ޚަބަރު

މުއްދަތަށް ބްރިޖު ނިންމާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން، 1،000 މީހުންގެ ބޮޑު ޓީމެއް!

ތިލަމާލެ ބްރިޖުގެ ސާވޭ އަށް ވިލިމާލެ އާއި މާލެއާ ދެމެދު ޕްލެޓްފޯމް އަޅައިގެން މަސައްކަތްކުރަނީ: މި އަހަރު ނިމޭއިރު ބްރިޖުގެ މަސައްކަތަށް 1،000 ވުރެ ގިނަ މީހުން ރާއްޖެ ދާނެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

01 ޖޫން 2022 - 08:45

101 comments

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތުގައި ގޮންޖެހުންތައް ހުއްޓަސް ކަނޑައަޅާފައިވާ ތާރީހަށް އެ މަޝްރޫއު ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުން ދީފި އެވެ.

އެ ކުންފުނި، 1959 ވަނަ އަހަރު އުފެދިގެން މިހާ ހިސާބަށް އައިރު، ބިޔަ ބްރިޖުތައް ހިމެނޭ ގޮތަށް، ކޮންސްޓްރަކްޝަންގެ އެކި ދާއިރާތަކުން ކޮށްފައިވާ ތަޖުރިބާތަށް ވަރަށް ބޮޑެވެ. އެ ދިގު ތާރީހުން، ކާމިޔާބު ގިނަ މަސައްކަތްތަކެއް ވެސް ފެންނަން އެބަހުއްޓެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދިން ދަތުރުގައި ބައިވެރިވާ ދިވެހި ނޫސްވެރިން އިއްޔެ އެ ކުންފުނީގެ މައި އިމާރާތަށް ޒިޔާރަތް ކުރުމުން، މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖާ ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރި އެވެ.

ދިވެހި ނޫސްވެރިންނާ އެކު، ތިލަމާލެ ބްރިޖު ހެދުމުގެ މަޝްރޫއު ހިންގާ ކުންފުނި އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓް އިން ބޭއްވި ބައްދަލުވުން -- ފޮޓޯ: މިހާރު

ނޫސްވެރިންގެ އެންމެ ބޮޑު ސުވާލަކަށްވީ ކަނޑައެޅިފައިވާ މުއްދަތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމައިލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތްތޯ އެވެ. ދިވެހި ނޫސްވެރިން އެ ސުވާލު އުފެއްދީ، މީގެ ކުރިން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގި ބައެއް މަޝްރޫއުތައް، މެދުތެރެއިން ހުއްޓި، ދިގުލައިގެން ގޮސްފައި ވާތީ، އާންމުންގެ ކަންބޮޑުވުން އެކަމުގައި ވަަރަށް ބޮޑަށް އޮތުމުންނެވެ.

ނަމަވެސް އެފްކޮންސް އިންފްރާސްޓްރަކްޗަރު ކުންފުނީގެ ފަރާތުން ތިލަމާލެ ބްރިޖުގެ ކަންކަން އިސްވެ ބައްލަވާ ޑިރެކްޓަރު އޮފް އޮޕަރޭޝަން އާރްވީއާރް ކިޝޯރު ދެއްވީ ވަރަށް އުއްމީދީ ޖަވާބެކެވެ.

"އެފްކޮން އަކީ، މި ކުންފުނިން ހަވާލުވާ ޕްރޮޖެކްޓުތައް ބަރާބަރަށް، ސީދާ ދުވަހަށް ނުވަތަ އޭގެ ކުރިން ވެސް ނިންމުމަށް މަޝްހޫރު އަދި އެކަމުގެ ރިކޯޑް ވެސް އޮތް ކުންފުންޏެއް،" އޭނާ ވިދާޅުވި އެވެ.

"ތިލަމާލެ ބްރިޖު ވެސް ދީފައިވާ މުއްދަތަށް ނިންމާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން."

އިންޑިއާގެ މުމްބާއީގައި ހުންނަ، ތިލަމާލެ ބްރިޖު ހެދުމުގެ މަޝްރޫއު ހިންގާ ކުންފުނި އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓްގެ މައި އޮފީސް އިމާރާތް -- ފޮޓޯ: މިހާރު

ބްރިޖު ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ދާއިރާއިން ދުނިޔޭގެ 21 ވަނައިގައި އޮތް އެ ކުންފުނިން 150 އަށް ވުރެ ގިނަ ބްރިޖު އެޅުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އެއްގަމާއި ކޯރާއި އަދި ކަނޑު ހުރަސްކޮށް ވެސް ބްރިޖުތައް އަޅާފައިވެ އެވެ. ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުތަކުގައި އެ ކުންފުނީގެ ޕްރޮޖެކްޓުތައް ހިންގާފައިވާއިރު، ރާއްޖޭގައި ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށަން ވަގުތު ވަނީ ކުޑަތަންވެފަ އެވެ.

އެފްކޮން އިން ދިން އެންމެފަހުގެ އަޕްޑޭޓް

- ކަނޑުގަދަވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހުނަސް، މިހާރު ކުރިއަށްދާ ޖިއޯޓެކްނިކަލް ސާވޭގެ 50 ޕަސެންޓް ނިމިފައިވާއިރު، އަންނަ އޮކްޓޯބަރު މަހުގައި އެ ސާވޭ އެއްކޮށް ނިންމައިލާނެ.

- ޖިއޯޓެކްނިކަލް ސާވޭ އާއި އޭގެ ކުރިން ހެދި ސާވޭތަކަށް ބަލައި، ޑިޒައިންގެ މަސައްކަތް ވަނީ ފަށާފައި.

- ބްރިޖު އެޅުމަށް ބޭނުންވާ ވަގުތީ ބްރިޖުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެ.

- 88 އިންޖިނިއަރުން ސައިޓަށް ގޮސްފައިވާއިރު، މި އަހަރު ނިމޭއިރު 164 އިންޖިނިއަރުން ތިބޭނެ.

- ބްރިޖުގެ މަސައްކަތް ކުރާ ޓީމުގައި އިންޑިއާގެ އިތުރުން ތުރުކީ، ޖަރުމަނު އަދި އޮސްޓްރޭލިއާގެ އިންޖިނިއަރުންނާއި އެކްސްޕާޓުންނާއި އަދި ކޮންސަލްޓަންޓުން ވެސް ތިބޭނެ.

- ބްރިޖުގެ މަސައްކަތްތަށް މިހާރު ވެސް ސައިޓުގައި 500 މީހުން އެބަތިބި. މި އަހަރު ނިމޭއިރު އެ އަދަދު 1،227 އަށް އަރާނެ.

ބްރިޖުގެ މަސައްކަތް މިހާރު ވެސް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ސަރަހައްދެއް ބޭނުންކުރަމުން އަންނައިރު، އެ ތަނަށް މަސައްކަތް ކުރަން ދާ މީހުން ތިިބެން ގުޅިފަޅުގައި ވަގުތީ އެކަމޮޑޭޝަން ބްލޮކެއް ވެސް ހަދައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިލަމާލެ ބްރިޖުގެ ސާވޭ އަށް ވިލިމާލެ އާއި މާލެއާ ދެމެދު ޕްލެޓްފޯމް އަޅައިގެން މަސައްކަތްކުރަނީ: އެ ސާވޭ އަންނަ އޮކްޓޯބަރު މަހު އެއްކޮށް ނިމޭނެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަސައްކަތް ނިންމާ ތާރީހުތައް

- މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިމޭނެ.

- މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށޭނެ.

- ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލާ ނިމޭނެ.

- މުޅި ޕްރޮޖެކްޓް ނިންމާލެވޭނީ ނޮވެމްބަރު 2024 ގައި.

އެ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުން

އެ މަޝްރޫއު ފަށާއިރު، އެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިރުޝާދުގެ މަތިން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިން ބުންޏެވެ. އެއީ؛

- ބްރިޖު އަޅާ ސަރަހައްދަށް އަރާ މުރަކަ ފަދަ ދިރުންތައް އެހެން ދިމާލަކަށް ބަދަލުކުރުން.

- މޫދާއި ކަނޑަށް ތެޔޮ އެޅުނަ ނުދިނުމަށް ހާއްސަ ވަސީލަތެއް ބެހެއްޓުން.

- ބްރިޖު އަޅާ ސަރަހައްދަށް އަރާ ގަސްތައް އެހެން ދިމާލަކަށް ބަދަލުކުރުން.

- ވެމްކޯ މެދުވެރިކޮށް ކުނީގެ ކަންކަން ބެލެހެއްޓުން.

- ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ އެހެން ސަރަހައްދުތަކަށް ކިސަޑު ފެތުރުނަ ނުދިނުމަށް ހާއްސަ ވަސީލަތެއް ބެހެއްޓުން.

ގާތްގަނޑަކަށް ހަ ކިލޯމީޓަރުގެ ސަރަހައްދެއް ގުޅާލާއިރު، އެއީ ފަސޭހަ ކަމެއް ނޫނެވެ. އެ ކުންފުނިން ބުނީ ކޮވިޑާ އެކު މަސައްކަތް ފެށުމަށް ދިމާވި ދަތިތަކާއި އަދި މިހާރު ދުނިޔޭގެ ވިޔަފާރީގެ ބާޒާރަށް ކުރިމަތިވާ ލޮޅުންތަކާ އެކު އެ ފަދަ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. އެ އުނދަގޫތަކާ ވެސް ދީފައިވާ މުއްދަތަށް މަޝްރޫއު ނިންމުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަަމަށް ވެސް ބުންޏެވެ.

މި މަޝްރޫއު ގުޅިފައި އޮތީ މި ސަރުކާރުގެ ވަރަށް ބޮޑު ހުވަފެނަކާ އެވެ. އަދި މި ބްރިޖަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ވަރަށް ބޮޑު ރޯލެއް ކުޅޭ މަޝްރޫއުއެއް ކަމަށް ބެލެވޭއިރު، އެ މަސައްކަތް އަވަހަށް ނިންމަން އިންޑިއާގެ ކުންފުންޏަށް ދިވެހި ސަރުކާރުގެ ފަރާތުން ވެސް ފިއްތުންތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތް އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 26 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް ހަދާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއް ބައެވެ.

101 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 2%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސްބޯގޯސްވާހާކަދައްކާމީހާ

02 June 2022

އަސްލު މިމީހުންނަށްވެސް ބުނާ ވަރަކަށް ފައިސާ ދިނީމަ ދޯ މަސައްކަތް ކުރެވޭނީ ؟ ކުރިން ބުނީ ބްރިޖް ހަދަން ދާނީ 7 ބިލިއަން ރުފިޔާއޭ، މިހާރު އެބުނީ ފާސްޓް ކޮށް ކުރަންޏާ އިތުރަށް ދޭށޭ 400 މިލިއަން ރުފިޔާ. މީ މައްސަލައެއް ނޫން. 7 ބިލިއަން ކީއްކުރަން 10 ބިލިއަން ވެސް ދޭން ދިވެހިން މިތިބީ ތައްޔާރަށް. އަޅުގަނޑުމެންގެ ހުރިހާ ފަޅުރަށެއް އިންޑިއާއަށް ވިއްކައިގެން ވެސް މި ބްރިޖްގެ ލާރި އިންޑިއާއަށް ދޭނަން.

The name is already taken The name is available. Register?

ކެކެކެ

02 June 2022

ބްރިޖް އަނގައިން ކޮޅަންޖަހަންވެސް ސޮރަކު ނޫނީ މަންޖެއަކު މިތަނުގަ އެބަ ކޮމެންޓްކޮށް ނަގާ.

The name is already taken The name is available. Register?

ހާކިމް

02 June 2022

މީ އަޖައިބެއްކަހަލަ ބައެއް، މިމީހުން އެޅި ބްރިޖެއް ދައްކަބަލަ، ގޫގްލް ސާޗް ކޮށްލާއިރު މި އަންނަނީ މާލޭގަ މިހާރު އިން ބްރިޖްގެ ފޮޓޯ މީ ބޮޑުވަރު

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

02 June 2022

އެކުންފުނިން ހެދި 150 ބްރިޖްގެ ތެރެއިން އެންމެ ބްރިޖެއްގެ ފޮޓޯ ވެސް އާޓިކަލްގަ އެޓޭޗް ނުކުރެވުނީމަ ވަރަށް ޑިސްއެޕޮއިންޓް ވެއްޖެ. (މިމީހުން އުޅުނީ ބްރިޖްތަކުގަ ދަވާލުލާންކަމަށް ވުން ވެސް ގާތް)

The name is already taken The name is available. Register?

ބޮރުއޮފިސަލު

02 June 2022

މޮޅު އޮފިޝަލާ. އެމީހުންގެ ވެބް ސައިޓަށް ވަދެގެން ބަލާބަލަ. އަދިވެސް އަނގަޔަށް ލައްވަދިނީމަތަ ކެވެނީވެސް.

The name is already taken The name is available. Register?

ގުޅީ ހަސަންކަލޭފާނު ފހ

02 June 2022

އިންޑިޔާ މީ ކޮންބައެއްތަ މިކަހަލަ ޕްރޮޖެކްޓްތަށް ދޭން، އަމިއްލަ ހާލައިގެން ނޫޅެވިގެން އެއުޅެނީ، ތިތަނުން ނޫސްވެރިން ގެންގޮސް ފޮނި ކެނޑިޔަސް ތި ކުންފުޏްނަކީ ސުމެއްގެ ބައެއް، އިންޑިޔާ މީހުން އުފައްދާނެ ޑޮކްޓަރުން އެނިމުނީ އިންޑިޔާއަށް އަރާލީމަ އިނގޭނެ ކިހާވަރެއްގެ އިންފްރާސްޓްރަކްޗަރ ބައެއްކަން

The name is already taken The name is available. Register?

އަބުފު

02 June 2022

ތިޔަ ޤައުމުގެ މީހުން 1960 ގެ އަހަރުތަކުގައި ބޫޓާންގައި މަގެއް ހަދަން ފޮނުވި ސިފައިން އަދިވެސް މަގު ހަދަނީއެވެ. ކިތަންމެ އަޑަށް ބާރުލާފައި ބުންޔަސް ތިޔަ މީހުންގެ މަކަރު ވެރިކަމާއި ހީލަތްތެރިކަން އެކި ފަހަރު ހާމވެފައިވެއެވެ. މިހާރު އެ މަސައްކަތް ކުރަނީ ލަންކާ ކައިރީގަ އޮންނަ ރައްތަކެއްގެ ރައްވެހިކަން ހޯދާށެވެ. ދެރައީ ބައެއް ދިވެހީންނަށް މިކަން ޤަބޫލު ނުކުރެވޭތީއެވެ.

The name is already taken The name is available. Register?

އަލް އުސްތާޒު

02 June 2022

އިންޑިއާގައި ހަދާފައިވާ ބޮޑެތި ބުރިޖްތަކުގެ މަސައްކަތްވެސް ކޮށްފައިވަނީ ޗައިނާގެ ކުންފުނިތަކުން. މާލޭ ބުރިޖް ހެދި ސީސީސީސީ ކުންފުނީގެ ވެބްސައިޓް ބަލާލާ. ހެކި ފެންނާނެ. އެފްކޮންގެ ވެބްސައިޓްގައި ދެތިން ބުރިޖެއްގެ ވާހަކަ އޮތީ. އެވެސް ދެ ފޫޓު ފުންމިނުގެ ކޯރެއް މަތީ ކިލޯ މީޓަރެއް ހަމަ ނުވާ ކުދި ބުރިޖް

The name is already taken The name is available. Register?

ބުޖަޑާބީވާ

02 June 2022

މިތާރީހުތައް ބަލާލަން އަތުގައިބަހައްޓާ. ދިނުޔޭގައި ލަހައްޓަވަން އިރާދާއި މިންވަރުވި ބަޔަކަށް ފެންނާނެ ހަގީގަތް. މުޅިހިސާބު ތައައްޔަރުނުވެ ހުރެއްޖެނަމަވެސް ރަގަޅު

The name is already taken The name is available. Register?

ރަބަރާ ޕްލާސްޓިކް ސަރިކާރު

02 June 2022

ތި މީހުން ހަދާ ބްރިޖު ގިރޭނީ ލޮނަށް. ދެން އެ ބޫ ހުންނާނެ މަމީ ކޮންކްރީޑް ނޫޑުލްސް ގަނޑެއް އެސަރަހައްދުގަ ހެދިގެން ތިމާގެވެށި ވަޒީރު ލައްވާ ރަބަރާ ޕްލާސްޓިކު ގިނަވީއޭ ކިއަން. ދެން އެސަފުން ރައީސް އޮފީހުން ނާރުދީނެއް އޭނާއާއެކު އެ ލަވަ ކިޔާން ފަށާނެ. ދެން އެކޯމެން ގެދިޔާހަކުރު ޑެޑީ ސޕ ފުލުހުން ފޮނުވާނެ ޓްވިޓަރު ހިންގާލަން. މިމަގޭ ޓްވީޓުރޭ މިސަހައްދުގަ ފަތާ ޕީޖި ބުރަކަށިމަތީ ކޮރޮސް ކުރެވޭނޭ މީމަގޭ ޓްރީ ޓޮޕު ޓްރީޓްމަންޓު ލިބޭ ފުލުހުންނޭ ކިއަން.

The name is already taken The name is available. Register?

ލާމަސީލުސަރޮކޮރޮ

02 June 2022

ހިތުން ވަރަށް މޮޅު ކޮމެންޓެއް ކުރާނަމޭ ހިތާ ލިޔުނު ކޮމެންޓުގައި އެއްވެސް އޮއްޓަރެއްނެތް، ހަމައެއްނުޖެހޭ. ކޮންމެވެސް އެހެން ކަމަކާއި އުޅެބަލަ

The name is already taken The name is available. Register?

އުންބެ

02 June 2022

ތަ ތިތާ ބަލަން ހުއްޓާ ބްރިޖު ނިމޭނީ ތަގޭ ފައިދޮށަށް. އޭރުން އޭގެ މަތީގައި ދުއްވާނެ ވެހިކަލެއް ހޯދަން ތަ އެންމެ ފުރަތަ ރޮއެ ހޭރޭނީ. ތަށަށް ފައި މަގުގައި ބުރިޖު މައްޗަކު ނުއެއް އުޅެވޭޅެ. ބަލަން ހުންނާތި. 2024

The name is already taken The name is available. Register?

އެފުކޮންކޮން

01 June 2022

150 ބުރިޖު އެޅީމޭ ބުނި އިރު އެއްމެބުރިޖެއްގެވެސް ފޮޓޯގަނޑެއްވެސް ނުދެއްކުނު. އެމްޑީޕީ ކަހަލަ ކުންފުންޏެއް ހެންހީވަނީ އަގައިން ސަޅި ބިތަށް ފޮޑި ، ރައްޔިތުންނަށް މިހާރު ނޯޅޭނެ ، 2023 ވެސް އެހެން އަހަރެއްގެ ވިޔަސް ވެރިކަމެއްވެސް ، އެއްވެސް އެއްޗެއްގެ މަޖޯރިޓީ އެއްވެސް ލިބުން ދުރު . ހުރިހާބާރެއްދިނީމަވެސް ވީކަމެއް ހަރާމް ބަޅުމަސް . އެއްކަމެއްވެސް ކުރާކަށްނޭގޭ. ވައިއަނގަ.

The name is already taken The name is available. Register?

ގޭމްބޯއި

02 June 2022

ސްމާޓު ފޯނެއް އެބައޮތްދޯ. އޭގެން ގޭމުކުޅެ ތިކަހަލަ ކޮމެންޓުނުކޮށް ތިބުނާބައެއްގެ ވެބްސައިޓަށް ވަދެ ބަލާލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454