ވިލިމާލެ ހޮސްޕިޓަލް.
29 މެއި 2022 - 13:00
ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފި އެވެ.
އައިޖީއެމްއެޗުގެ ދަށުން ހިންގާ ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވަނިކޮށް، ޖެހީ އެމްއާރު ވެކްސިނާއި ބީއޯޕީވީ ވެކްސިނެވެ. އެމްއާރު އާއި ބީއޯޕީވީ އަކީ އާންމު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ކަމަށް ވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅުން ހުރި މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށެވެ. އެކަމަކު، އެއީ ކިތައް މުވައްޒަފުން ކަަމެއް އަދި މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހުމާ، އެ މުވައްޒަފުންނާ ހުރީ ކޮން ގުޅުމެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އައިޖީއެމްއެޗުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެޗްޕީއޭއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައި އެ ފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ވިލިމާލޭ ހޮސްޕިޓަލްގައި ވެކްސިން ޖެހުން ވެސް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލަ ފެންމަތިކުރީ ވިލިމާލޭ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްްސިނެއް ދީފައިވާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބުނެވެ. އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެކަން ހިނގި ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ވެބްސައިޓުގައިވާ ގޮތުން މުއްދަތު ހަމަވެފައިވާ ވެކްސިނެއް ޖަހައިފި ނަމަ އެ ވެކްސިން އަލުން ޖަހަން ޖެހެ އެވެ. ނަމަވެސް މުއްދަތު ހަމަވި ޑޯޒަކީ ލައިވް ވައިރަސް ވެކްސިނެއް ނަމަ، އެ ޑޯޒް ރިޕީޓްކުރަން މަދުވެގެން ހަތަރު ހަފުތާ މަޑުކުރަން ޖެހެ އެވެ. އެކަމަކު، އެ ދުވަހު އެކަން ދެނެގަނެވިއްޖެ ނަމަ، އެ ޑޯޒު ހަމަ އެ ދުވަހު ރިޕީޓް ކުރެވޭނެ ކަމަށް ސީޑީސީގެ ވެބްސައިޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
29 May 2022
ބައި ކުޅަ ބައިން ކަންކަން ކޮށްގެން އެއްވެސް މައްސަލައެއް ޙައްލެއް ނުވާނެ! ކޮބައިތޯ އެކުދިންނަށްވާ ގެއްލުމުގެ ބަދަލު؟
ޝާހީ
29 May 2022
އަނެއްކާ މި ފަހަރު ތިޔަ ވެކްސިން ޖެހި މުވައްޒަފުންނަކީ ޝާހީ އާއިލާ އަށް ނިސްބަތްވާ ސިޔާސީ ބައެއްތޯ؟
މަބަލްދީބް
29 May 2022
ދެން ތިވެކްސިން ޖެހި ކުދިންގެ ހާލަކީ ކޮބާކަން ނޫސްވެރިން ސާފުކޮށްދީބަލަ.
ކުރުކޮށް
29 May 2022
އިޙްމާލުވުން ހެލްތު ދާއިރާގަ ކަމަކަށް ނުވޭ
ބަންދޭ
29 May 2022
މުއްދަތު ހަމަވެފައިވާ ވެކްސިން އެތާ ހުރީ ކާކުގެ އިހުމާލަކުންތޯ؟
ާއަލިމޯޑު
29 May 2022
ސުވާލަކީ ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށްތޯ ނޫނީ ނުލިބޭ ގޮތަށްތޯ؟އެންމެންވެސް ވަޒީފާ އަދާކުރަނީ ފައިސާ ހޯދަން.ގައުމަށް ހިދުމަތެއް ކުރަނީ އޭ ބުނާނީ.އެހެންވީމަ ސަސްޕެންޑް ކުރި މީހުންނަށް ބަރާބަރަށް މުސާރަ ލިބޭ ނަމަ އޭގެ ބޭނުމެއް ކޮބާ؟ އިހުމާލުން ލިބޭ ގެއްލުމުގެ ބަދަލު މިރާއްޖޭގަ ނަގައިދޭން ޖެހޭ. ނޯޓް:ވެކްސިން ޖަހައިގެން ލިބޭ ގެއްލުން މިހާރު ނުފެނިދާނެ.
ކޮރލަް
29 May 2022
ސަސްޕެންޑް ކޮށްފި އެވެ. ދެން ހަދާނެ ގޮތެއް ބުނެ ބަލާށެވެ. ނޫސް ވެރީން އަހާލަ ބަލާށެވެ.
ާއަލިމޯޑު
29 May 2022
މީހުން ހަނދާން ނެތޭ ހާ ދުވަސްކޮށްފަ އެކަން އޮއްބާލާނީ.ނޫސްވެރިން ސުވާލުކުރީމަ ބުނާނީ ވެކްސިން ޖެހި މުވައްޒަފުންގެ މައްސަލައެއް ނެތޭ.ކުއްޖާގެ ބެލެނިވެރިން ބަލާނުލީމައޭ އެހެންވީ. ކޮވިޑް ވެކްސިންގެ ދެވައްތަރުގެ ދެޑޯޒް ފުރަތަމަ ޖެހީ އޮޅިގެން އެއާޕޯޓްގަ.އެކަންވީމަ ވެކްސިން ޖަހަން ތިބިކުދިން ބުނަނީ ވެކްސިން ޖަހަން އައި މީހާ ބަލަން ޖެހޭނެ ނޫންހޭ ބުނަން ޖެހޭނެއެއްނުހޭ.އެކަމަކު އެވެކްސިން ކާޑުގަ އެބައިނދޭ ބޮޑުކޮށް ލިޔެފަ ކުރިން ޖެހި ވެކްސިންގެ ނަން
@ކޯރަލ
29 May 2022
ދެދުވަހެއް ނުވާނެ ހަމަ އެސަކަރާތް ޖަހަން ޢެނަ ހަމަ ހުންނާނި
99969
29 May 2022
ނަރުހުން ނިކުންނަންވީނުން ދެން މުސާރަ ބޮޑުކުރާށޭކިޔާފަ. މުސާރަކުޑަވެގެން ވީ ގޮތެއް ދޯ..
ނަރުސް
29 May 2022
ވެކްސިން ޖަހަނީ ޕަބްލިކް ހެލްތް އޮފިސަރުން…ކަމެއްވާއިރަށް ނަރުހުން ގެ މުސާރަ?
ޢައި ޖީ އެމް އެޗް
29 May 2022
ޢާތިފާ ސާކިރު އާއި ޒީނަތު ތިޔަ ކަމުގަ ޒިންމާ ނަގަން ޖެހޭނެ ،
ހިބިރިންބެއްޔާގެ ކުޑަސޮރު
29 May 2022
ސަސްޕެންޑު ކުރެވިދާނެ. އެކަމަކު ދެންވާގޮތެއް ނޭންގޭނެ.
ތުނިޔަ
29 May 2022
އެހިސާބުން މައްސަލަ އޮބި ފިޔަވަޅުވެސް އޮބި ނިމޭނެ!