ދުނިޔެ

ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށް ދާ ކުއަޑް (ޖަޕާން، އެމެރިކާ، އިންޑިއާ، އޮސްޓްރޭލިޔާ)ގެ ވެރިންގެ މަހާސިންތާގެ ހަވާސާގައި، (ކ-ވ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒީ، މެއި 24، 2022 ގައި ގްރޫޕް ފޮޓޯއެއްގައި ބައިވެރިވަނީ. --އޭއެފްޕީ

24 މެއި 2022 - 13:40

5 comments

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ބައިނަލްއަގުވާމީ މުޖްތަމައު މިހާރު އޮތީ ވަރަށް ބޮޑު ބަނަކަމެއްގެ ތެރޭގައި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވިދާޅުވެއްޖެ އެވެ.

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށް ދާ ކުއަޑް (ޖަޕާން، އޮސްޓްރޭލިޔާ، އެމެރިކާ، އިންޑިއާ)ގެ މަހާސިންތާގައި ވާހަކަ ދައްކަވަމުން، ރައީސް ބައިޑެން ވިދާޅުވި ގޮތުގައި ހަނގުރާމައަކީ މިހާރު ބައިނަލްއަގުވާމީ މައްސަލައަކަށް ވެއްޖެ އެވެ. އަދި ބައިނަލްއަގުވާމީ އާންމު ނިޒާމު ދިފާއުކުރުމުގެ މުހިންމުކަން މިހާރު ކަށަވަރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހާސިންތާ ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި ގޮތުގައި، ކުއަޑްގެ ބައްދަލުވުމަކީ، ޑިމޮކްރެސީ އާއި ޚުދުމުޚުތާރު ވެރިކަމުގެ ކުރިމަތިލުމާ ބެހޭ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. އަދި އެ ކުރިމަތިލުން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ޔޫކްރޭންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެ ގައުމުން ބޭރު ކުރުމަށް ރަޝިޔާ އިން ހުރަސް އަޅާފައިވާތީ، ބައިނަލްއަގުވާމީ މުޖްތަމައުގައި ކާބޯތަކެތި ދައުރުކުރުމަށް ބުރޫ އަރަމުންދާ ކަމަށް ބައިޑެން ވިދާޅުވި އެވެ. އޭގެ ސަބަބުން މުޅި ދުނިޔެއަށް ނުރަނގަޅު އަސަރުތަކެއް ފޯރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށް ދާ ކުއަޑް (ޖަޕާން، އެމެރިކާ، އިންޑިއާ، އޮސްޓްރޭލިޔާ)ގެ ވެރިންގެ މަހާސިންތާގައި، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ، މެއި 24، 2022 ގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

ބައިނަލްއަގުވާމީ އާންމު ނިޒާމާއި ގައުމުތަކުގެ ސިޔާދަތީ މިނިވަންކަން ދިފާއުކުރުމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ވެފައިވާ ވައުދު ފުއްދުމުގައި އެމެރިކާ އާއި ބައިވެރިން ދެމިތިބޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އެ ބަޔަކު ދުނިޔޭގެ އާންމު ނިޒާމާއި ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަނީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކަމަށް ވިޔަސް، އެމެރިކާ އާއި ބައިވެރިން ފަސް ނުޖެހޭނެ ކަމަށާއި، އިންޑިޔާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ބާރުގަދަ އަދި މުހިންމު ބައިވެރިއެއްގެ ގޮތުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ކުއަޑްގެ ގައުމުތަކުގެ ތެރެއިން އިންޑިއާ ފިޔަވައި އަނެއް ތިން ގައުމުން ވެސް ގެންދަނީ ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހަދަމުންނެވެ. އަދި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ވެސް ބައިވެރިވަމުންނެވެ.

އޭގެ ބަދަލުގައި އިންޑިޔާ އިން ރަޝިޔާއާ އެކުގައި މިހާރު ވެސް ގެންދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން، ރަޝިޔާއާ އެކުގައި ވިޔަފާރީގެ ގުޅުން ހިންގުން ހުއްޓައިލުމުން ވެސް، އިންޑިއާ އިން ވަނީ ރަޝިޔާއާ އެކުގައި ތެލުގެ ވިޔަފާރި ފުޅާކުރަން ނިންމައިފަ އެވެ.

ކުއަޑްގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވެރިން ދެއްކެވި ވާހަކަތަކުގައި ވެސް ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރި އެވެ. ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ވާހަކައިގައި، ޔޫކްރޭން ހަނގުރާމައާ ބެހޭ އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވެސް ވިދާޅުވީ މިހާރު ޔޫކްރޭންގައި ކުރަމުންދާ ފަދަ ހަނގުރާމައެއް އޭޝިޔާ ސަރަހައްދުގައި ހިނގައިގެން ނުވާނެ ކަމަށެވެ. ކުއަޑްގެ ނަމުގައި ހަތަރު ގައުމު ބައިވެރިވެގެން އެކުލަވާލާފައިވާ، ސަލާމަތީ ކަންތަކާ ބެހޭ ގުޅުމުގެ ތެރޭގައި ޖަޕާނުގެ އިތުރުން ހިމެނެނީ އޮސްޓްރޭލިޔާ އާއި އެމެރިކާ އަދި އިންޑިއާ އެވެ.

އެމެރިކާ އިސްވެ މި ގުޅުން އުފެއްދީ، އޭޝިޔާ ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ނުފޫޒު އިތުރު ކުރަމުންދާތީ، އެމެރިކާގެ މަސްލަހަތުތައް ރައްކާތެރިކޮށް އެމެރިކާގެ ނުފޫޒު އޭޝިޔާގައި ފެތުރުމުގެ ގޮތުންނެވެ.

އެމެރިކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޭޝިޔާ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒީ އާއި ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާ ވެސް، ރައީސް ބައިޑެން ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުވާލު

25 May 2022

ބަނަކުރީ ކަލޭމެން އަދިވެސްތިއުޅެނީ އެކަން ހުއްޓާކަށެއްވެސް ހުއްޓުވާކަށެއްވެސްނޫން. އަމިއްލައެދުމައިގެން ތިދަނީ ފޯވަމުން ދުނިޔެ ފަސާދަކޮށް ހަލާކުކުރަމުން. އެމީހުންގެ ގޭދޮރުމަތީގައި ކަލޭމެންގެ ބަރުހަތިޔާރު އަތުރައި، އެމީހުނަށް ނުރައްކާކުރަންއުޅޭތީ އެކަމުން ސަލާމަތްވާން މަސައްކަތްކުރާނެކަން ޤަބޫލުނުކުރެވެނީ. އެމެރިކާއާއި މެކްސިކޯގެ ބޯޑަރުކައިރީގަ ރަޝިޔާމީހުން ބަރުހަތިޔާޜު ބައްހައްޓައިފިނަމަ ކަލޭމެން މަޑުން ތިބޭނަންތަ؟

The name is already taken The name is available. Register?

ޝަފީރު

25 May 2022

ދުނިޔޭގައި ހަނގުރާމަ އާއި ފަސާދަ އުފައްދާ އެކަން ފަތުރާ ބަޔަކީ މިވާހަކަ ދައްކާ އެމެރިކާ. ޔުކުރޭނު ހަނގުރާމަ ކުރުވަނީ ހަތިޔާރުދީގެން މި ހުޅަނގުގެ ބައިގަނޑު. އއހެންމީހުންގެ ސިކުނޑިޔަށް ކޯންޗެއް ވިސަބޭނަމޭ ހޯކޮށް ތިޔައުޅެނީ

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

24 May 2022

ދުނިޔެއަށް ޖެހިފައިވާ އެންމެ ބޮޑު މުސީބާތަކީ އެމެރިކާގެ ހަންފެތުރުމުގެ ސިޔާސަތު. އެމީހުންގެ ބިރުދެއްކުން. ގައުމުތަކަށް އަރައިގަތުން. އެމެރިކާ ފެޑެރަލް ނިޒާމް. އެޓްލާންޓިކް ކަނޑުގެ ބިއްދޮށުގައި އޮތް އިބިލީސް އޭސިއާއަށް އަންނާކަށް ނުޖެހޭ.

The name is already taken The name is available. Register?

ވިކިލީކުސް

24 May 2022

ابن كثير ގެފޮތެއް ކަމަށްވާ ބުކް އޮފް ދަ އެންޑް ކިޔާލީމާ މިކުރަމުންދާ ހަނގުރާމަތަކުން ހެކި ލިބޭ. ކަޅުކަނޑުގެސަރަހައްދުގެ ބާރުވެރިކަން ހޯދަން ޔަހޫދީން މަސައްކަތްކުރާނެކަމާ ކަޅުކަނޑު ސަރަހައްދުން ބާރުގަދަ ގަބީލާއެއް/ ގައުމެއް މުސްލިމުންނަށް ވާގިވެރިވެ ޔަހޫދީން ބަލިކުރާނެ ކަމަށްވޭ! ހައްގުގޮތުގައި ތިބޭނީ ކަޅު ދިދައިގެ އަހުލުވެރިން ކަމަށާ، ދުނިޔެ ނިމޭނީ ޓެކްނޮލޮޖީ ހުސްވެ ކަނޑި ހަގުރާމައަށްފަހު ކަމަށް އެފޮތުގަވޭ.

The name is already taken The name is available. Register?

މެސީ1

24 May 2022

ބައިޑަން، ކަލެއާއި ކަލޭގެ ބައިވެރިން ދުނިޔެ ބަނަ ކުރަނީ، ޔުކުރެއިން ހަނގުރާމަވެސް މިހާރު ނިމިއްޖައީސް ކަލޭމެން ޔުކުރެއިންއަށް ހަތިޔާރު ނުދޭ ނަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454