ތުހުމަތުކުރެވޭ މީހާ އެތައް ކުދިންނަކަށް އެތައް ދުވަހެއް ވަންދެން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބެލެވޭ
ޖިންސީ އަނިޔާކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައި މާލޭގައި މުޒާހަރާއެއް ކުރަނީ. -- ފައިލް ފޮޓޯ: މިހާރު
07 މެއި 2022 - 05:28
މާލޭގައި އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާކުރަމުން ގެންދާ ކަމުގެ ތުހުމަތުކުރެވޭ އެ އާއިލާގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވަނީ މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އަނިޔާ ލިބޭ ކުޑަކުދިންގެ މައުލޫމާތު ހާމަވެދާނެ މައުލޫމާތު އާންމުކުރުމަކީ ގާނޫނީ ކުށަކަށް ވާތީ މިކަމާ ބެހޭ ގޮތުން ފުލުހުން އަދި މިހާތަނަށް ބުނެފައި ވަނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކާ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލޭ ސަރަހައްދުން މިދިޔަ މަހު ނުވަ ވަނަ ދުވަހު 55 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މާޗް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ތަހުގީގަށް ބަންދުގައި ބަހައްޓަން 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި މި މީހާ ވަނީ އާއިލާގެ އެތައް ކުދިންނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކޮށް ބައެއް ކުދިންގެ ފޮޓޯ ނަގައި ކުދިންނަށް ބިރު ވެސް ދައްކައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
08 May 2022
އުމުރުން ދުވަސްވީ ފިރިހެނުން، 6 އަހަރާ 9 އަހަރާ ދެމެދު ގެ އަންހެން ކުދިންނާ ބެހޭ ސަބަބެއް އޮވޭތަ؟
ހަމަތެދެއްތަ
07 May 2022
މާލަސްތަކެއްނުވާނެ، ތިމީހާ ދޫކޮށްލާނެ. ކެރެެންޖެހޭނީ ީދަށުންދަމާކުޅެން. ވޯޓުލިބޭނެޢަދަދު ގިނަވާނަމަ އަދިމާއަވަސްވާނެ.
އައްޑުއަންސް
07 May 2022
ތިކަލޭގެ ދޫކޮށްލާތޯވެސް ޕެޓިޝަނެއް ހަދަންވީދޯ!
ސުން
07 May 2022
ޙައްޔަރުކުރީމަ ކަމެއްވޭތަ؟
ނާބަ
07 May 2022
ޜޮޔަލް ރޭޕް އަކާ ވައްތަރީ އެހެން ނޫންނަމަ ތިބަޔަކު ނަން ހާމަވީސް ކަން ކަށަވަރު
ރައްޔިތުސޮރު
07 May 2022
ތި ވެދާނެ ގަދަރުވެރި އާޢިލާ އަކަށް ނިސްބަތްނުވާ ކުޑަކުދިންތަކަކަށް އެހެންވީމަ ދަޢުލަތަކުން މާކަ ޝަޢުޤުވެރިކަމެއް ނުހުންނާނެ ތިފަދަ ކުދިންގެ ހިމާޔަތަކަށް. އިހައްދުވަހުވެސް އައްޑޫގަ ކުޑަކުއްޖަކަށް ޖިންސީގޯނާކުރިކަމުގެ ހެކިތައް ހުރި މީހަކުވެސް ނުފޫޒުން ދޫކޮށްލައިފި. މިއީ މިޤަޢުމުގަ އިންސާފު އޮންނަގޮތަކީ
ލަސް
07 May 2022
މާޗް މަހު ރިޕޯޓްކޮށްފައި ވާ އިއރު ހާދަލަސްވީ ހައ އްޔަރު ކުރަން
ާަައިންސާފު
07 May 2022
ނަން ހާމަ ކުރަންވާނެ ތިމީހާގެ، އެކުދިންގެ މައުލޫމާތު ހާމަ ނުކޮށް. ޢެމީހާ ބޭޒާރު ކުރަން ޖެހޭ. ޢޭނާ ސިއްރު ކުރުމަކީ އޭނާއަށް ދެވޭ ހިމާޔަތެއް.
ރޯޒަސް
07 May 2022
ވިސްނާލަން ޖެހޭ ކަމެއް. އެކުދިންގެ މަޢުލޫމާތު ނޭނގި އޭނަގެ ނަން ހާމަ ކުރިޔަސް އެކުދިންގެ ނަން އިނގޭނެ. މީ ކުޑަ ގައުމެއް
ފޮރިއަލް
07 May 2022
ނަންހާމަ ކޮއްފަ ވިކްޓިމް ބްލޭމް ކުރާމީހުން ހައްޔަރުކުރަންވީ.
މޮހޮނު2.2
08 May 2022
މިއީ ސެންސެޓިވް ކޭސް ތައް. ބަލާބަލަ އައްޑޫ ކޭސް އެވީގޮތް. ކިއްޖާގެ ކާފަ ފޮޓޯ ޕްރިންޓްކޮށް މުޅި ރަށުގަ އަޑުގަދަކުރި ފަހުން ހަޤީގަތް ބެލިއިރު އެެއްވެސް ގުޅުމެއް ނެތް. އެކަމަކު ދެން އޭނަގެ އަބުރު ނަގާލި މީހުން އެކަން ނުކުރާކަމަށް ނުވާނެ. ﷲ އަށް ބިރުވެތިވޭ. މީހުން ދައްކާހާ ވާހަކައާއިގެން ދުވަން ދަރު އުފުލާ ހިމާރުންނަށް ވުރެ އަހަރެމެން ގޯސް ވެގެން ނުވާނެ.
ފެއިލް ޕޮލިސް
07 May 2022
ފުލުހުން ދައްކާވާހަކަ ގަބޫެއްނުުރެވޭ. ކުރިންވެސް ތިހެން ހެކިދެއްކި ފަހުން ބުނީ ައަމައޭ. ތި ބޭކާރު ބައެއް. ފެއިްވެފަތިބި ބައެއް. އައްޑޫ ދައިތަގެ ައްދަަވެސް ހަމަ އެހެން ދިޔައީ އެހެންވީމަ ފުލުހުން ދައްކާވާހަހަ ރައްޔިތުްނައް އިތުބާރުކުޑަ
ޙުސައިނުބެ
07 May 2022
ޑެންމާކަށް ފޮނުވާލާ. ޢެންމެ ފަހުންވެސް ކުޑަކުއްޖަކާ ބެހުނު މީހާ ވަނީ އިންޑިޔާއަށް ފޮނުވާލަދީފަ. ޢެވެސް ޕޮލިހުންގެ ސެކިއުރިޓީދީގެން.
ވަގެއް ނުވާނެ
08 May 2022
މިއަދު ވަގު ނަންމަމުގަ މީހުން ބަދުނާމު ކުރެވިދާނެ. މާދަމާ ތިޔަ ބަހަށްވެސް ޖަވާބުދާރީވާންޖެހޭނެކަން ދަންނާތި.