ވ. އަތޮޅުގައި ހުރި ފަރެއް: ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ފޮޓޯ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ
05 ސެޕްޓެމްބަރ 2022 - 16:30
ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް އަމާޒުކޮށްގެން ހާއްސަ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
ޓުއަރިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޮގްރެފިކް ސޮސައިޓީ ގުޅިގެން އެއް ދުވަހަށް ކުރިއަށް ގެންދާ އެ މުބާރާތް އޮންނަނީ މި މަހުގެ 28ގަ އެވެ.
ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިއަދު ރަސްމީކޮށް އިފުތިތާހުކުރި "މޯލްޑިވްސް 50 ބެސްޓް ސައިޓްސް" ވެބްސައިޓާއެކު، ފޮޓޯ މުބާރާތުގައި ރަޖިސްޓަރީ ވުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ރަޖިސްޓްރޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގެ ދުވަސްވީ ޑައިވަރު ހުސައިން ރަޝީދު (ސެންޑި) އެވެ.
އެ މުބާރާތަށް ކުރިއާލައި ހޮވާފައިވާ ރާއްޖޭގެ 50 ޑައިވްސައިޓެއްގެ ފޮޓޯ ނެގުމަށް ފަހު ހުށަހަޅާނެ އެވެ. އެ ޑައިވް ސައިޓްގެ މައުލޫމާތުތައް އާ ވެބްސައިޓުން ލިބޭނެ އެވެ.
"ކޮންމެ އަހަރަކު ވެސް މި މުބާރާތް ކުރިއަށް ގެންދާނަން. މީގެ މައިގަނޑު މަގްސަދަކީ މި ބުނި 50 ޑައިވްސައިޓްގެ ފޮޓޯ ހުށަހެޅުމުން، އެއް އަހަރުން އަނެއް އަހަރަށްް އެ ތަންތަނަށް އައިސް ހުރި ބަދަލު ދެނެގަތުން" ވެބްސައިޓް އިފުތިތާހު ކުރުމަށް ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.
މިހާރު ފޮޓޯ ނަގާފައިވާ ޑައިވްސައިޓްތައް ހޮވައިދިނުމުގައި އެހީތެރިވި އަތޮޅު ކައުންސިލްތަކާއި ރިސޯޓުތަކާއި ޑައިވް ސެންޓަރުތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އޯޝަން ޖިއޮގްރެފިކް ސޮސައިޓީގެ ޑިރެކްޓަރު އަދި މަޝްހޫރު މެރިން ފޮޓޯގްރާފަރު މައިކަލް އޯވް ވިދާޅުވިގޮތުގައި، އީ ޓުއަރިޒަމް ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ އަދި ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ރަނގަޅު ޕްރޮޖެކްޓެކެވެ.
އަރިއަތޮޅު ދެކުނުބުރީގައި އޮންނަ މާޔާ ތިލައިގެ ފޮޓޯ ގަނޑެއް: މިފަދަ 50 ޑައިވްސައިޓެއްގެ ފޮޓޯ މި މުބާރާތުގައި ނަގާނެ
"މި މުބާރާތުގައި ނަގާ ފޮޓޯތަކުން އަހަރެމެންގެ ފަރުތަކަށް ގެއްލުމެއް ނުވަތަ ސަމާލުކަން ދޭން ޖެހޭ ފަދަ ކަމެއް ދިމާވެފައި ހުރިއްޔާ އެނގޭނެ. އަދި އެއިރަށް ކަމާ ބޭހޭ އިދާރާތަކަށް އެ މައްސަލަ ހުށަހަޅާއިރު ހެއްކެއްގެ ގޮތުގައި ވެސް އެ ފޮޓޯތައް ބޭނުން ކުރެވޭނެ" ޑައިވަރު ސެންޑި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މުބާރާތާއި ވެބްސައިޓުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިޝްތިހާރު ވާނެ އެވެ. އޭގެ ސަބަބުން އާ އަންޑަވޯޓާ ފޮޓޯގްރާފަރުން ވެސް ވިދާޅުވި އެވެ.
އެ ފޮޓޯ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުން، މިއަދު އިފުތިތާހުކުރި ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެ އެވެ. ހާއްސަކޮށް ރިސޯޓުތަކާއި ޑައިވް ސެންޓަރުތަކާއި ޑައިވް ސްކޫލްތައް އަދި ސަފާރީތައް އެ މުބާރާތުގައި ބައިވެރިވުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބާރުއަޅަ އެވެ.
Register Competitor | Maldives 50 Best Sites
User Registration Name * First Last Name * Last Username * Only lower case letters (a-z) and numbers (0-9) are allowed. Email Address * Enter Email Confirm Email Address * Confirm Email Password * Enter Password Confirm Password * Confirm Password Profile Picture Maximum upload size: 134.22MB Please...
މުބާރާތުގައި ވާދަކުރަން ރެޖިސްޓްރީ ވުމަށް މި ލިންކް ބޭނުންކުރެވޭނެ
ޓުއަރިސްޓުންނާއި އާންމުންނަށް ވެސް ފޮޓޯ މުބާރާތުގައި ބައިވެރިވެވޭނެ އެވެ. ކޮންމެ ބައިވެރިއަކު ވެސް މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 7:30 އިން ހަވީރު 5:30 އާ ދެމެދު ކަނޑައަޅާފައިވާ 50 ޑައިވްސައިޓުގެ ފޮޓޯ ނަގަން ޖެހެ އެވެ. އެ ފޮޓޯ ހުށަހެޅޭނީ އެ ދުވަހުގެ ހެނދުނު 8:30 އާއި ދަންވަރު 12އާ ދެމެދު އެވެ.
މުބާރާތުގައި ބައިވެރިވެވޭނީ 10 ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ. ނަމަވެސް، ދިވެހިންނަށް އެ މުބާރާތުގައި ހިލޭ ބައިވެރިވެވޭނެ އެވެ.
މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ބައިނަލްއަގްވާމީ ތަޖުރިބާކާރު ބޭފުޅުންނެވެ. ވަނަވަނަ އަށް ހޮވޭ މީހުންނަށް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް އޯޝަން ޖިއޮގްރަފިކުން ބުންޏެވެ. ވަނަތައް އިއުލާނުކުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު "މޯލްޑިވްސް ބެސްޓް 50 ސައިޓްސް" ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
06 September 2022
ހެލްތް މިނިސްޓްރީން އިންސާނުންގެ ސިއްހަތު ދައްކުވައިދޭ ފޮޓޯ މުބާރާތެއް އަޅެ ބާއްވަބަލަ. މިގައުމަވެސް އޮބެސިޓީ ލެވެލްގަ އުޅޭ މީހުން ދަނީ ހައްތާވެސް މައްޗަށް.
ކޮރަލް
05 September 2022
މެރިން ރިސާޗް އިން އާއްމުންނަށް މައުލޫމާތު ތައް ފަސޭހައިން ލިބޭނެ ގޮތަކަށް ހިއްސާ ކުރަމުން ދޭ ބަލާށެވެ.
ހިޔާލު
05 September 2022
ދުވަސްވީ ޑައިވަރު ލިޔުމުގެ ބަދަލުގައި "އެންމެ ތަޖުރިބާކާރު އެއް ޑައިވަރު" ލިޔުން ސަޅީ. ދުވަސް ވާނެ ކޮންމެ މީހަކުވެސް. ތަޖުރިބާ ކާރުމީހަކަށް ނުވާނެ ކޮންމެ ކޮންމެ މިހަކު.