މާލޭގެ އެކި އިމާރާތްތަކުގައި "އިންޑިއާ އައުޓް" ޖެހި މައްސަލާގައި މިއަދު ހައްޔަރުކުރި މީހާ.---ފޮޓޯ: ޕޮލިސް
17 މެއި 2022 - 18:06
މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދިޔަ އެކަކު ފުލުހުންނަށް ފިލަން ފާހާނާއެއްގެ ތެރެއަށް ވަދެ އޮއްވައި މިއަދު ހައްޔަރުކޮށްފި އެވެ.
އެ މައްސަަލައިގައި ހޯދަން ފުލުހުން މިއަދު އިއުލާންކުރީ މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު 34، އެވެ.
ފުލުހުން ބުނީ، އަބްދުލްޣައްފާރު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާގައި ފިލާ އޮއްވައި މިއަދު ހަވީރު 5:12 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އަބްދުލްޣައްފާރު ހޯދަން އިއުލާންކުރީ، އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމަށް ބުނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މީހަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ.
އެ ކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ."އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
454545
18 May 2022
މީހެއްގެ ހިތުގައި ތިމާގެ ގައުމަށް ލޯތްބެއް އޮތުމަކީ މައްސަލައެއްތަ؟ އަހަރެމެން ސިޔާސީވެގެންގޮސް އަޅުންނަށްވާންވެސް ބަޔަކު ތިތިބެނީ ހޭވައްލާ ތައްޔާރުވެގެން. ސިކުނޑިއެއްވެސް ނެތް. ހަށިގަނޑުގަ ހުރި ލޭވެސް ހުރީ ފިނިވެފަ. މުސްތަގްބަލާ ދޭތެރޭ ވިސްނާ މީހަކު ނެތް. ގައުމު ތަކުގައި މުސްލިމުންނަށް ޖެހޭ ނިކަމެތި ހާލު ފެންނައިރު އަމިއްލަ ގައުމު ގަނޑުވެސް މިއުޅެނީ ބައެއްގެ އަތްމައްޗަށް އެއްލާލަން. ހިތައްއަރާ މިއީ ފޯޖީ، ފައިވްޖީ ވޭވްސް ގެ ގެއްލުންބާއޭ.
މުހުއްމާ
18 May 2022
އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. މޯދީ އައުޓް. ޝާހިދު އައުޓް. 2023
ފަޅިސިކުންތު
19 May 2022
މުހުއްމާ ބުނާކަށް މިފަހަރުވާނެ މޯދީވެސް ވެރިކަމުން ބާލަން 2023ގެ އިންތިޚާބުގަ. ހަނދާންކޮށް ވޯޓުލާން ދައްޗޭ!
ދައި
18 May 2022
ކޮބާބާ ކުށަނީ އިންޑިއާ އައުޓްތަ ނޫނީ މީހުން މުދަލަށް ގެއްލުން ދިނިންބާ
ޒުބޭދާސް
18 May 2022
މައުމޫން ޒަމާނުގައި ސަންދާނު ނޫސް މަތިން ހަދާންވަނީ. ހިޔާލު ފާޅުކުރެވިފައި މިއޮތީ. ޑިމޮކްރަސީގައި މިހެން ގޮވެން ޖޭހޭނެ. އެއީ އަންނި ދަސް ކޮށްދިން ގޮތް.
ކުޗީ
18 May 2022
އަންނި ޔޭ ތިކިޔާ މީހަކު ދުވިތަ ގޭގޭގެ ފާރުތަކަށް ސްޕްރޭ ކުރަމުން ، ނޫނީ އޭނަ ގޮވިތަ އެކަން ކުރަން.
އެކަމު
18 May 2022
އަންނި ދަސްކޮށްދިނީ އަންނިމެން ވެރިކަމުގަ ނުތިބޭއިރު ހުރިހާ ކަމެއްވެސް ކުރެވޭނެ ކަމެއް.
އިސްމާލި
18 May 2022
މަރުހަބާ ފުލުހުންނަށް. މަށަށް ހީވަނީ ތި މީހާ ހޯދި ފުލުހުންނަކީ އައްޑޫގައި ގާއިމްކުރި ޓްރޭނިން ތަނުން ފާސްވި ފުރަތަމަ ބެޗުގެ ފުލުހުން ހެން. ދެން މި ފޯރީގައި ގޮސް، އާއްމު ރައްޔިތުން ގެއްލިގެން / ވައްކަން ކޮށްގެން ރިޕޯޓު ކޮށްފައިވާ ތަކެތިވެސް ހޯދައިދީބަލަ، އަދި އަފްރާޝީމް، ޔާމީން ރަޝީދު، ލ އަތޮޅު އަންހެން ކުއްޖާ މިފަދަ ގެއްލުވާލައިފައިވާ/މަރާލައިފައިވާ އެތައް ބައެއްގެ ގާތިލުންވެސް ހޯދައިދީބަލަ
ލެއްގި ގައްފާރު
18 May 2022
މީނާ ކަންނޭނގެ މުޅު ބުރިޖްމައްޗަށްވެސް އިންޑިޔާ އައުޓު ޖަހާފަ ހުރި ކަރުދާސްތަކެއް އަޅަމުން ހިނގީ! މާލޭ މަގުމައްޗަށްވެސް އެ ކަރުދާސްތައް އެޅީ މި މީހާ ކަމަށް ބެލެވޭ!
ތުރީ
18 May 2022
ޖޭޕީ މެމްބަރެއް.
އަބޫބަކުރުބެ
18 May 2022
މީ ފާހާނާއަށްވަދެ ރަޖާއަޅައިގެން އޮންނަންޖެހޭވަރު ކުށެއް ނޫން. ބުރޯ ޗިލްކުރޭ.
ބަކުރުބޭ
18 May 2022
ދީނީ ގޮތުން ލޭހުއްދަކޮށްގެން މީހުން މަރާ މީހުންވެސް އެހާ ފިނޑި. ކޮންމެވެސް ތަނަކަށް ވަދެ ތިބޭނީ ފިލާ. އެމީހުންގެ ނަޒަރުން މާތްﷲ އެންގެވި ގޮތަށް އެމީހުން ކަންކުރަނީ. ދެން އެކަމާ އެއްބަސްވާނަމަ ރަގަޅު. ނުކުރަމޭ ކިޔައި ދޮގުހެދުން އެކަމު އޮންނަނީ. ގައިމުވެސް ދޮގުހަދާ އޮޅުވާލާކަށް ދީނަކު ނޯންނާނެ.
ލެެއްގި
18 May 2022
މަގޭ ސައިކަލްގެ މަޑި ކަފާލި ރައީސްގެ ގެކޮޅު އަދި އެމް އައި ބީ ކައިރީ ހުއްޓާ! ކެމެރާ ނެތިގެން ނުހޯދުނުކަމަށް ބުނީ
އިންޑިއާކަނޑު
17 May 2022
އަނެއް މީހާގެ ނަންވެސް އެނގުނު ނަމަ ރަނގަޅު