ޚަބަރު / ކުދިންނަށް ޖިންސީ ގޯނާކުރުން

ހަ ކުދިންނާ ބެހުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

ޖިންސީ ގޯނާއާ ދެކޮޅު އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ: ކުޑަކުދިންތަކަކަށް ޖިންސީ ގޯނާގެ ތުހުމަތުވި މީހާ ވަނީ ދޫކޮށްލާފައި -- ފޮޓޯ/މިހާރު

އެއް އާއިލާގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފި އެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ކުރީކޮޅު މާލެ ސަރަހައްދުން ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން 30 ދުވަސް ދިނެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި، ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ވެސް ފާހަގަކޮށްފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު ބަންދު އަމުރު ދެމެހެއްޓުމާއި ރިވިއުކުރުމުގައި ވެސް މީގެ ކުރިން ބަލަނީ މައްސަލަ ބަލަން ފެށުމާ އެކު ފުރަތަމަ ދޭ ލިޔުމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވެނީ އަނިޔާލިބުނު ކުދިންނާ އާއިލީގެ ގޮތުން ގުޅުމެއް އޮތް މީހަކަށެވެ.

19 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 5%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސީމް

10 May 2022

އެ ތުއްތު މައުސޫމް ކުދިންނާއި ޅައުމުުރުން ފެށިގެން ބެހެމުން ގޮސް މިއަދު އެކުދިން ބޮޑުވެފައި ތިބީމަ ޝަރުތުތަށް ކޮށްފަ ބެހުނު މީހާ ދޫކޮންލަން ޖެހޭ ޤާނޫނީ ޙުއްޖަތެއް އޮންނަ ހަމަ އެކަނި ޤައުމު މިއީ. ކޮއްކޯ ސާބަސް ތިހަދާފަ ހުންނަ ޤާނޫނު ރައްޔިތުންގެ ލައިރި ކާގެން ތިބެ.ތިވާނީ ކޮންމެވެސް ނުފޫޒު ގަދަ މީހަކަށް އެމީހާގެ ކިބައިން މަޢާފް އަށް އެދެން ދެން ޙުކުންކުރޭ އެ ކުދީން ގެ މައިންބަފައިންގެ ފަރާތުން އޭރުން ތިކަން ފުރިހަމަ ވާނީ.

The name is already taken The name is available. Register?

ށސ434

10 May 2022

ޒީރޯ ޓޮލެރެންސް

The name is already taken The name is available. Register?

ހަސަނު

10 May 2022

ބޮޑެތި ކުށްވެރިން ހުރަހަކާ ނުލާ އެހާ ފަސޭހައިން ދޫވެގެން މިދާދިއުން އެބަ ޖެހޭ ބަލަން.. ޖޭއެސްސީން އިސްނަގައިގެން ގާޒީ ސަސްޕެންޑުކޮށް ގާޒީގެ މައްސަލައެއް ހުރިތޯ ބަލަން ޖެހޭ...

The name is already taken The name is available. Register?

ހައިރާން!!!!

10 May 2022

ދެންދާނީ ފުރައިގެން. ވާހަކައޮބުނީ، މައްސަލަ ނިމުނީ! ތިހުންނަނީ ދައުލަތުގެ ނިޒާމުތަކުގެ ހަރުދަނާކަމާއި ކަންކުރަންތިބޭމީހުންގެ އީމާންތެރިކަމާއި ހުޝިޔާރުކަމުން ވާކަންތައް! އަޅައިލާނެމީހަކުނެތް! ދެން ބުނަންއޮތްއެއްޗެއް ބުނެވޭކަށްނެތް. ނޫހުން މިކޮމެންޓެއް ނުޖަހާނެ! ކަމާބެހޭ، އަޅައިލާނެމީހަކު ނުވާނެ!

The name is already taken The name is available. Register?

ޕޮގުބާ

10 May 2022

ކުޑަކުދިންނާ ބެހުނީމަ ސަރުތު ތަކަކާއެކު ދޫކޮއްލެވޭތަ މައްސަލަބެލި ގާޒީ ހައްޔަރުކުރޭ

The name is already taken The name is available. Register?

ަސދފ

10 May 2022

ތިގޮތަށް ނިކުއިން 2012 ގަ ގާޒީ ހައްޔަރު ކުރަން ..އޭރު އިދިކޮޅު ނިކުތީ މުޒާހަރާ އަށް.

The name is already taken The name is available. Register?

ސަނީމް

10 May 2022

ކެއުން ބުއިން އަދި ދޫ ކޮންޓްރޯލް ނުކުރެވޭ މީހުން ކިބައިން އެހެން ނުބައިވެސް ފެންނާނެ. ޓްވީޓަރ ދީނީ އިލްމް ހުރި ކަމަށް ބުނާ މީހަކު ދެވަނަ އަންބެއް ނުލިބިގެން ރުޅިގަދަ އެބަ ކުރޭ.

The name is already taken The name is available. Register?

ވިޖިލާންޓޭޖަސްޓިސް

10 May 2022

ޑްރަގްވިއްކާ ޑްރަގް ބޭނުންކުރާ ފަރާތްތައް ދޫކޮށްލަނީ. މާރާމާރީ ހިންގާ މީހުން މަރާލުމުންވެސް ގިނަމީހުން ހައްޔަރެއް ނުކުރެވޭ. އަދަބެއް ނުދެވޭ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ހަމަ ހެވިފަ މިނިވަންކޮށް. ރައްޔިތުންގެ ފައިސާ އިން ވައްކަންކުރާ ސިޔާސީ ފަރާތްތައް ފުރިހަމަ އިއްޒަތުގަ. އިންސާފުގެ ކަންކަން މިހެން ދަންޏާ އިސާހިތަކު އެބަޔަކަށް ވީގޮތަކަށް އަމިއްލައަށް އިންސާފު ހޯދަން ނުކުންނާނެ. އަމިއްލައަށް ނޫނީ ފައިސާ ދީގެން އެހެން މީހުންލައްވާ ނަމަވެސް

The name is already taken The name is available. Register?

މިއޮތީވާފަނޑިޔާރުގެއެއް

10 May 2022

ޚަބަރުން އެނގޭ، އެމީހަކީ އަނިޔާ ލިބުނު ފަރާތްތަކާ އާއިލީ ގޮތުން ގާތް މީހެއްކަން. އަހަރެމެންނަށް ބުނެދީބަލަ، އޭނާ ދޫކޮށްލީ ކޮން ޢިއްޒަތްތެރި ބޭފުޅެއްގެ ގާތް މީހަކަށް ވާތީ ތޯ

The name is already taken The name is available. Register?

ހިންދު އެމާ ކަނޑުތެރެއިން ޖާހިލު ކަންމަތީ އަބަދައް!

10 May 2022

ވަރައް ބާރައް ބުނާނެ ގާޒީ ގެ މައްސަލައޭ! ފުލުހުންގެ މައްސަލައޭ! ޕީޖީގެ މައްސަލައޭ! ކަތީބުގެ މައްސަލައޭ! މަޖުލިހުގެ މައްސަލައޭ! ޖެހިގެން ހުރި ގޯތި އާދަނުގެ މައްސަލައޭ! މުޅި ގައުމުގެ މައްސަލަތައް. ދިވެހިންގެ ބާރު ހިނގާ ހުރިހާ ތަނެއްގަ ފަސާދަ އާއި ވައްކަމާ، ކޮރަޕްޝަން! ވަކި ވަޒީފާ ނުކިޔާ، ވަކި މީހަކު ނުކިޔާ، ދިވެހިންގެ ހުރި ނުބައި ނުލަފާ، ޖާހިލު ކަމުން ގައުމު އިނދަޖައްސާވާހަކަ ބުނީމަ މާތާހިރު ވާނެ! އެކަމު %100 ގަ 900 އަހަރޯ! ހުދު ފޮތިކޮޅަކޯ! ކަލާކޯ!

The name is already taken The name is available. Register?

އައްމު2002

10 May 2022

ޕީޖީ ދެކެ ގާޒީ ހިތްހަމަނުޖެހުނަސް އެވަރުގެ ނުރައްކާތެރި ކުއްވެރިއަކު ދޫކޮށްލާނީ ގާޒީގެ ކިބައިގައި އެއްވެސް އިންޓަގްރިޓީއެއް ނެތީމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454