އިންތިހާބުގެ ކަންކަމުގައި ލަފާދޭ ގައުމީ ކޮމިޓީގެ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް (ވ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ މިހާރު
04 ޖެނުއަރީ 2017 - 12:15
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހުގެ ތެރޭގައި ބާއްވަން ނިންމައި އަންނަ ހަފުތާގައި ތާރީހެއް އިއުލާންކުރާނެ ކަމަށް، ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން އިލެކްޝަނުން ދީފައިވާ ކަމަށެވެ. އެ ތާރީހަށް ޕީޕީއެމާއި އެމްޑީއޭ ފިޔަވައި ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވުނު ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ލަފާ ދޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީޕީއެމާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ބައިވެރިއެއް ނުވެ އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި އިންތިހާބު ބާއްވަން އިލެކްޝަނުގެ ވިސްނުން މިހާރު ގެންގުޅޭ ގޮތާ މެދު ވެސް ޕާޓީތައް ހިތްހަމަޖެހެ އެވެ.
"ޕާޓީތަކުން މިއަދު ވެސް އެދުނީ ވީހާ ވެސް އަވަހަކަށް އިންތިހާބު ބާއްވަން. އެކަމުގައި ހުރަސްތަކެއް ހުރި ނަމަ، އެ ކަންކަން ހައްލުކޮށް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އިލެކްޝަންސް
ނިޔާޒް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަށް މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެއްވެސް ދަތިތަކެއް ކުރިމަތިނުވާނެ ގޮތަކަށް އިންތިހާބުގެ ހުރިހާ ކަމެއް ގެންގޮސްދޭން ވެސް ޕާޓީތަކުން ވަނީ އެދިފަ އެވެ. އެކަމަށް ވެސް އެއްބަސްވެ، ކެންޑިޑޭޓުންނަށް ވީހާ ވެސް ލުއިވާނެ ގޮތަކަށް އިންތިހާބު ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބު ކުރިއަށް ގެންދަން އިލެކްޝަނުން ކަނޑައަޅާފައިވާ ޓައިމްލައިން ވެސް މިއަދު ވަނީ ޕާޓީތަކާ ހިއްސާކޮށްފަ އެވެ. އިލެކްޝަނުން މިހާރު ކަނޑައަޅާފައިވާ މުއްދަތަށް ބަލާއިރު ސިވިލް ކޯޓުގެ ހުކުމުން ކަނޑައެޅި ތާރީހަށް ވުރެ އިންތިހާބު ލަސްވަނީ ދެ ހަފުތާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މުއްދަތެއް،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމުގައިވާ ކަންކަން ސާފުކޮށް އިތުރު ހުކުމެއް ހޯދަން އިލެކްޝަނުން ހައި ކޯޓަށް ދިޔައީ ސިޔާސީ ޕާޓީތަކުން ބޭނުންވެގެން ނޫން ކަމަށެވެ. އިލެކްޝަނުން ކަންތައް ކުރި ގޮތުން، އިންތިހާބުގެ ތާރީހު އެއް ހަފުތާ އަށް ލަސްވެފައިވާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. ހުސެއިން ރަޝީދު ހަސަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ޑީއާރުޕީން ވެސް ބުނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވިސްނުން ގެންގުޅޭ ގޮތަށް އިންތިހާބު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ސިވިލް ކޯޓުން ދެ މަހަށް އިންތިޚާބު ފަސްކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.
އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލިމީ
07 January 2017
އޭޕްރިލް މަހު އިންތިޚާބު ބާއްވަން ސަރުކާރުން ހަމަޖެއްސީމާ މޑޕ ބޭފުޅުން ކުއްލިޔަކަށް މުޒާހަރާއެއް ޖައްސާފައި ގޮވަނީ އިންތިކާބު ހޯދަންވެގެންނޭ. ޖަވާބު ނުދެންޏާ ސަރުކާރު ވައްޓާލާނަމޭ. ދެން މިހާރު ސަރުކާރުން ވަރަށް ބިރުންތިބެ އެކަން ހަމަޖެއްސީ ކަމަށް ހަދާފައި ރަންރީދޫ ކުދިން ބޮލަށް ޗިޕް ޖަހާ. ހައްހައް
އަލީ
04 January 2017
އޭސަހަރޯ އެވެ. ތިޔަ ކޯޓުތަކާއި ތިޔަ އިލެކްޝަން ކޮމިޝަނަކީ ދެންފަހެ އާރެއް ބާރެއްނުވާ މުސްތަޤިއްލުކަން ކެނޑި ވާވަދެފައިވާ ތަންތަނެވެ. ތިޔަތަންތަނުން ދައްކާވާހަކަ އަކީ އެއުރެންގެ ބަހެއް ނޫނެވެ.
މުހައްމަދު
04 January 2017
އެޕްރީލް 13 ވާ ބުރާސްފަތި ދުވަހުތަ؟
އަލީ
04 January 2017
ކޮބާ އެކުދިންނައް މިހާރު ރަގަޅައް ތައްޔާރުވެވިއްޖެތަ އެހެންނޫނީ އަނެއްކާ މާދަމާ ތިތާރީހު ބަދަލުކުރަންޖެހޭނެކަން ޔަގީން.
މެންޓަލިސްޓް
04 January 2017
ބަލަ ކުރީންވެސް އޮތީ އެހެނޭ ،، ކޯޓުން އިންތިޙާބް ލަސްކުރީ 2 މަސްދުވަހަށް ، ވީމާ އޭޕްރީލްމަހުތާ އޮންނާނީ ،،، ވަރަށްވެދުން
ވަސްމީރު
04 January 2017
ޤާނޫނީ ނިޒާމު ފުނޑުފުނޑު ނުކޮށް، ގާނޫނުގައި ބުނެފައިވާ ގޮތަށް ދިވެހިން އުޅެންފަށާނީ ކޮންދުވަހަކުންބާ!!!!
އެދުވަސްމީ
04 January 2017
ވަސްމީރު އެވެ ގާނޫނީ ނިޒާމަށް ވުރެ ކުރިން އިސްލާމްދީނުގެ ހުކުމް ތަކާ ތަރަހައިގެތެރޭ ދިވެހިން ދިވެހިން އުޅެންފަށާނީ ކޮންދުވަހަކުންބާ!!!! ކޮން ޑިމޮކުރަސީ އެއް އެޔަކާހުރެ ހަލާކް މިވަނީ އިސްލާމީ ތަރަހަޔަށް ދިވެހިން އުޅެންފެށީމަ އެނިމުނީ
މޫސާ
04 January 2017
އިންތިހާބު ބާއްވާނެކަމެއް ނެތް.
ގައުމު
04 January 2017
ތާރީހު އަންނަ ހަފުތާގައި އިއުލާން ނުކުރާނެ. ޢޯކޭ ވީމަ ނޫނީ ޔިޔަ ކަޮމިޝަމަކަށް ތިޔަކަމެއްނުވާނެ. - ތިޔަ ދައްކާވާހަކަ ގަބޫލު ކުރާނީ ވެސް މޮޔައިން.
ކޮބާފައިސާ
04 January 2017
ނުޖެހޭނެ ޕީޕީއެމް އާއި އަދި އެމްޑީއޭ އާއި ނުލައި ބޭއްވި ގައުމީ ސަލާމަތާއި ބެހޭ މަޖްލީހުން ނިންމި ޑޭޓް ގައި އަދި ލޯކަލް ކައުންސިލު އިންތިޚާބު ބާއްވަން. ކޮބާ ތިޔާ އިންތިޚާބު ބާއްވަން ބަޖެޓް. ތިޔާ ލޯކަލް ކައުންސިލު އިންތިޚާބު ބާއްވަން ބަޖެޓް އެއް ނެތް މިއަހަރުގެ ބަޖެޓްގައި ހިމެނިފައި. ދެން ކޮން ތާކުން ހޯދާ ފައިސާ އަކުން ތޭ ތިޔާ ލޯކަލް ކައުންސިލު އިންތިޚާބު ބާއްވަނީ.
މިގޮތްދޯ
04 January 2017
ލޯކަލް ކައުންސިލު އިންތިޚާބު އަންނަ އެޕްރީލް މަހު ބާއްވަން ނިންމި ނަމަވެސް ތަން ކޮޅެއް އަވަސް ދޯ އަދި އެކަން ވެސް. ލޯކަލް ކައުންސިލު އިންތިޚާބުބާއްވަން ބަޖެޓް އެބައޮތްތޭ. ހަމަ އަހާލީ އެެވެ. ބަޖެޓް އޮތް ނަމަ ތިޔާ ކަން އަންނަ އެޕްރީމް މަހު ކުރަންވީ އެވެ. މަމެންގެ ދިރާސާ އިން ދައްކާ ގޮތުން ތިޔާ އިންތިޚާބު އަންނަ އަހަރު އެޕްރީލް މަހު ބޭއްވުން ހަމަ ރަނގަޅެވެ.