ޚަބަރު / ޓްރާންސްޕޭރެންސީ މޯލްޑިވްސް

ވަކިވަކި އިދާރާތަކަށް ހާއްސަކޮށްގެން ސިއްހީ ސްކީމުތައް ހިންގުން ރަނގަޅެއް ނޫން: ޓްރާންސްޕޭރެންސީ

ސެނަހިޔާ: ސެނަހިޔާއިން މިހާރު އަންނަނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން -- ފޮޓޯ: ނިޝާން އަލީ /މިހާރު

ދައުލަތުގެ ވަކިވަކި އިދާރާތަކަށް ހާއްސަކޮށްގެން ސިއްހީ ސްކީމުތައް ހިންގުން ރަނގަޅު ނޫން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން ހިންގާ ހެލްތު ސްކީމާ ގުޅޭ ގޮތުން މިދިޔަ ހޯމަދުވަހު "މިހާރު" އިން ޝާއިއު ކުރި އާޓިކަލް ޓެގްކޮށް، ޓްރާންސްޕޭރެންސީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، ޕްރައިވެޓް ހެލްތު ކެއާ ސްކީމުތައް ސަރުކާރުން ހޭދަކޮށްގެން ނުވާނެ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނިގޮތުގައި، ސިފައިންނާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެހެން ވަކި އިދާރާތަކަށް ހާއްސަ ވަކި އިންޝުއަރެންސް ސްކީމުތައް ހިންގުމަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބޭނުންވާ މީހުންނަށް އަޅައިލުމަށް އެޅޭ ހުރަހެކެވެ.

ޓްރާންސްޕޭރެންސީގެ ޓްވީޓް

ވަކިވަކި ހެލްތު ސްކީމުތައް ހިންގުމުގެ ބަދަލުގައި ރާއްޖޭގެ މުޅި ސިއްހީ ނިޒާމު ހަރުދަނާކޮށް، ހަމަހަމަ އުސޫލެއްގެ ތެރެއިން ސިއްހީ ހިދުމަތްތައް ދެވޭނެ ގޮތްތައް ފަހިކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް ގޮވައިލި އެވެ.

ހުރިހާ ދިވެހިންނަށް ހިދުމަތް ލިބޭ އާސަންދަ ނިޒާމަށް ދައުލަތުން ކޮންމެ އަހަރު ބޮޑު ހޭދައެއް ކުރެ އެވެ. މިދިޔަ އަހަރު އާސަންދަ އަށް ދައުލަތުގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ ކަނޑައެޅި ބަޖެޓަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

މި އަހަރަށް އާސަންދަ ހިދުމަތް ދޭން ދައުލަތުގެ ބަޖެޓުގައި 730 މިލިއަން ކަނޑައަޅާފައިވާ އިރު ވޭތުވެދިޔަ ފަސް މަހުގެ ތެރޭގައި އޭގެ 80 ޕަސެންޓް ވަނީ ބޭނުންކޮށްފަ އެވެ. އާސަންދައިގެ ބޭރުން ސިއްހީ ހިދުމަތަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސިފައިންނާއި ފުލުހުންނަށެވެ. އެ ދެ މުއައްސަސާގެ ސިއްހީ ކަންކަމަށް މި އަހަރުގެ ބަޖެޓުގައި 144 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.

120 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެނދިމަރިޔަނބު

27 May 2022

އާސަންދަ އައުމުގެ ކުރިންވެސް އޮފީސް ތަކުގެ ބަޖެޓުން މީހުން ފުލީކަވަރޑް ބޭހަށް ބޭރަށްވެސް ފޮނުވާ، ދަނީ ގިނައިން ވެރިން. ޚާއްސަކޮށް އައިޖީއެމްއެޗް. އޭރު ހިލޭ ބޭސްކޮއްދެނީ "މިނިސްޓްރި އޮފް ވިމެން އެންޑް ޖެންޑަރ" އަށް ސިޓީ ލީމަ. ސިޓީ ގެންގޮސް އައިޖީއެމްއެޗް ވެލްފެއަރ ސެކްޝަނަސް ދިނީމަ އެމީހުން އިދާރީ ކަންކަން ނިންމަނީ، ކޮންމެހެން އޭރޭ މިހާރޭ ނުކިޔާ، ވޭތުވެ ދިޔަ ތަން ބާއްވާފަ އާސަންދަ އިސްލާހުކޮށް އެހެން ސްކީމްތަށް ކަނޑާލަންވީ.

The name is already taken The name is available. Register?

ފިނެންސް ކުރީގެ

26 May 2022

ހިސްޓްރީ އޮފް ފްރީ މެޑިކަލް އަށް ބުނެލަން އޮތީ ރާއްޖޭގެ ސަރުކާރުގެ ކޮންމެ ކުންފުންޏެއްގައި ،ކޮންމެ މިނިސްޓްރީއެއްގައިވެސް އޮވޭ އާސަންދައިގެ އިތުރުން ދިމާވާ ބޮޑެތި ކަންކަމުގައި ، ހާއްސަކޮށް މެޑިކަލް ކަންކަމުގައި މުއައްޒަފު އެދުމުން އޮފީހުގެ ބަޖެޓު ތަންދިން ވަރަކުން އެހީތެރިކަން ފޯރުކޮށްދޭ އުސޫލުތައް ހަދާފައި .. ކަންކަން ހޯދައި ބެލީމައި އިނގޭނީ. އަދި ކިޔެވިޔަސް ނުނިމޭނެ ،

The name is already taken The name is available. Register?

ހައިރާން ?

26 May 2022

ބަލަ ދައުލަތުން ރައްޔިތުންނަށް ތިޔަބުނާ އާސަންދައެއް ދިނުމުގެ މާކުރިންސުރެ ސިފައިންނާއި ފުލުހުންނަށް ދެމުން އަންނަ އިނާޔަތެއް އެއީ.

The name is already taken The name is available. Register?

ހިސްޓްރީ އޮފް ފުރީ މެޑިކަލް

26 May 2022

ކޯއްޗެއް އޮޅުވާލަން ތިއުޅެނީ؟ އެންމެ ކުރިން މައުމޫން ސިފައިންނަށް މެޑިކަލް ދިނީ ސިފައިންގެ މެޑީކަލް ސެކްޝަނުން. ދެން ނަސީދު ހެދީ އާސަންދަ އެންމެނަށޭ ކިޔާފަ. ދެން ކަލޭމެންނަށް ނޫސަންދަ ކްލިނިކް ހަދައިދިނީ އަނެއްކާ.. އެތަނަށް ރާއްޖޭގެ މަޝްހޫރު ގިނަ ޑޮކްޓަރުން ލާފަ ކަލޭމެންނަށް ހިލޭ ކޮއްފަ....ދެން ދިނީ އޭގެ ފަހުން އޭޑީކީއިން ފުރީ މެޑިކަލް ތިމީހުންނާ ތިމީޙުންގެ އާއިލާތަކަށް. މިސަރުކާރުން ޓްރީޓޮޕުން ހިލޭ މެޑިކަލް ކަލޭމެނާ ކަލޭމެން އާއިލާއަށް ދޭންފެށީ

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

26 May 2022

ބަލަ، ކުރިން ދީދީ އޮތިއްޔާ އެ ހުއްދަ ވީތަ؟؟

The name is already taken The name is available. Register?

ދިރާސ

26 May 2022

ވަކި ހެލްތު ސްކީމެއް ނޫނޭ ރަންކޮޅާ އައިމަނޫ. ޢެއީ ސަރުކާރުގެ ކޮންމެ އޮފީހަކަށްވެސް ބަޖެޓްދޭ އުސޫލުން ސިފައިންނާއި ފުލުހުންނަށް ދޭ ބަޖެޓްގެ ތެރެއިން ކުރާ ކަމެއް .. ގާނޫނުން ލާޒިމް ކުރާތީ ކުރަނީ.އާސަންދަ ކަވަރ ނުކުރާ އަދަދު ނުވަތަ ހިދުމަތްތައް ސިފައިންނާއި ފުލުހުންގެ ބަޖެޓުން ފޯރުކޮށްދެނީ.. ތިޔަ އާސަންދައެއް އައުމުގެ ކުރިންވެސް މިދެބައިމީހުނަށް ދައުލަތުން ހަރަދު ކުރި. އޭރު އެހެން އާންމު ރައްޔިތަކަށް ދައުލަތުން ހަރަދުގައި ބޭސްފަރުވާއެއް ނުކުރޭ.

The name is already taken The name is available. Register?

ކާސިމްފުޅު

26 May 2022

އޭ ތި ދެތަކަނަށް ބަޖެޓް ފައިބަނީ މަތިންތަ؟ ބަލަގަ ޢެއީ ދައުލަތުގެ މާލިއްޔަތުން ދޭ އެއްޗެކޭ ކޮންމެ އޮފީހަކަށްވެސް ދެޔޭ ބަޖެޓް އެކަމަކި އެއީ މަތިން ފައިބާ އެއްޗެއް ނޫން އިގޭ...ވާނުވާ އޮޅުވާލަން ލައްކަ މަސައްކަތް ކުރެވޭ ދޯ އެބަ އެކަމަކު ބުނަން ދިވެހިން މިހާރު ނިކަން އެޑިއުކޭޓެޑްއޭ..ކަލޭމެން ތިހެން ޖާހިލުވެފައި ނުކިޔަވާ ސިކުޑި ގަނޑުވެފައި ތިއްބަސް ގިނަ ދިވެހިން މިހާރު އުޅެނީ ކިޔެވުމުގައި ކޯސްތައް ހެދުމުގައި އެހެންވީމަ ވަރަށް ވާނުވާ އިގޭނެ

The name is already taken The name is available. Register?

މަގޭބައިކޮބާ

26 May 2022

ވަކިބަޔަކު ދައުލަތުގެ ލާރިގަނޑު އެކިނަންނަމުގައި މަޅާލުންވެސް ރަގަނޅެއް ނޫން (އޮޑިތާން ޖެނެރެލް)

The name is already taken The name is available. Register?

އިބްރާހިމް 123

26 May 2022

ރާއްޖޭން ބޭރުގަ 10 އަހަރު އުޅެފަ ރާއްޖެ އައި ބޭފުޅާގެ މައުލޫމާތައް ޓަކާ ދަންނަވާލަން ދުނިޔޭގެ އެއްވެސް ގައުމެއްގަ. . ސިފައިން ގައުމުގެ އެތެރޭގެ އަމަން ނުބަލަހައްޓާނެ.. އަމަން ބަލަހައްޓާނީ ފުލުހުން.. މިގޮތައް އުޅޭއިރު ސިފައިން ނައް ދިމާނުވާ އެތައް ކަމަކާ ފުލުހުން ކުރިމަތިލާނެ.. ލައިސެންސް ނުނަގާ ސައިކަލް ދުއްވާ ޖެހުނު ތަނެއްގަ އުޅަނދުތައް ޕާކު ކުރާ ބަޔެއްގެ ފަރާތުން ފުލުހުންނައް ހެޔޮ ބަހެއް ލިބޭނެކަމަށް އުންމީދު ނުކުރާތި

The name is already taken The name is available. Register?

saabahey fuluhun

26 May 2022

." ކެނދިކުޅުދޫގައި ރޯމާދުވާލު ވެސް މީހުންނަށް ބިރުދައްކައިގެން ފޭރުމާއި ވައްކަންކުރުން އިތުރުވެގެން ދިޔައިރު ވެސް އެކަން ހައްލުކުރަން ފިޔަވަޅު ނޭޅުމުން ރައްޔިތުން "ވަގުން" ހޯދައި، ކައުންސިލާ ހަވާލުކުރަން ނުކުމެއްޖެ" ؟؟؟؟؟؟

The name is already taken The name is available. Register?

ލލމކމ

25 May 2022

ސުކީމު ކަޑައިގެން ވޯޓުލިބޭތޯ ބަލާތި. ހެޕީ

The name is already taken The name is available. Register?

ާއުނިމާ

26 May 2022

ޤައިމުގައި ހަމަހަމަކަން ޤާއިމްކުރެވުނީމާ ލިބޭ ވޯޓު މާގިނަވާނެ

The name is already taken The name is available. Register?

ހުސެނާ7777

25 May 2022

ތީހަމަ ފަދަ! ބީއެމްއެލްގެ މަތީ ފަޑީގެ މުވައްޒިފުންވެސް ތަފާތު ކުރުން އޮންނަނީ..

The name is already taken The name is available. Register?

ޚޭކިރި

25 May 2022

ޢަކަ ކިލޯ މީޠަރެއް ހަމަ ނުވާ ތަނަކައް ހުރިހާ ވަސީލަޔެއް ފުނި ކުރީމަ ވާނެ ހަތަރުއެތި ރިވަނީ!!!

The name is already taken The name is available. Register?

އަލީބެ

25 May 2022

ވަރެއް އެބަހުއްޓެނުދޯ؟ ދާދި އަވަހަށް މިވާހަކަވެސްނިމި އާ ވާހަކައެއް ފެށިދާނެ.

The name is already taken The name is available. Register?

ކަމަނަގެ އިބުރާހިމް

26 May 2022

ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ނުކުރަން ނިންމައިފި!!! ހަމަ މިގޮތަށް، ނުހައްގުން ކަލޭމެންގެ އައުލާދަށް ތިދޭ އަގުބޮޑު ފުރީ މެޑިކަލްތައްވެސް ހުއްޓޭނެ ދުވަހެއް އަންނާނެ އިރާދަކުރެއްވިއްޔާ.... އެތައް ރައްޔިތެއް ހިތުގައި ޖެހޭގޮތަށް ހައްގުނޫން އެއްޗެއް ދައުލަތުން މުސާރަ ދީފައި ތިބޭ ބަޔަކު ބޭނުންކުރަން ހެޔޮނުވާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454