އޮގަސްޓް 31، 2022: ޕާކިސްތާނަށް މިހާރު ކުރަ،މުންދާ ވިއްސާރައިގައި ބަލުޗިސްތާން ޕްރޮވިންސްގެ ޖައްފާރް އަވަށުގައި ފެންބޮޑުވެފައި. --އޭއެފްޕީ
05 ސެޕްޓެމްބަރ 2022 - 12:30
ޕާކިސްތާނަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެފައިވާ އިރު، އިތުރު ކޯރުތަކާއި ކުޅިތައް ފުރިގެން ބަންޑުންވަމުން ދާތީ، އިތުރު މީހުން މަރުވެދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނަށް ކުރަމުން ދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ އިރު، ފެންގަނޑުގެ ތެރެއަށް ގެނބިގެންނާއި، ތަފާތު އެހެން ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 1300 މީހަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު އިތުރު 50 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު، މިލިއަނަކަށް ވުރެ ގިނަ ގެރިބަކަރި އާއި ކުކުޅު ފަދަ ތަކެތި ވަނީ މަރުވެފަ އެވެ.
އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި ކުރިއަށް ދެތިން ހަފުތާ އަށް ވިއްސާރަ ދެމިގެންދާނެ އެވެ. ފަރުބަދަތަކުން ފައިބައިގެން އަންނަ ފެންތައް އެޅެމުންދާ ކޯރުތަކާއި ކުޅިތައް ވެސް ފުރިގެން ބަންޑުންވަމުން ދާތީ، އިތުރު ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ބިރު އެބަ އޮތް ކަމަށް، އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.
It's devastating to read about the floods in Pakistan. Nearly 1,000 people killed and 33 million displaced. If you'd like to help, please consider donating to the @WFP to provide humanitarian relief to those affected. pic.twitter.com/h3Ckwto6Ds
— Mindy Kaling (@mindykaling) August 31, 2022
ކުރިއަށް އޮތް ދެތިން ހަފުތާގައި ވެސް އެންމެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ ސިންދު ޕްރޮވިންސަށް ކަމަށް ވާތީ، އެ ޕްރޮވިންސްގެ ޖަމްޝޯރޯ އަވަށާއި ދާދޫ އަވަށުގެ މީހުން، އެ ދެ އަވަށް ދޫކޮށް ރައްކާތެރި އެހެން ސަރަހައްދުތަކަށް ދިއުމަށް ޕާކިސްތާން ސަރުކާރުން ވަނީ އަންގައިފަ އެވެ. އެ ދެ އަވަށުގެ މީހުން އެހެން ތަންތަނަށް ދިއުމަށް މި އެންގީ، އެ ދެ އަވަށާ ވަރަށް ކައިރީގައި އޮންނަ މަންޗާރް ކުޅީގެ ފެންގަނޑު މިހާރު ވަރަށް ބޮޑަށް އުފުލިފައިވާތީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ކުޅި ފުރިގެން ބަންޑުންވެ ފެންބޮޑުވާނެ ކަމަށް ބެލެވޭތީ އެވެ.
އިންދުސް ކޯރުގެ ހުޅަނގުން ސިންދު ޕްރޮވިންސްގައި އޮންނަ މަންޗާރް ކުޅިއަކީ، މުޅި ޕާކިސްތާނުގައި ވެސް އޮންނަ، މީރު ފެނުގެ އެންމެ ބިޔަ ކުޅި އެވެ. އަދި އޭޝިޔާގެ ވެސް އެންމެ ބޮޑު އެއް ކުޅި އެވެ. ވަށައިގެންވާ ފަރުބަދަތަކުން ފައިބައިގެން އަންނަ ފެންތައް މި ކުޅިއަށް ޖަމާވުމަށް ފަހު، ކުޅިން ބޭރުވާ ފެންތައް ގޮސް އެޅޭނީ އިންދުސް ކޯރުގެ ތެރެއަށެވެ.
Truly gut wrenching imagery of the devastating floods in #Pakistan
— Joshua Stevens (@jscarto) August 30, 2022
Left: 🛰️ Landsat 8 on August 4
Right: 🛰️ Landsat 9 on August 28
More info and reporting from @GeoScienceSara: https://t.co/J6S5v5i0gB pic.twitter.com/HQ6oPPbwHK
ޖަމްޝޯރޯ އަވަށުގެ އިސް ވެރިޔާ ފަރީދުއްދީން މުސްތަފާ ވިދާޅުވި ގޮތުގައި، މަންޗާރް ކުޅި ފުރިގެން ބަންޑުންވުމުގެ ކުރިން، އެ ކުޅިއަށް އިތުރުވަމުންދާ ފެންތައް އިންދުސް ކޯރުގެ ތެރެއަށް ފޮނުވުމަށްޓަކައި ކޯރެއް ކޮނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް، ވާރޭ ވެހޭ މިންވަރަށް ބަލާއިރު، ކުޅި ބަންޑުންވިޔަ ނުދީ ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުޅީގެ ކައިރީގައި އޮންނަ އެއް ދާދޫ އަވަށުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް ވަނީ ފެން ބޮޑުވެފަ އެވެ. އެހެންކަމުން ކުޅި އާއި އިންދުސް ކޯރު ގުޅައިލުމަށްޓަކައި ކޯރު ކޮންނަމުން ދަނީ، އަވަށާ ދުރު ފަރާތުން ކަމަށް އޭނާ ވިދާޅުވި އެވެ.
Flood in Kalam Swat Pakistan.
— KeepitDope_Singh (@WiseWolf_Rsingh) September 3, 2022
The entire country is getting the punishment for the atrocities committed on Hindus.
All this is the wrath of God. pic.twitter.com/eB0Mtqu1Cv
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މޫސުން އަލިވާނެ ކަމަށް ބެލެވުނަސް، މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ވެސް އެހީދޭ ޖަމިއްޔާތަކުން ބުނެ އެވެ.
ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި އެ ގައުމުގައި ފެންބޮޑުވަމުން ދަނީ، އަހަރުގެ މިދުވަސްވަރު އާންމުކޮށް ކުރާ ވިއްސާރައަށް ވުރެ މާ ވަރުގަދަ ވިއްސާރައެއް މިދުވަސްވަރު ކުރަމުން ދާތީ އެވެ. އޭގެ އިތުރުން އެ ގައުމުގެ އުތުރުގައިވާ ފަރުބަދަތަކުގެ ކުންނުގައި ހުރި ގަނޑުފެންތައް ވިރެމުން ދިއުމަކީ ވެސް، ފެންބޮޑުވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.
Perspective of Pakistan’s displacement caused by the flood. One-third of the country is underwater. pic.twitter.com/bF0IiMTJ01
— Muslim (@Muslim) September 3, 2022
ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ސެޓެލައިޓްތަކުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕާކިސްތާނުގެ ތިން ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއް މިހާރު އޮތީ ފެނު އަޑީގަ އެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ޖުމްލަ އާބާދީގެ ތެރެއިން 33 މިލިއަން މީހުން މިހާރު ތިބީ ހާލުގައި ޖެހިފަ އެވެ.
ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން ތިން މިލިއަނެއްހާ ކުޑަކުދިން ތިބީ، ނުސާފު ފެނުގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ނުރައްކަލަށް ހުށަހެޅިފަ އެވެ. އަދި އެކަށީގެންވާ ކާނާ އާއި ސާފު ބޯފެން ލިބުން ވެސް ވަނީ ދަތިވެފަ އެވެ. އޭގެ އިތުރުން، އެ ކުދިންނަށް މިހާރުން މިހާރަށް އެހީތެރިކަން ފޯރުކޮށްނުދެވިއްޖެ ނަމަ، ބައެއް ކުދިން ގެނބިގެން މަރުވުމުގެ ނުރައްކާ އެބަ އޮތް ކަމަށް، އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮގަދިށޫ
06 September 2022
އިރާދަ ނުކުރައްވާ ކަމެއް ނުވާނެ
ސަލީމު އިދުރީސް
06 September 2022
ވާރޭވެއްސަވާނީ އެކަލާންގެ ވާރެ ވޭޙޭނެތަން ވެހޭނެ ދުވަހެއް އެއްވެސްމީހަކައްނޭގޭނެ މިހާރަކު!އިސްލާމް ދީން ފާޅުވީމަ ކަހީނުކަން ވަނީބާތިލުވެފަ!ކުރީގަ ކަހީނުން އެފަދަ ކަންތައް ހޯދަނީ އެމިހުން ގެންގުޅޭޖިންނި އުޑައް ފޮނުވައިގެން އުޑުން ވައްކަންކޮއްގެން ކަމައް ސިއަރަތުގަކިއާ! އެފަދަކަންތައް ބަލަންއަރާ ޖިންނީން ބޮލައް ގިނިހިލައުކާ ފަހާކަމައް ސިއަރަތުގަކިޔާ!ހުޅަގުގެ އިގުތިސޯދު ދައްވެދާނެތި ކަންބޮޑުވަނީމިހެންވެ އެމިހުން ހާލުގަ ޖެހޭ ގައުމުތަކައްއެހީވާ ބަޔަކީ
އުދުހޭ
05 September 2022
މުސީބާތްތަށް ޖެހިފައިވާ މުސްލިމުންނަށް ދުއާކުރުމާއެކު ކޮންމެ ބޭފުޅަކުވެސް ވީވަރަކުން އެހީވުން އެއީ ވަރަށް މުހިންމު ކަމެއް. މިއީ ސަލާމަތުންތިބި މުސްލިމުން އިމްތިހާނުކުރެވޭ ކަމަކަށް ވެދާނެ. ރާއްޖޭގަ ހިންގާ "އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން" އިންވެސް ދަނީ ޕާކިސްތާނަށް އެހީވަމުން. ހުރިހާ ބޭފުޅުންވެސް އެމީހުންނަށް ޑޮނޭޓްކުރައްވާ.
ލަވަ އަލީ
05 September 2022
މުސްލިމުން އެންމެ ގިނަ މުސްލިމުން މަރަނީ
ބީރުބޮލު ވަޒީރު.
05 September 2022
މިހާ ހާލުގަ އުޅޭއިރުވެސް އަވައްޓެރި އިންޑިޔާގެ އެހީއެއް ނެތީތޯއެވެ؟
ށަވިޔަނި
05 September 2022
ދެރަވޭ. ރޮވޭ. އެކަމަކު ބުނެވޭނީ ވެރިންގެ ވިޔާނުދާކަމޭ. މީގެ 10 އަހަރުކުރިން ވެސް ތިފަދަ ނުރައްކަލަކާ ކުރިމަތިވި. ފެން ބޮޑުވެ ކޯރުތައް ބަންޑުންވާ ހިސާބުތައް ބަލައި ފެނުގެ މިސްރާބު ބަދަލުކޮށް ފެން ކޮންޓްރޯލު ކުރެވޭނެ ގޮތެއް ހޯދޭވަރަގެ ކިޔަވައިގެން ތިބި މީހުން ތިބިއިރު އެކަން ނުކޮށް ވެރިން އުޅެނީ ގޮނޑިއާ ހެދީ. އެހެންކަމަކާ ނުވިސްނާ. ރައްޔިތުންވެސް އެހާ ކޮރަޕްޓް.