މިރޭގެ ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: ތަހުގީގަށް ބަންދު ކުރުމާ ދެކޮޅަށް އެމަނިކުފާނު ވާހަކަ ދެއްކެވި -- ފޮޓޯ/ޕީޕީއެމް
21 މެއި 2022 - 23:59
ތަހުގީގުގެ މަރުހަލާގައި މީހުން ބަންދު ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވިގޮތުގައި، އާދައިގެ ކުށެއްގެ ތުހުމަތުގައި ތަހުގީގުގެ މަރުހަލާގައި ބަންދު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ހައްޔަރު އަމުރު ހޯދަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތު ދިނުމެއް ނެތި ކަމަށް ވާތީ އިންޓެލިޖެންސް ރިޕޯޓް ހަދައިގެން މީހުން ހައްޔަރު ކުރަން ކޯޓު އަމުރު ހޯދަން ފުރުސަތު އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"މިއަދު ނިކުމެދާނެ ޕޮލިސް އިންޓެލް ރިޕޯޓެއް މީހަކާ ބެހޭގޮތުން ކޮންމެ އެއްޗެކޭ ކިޔާފައި ވެސް. ހަމަ ނިކުތީ ފަނޑިޔާރުން އެވީ އޭގެ މައްޗަށް ބިނާކޮށް މީހަކު ހައްޔަރު ކުރަން. މިއީ އަޅުގަނޑަށް ގަބޫލު ކުރެވޭ އުސޫލެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު ޔާމީން އެ ގޮތަށް ވިދާޅުވީ 'އިންޑިއާ އައުޓް' ކެމްޕެއިން ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދެ ފަހަރަށް ހައްޔަރު ކުރުމުންނެވެ. އެކަމަކު ދެ ފަހަރު ވެސް ކޯޓުން ނިންމީ އޭނާ ދޫކޮށްލުމަށެވެ.
"ތުހުމަތެއް އުފުލޭ ވަރަށް މައުލޫމާތު އެއްކޮށްފައި އޭނާގެ މައްޗަށް ޗާޖު ކުރަންވީ. ޓްރަޔަލްގެ ކުރިން ޑިޓެންޝަނެއް އޭނާއަކަށް އައިސްގެން ނުވާނެ،" ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ޔާމީން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ/ޕީޕީއެމް
ޕީޕީއެމްގެ އޮފީހުގައި އޮތް ހަފުލާގައި ޔާމީން ވިދާޅުވީ ޖަވާބުދާރީވާން ފުރުސަތު ދިނުމެއް ނެތި ހައްޔަރު އަމުރު ނެރުމަކީ ވެސް ބަދަލުވާންޖެހޭ ނިޒާމެއް ކަމަށެވެ. އަދި އެ ގޮތަށް އެތައް ދުވަހަކު ބަންދުގައި ބެހެއްޓުމަށް ފަހު، ދޫކޮށްލުމުން އެ މީހަކަށް ލިބޭ ސިއްހީ އަދި އެ ނޫން ވެސް ގެއްލުންތަކަށް ބަދަލު ލިބޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން މިހާރު ބަދަލު ނަގައި ދޭންޖެހޭއިރު އެންމެ ކުޑަމިނުން އެބަޖެހޭ މި މީހުންގެ މި ކަހަލަ މައްސަލައެއް ދިމާވެއްޖެ ކަމަށް ވަންޏާ ދައުލަތުގެ ހަރަދުގައި ބޭސްކޮށްދޭން. އެއީ ބަދަލު ނަގައިދެވޭނެ އުސޫލެއް މިތާނގައި ނެތީމާ،" ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމަށް މިރޭ ސޮއިިކުރެއްވި މީހެއްގެ ފޯމާ، އެ ޕާޓީގެ ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
ޕީޕީއެމަށް ބައެއް މީހުން ސޮއިކުރުމަށް ބޭއްވި ހަފުލާގައި ޔާމީން ވިދާޅުވިގޮތުގައި، ރާއްޖޭގެ ގާނޫނުތައް ވެސް ބަދަލުވާން ޖެހެ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ގިނަ ގާނޫނުތައް ހުރީ ރައްޔިތުން ކުށްވެރިންނަށް ހެދޭ ގޮތަށް ކަމަށް ވާތީ އެވެ. އެ ގޮތުން މީހުންގެ އަމިއްލަ ބޭންކް އެކައުންޓްތަކުގެ ހުރިހާ މައުލޫމާތެއް ތަހުގީގީ އިދާރާތަކަށް ލިބޭ ކަމަށާއި އެއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި އޮންނަ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ފުލުހުން ބޭންކްތަކަށް ބިރުދައްކައިގެން ކަސްޓަމަރުންގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދާ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމަށް މިރޭ ސޮއިކުރި ބައެއް މީހުން، އެ ޕާޓީގެ ބައެއް އިސްބޭފުޅުންނާއެކު.---ފޮޓޯ: ޕީޕީއެމް
"ދިވެހިރާއްޖޭގެ މުޅި ގާނޫނީ ވެށި ބަދަލުވެފައި ބިނާވެފައި މި އޮތީ އަދަބު ދިނުމަށް އުގޫބާތުގެ މައްޗަށް. މި އެއް ނޫން ގާނޫނު ހުންނަންވީ ސަބަބަކީ. ގާނޫނު ހުންނަންވީ ކަންކަން ފަހިކޮށްދޭން. ގާނޫނު ހުންނަންވީ މީހުންގެ މުދަލާއި މީހުންގެ ފައިސާ އާއި މި ކަހަލަ މުއާމަލާތްތައް ރައްކާތެރިކޮށްދޭން،" ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމަށް މިރޭ ސޮއިިކުރެއްވި މީހެއްގެ ފޯމާ، އެ ޕާޓީގެ ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި އެ ކަންކަމާ ދެކޮޅަށް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި "ހުރިހާ މަސައްކަތްތަކެއް ހުއްޓާފައި" އެފަދަ މައްސަލަތައް ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ފުރަތަމަ ކޯޓުގައި ތިން ހަފުތާ. ދެވަނަ ކޯޓުގައި 25 ހަފުތާ. ދެން އަންނަ ކޯޓެއްގައި އެ އަށް ވުރެ ގިނަ ހަފުތާކޮށްފައި ނިންމީމާ އަސާސީ ހައްގެއް ކަށަވަރެއް ނުވޭ ދެއްތޯ. މިއީ އަސާސީ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރިން ނިމިފައި ހުރި މައްސަލަތަކުގެ ހުކުމް ފަނޑިޔާރުން ބަދަލުވުމުން ބަދަލުވެގެން ނުވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުމީހެއް
24 May 2022
މީނަގެވެރިކަމުގަ މީހަކުހައްޔަރުކުރަންވީމަ އިންޓެލްރިޕޯރޓް ހޯދާގޮތެއްވެސް ނޭނގެ! އިންޓެލްރިޕޯރޓްލިޔަނީވެސް ގޭގަގެންގުޅުނު ރޫބެލް ތޯއްޗެ...
ގުދުގުދާބެއްޔާ
23 May 2022
ފުރާޅުން ޓިނު ނަގައިގެން ސްޕްރީމްކޯޓްގެ ފަނޑިޔާރުން ހައްޔަރުކުރަން އަމުރު ކުރިމީހާ މިޒާތުގެ ވާހަދެއްކީމާ އަންނަނީ ޒާތެއްގެ ހިންޏެކެވެ.
ތޮށަލިތަކުރު
23 May 2022
ކޮނމެކޮމެންޓެއްް މީހަކުފޮނުވާއިރައް އެއީމިވެނިޕާޓީއެއްގެމީހެއްގެ ޓެގުއަޅުވަންމަސައްކަތްނުކުރައްވާަ!ހިތުގައުފެދޭސުވާލުހާމަކުރަނީ ވަކިޕާޓީއެއްވެގެނެއްނޫނެވެއެމީހަކުކެޑިނޭޅިއަބަދުދައްކާވާހަކައިން އަޑުއަހާމީހުންނަށްއެކަހަލަ ފީލިންގވަނީއެވެ.މިސާލަކައްހުއްޓުމެއްނެތިއާމިރުހެނދުނުއެދައްކާވާހަކައިން އޭނާޔަކީ އިންޑިއާސަރުކާރުގެ މުސާރަވެރިއެއްބާއޭ ހިތައްއަރާ ކޮންމެދުހުކުއަރާ އިންޑިއާއޭ ޔާމީނޭ ޤައުމީސަލާމަތޭކިޔައިކ ގަދަކަމުންބަޔަކުލައްވަކަމެއްކުރުވަންއުޅޭހެން!މިއަދުދުނިޔޭގައެއްގައުމުއަނެއްޤައުމާއަޅުވައިގެންދައްކާވާހަކަތަކާއަޅާބަލާއިރު މިތާއެބަވާހަކައެއްދެއްކޭތަ?ބައްރަބެއާ,ހައްލަލަދޮހުއްތުއާ,ބޮއްތޮއާފުޅިވިއްކާއާ,ދެފުއްކެހެރި,ނުކުމެދައްކާވާހަކަޔަކުންވާނެކަމެއްއޮންނާނެތަ?ކަންތައްވާނީސަރުކާރާ ސަރުކާރުޖެހުނީމަ!!
ރައްޔިތުުމީހާ
23 May 2022
އާމިރުސަލީމު ހެނދުނު ޓީވީއައް އަރާއިދެ މިތަޅާއަނގަޔަކީ ޤައުމީސަލާމަތައްަ ވަރައްގެއްލުންހުރިއަނގައެއްކަމައްފެނޭަ މީހުންދައްކާބައެއް ވާހަކަތަކުން ބައެއްކަހަލަކަންތަކަށް މީހުންްގެލޯހުޅުވި ނުބައިކަންތައްރާވަންމަގުފަހިވެއެވެ. އާމިރުމިތަޅާއަގަވެސްތަންކޮޅެއްވިސްނައިގެންތެޅުންރަގަޅުކަމައްފެނޭ!އާމިރުތިތަޅާއަގައާމިރައްކިތަންމެމޮޅޭހީވިއަސް ގިނަމީހުންވަރައްފޫހިވެބޮލައްއުދަގޫވާތީއުޅޭ!
ފޮނު
22 May 2022
މިހާރުވެސް ތިކިޔަނީ ވެރިކަން ލިބޭއިރަށް އެތައްބަޔަކު ހައްޔަރު ކުރާނަމޭ. ވެރިކަމުގަ ތަހުގީގަށޭ ކިޔާފަ ހައްޔަރުކުރި މީހުން މަދުވެގެންތޯ ތިއުޅެނީ
އަޙުމަދު.
22 May 2022
މަނިކުފާނުގެ ވެރިކަމުގަ ހިތުހުރި ގޮތަކަށް އިންޓަލް ރިޕޯރޓާ އޭތި މީތި ހޯދައިގެންނާ ނުހޯދާ މީހުން ހައްޔަރު ކުރަމުން ދިޔައިރު އެމީހުންގެ އަސާސީ ޙައްޤު ނެތިފައި މިހާރު ކޮން އަސާސީ ހައްޤެއްގެ ވާހަތޯ ދިދައްކަވަނީ ؟ ހައްގުތަކުގެ ވާހަކަ ދައްކަވާކަށް މާރީޗެއްނޫނެވެ. ތިނޫން އެހެން ވާހަކައެއް ދައްކަވަ ބައްލައްވާށެވެ.
ރުކު ރ
22 May 2022
މީނަ މީނަގެ މުސްކުޅި ބޭބެ ޖަލަށްލީ އިންޓަލި ޕޯލިގެ ބޭނުން ހިފާއިގެންތަ؟
އަފްރާސިޔާބު
22 May 2022
މަނިކުފާނުގެ އަމުރަށް އިންޓެލް ރިޕޯޓްނެރެ ބޭބެއާއި އޭނާގެ ދަރިންނާއި ދަނބިދަރިންނާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި އާންމުން ބަންދުކޮށް ޖަލަށްލައި ކާންނުދީ ބޯފެން ނުދީ ތަޅުންގަނޑުމަތީގައި ބާއްވައިގެން ހަންދެމީ ލޯބިން ދެއްތޯ؟ އެމީހުން ކުރިކުށެއްނުދައްކާ ބޭބެ ގެންގުޅުނު ބައްތިފޯނެއް ނުދީގެން ޖެއްސިހާލު. ދެން ތިބުނީ ވަރަށް ރަނގަޅުވާހަކައެއް. ވައްކަންކޮށްގެން ހޯދާ ފައިސާ ޖަމާކުރާ އެކައުންޓްގެ މަޢުލޫމާތުދިނުންގޯސް
ކައްސަންދާނި
22 May 2022
އެބުނާހެން. އެކައުންޓް ނުބެލޭގޮތަށް ހުރިނަމަ ޖަމާކޮށްފަ ހުރިވަރެއް ނޭނގުނީހެންނުދޯ. ލަދުން ބޯހަލާކުވާވަރުވޭ ރައްޔިތުންނާއި ގައުމަށްޓަކައި ޖާނާއި މާލުން ފިދާވާ ފަރާތްތަކުން ދައްކާ ވާހަކަތަކުން.
ވިސްނިއްޖޭހަމަތެދޭ
22 May 2022
ވެރިކަމުގަ ހުރި އިރު ނުވިސްނުނު ކިތަންމެ ކަމެއް މިހާރު ވިސްނިއްޖެދޯ. އެހެން މީހުންގެ ޙައްޤުތަކެއް ވާކަމާ، ހަމަ ހިތަށް އެރީމަ މީހުން ހައްޔަރުކޮށް އަދަބު ނުދެވޭނެކަމަ، ތަޙުޤީޤަށޭ ކިޔާ ޝަރީއަތް ނުހިންގާ އަހަރު ދެ އަހަރު މީހުން ޖަލުގަ ނުގެންގުޅެވޭނެކަމާ. މިހާ ހެޔޮވިސްނޭ މީހުންނަށް، ވެރިކަން ލިބޭއިރަށް ކީއްތައެވަނީ. ކުރިން އުޅެވުނުގޮތް މަތިން ހަނދާން ވާތީތޯ، ފޯރމާ ޙަވާލުވާއިރުވެސް އެއްވެސް އުފާވެރިކަމެއްނެތި މާޔޫސްކަން މޫނުމަތިން ފެންނަނީ.