ޚަބަރު / ކަސްޓަމްސް

ރާއްޖެ އައި އެމެރިކާ މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ރާއްޖެ އަށް ޑްރަގް ޓްރެފިކްކުރާ މީހުންނާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި އިވެންޓްގައި ރާއްޖެ އަށް އާންމުކޮށް ޑްރަގް އެތެރެކުރާ ގައުމުތަކުގެ މެޕެއް ފުލުހަކު ދައްކާލަނީ: މި މަހު ރާއްޖެ އައި އެމެރިކާ މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގަތް -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖެ އަށް ބްރެޒިލް އިން އައި އެމެރިކާގެ މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވައިގެ މަގުން އައި އެ މީހާގެ އަތުން މަސްތުވާތަކެތި އަތުލައިގަތީ މި މަހު 11 ގައި ކަމަށެވެ. އެ މަސްތުވާތަކެތި ފެނުނީ، އޭނާ އަށް ޝައްކުކުރެވިގެން، ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ބުންޏެވެ.

އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، ކޮކެއިން އަށް ޕޮޒިޓީވްވި ކަމަށް އެ އިދާރާ އިން ބުންޏެވެ.

އެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.1 ކިލޯ ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީގެ އަގު 10 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެ މައްސަލައިގައި ޝާމިލުވާ މީހާ އާއި އޭނާގެ އަތުން އަތުލައިގެން ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ފަހަކަށް އައިސް ބްރެޒިލުން ރާއްޖެ އަށް ވައިގެ މަގުން އެތެރެވާން އުޅުނު ގިނަ ބައެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. މިދިޔަ އަހަރު ވެސް 18 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް ބްރެޒިލްގެ މީހަކު ހައްޔަރުކުރި އެވެ. އޭނާގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ. އަދި 4.2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބްރެޒިލްގެ މީހެއް ވެސް ހައްޔަރުކުރި އެވެ.

13 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 11%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާނަކޮށި

19 May 2022

މިޤައުމުގައި ތިޔަކަހަލަ މަސްތުވާތަކެތި އެތެރެ ކުރުމުގައި އެއްވެސް ހަރުކަށި ޤާނޫނެއްނެތް.......މެލޭޝިޔާ، ސައުދީ ފަދަ ޤައުމުތަކުގައި ވަރަށް ހަރުކަށި ޤާނޫނު ތަކުގައި އުމުރަށް ޖަލަށް ލުމާއި މަރުގެ ހުކުމްވެސް އޮވޭ..........މިކަހަލަ ހަރުކަށި ޤާނޫނެއް ހަދާ ތަންފީޒުކޮށް ފައިވާނަމަ މިރާއްޖެއަށް އެފަދަ މަސްތުވާތަކެތި އެތެވުން މަދުވާނެ......

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

19 May 2022

ފަސޭހައިން ކަންކަން ކުރެވެން އޮތް ދިމަދިމާލުން ކަންކަން ކުރުމަކީ އާދައެއް. ޑްރަޤް ނެޓްވޯކް ތަކާއި އިންސާނުން ވިއްކުމުގެ ވަގުވިޔަފާރި ހިންގާ ފަރާތް ތަކުންވެސް އަބަދު ބަލަބަލާ ތިބެނީ ފަސޭހަކަމާއިއެކު އެމީހުންގެ ކަންކަން ކުރެވެން ހުރިތަންތަން ބަލާ އެކަންކަން ކުރަން. # މިގޮތުން ފަސޭހައިން މިކަންކުރެވޭތީ ރާއްޖެއަކީ މިފަދަ ފަރާތްތަކުން އެމަރިކާ، ޔޯރޮޕް އަދި ޜަޝިޔާ އާއި މެދުއިރުމައްޗަށް ޑްރަޤް އެތެރެކުރާ ގޭޓްވޭ އަކަށް ބަލަމުންދާ ތަނެއް.

The name is already taken The name is available. Register?

ކަލްދޯ ބޭގާނާ

19 May 2022

މިކަހަލަ ޙަބަރު ނޫސް ތަކުގަ ޖަހާތީ ކަންބޮޑުވަނީ ތިޔަބުނާ އެމެރިކާ މީހާ އެއް ތިޔައެއްޗިއްސަކައް ހަވާލެއް ނުވާނެ މާމަމެން ބުނާހެން ރައްމެދައް ތިޔަ ކިޔާ ކޮކައިންތައް ވިހޭ ކަމައްވާނީ ހަވާލްވާނެމީހަކުނެތި ސަހަރޯ މިޔޮއްގައުމެއް ބޯހަލާކް

The name is already taken The name is available. Register?

ސަޑޭ

19 May 2022

ޤައުމުގެ ރައީސް ޞާލިހު މަޖްލިސް ރައީސް ނަޝިދު އުއްތަމަ ފަނޑިޔާރު މުއުތަސިމް ، އިޚްލާސްތެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް ތިބޭފުޅުންގެ ހުރި ނަމަ ޑްރަގް ވިއްކާމިހުންގެ ކިބައިން ޤައުމު ސަލާމަތް ކޮށް ދެއްވާ.

The name is already taken The name is available. Register?

ރައްޔިތުސޮރު

18 May 2022

އަޅެ މީ ފަހެ ކޮލަމްބިޔާތަ؟ ކޮބާތަ މިޤަޢުމުގެ ލޯ އެންޑް ފޯސްމެންޓް އެޖެންސީތައް؟

The name is already taken The name is available. Register?

ވަހީދު

18 May 2022

ރާއްޖޭގެ ޖަލުގައި ތިމީހާ ނޯންނާނެ. ޖެހޭނީ ދޫކޮށްލަން. ވަރަށް ސަލާމް

The name is already taken The name is available. Register?

ޑުރަގު

18 May 2022

އެންމެނަށް ކަޅުކުލައިގައި ފެންނައެއްޗަކީ ހުދުކުލައިގެއެއްޗެއްކަމުގައިބުނެ ސާބިތުކޮށްދެވޭވަރުގެ ވަކީލުން އެބަތިއްބެވި. އެހެންވީމަ ތިތަކެއްޗަކީ އޭނަގެނައި އެއްޗެއްނޫންކަމުގަ ސާބިތުކޮށްދީފާނެ. ތިމީހާއަކީ އެމެރިކާގެ ރައްޔިތެއް އެހެންވީމަ މުޅި އެމެރިކާއާއި އެމެރިކާގެބާރު އޮންނާނީ އޭނަގެފަހަތުގަ. ތިކަންދާނީ ތޮޅިއަށް.

The name is already taken The name is available. Register?

ސާއިރު

18 May 2022

ކަސްޓަމުން އަތުލީމާ އެތަކެތިކޮޅު އެތެރެނުވެ ހުއްޓުވުނީ. ފިޔަވަޅަކާ ހިސާބަށް ނުގެންދެވޭތީ އެއްވެސް ޖެހިލުމެއްނުވޭ ރާއްޖެއަށް ތިޒާތުގެ ތަކެތި ހިފާގެން އަންނާކަށް. ހުރިހާ އެންމެނަށްވެސް ސުވަރުގެއަކަށް މިރާއްޖެމިވަނީ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

18 May 2022

އެމެރިކާ މީހެއްވީމަ ހައްޔަރުކުރި ބާ؟؟ ހަމަ އަހާލި.

The name is already taken The name is available. Register?

1828

18 May 2022

ކަސްޓަމްސްގެ ޑިއުޓީ އަދާކޮށްފި. ދެން އޮތީ އަހަރެމެންގެ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައި. ގިނަ ފަހަރު އެމަރުހަލާއިން ދަނީ ޗޮކުން. ސާބިތުވާނެ ބާ؟

The name is already taken The name is available. Register?

1829

18 May 2022

ބުރޯ، ކޯޓުން ދޯ ދޫކޮއްލަނީ؟ ފުލުހުންނެއްނޫން، އަދި މި ގާނޫނު ހަދާ މަޖިލީހުގައި ތިބެނީ، ކުރާނެ ކަމެއްނެތިފައި ތިބޭ ބައެއް، ސްކޫލައް ނުގޮސް ނުކިޔަވާ ބޮޑުވެފައި ތިބޭ ސައިންވެރިންނާ، ޕުރޮފެސަރުން! ހަދާ ގާނޫނަކުން ޙަރާން ފަދަ ދިވެހި ރައްޔުތުންނައް ފައިދާއެއް ވާހެން!

The name is already taken The name is available. Register?

ާާާ އބޱ

19 May 2022

މިފަހަރުވެސް ދޫކޮއްލާފަ ބުނާނެ ޕޮލިހަކަށް ގޯހެއް ހެދުނުވާހަކަ.އެހިސާބުން އެކަން ނިމުނީ. ގޯސް ހެދިކަމަށް ވާނަމަ ކޮންމެސް ހިސާބަކުން ޒިންމާ ނަގަން ޖެހޭނެ.

The name is already taken The name is available. Register?

1828

20 May 2022

1829. ހަމަދޫކޮށެއް ނުލާނެ. ސަބަބުތަކެއް ހުންނާނެ. ހެކި ހުށަހަޅަން ޖެހޭނެ. ހެކި ހޯދަން ޖެހެނީ ޤާނޫނީ އިމުގެ ތެރެއިން. ހިފާހައްޔަރު ކުރަންވެސް ޖެހެނީ ޤާނޫނު، ޤަވައިދު އަދި ހެދިފައިވާ އިޖުރާއަތްތަކުގެ ތެރެއިން. މި ތިންކަންތައްވެސް ފުލުހުންނަށް އިނގޭ. އޭގެ ބޭރުން ކަންކަން ކުރީމައި ޖެހޭނީ ދޫކޮށްލަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454