ރިޕޯޓް

"ބޭސް ކާޑު" ނިމުމަކަށް، ދެން އޮތީ ވީ ހާލެއްގައިވުން؟

ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫކުރި އުސޫލު ހައި ކޯޓުން އުވާލުމަކީ ޕީޖީއަށް ބޮޑު ކާމިޔާބެއް. އެކަމަކު ޚިޔާލު ތަފާތުވުން ބޮޑު މައްސަލައެއް

މީހެއްގެ އަތުގައި ބިޑި އަޅުވަނީ: ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫނުކުރެވޭނެ ކަމަށް ހައިކޯޓުން މިހާރު ވަނީ ނިންމާފައި -- ފައިލް ފޮޓޯ

އެތައް ކިލޯއެއްގެ މަސްތުވާތަކެތި ހިމެނޭ މައްސަލަތަކާއި އެ ނޫން ބޮޑެތި މައްސަލަތަކުގައި ދައުވާލިބޭ މީހުން މީހުން ދޫކޮށްލަނީ ސިއްހީ އާދައިގެ ކަންކަމުގަ އެވެ. ބޮއްސުންލާފައިވާ ޖަލުތަކުގެ ހާލަތުން ނާޖާއިޒް ފައިދާ ނަގައިގެން، "ބޭސްފަރުވާގެ ކާޑު" ކުޅެގެން ބަންދުން ދޫވުމަކީ އޭގެ ނުބައި ފަރާތެވެ. ހައި ކޯޓުން ދާދިފަހުން މިކަމަށް ސިއްކަ ޖެހީ މިކަން ހައްދުން ނައްޓާ ހިސާބުގައި އޮއްވަ އެވެ.

އަނެއް ފަރާތުގައި އޮތީ ހަގީގީ މަންޒަރެވެ. ޖަލުތަކުގެ ކެޕޭސިޓީއާ އެއްވަރަށް ސިއްހީ ކަންކަމަށް މުވައްޒަފުންނާއި ވަސީލަތެއް ނެތެވެ. ފަރުވާ ބޭނުންވެފައި ތިބި އެތައް ބަޔަކަށް ފަރުވާ ނުލިބުމުގެ ޝަކުވާ އެވެ. ފުރަގަސްފަރާތުން ލޭ އަންނަމުން ދިޔަ މީހަކު މިދިޔަ މާޗް މަހު ބަންދުން ދޫކޮށްލަން އަމުރުކުރީ އެ ހާލުގައި އުޅޭތާ ފަސް މަސްވީއިރު މާ ބޮޑު ފަރުވާއެއް ނުލިބުމުންނެވެ.

އޭގެކުރިން، ގޭންގް މާރާމާރީއެއްގައި މީހަކު މެރުމުގެ ދައުވާލިބޭ މީހަކު ބަންދުން ދޫކޮށްލަން ޖެހުނީ ލޮލުގެ ފެނުން ގެއްލޭ މިންވަރަށް ހާލަތު ގޯސްވެ، ވީހާ އަވަހަކަށް ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން ދިން ލަފައާ އެއްގޮތަށް ކަރެކްޝަންސަށް އަމަލު ނުކުރެވިގެންނެވެ.

މެޑިކަލް ގްރައުންޑްގެ ދޮރު އެކީއެކަށް ބަންދު!

މިފަދަ އެތައް ބަޔަކަށް ކިރިޔާ ވެސް އޮތް އުއްމީދަކީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންނަށް ކޮންމެ މަހަކު ބާއްވާ ބަންދު މުރާޖާ އަޑުއެހުމެވެ. އެއީ އެ އަޑުއެހުމުގައި ބައެއް ފަހަރު ގާޒީގެ އިންޒާރަކުން ނުވަތަ ދައުވާލިބޭ މީހާ ކަރުން ހަންދާވަރަށް ޝިކާޔަތުތައް އޮއްސާލީމާ ފަރުވާ އަވަސްވާތީ އެވެ.

މިކަމަށް ދާދިފަހުން ހައި ކޯޓުން ނިމުން ގެނައުމަކީ އެންމެނަށް ސަޕްރައިޒެކެވެ. މެޑިކަލް ގްރައުންޑުން ހެދި އެތައް ބަޔަކު ބަންދުން ދޫކުރި އުސޫލު ހައި ކޯޓުން އެތައް ޒަމާނެއް ވަންދެން ދަމަހައްޓަމުން އައުމަށް ފަހު ކުރީގެ ހުރިހާ ނިންމުންތަކެއް އަނެއް ފުށަށް ޖަހާލާނެ ކަމަށް އެއްވެސް ބަޔަކު ކުރިއަކުން ހީއެއް ނުކުރެ އެވެ.

ހައި ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންގެ ބަންދު މުރާޖާ ކުރާއިރު ޖަލުގައި ސިއްހީ ފަރުވާ ލިބޭތޯ ބަލަން ނުޖެހޭނެ ކަމަށެވެ. ފަނޑިޔާރުންގެ މެދުގައި ހިޔާލު ތަފާތުވެ، ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ސިއްހީ ސަބަބަކާ ހެދި އިތުރަށް އެއްވެސް ބަންދުން މީހަކު ދޫނުކުރެވޭނެ ކަމަށެވެ.

"ސިއްހީ ހާލަތަށް ރިއާޔަތްކޮށް، މައްސަލަ ބަލާ ފަނޑިޔާރު ބަންދު މުރާޖާ ކުރުމުގައި ޝަރީއަތުން އެ ފަރާތެއްގެ ބަންދާ މެދު ގޮތެއް ކަނޑައަޅަންޖެހޭ އެއްވެސް ގާނޫނީ އުސޫލެއް ލިޔެވި ފެންނަން އޮތްކަން އެނގޭކަށް ނެތެވެ." ހުކުމުގައިވެ އެވެ.

މި ދޮރު ބަންދުކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި ހައި ކޯޓުން ފާހަގަކުރި އެއް ކަމަކީ ސިއްހީ ސަބަބަކާ ހެދި ބަންދުން ދޫކުރެވޭނެ ގާނޫނީ ހަމައެއް ނެތީސް، އެ ފުރުސަތު ދިނުމުން އެކި މައްސަލަތަކުގައި އެކިގޮތަށް އަމަލު ކުރެވޭތީ އެވެ. މީގެކުރިން ސިއްހީ އާދައިގެ ކަންކަމުގައި ބައެއް މީހުން ދޫކުރަން އަންގާއިރު އެއަށް ވުރެ ބޮޑެތި ކަންކަމުގައި މީހުން ދޫނުކުރަން އަނެއް ބައި ފަނޑިޔާރުން ނިންމަ އެވެ.

ކަންބޮޑުވުމާއި ޚިޔާލު ތަފާތުވުން

ޖަލުގައި ބޭސްފަރުވާ ނުލިބޭ މައްސަލައަށް ހައްލު ހޯދަން ހައި ކޯޓުން ދެއްކި މަގަކީ ސިވިލް ކޯޓުގައި ވަކި ދައުވާއެއް ކުރުމެވެ. އެކަމަކު މަދަނީ ވަކި ދައުވާއެއް ކުރުމަކީ ބޭސްފަރުވާ ފަދަ ކަމެއްގައި އެކަށީގެންވާ އަވަހަށް ނަތީޖާ ނެރެވޭނެ މަގެއް ނޫނެވެ. ގިނަ މީހުންގެ އެއް ކަންބޮޑުވުމަކީ އެއީ އެވެ.

"ކުށް ސާބިތުވެފައި ހުންނަ މީހާގެ ބަލި ހާލަތާއި ކަންކަމަށް ބަލާފައި ގާނޫނުގެ ދަށުން ހިއުމެނިޓޭރިއަން ގްރައުންޑުން ލުއި ދީގެން މީހުން އެބަ ދޫވޭ. ކުށް ސާބިތުނުވެ، ރިމާންޑެއްގައި ހުންނަ މީހާއަށް ލުއި ނުދެވެންވީ ސަބަބެއް ނެތް."

މެމްބަރު އަލީ ހުސެއިން: ހައި ކޯޓުގެ ނިންމުމާ މެދު އޭނާ ކަންބޮޑުވޭ -- ފޮޓޯ/މިހާރު

ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވި ގޮތުގައި ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ މީހުންނަށް ސިއްހީ ކަންކަމުގައި ލުއިތައް ދޭއިރު ކުށެއްގެ ތުހުމަތެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ލުއި ނުދެވޭނެ ސަބަބެއް އޮވެގެން ނުވާނެ އެވެ. ހައި ކޯޓުގެ ނިންމުމާ އޭނާ ވެސް ދެކޮޅެވެ.

"ކުށް ސާބިތުވެފައި ހުންނަ މީހާގެ ބަލި ހާލަތާއި ކަންކަމަށް ބަލާފައި ގާނޫނުގެ ދަށުން ހިއުމެނިޓޭރިއަން ގްރައުންޑުން ލުއި ދީގެން މީހުން އެބަ ދޫވޭ. ކުށް ސާބިތުނުވެ، ރިމާންޑެއްގައި ހުންނަ މީހާއަށް ލުއި ނުދެވެންވީ ސަބަބެއް ނެތް. މި ދައްކަނީ ތުހުމަތެއް ކުރެވޭތީ ބަންދުގައި ހުންނަ މީހެއްގެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

"މެޑިކަލް ގްރައުންޑަކުން ދޫނުކުރެވޭނެ ކަމަށް މުތުގަލަށް ނިންމުން އެއީ މައްސަލައަކީ. ގަބޫލުކުރަން އެބިއުޒް ކުރަން ފުރުސަތު ދީގެން ނުވާނެ. އުނަގަނޑުގައި ރިއްސަނީއޭ ބުނެލާއިރަށް މުޖްތަމައުއަށް ނުރައްކާވެދާނެ ގޮތަކަށް އެ ފުރުސަތު ނުދެވޭނެ،" މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މެމްބަރުކަން ކުރައްވާ އަލީ ވިދާޅުވި އެވެ.

"އެކަމަކު ހުރެދާނެ އެފަދަ އިސްތިސްނާ ހާލަތްތަކެއް ދޫކޮށްލަން ޖެހިދާނެ ފަދަ،" އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި މިކަމުގައި ޚިޔާލު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއު އޭނާގެ ރައުޔުގައި ވިދާޅުވެފައިވާ ގޮތުން ސިއްހީ ސަބަބަކާ ހެދި ބަންދުން ދޫކުރުމުގެ ދޮރު އެއްކޮށް ބަންދު ކޮށްލައިގެން ނުވާނެ އެވެ. އިސްތިސްނާ ގޮތެއްގައި އެ ލުއި ދެވޭނެ މަގު އޮންނަން ޖެހޭނެ ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

ނިޒާމުގައި ހުރި ލޫޕްހޯލްތައް ބަންދު ކުރަން ވެސް އެބަޖެހޭ. އެއީ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމަށްޓަކައި: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އެވާހަކައަށް މުޅިން ދެކޮޅެއް ނުހައްދަވަ އެވެ. އެކަމަކު އޭނާ ވިިދާޅުވި ގޮތުގައި އަނެއްކޮޅުން އެ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުން ހިފުން ހުއްޓުވަން ވެސް ޖެހެ އެވެ. އޭނާ އިޝާރާތް ކުރައްވަނީ ބޭސްފަރުވާގެ މައްސަލަ ހުއްޖަތަކަށް ހަދައިގެން، ބޮޑެތި ތުހުމަތުތަކުގައި ތިބޭ މީހުން ދޫވާ މައްސަލަ އެވެ.

"ނިޒާމުގައި ހުރި ލޫޕްހޯލްތައް ބަންދުކުރަން ވެސް އެބަޖެހޭ. އެއީ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމަށްޓަކައި،" ޝަމީމް "މިހާރު" އަށް ވިދާޅުވި އެވެ.

ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ މީހުން ދޫކޮށްލާ ކޮންމެ ފަހަރަކީ ހެކިތަކާ ކުޅުމާއި ނުފޫޒު ފޯރުވަން ލިބޭ އިތުރު ފުރުސަތުތަކެވެ. ދޫކޮށްލާތާ ހަތް ދުވަސް ތެރޭގައި އަލުން އަނބުރާ ބަންދަށް ދާން ޖެހުނަސް، އެއީ އެކަމަށް ލިބޭ ގިނަ ވަގުތުތަކެވެ.

"ކުށްވެރިން އެ މީހުންގެ އުކުޅުތައް އަބަދުވެސް ބަދަލު ކުރާނެ. މިފަދަ ކޮންމެ ކަމަކަށް ގާނޫނު ހެދެންދެން މަޑުކުރަން ޖެހޭ ނަމަ އަޅުގަނޑުމެންނަށް ދުވަހަކު ވެސް ކުށްވެރިއަކު އަތެއް ނުވާނެ." ޝަމީމް ވިދާޅުވި އެވެ.

އަނެއްކާވެސް ފަރުވާއާ މެދު އިހުމާލުވުމުގެ ބިރު

ކުރިން ބަންދުން ދޫކޮށްފާނެ ކަމުގެ ބިރުގައި ދަނޑިމާރު އަޅައިގެން ބައެއް ފަހަރު ފަރުވާ ދޭން ޖެހުނަސް، މި ބިރު މިހާރު ނެތުމުން ދެން ވާނެ ގޮތަކީ އެންމެ ބޮޑު ސުވާލެވެ.

މިއީ ޕީޖީ އޮފީހަށް އަދި އެހެން މުއައްސަސާތަކަށް ވެސް ޖަވާބު ދޭން ފަސޭހަ ނުވާނެ ސުވާލެކެވެ. އެއްކޮޅުގައި އޮތީ ކަރެކްޝަންސްގައި ވަސީލަތްތައް މަދު ކަމުގެ މައްސަލަ އެވެ. އަނެއްކޮޅުން ގަސްދުގައި ފަރުވާ ލަސްކުރުމުގެ ތުހުމަތެވެ.

"ދައުލަތުން އެދިގެން ރިމާންޑަށް މީހުން ބަންދު ކުރަނީ. އެ މީހާގެ ބޭސްފަރުވާއަށް އިހުމާލުވީމަ ދެން އިތުރަކަށް ބަންދުގައި ނުބެހެއްޓޭނެ."

ބައެއް މައްސަލަތަކުގައި ޝަރީއަތް ތާވަލް ކުރުމާ ހަމައަށް ބައެއް މީހުން ޑޮކްޓަރަށް ނުދައްކާ ބައިތިއްބާ ކަމަށް ބައެއް ފަނޑިޔާރުން ޝަރީއަތުގައި ވިދާޅުވެފައި އެބަހުއްޓެވެ. މީހުން ބަންދު ކުރަނީ ޕީޖީގެ އެދުމަށް ކަމަށްވާތީ އާހިރުގައި މި ދެމެދުގައި ތާށިވަނީ ޕީީޖީ އޮފީހެވެ.

ޕީޖީ ހުސައިން ޝަމީމް -- ފޮޓޯ/މިހާރު

މީގެ ދެ ތިން މަސް ކުރިން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކު އަލުން ބަންދު ކުރަން ހައި ކޯޓުން އެއްބަސްނުވީ ސިއްހީ ބޮޑެތި މައްސަލަތަކެއް ހުއްޓާ ކަރެކްޝަންސް އިން އެކަށީގެންވާ ފަރުވާ ނުދީ ލަސް ކުރުމުންނެވެ. އެފަދަ ތުހުމަތެއް ކުރެވޭ މީހަކު މަތީ ކޯޓަކުން ދޫކޮށްލުމަކީ ނާދިރު ކަމެކެވެ. އެކަމަކު އޭނާގެ ފަރުވާއާ މެދު އިހުމާލުވި މިންވަރުން އެ ނޫން ގޮތެއް ހައި ކޯޓަކަށް ނުފެނުނެވެ.

"ބޭސްފަރުވާ ކުރަންޖެހޭ ޟަރޫރަތެއް އޮތްކަން އެނގޭ މީހަކަށް އެފަދައިން ބޭސްފަރުވާ ނުދެވޭކަން އެނގިތިބެ، ބަންދު ދަމަހައްޓަން އެންގިދާނެ ކަމަށް ނުދެކެމެވެ." ހައި ކޯޓުން އޭރު ކުރި ހުކުމުގައިވެ އެވެ.

އަލީ ވިދާޅުވި ގޮތުގައި ތުހުމަތެއްގައި ބަންދުކުރާ މީހަކަށް މީހަކަށް ޖަލުގައި ފަރުވާ ނުދެވޭ ނަމަ އެ މީހަކު ދެން އިތުރަށް ބަންދުގައި ބަހައްޓައިގެން ނުވާނެ އެވެ.

"ދައުލަތުން އެދިގެން ރިމާންޑަށް މީހުން ބަންދު ކުރަނީ. އެ މީހާގެ ބޭސްފަރުވާއަށް އިހުމާލުވީމަ ދެން އިތުރަކަށް ބަންދުގައި ނުބެހެއްޓޭނެ. އެއީ ވަރަށް އިންހިއުމަން ކަމެއް." އޭނާ ވިދާޅުވި އެވެ.

ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫކުރަމުން ދިޔަ އުސޫލުގެ ބޭނުން ނާޖާއިޒް ގޮތުގައި ބަޔަކު ހިފަމުން ދިޔަ ދިއުމުގެ ނަތީޖާއަކީ އެ ދޮރު އެންމެންނަށް މިހާރު އެއްކޮށް ބަންދުވުމެވެ. ބަންދުން ދޫވާނެ ނާޖާއިޒް ކާޑެއްގެ ގޮތުގައި އެކަން ދެން ބޭނުމެއް ނުކުރެވޭނެ ކަމީ ލިބުނު ކުރިއެރުމެވެ. އެކަމަކު އޭގެ ގެއްލުމާއި ބިރު އޮތީ ހަގީގަތުގައި ފަރުވާ ނުލިބި، އޭގެ ޟަރޫރަތުގައި ބަންދުގައި ތިބި މީހުންނަށެވެ.

26 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 5%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަހަންގީރު

11 May 2022

ދިރިހުރުމަކީ އިންސާނީ ޙައްޤަކަށް ވާފަދައިން ސިއްހީ ފަރުވާއަކީ އަސާސީ ޙައްޤެއްކަމަށް ޤާނޫނުއަސާސީ ގެ ދެވަނަ ބާބުގައި ހިމަނާ، އެބައެއްގެ ބެލުމުގެ، ބެލެނިވެރިކަމުގެ، ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ސިއްހީ ފަރުވާގެ ކަންކަމަށް ފަރުވާކުޑަކުރުމަކީ ނުވަތަ އިހުމާލުވުމަކީ ޖިނާޢީ ކުށެއްކަމަށް ޤާނޫނުގައި ލިޔެ، އެފަދަ މީހުންނާއި މުވައްޒަފުންނަށް ޖަލު އަދަބު ދެވޭނެ ޤާނޫނެއް ފާސްކުރީމަ ތިކަން ހައްލުވީ.

The name is already taken The name is available. Register?

48343

11 May 2022

ދެން އަދީބަށްވާނީ ކިހިނެއް؟

The name is already taken The name is available. Register?

ޖަހަންގީރު

11 May 2022

އެ ވާހަކަ ޢަލީ ޙުސައިން އެ ވިދާޅުވަނީ. އަދީބަށް ވަނީ ކުށް ސާބިތުވެގެން ޙުކުމްކޮށްފަ. އެކަމަކު ޖަލުތަކާ ޕެރޯލްގެ ޤާނޫނުން ކަރެކްޝަނަށް އެބަ ބާރުލިބިދޭ ޤާނޫނުގެ ދަށުން އަދީބު ގެއަށް ބަދަލުކުރަން. އެކަމަކު ކުށެއްގެ ތުހުމަތު ގައި ވާ މީހާއަކީ ކިތަންމެ ބޮޑު ބައްޔެއް ހުރި މީހެއް ވިޔަސް، ދައުލަތުން އެމީހަކު ބަންދުގަ ބަހައްޓަން ބޭނުންވެ އެވަރުގެ ހެއްކެއް ދައްކާފިއްޔާ ކުށް އަދި ސާބިތު ނުވާ މީހާ ގެއަށް ބަދަލުކުރަން ވެސް ޤާނޫނީ ބާރެއް ނެތޭ އެއްވެސް ބަޔަކަށް

The name is already taken The name is available. Register?

ފޒުހި

11 May 2022

ޑްރަގު ވިއްކާ އެއްގޮލާވެސް ދޫކުރާނެ ކަމެއްނެތް.

The name is already taken The name is available. Register?

ލޫޕް

11 May 2022

ބޭސްފަރުވާގެ ނަމުގަ ކުށްވެރިންނަށް ދެމިގަނެވެނީ ބައެއް ޑޮކްޓަރުންވެސް އެކަމަށް އެހީވާތީ ނޫންބާ. ކުށްވެރިއާއަށް ފޭވަރވާ ގޮތަށް ކަންކަން ކޮށްދޭ ޑރން ނިންމާ ނިންމުންތައް އެހެން ޑރން ބަލާ ރިވިއުނުކުރެވެންވީ ކީއްވެބާ. ޖަލަށްލީމަ މައިބަދައަށް ފަރުވާ ކުރަން އިނގިރޭސިވިލާތައް ގޮސް އެއްވެސް ފަރުވާއެއް ހޯދިތޯ މިކޮޅުން ބަލާނުލާ ފަރުވާކުޑަކަމުގެ މިސާލު ދެއްކީމަ ދެން ތިބި އެންމެންވެސް އެހެން އުޅެން ބޭނުންވާނެ.

The name is already taken The name is available. Register?

ޢަބްދުލްކަރީމް

11 May 2022

ހައިކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް. ނިޒާމުގައިހުންނަ ބާގަނޑު ބެއްދުމަށް އޮތް ހަމައެކަނި މަގަކީ ކޯޓުތައް ކަމަށް ދެކިގެންނުވާނެ. ފަރުވާ ނުދޭނަމަ އެކަން ކުރާންތިބި މީހުންނަށް ފިޔަވަޅު އަޅަންވީ. ވަޒީފާއިން ވަކިކޮށް އަދަބުދޭންވީ، އިހުމާލުވީމާ ފިޔަވަޅުތައް އަޅަންވީ. ދެތިން މީހަކާމެދު ފިޔަވަޅު އެޅުމުން އިހުމާލުވުން ހުއްޓުވޭނެ. މިހާރު ފަސޭހަގޮތް ފަސޭހަ ކޮށްލާ ފަރުވާކޮށްދިނުމަށް ދައުލަތުގެ ވަސީލަތް ބޭނުންނުކޮށް މީހާ ދޫކޮށްލަނީ. މިކަން ހުއްޓެންޖެހޭ.

The name is already taken The name is available. Register?

ޗތރވހވ ޔތހވޔތ

11 May 2022

ޖަލަށްދާ މީހުންގެ ހަރަދު އަހަރެމެންގެ ޓެކުސް ފައިސާއިން ނުކޮށް އެހެން ގޮތަކަށް ކުރަން ވެއްޖެ،،،

The name is already taken The name is available. Register?

ނަބީހާ

11 May 2022

އަސްލު މައްސަލައަކީ ބޮޑެތި ކުށްވެރިންނާއި ބޮޑެތި ސިޔާސީ ވެރިންނާއި އޮންނަ އަޑިނޭގޭ ގުޅުން! މިސާލަކަށް ރައީސް ނަޝީދު ޖޭއެސްސީގަ އިނދެގެން ކިތަށް ކަންކަން އުސޫލުން ބޭރުން ކުރަން އުޅުނުތޯ ރިކޯޓްތަކުން އަދި ބައްދަލުވުންތަކުގެ މިނެޓްސް ބަލައިފި ނަމަ ފެންނާނެ! ހަމައެހެން ރައީސް ޔާމީންވެސް! ޖާބިރު، ހާމިދު އަބްދުލް ގަފޫރު، އަދީބު ކަހަލަ ޖިނާއީ ކުށްކުރާ މީހުން ސިޔާސީގޮތުން ބާރުވެރި ކުރަނީ ސިޔާސީ ބޮޑުން! މީއީ ސާފުކޮށް ފެންނަ މަންޒަރު!

The name is already taken The name is available. Register?

ކިކް

11 May 2022

ކުށުގެ ވެށީގަ އުޅޭ ހުރިހާ މީހުންނަށް މިކަން ވަރަށް ރަގަޅަށް އަޕްޑޭޓްކޮށްދޭންވާނެ. ދެން ހައްޔަރެއްވެއްޖިއްޔާ ބަންދުގަ ހުންނަންޖެހުމާއެކު އަސްލު ބައްޔެއްވެއްޖެނަމަ ވަރަށް ވޭނުގަ އުޅެންޖެހި ބަންދުގަ ހުރެ މަރުވެދާނެކަން. ކޮންމެވެސް ބަޔަކު އިސްލާހުވެސް ވެދާނެ.

The name is already taken The name is available. Register?

ތަމްހީނު

11 May 2022

އެމީހަކު ކުއްކުރަނީ އަމިއްލަޔަށެވެ ވީމާ ރައްޔެތުން ދައްކާ ޓެކުސް ފައިސާއިން އެމީހުންނައް ބޭސްފަރުކޮށް ކާންދޭކައް ނުޖިހޭ މާލޭގެދޮރުހުރި ރާއްޖެގެ މުއްސަނދިންވެސް ޖަލައްވަދެއްޖެނަމަ ޖިހޭނީ އެމީހަކު އަމިއްލައައް މަސައްކަތް ކޮށްގެން ކައިބޮއި ބޭސް ފަރުވާކުރަން އެކަމުގެ މަގު ސަރުކާރުން ފަހިކޮށް ގަވައިދާ ހިލާފް ބޭރުމީހުން ފޮނުވާލައި ރާއްޖޭގެ ކޮށްމެދިމާލެއްގަ ޖަލުމީހުނައް މަސަކަތް ކުރެވޭނެ މާހައުލެއް ގާއިމް ކޮށްދީ އެމައްސަލަ ހައްލުވީ ބޭސްފަރުވާވެސް ލިބޭނ

The name is already taken The name is available. Register?

ރައްޔިތުންގެ މެޖޯރިޓީ

11 May 2022

އަހަރެމެން އެންމެންގެ އެތައް ކަމެއް ފުއްދައިދިނުމަށްޓަކާ ގައުމުގރ ތިޖޫރީގައި ހުރި ބިލިއަން ރުފިޔާ ވަކިބަޔަކު އެކަނި ކައި ހުސްކުރީ. އެމްއެމްޕީއާރުސީގެ ބޭނުން ނުގޮތުގައިހިފައި ހުރިހާ ރައްޔިތުންގެ ލާރި ވަކިމީހަކު ކާލީމާ އޭނާ އެހެރީ ނެތް ބައްޔަކަށް ސެޓްފިކެޓް ހަފައި ބޭސްފަރުވާއަށޭ ކިޔައ ގޭގައި. ކޮންމެ ރެޔަކު ހިއްޕަވާ ޖޫހެއް ޖިއްޕަވާ ކަމަށްވަނީ. އޭނާ ހައްޔަރުކުރޭ.. އެއީ މިހާރު އޮތް އެންމެ ބޮޑު ފިތުނަ އަކީ މިލިއަނުން އެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454