ނުޕުރް ޝަރްމާ އާއި ނަވީން ކުމާރް: ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ހަރަކާތްތަކުން ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި ނުޕުރް ޝަރުމާ ވަނީ ސަސްޕެންޑްކޮށްފައި. ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފައި.
06 ޖޫން 2022 - 19:49
އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ބޭފުޅަކު ކީރިތި ގުރުއާނާއި މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި، ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމުން ވެސް މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، ބީޖޭޕީގެ އިސް ތަރުޖަމާނަކު އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެ ޕާޓީން އިންތިހާ އަށް ނުރުހުންވެ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.
އެއީ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށާއި ބީޖޭޕީ ފަދަ ހުރިހާ ދީންތަކަކަށް އިހްތިރާމުކުރާ ޕާޓީއެއްގެ އިސް ބޭފުޅަކު އެފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ވަނީ، ރަސޫލާ އަށް ފުރައްސާރަކުރި މީހުންނަށް ފިޔަވަޅު އަޅާފައިވާތީ އެ ކަން ވެސް ފާހަގަކޮށްފަ އެވެ.
އެކަން ކުށްވެރިކޮށް މިއަދު ހެނދުނު ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ހުރިހާ މުސްލިމުންގެ ހިތްތަކަށް ދިން ހަމަލައެކެވެ. އެހެންވެ، އެކަމާ އަޅާނުލާއި ދޫކޮށްނުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
އެ ޕާޓީން ބުނީ ނަސްލީ ތަފާތުކުރުންތަކާއި މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަން އިތުރުވުމުގެ ސަބަބުން އިންޑިއާގައި ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށެވެ. އަދި ފާއިތުވި 75 އަހަރުގެ ތެރޭގައި ވެސް އެ ކަހަލަ ކަންކަމަށް އިންޑިއާ އިން ފުރުސަތުދީފައި ނުވާ ކަމަށް ބުނެ އިދިކޮޅުން ވަނީ މުސްލިމުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ބީޖޭޕީ އަށް ގޮވާލައިފަ އެވެ.
ކީރިތި ގުރުއާނާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކުށްވެރި ކޮށްފައިވާއިރު، އިސްލާމީ ގައުމުތަކުން ވެސް ދަނީ އިންޑިއާއާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. ދިވެހި ސަރުކާރުން ވެސް ވަނީ ބީޖޭޕީގެ އިސްބޭފުޅަކު ކީރިތި ރަސޫލާ އަށް ފުރައްސާރުކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމސ
07 June 2022
ރަގަޅު
ކަރީމް1990
07 June 2022
އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ޝައިތާނުން ކީރިތި ގުރުއާނާއި މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ ސިޔާސީ ސްޓަންޓް އެއް ޖައްސާ ރައްޔިތުނަށް އޮޅުވާލުމައް ދެފޮޅުވަތު ގެ ބަޔާނެއް އެމްޑީޕީ ގެ އިސްވެރިން ހިތާ ދެކޮޅަށް ނެރެފި. ސޯސަލް މީޑިއާ ރައްޔިތުން ހޯބޯލަވާ ކަންފަތް މަތީގައި ޖެހީމަ ފިނި ބަޔާނެތް ނެރި ބީޖޭޕީ ހިމާޔަތް ކުރަން އެމްޑީޕީ ނިކުތީ
ނިޒަ
07 June 2022
މާތް ރަސޫލާ (ސ) އަށް ފުރައްސާރު ކުރާ މީހުނަކީ ބޭފުޅުންނެއް ނޫން. ބޭފުޅުންގެ ބަދަލުގައި މީހުން އޭ ލިޔޭ.
الرديف الرسمية
07 June 2022
ސިޔާސީ ޕާޓީތަައް ދޯ. ވ.ވެދުން
ނަސީ
07 June 2022
އިންޑިޔާ އުފެއްދުންރައް ބޮއިކޮޓް ކުރޭ
ބުއްދި
07 June 2022
މިކަމަކާ އިންޑިޔާގެ އުފެއްދުންތަކާ ކީކީއްތޯއެވެ؟ މިއީ އިންޑިޔާގެ ސިޔާސީޕާޓީއަކުން ކޮށްގެންއުޅޭކަމެކެވެ. އަހަރުމެން ކައިބޮއި މިއުޅެނީ އިންޑިޔާގައިއުފައްދާ ހަނޑު ހަކުރު ފުށެވެ. ބޭނުންކުރާ އެހެނިހެން ހަވާދާއި ކައިއަރުވާ ބޭނުމެއްނެތް ސުޕާރީތަކަކީ އިންޑިޔާގެ އުފެއްދުމެވެ. މިއުފެއްދުންތައް ބޮއިކޮޓުކޮށް ކައިއުޅެންވީ ފޫކޮޅުން މަސްކޮށައިގެންތޯއެވެ؟ މިއީ ޖެއްސުމަކަށް މަލާމާތަކަށް އެހިއެހުމެއްނޫނެވެ. އެތަކެތި އެއަގުގައި ލިބޭނީ ކޮންތާކުންތޯ އަހައިލީއެވެ.
ޗާލުނަޔާ
06 June 2022
މިކަހަލަ ކޮންމެ ކަމަކީ ދެފުށްދެގޮތް މީހުން އެހެން މީހުންނަށް ދެއްކެވުމަށް ވެވޭ އިމްތިހަަނެއް ކަމުގައި ވެދާނެ.
ގަމާރުންނެއް ނޫން މިއީ
06 June 2022
މަޖުބޫރުވެގެން ނޫންގޮތަކަށް ކުށްވެރިއެއް ނުކުރާނެ. ސިޔާސީ މީހުން އަބަދުވެސް ބަލާނީ ސިޔާސީ ފައިދާ ހޯދަން. ކުށްވެރި ނުކުރިނަމަ ޕާޓީއަށް އޮތް ތާއީދު ކުޑަވެ ޕާޓީ ހީނަރުވެދާނެތީ ބިރުން.
ޖަމީލުބެ
07 June 2022
ތި ވިދާޅުވީ ކޮން ޕާޓީއެއްގެ ވާހަކަތޯ؟