ލ. ގަން: ކެންސަރު ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ އެ ރަށުގައި.--. ފޮޓޯ: ގަން ކައުންސިލް
18 އޯގަސްޓް 2022 - 14:56
ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލަށް (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅައި، އެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުގައި ބުނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގައި ހަދާ "ކެންސާ ކެއާ ސެންޓަރު" އަށް 20،000 އަކަފޫޓުގެ ބިމެއް ގަމުން ކަނޑައަޅާފައިވާ ކަމަށެވެ.
އެ މަޝްރޫއާ ގުޅޭ ޓެކްނިކަލް ފީސިބިލިޓީ ރިޕޯޓު މުރާޖައާކޮށް ގެނައި ބަދަލުތަކަށް މިދިޔަ މަހުގެ 28 ގައި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ.
ރާއްޖެ އަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން ސަރުކާރުން އަންނަނީ ވަރަށް ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. ކެންސަރު ހޮސްޕިޓަލަކީ ވަކި ބައްޔަކަށް ހާއްސަ ކޮށްގެން ސަރުކާރުން ރާއްޖޭގައި އިމާރާތްކުރާ ފުރަތަމަ ހޮސްޕިޓަލެވެ.
ރައީސް އޮފީހުން ބުނީ ކެންސަރު ހޮސްޕިޓަލަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އަތޮޅުތެރޭގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގާ ބިޔަ މަޝްރޫއެއް ކަމަށެވެ.
އެތަން ހަދަން ނިންމާފައިވަނީ ވެސް ބަލިން ރައްކާތެރިވުމާއި ބައްޔަށް ފަރުވާ ކުރުމުގެ ހުރިހާ ވަސީލަތްތަކާއެކު، މުޅި އެ ސަރަހައްދަށް ހިދުމަތް ދެވޭ ފެންވަރުގައި ކަމަށް ބުންޏެވެ.
"ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން މި ހޮސްޕިޓަލްގައި ގާއިމްކުރެވިގެންދާނެ،" ރައީސް އޮފީހުން ބުންޏެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވީ ކެންސަރު ޖެހިގެންނެވެ.
ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު 125 މީހުން މަރުވި އެވެ. އެއީ 50 އަންހެނުންނާއި 75 ފިރިހެނުންނެވެ.
ކެންސަރު ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރަށް ފަރުވާ ހޯދާ މީހުން މުޅިން ވެސް ޖެހެނީ ރާއްޖެ އިން ބޭރަށް ދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލާ ޑިލައިޓް
20 August 2022
އެންމެ ފުރަތަމަ އެތަނުގައި އަޅާ ހިންގާތާ ގިނަ އަހަރުތަކެއްވެފައިވާ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތަށް ރަނގަޅުކޮށް އެތަނުން، މައިގަނޑު ބަލިތަކަށް ފަރުވާ ދެވޭނެ ތަނަކަށް ހަދަންވީ ނޫންބާ؟ އަދި ހަމަ އެއާއެކު، މިއުޅެނީ އެހޮސްޕިޓަލުގެ އެކި ގުނަވަންތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެކްސްޕަރޓީސް ނުލިބިގެން، ވީމާ މިތަނުގައި ކެންސަރު ހޮސްޕިޓަލެކޭ ކިޔާފައި، ބޮޑުޚަރަދުކޮށް ޢިމާރާތެއް އެޅުމުގެ ބޭނުމެއް ނެތް، މިއީ ހަމަ ސިޔާސީ ސްޓަންޓެއް!!!
ލޯމާފާން
19 August 2022
މިއީ ރަނުން ޖަރީކޮއްފަ އަޅާ ތަނެއް. އެހެންވެ އެހާ އަގުބޮޑީ.
ހަސްހަސް
19 August 2022
ދަމަކުން ބަޑިއެއް ޖަހާހެން ތިހޮސްޕިޓަލުގެ ވާހަކަ ނޫހަށް އެބައަރާ އިންޑިއާ ސަރުކާރުން ކުރާކަމެއްވީމަ ތިކަމަށް 10 އަހަރު 15 އަހަރުވަރު ނަގާނެކަމަށް ލަފާކުރެވޭ
ބޭކާރުކަމެއް
18 August 2022
އެންމެ ފުރަތަމަ ރީޖަނަލް ހޮސްޕިޓަލްތައް ރަނގަޅުކޮށްފަ ތިކަން ކޮށްބަލަ
ބެލެވެނީ
18 August 2022
ކެންސަރު އެތައް ޕޭޝަންޓުންނެއް ދުނިޔެ ދޫކުރާ ފަހުން ތިޔަ ތަނެއް ހެދޭވަރު ވާނީ. އަދި ނަގާނެ 10އ ވަރު ތިޔަ ތަން ނިމި ހުޅުވެން އެމީހުންގެ ސްޕީޑަށް ބަލާއިރު. އެމީހުން ބޭނުންވާނީ އެގޮތް. މިގައުމަށް ލޯނު ދީފަ އެގައުމުގެ އެމީހުން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ސަރުކާރުންނާ މިގައުމުގެ ސަރުކާރުން ފައިސާ ދެވޭނެ ގޮތް ހޯދުން. މޯޑީ ސަރުކާރަށް ފައިދާވެ މިގައުމަށް ހުރިހާ ގެއްލުން ތަންތަން ވަގުތަށް ނުނިންމައިގެން އެކަމާ ބެހުނީމަ ބަދަލުވެސް މިގައުމުން ދޭންޖެހޭނ
1206
18 August 2022
މާލޭގައި ދިރިއުޅޭ ސިއްހީ ދާއިރާގެ ޑަކުޓަރުން ވަރަށް ދެކޮޅު ހެދި ލާމު ގަމުގައި މި ހަސްފަތާލު އަޅާތީ. ލާމު ގަމަކީ ރާއްޖޭގައި ގުދުރަތީ ގޮތުން އުފެދިފައިވާ އެންމެ ބިން ބޮޑު ރަށް. ނަމަވެސް ބިމުގެ ނިސްބަތުން އާބާދީ ވަރަށް މަދު ރަށެއް. ދެކޮޅު ހެދި މީހުންގެ ބަހަނާ އަކީ މިއީ. ހަގީގަތަކީ ތަރައްގީ އައިސް، އާބާދީ އިތުރުވާނީ ވަސީލަތްތައްވެސް ގާއިމު ކުރެވިގެން. ވީމާ، ޑަކުޓަރުންގެ ދެކޮޅު ހެދުމުން ދައްކައި ދެނީ ޕޮލިސީ ލެވެލްގައި އޮތް ނަސްލީ ތަފާތުކުރުން.
ރާއްޖެ
19 August 2022
ކެންސަރު ބަލިމީހުންނަށް ހަމަ އެކަނި ކެންސަރާ ބެހޭ ޑޮކްޓަރަކު ހުރެގެން އެކަނި ފަރުވާ ނުދެވޭނެ. ޢެކަމަށް އެހެން ހާއްސަ ޑޮކްޓަރުންނާއި ވަސީލަތްތަށް ވެސް ބޭނުންވޭ.
ހޮޅި ސާލިހު
18 August 2022
ައަވަހަށް އިންޑިޔާގެ ކުންފުންޏަކާއި ހަވާލުކުރޭ ބޮޑު އަގުގާއި އިމާރާތް ކުރަން.
ޖުލައި2021
18 August 2022
ހީވަނީ ތިކަންވެސް ނިމޭއިރު ތިހޮސްޕިޓަލަށް ދައްކާމީހުން ގެންދަން ޖެހޭނީ މާލޭ އައިޖީއެމްއެޗަށް. މިހާތަނަށް ފެންނަތް އޮތް ލާމަރުކަޒީ ނިޒާމު ހިގާގޮތަކީ އެއީ. ނަމުން ތިކަހަލަ ބައިވަރު ޕްރޮޖެކްޓު އެބަހިންގާ، ހުރިހާ ޚިދުމަތެއް ހޯދަން އެންމެން ތޮއްޖެހެން ޖެހެނީ މާލެއަށް.
ލީމް
18 August 2022
ތެދެށް، މާލޭގަ އޭގެ ދެ ޑޮކްޓަރުން ތިބީ، ޢެދެދޮކްޓަރުން މަށަށް ރަނގަޅީ، އިންޑިޔާ ޑޮކްޓަރުންކަންނޭގެ ތިތާ ތިބޭނީ