022
މަރުގެ އަދަބުދީ.
ނަޝީދާ
03 May 2022
އިބްރާހީމް މުޙައްމަދު ޞާލިހަށް ދައްކަން ތޯ ފުލުހުން ތި ޑްރާމާ އެއް ތި ކުޅެނީ.. އަހަރެމެން ރައްޔިތުންނަކީ ގަމާރުންނެއް ނޫނޭ.
މަންދީ
03 May 2022
ތި އެތި ކޮޅު ހިފައިގެން ފުލުހުން ދިޔަސް .މައްސަލައެއް ނެތްތާ . މިހާރުވެސް އެތަން ތަންތަނުން ދޭ ސަރވިސް ބަރާބަރަށް ކުރިއަށް ދާނެ.
ދިވެހި ޕާޓޭ
03 May 2022
މާކެޓް ޝެއަރ ގެއްލޭތީ ބަސްޓު ކޮށްލީ
ޙޙ2022
03 May 2022
ތި ލަންކާ މީހުން މާލޭގެ ގޭގޭގަ އާންމުކަމެއް...ބޮއިހަލަކި
ކުޗީ
03 May 2022
ފުލުހުންނާއި ޕީޖީއިން ކަންދައްކަނީ. ހަމަ ގައުމުވެސް ތިހާގިނަރާފުޅި ވިއްކި ބަޔަކުވެސް ވާނެ. ދުވަހަކުވެސް އެބަޔަކު ކުއްވެރިޔެއް ނުވޭ. ހުޅުމާލޭފަޅުގައި ހަމައެކަނި ބަނގުރާ ވިއްކާ ސަފާރިތަށް ބައިވަރު. މިކަމެއް ނުހުއްޓުވޭ.
976432
03 May 2022
ތި ބިދޭސީން މާލެ ގެނައުމުގަ ޒިނމާވާ ދިވެހިންގެ ނަން ހާމަކޮއްދީބަލަ.ތިތަކެތި ހުރި ގެ, ގެސްޓްހައުސް ގެވެރިންވެސް ހިފާ ބަންދުކުރޭ.ސައިކަލް ވެރިމީހާވެސް ބަންދުކުރޭ.
ޖުނުބު
03 May 2022
ތިކަމުގަ ދިވެހިންގެ އަތެއްވާނެ.މިގައުމުގަ ބޮޑެތި ކުށްވެރިންނަށް ސަލާމަތާއި ރައްކާތެރިކަން އެބައޮތް.
އަލީ އަލީ
03 May 2022
ކުށެއްގައި ހައްޔަރުކުރާ ބިދޭސީން ޑިޕޯޓް ކުރުން ކިހިނެއްވާނެތޯ! މިހާރު އެބަފެނެ އެއްބިދޭސީއެއް 10 މައްސަލާގައި ހައްޔަރުކުރާ މަންޒަރު! އޭރުން އެބޭފުޅުްވެސް ކުށަށް އަރަފަތުން މަދުކުރާޏެ! ޔޫއޭއީ ގައި އޮންނަނީ އެހެން ! ކުށެއްގަ ހައްޔަރުވިއްޔާ ޑިޕޯޓް!
ބޮޑުމީހާ
03 May 2022
ގާނޫނު ތަންފީޒުނުވާ ތަނެއްގައި ކޮންމެ ގައުމެއްގެ ބަޔަކުވިޔަސް ކުށްކުރަން ޖެހިލުންނުވާނެ. ނިކަން ސިންގަޕޯރ ފަދަ ތަނެއްގައި ތިކަހަލަ ސަކަރާތެެއްޖަހަން ލާހިކައެއްނޫން