ޚިޔާލު

މޫސަގެ ކޮލަމް: ދުންޔާގެ އުނބަށް ޖެހުން

ފޮރިން މިނިސްޓަރަކަށް ދުންޔާ މައުމޫން ހުންނެވި އިރު ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: އަލުން ވަނީ ސަރުކާރާ ގުޅިވަޑައިގެންފައި

ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން، މިދިއަ ޖުލައި މަހު އިސްތިއުފާ ދެއްވީ ކީއްކުރަން ހެއްޔެވެ؟ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްޓަކައި ހެއްޔެވެ؟ އާއިލާއަށް ޓަކައި ހެއްޔެވެ؟ ނުވަތަ ބޮޑުބޭބޭފުޅު، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުޅުއްވުމަށް ވުރެ ސިޔާސީ ގޮތުން ބޮޑު ފައިދާއެއް ލިބިވަޑައިގަންނަވާނެ ފުރުސަތުތަކެއް ފެނިވަޑައިގަތީ ހެއްޔެވެ؟ ނޫން ނަމަ ރައީސް ޔާމީންގެ ޚިޔާނާތް ބޮޑު ސަރުކާރަށް ވުރެ ރަނގަޅު ގޮތްތަކެއް ދިވެހިންނަށް ހޯއްދަވައިދެއްވުމުގެ އެދުންފުޅު ހިތްޕުޅުގައި އުފެދުނީ ހެއްޔެވެ؟

އާންމު ދިވެހިންގެ ވިސްނުމުން ވިސްނާލުމުން، މިއިން ކޮންމެ ސުވާލަކަށް ވެސް އޮންނާނީ ހަމަ އެންމެ ޖަވާބެކެވެ؛ އަމިއްލަ އެދުމެވެ. އޭގައި ގައުމަށް، ދިވެހި ރައްޔިތުންނަށް ލިބޭނެ ހަމަ އެއްވެސް ފައިދާއެއް ނެތެވެ. އެހެންކަމުން ރައީސް ޔާމީން އާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެމެދު ޖެހިގެން މި އުޅެނީ، ރައްޔިތުންނަށް ހަމައެކަނި ދައްކާލުމުގެ އަރައިރުމެކޭ ބުނާ އާންމުންގެ ވާހަކަ ގަބޫލުކުރަން ވަރަށް ފަސޭހަވާނެ އެވެ. މި އަރައިރުމުގެ ފަހަތުގައި، އާންމުންނަށް ރޭކާނުލާ ނިޔަތެއް ފޮރުވިފައިވާ ނަމަ، އެކަމެއް އާންމުންނަކަށް ނޭނގޭނެ އެވެ.

ނޭނގޭ ކަމަކުން އާންމުންގެ ޚިޔާލު ބަދަލެއް ނުވާނެ އެވެ. އެމީހުން ބަލާނީ ފެންނަ ކަންކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވި ބޭފުޅަކު ސްޓޭޓް މިނިސްޓަރެއްގެ މަގާމު ގަބޫލުފުޅުކުރެއްވުމަކީ، ދައްކަވާ ވާހަކަ އާއި ޢަމަލްކުރައްވާ ގޮތާ ތަފާތުކަން އަންގައިދޭ މިސާލެކެވެ. ދުންޔާގެ ފަރާތްޕުޅުން އެކަންޏެއް ނޫނެވެ. ރައީސް ޔާމީނާ ދެކޮޅަށް މައުމޫންގެ އާއިލާ ނުކުންނެވި އިރު ހަގު ދަރިކަލުން ގައްސާން މައުމޫން، ރައީސް ޔާމީންގެ އަރިހުގައި ހުންނެވުމުން ވެސް، އެނގުނީ، "ނުބައެއް" އުޅޭ ކަމެވެ.

ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ފަހު، ޕީޕީއެމް މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުން ނިންމާލުމަށް ފަހު މައުމޫން ނުކުންނަވަނީ: އާއިލާ ވަނީ ދެ ބައި ވެފައި

ސިޔާސީ ލީޑަރުންނާ ގުޅޭ ގިނަ ކަންކަން ހިނގަނީ މުޅި ރައްޔިތުންނަށް ފެންނަ ގޮތަށެވެ. ރައީސް ޔާމީންގެ ފެކްޝަނުން މައުމޫނަށް ކުރި ޖެއްސުންތަކާއި މަލާމާތްތައް ފެނުނީ މުޅި ދިވެހި ރާއްޖެ އަށެވެ. ޕާޓީގެ އަހަރީ ދުވަހު ޕީޕީއެމްގެ އޮފީހަށް ވަދެވަޑައެއް ނުގެންނެވުނެވެ. ރައީސް ޔާމީންގެ ފެކްޝަނުގެ ބަޔަކު ވަދެ ކުރާ ކަމެއް ކޮށް ނިމުނު އިރު ފާރުތަކުގައި ލިއެފައި ހުރި ލިއުންތައް ރައްުޔިތުންނަށް ފެނުނެވެ.

މައުމޫނަކީ 30 އަހަރު ވަންދެން ދިވެހި ރައްޔިތުންގެ "ބައްޕަ" އެވެ. މި ސަރުކާރުގެ ބައެއް އައުވާނުން އެމަނިކުފާނަށް ކުރި މަލާމާތުގެ ސަބަބުން ދިވެހިންގެ ގިނަ ބަޔަކު ހިތުގައި ޖެހުނެވެ. އެކަމަކު މައުމޫންގެ ބޭފުޅުން މި ހައްދަވަނީ ކިހިނެއް ހެއްޔެވެ؟ ދެ ބޭފުޅުން ރައީސް ޔާމީން ކޮޅަށެވެ. ދެ ބޭފުޅުން މައުމޫން އަރިހުގަ އެވެ. އެކަމަކު މިހާ ހިސާބުން ސުވާލު އުފެދެނީ ރައީސް ޔާމީނު ކޮޅުގައި ތިއްބެވި ދެ ބޭފުޅުންގެ ނިޔަތާ މެދު އެކަންޏެއް ނޫނެވެ. މައުމޫނާއި، ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފޮރުވިފައި އޮތީ ކޮން ނިޔަތެއްތޯ ވެސް ރައްޔިތުންގެ ހިތުގައި ސުވާލު އުފެދެ އެވެ.

ސިޔާސީ ދާއިރާގައި ދުންޔާމެން މިނިސްޓަރުންގެ ފެންވަރަށް ވަޑައިގެންނެވުނީ ކޮން ކަމެއް ކުރައްވައިގެންތޯ ބައެއް މީހުން އަހަ އެވެ. ރިޔާސީ އިންތިޚާބުގަ އާއި އެހެން އިންތިޚާބުތަކުގައި ދުންޔާގެ މާ ބޮޑު ހަރަކާތްތަކެއް، ފުރަތަމަ ގޮނޑި ބަރީގައި އިންނެވުން ފިޔަވައި، ފެނިފައެއް ނުވެ އެވެ. އެކަމަކު ބައްޕާފުޅުގެ ނުފޫޒެއް ހިނގައި ސަރުކާރެއް ނަމަ މަތީ މަގާމުތައް ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން ފުރަތަމަ ވެސް ވިސްނަވަން ޖެހޭނެ ކަމަކީ، ތިމާ އަށް އޮތް ހުރިހާ ވެސް އެޑްވާންޓޭޖަކީ ބައްޕާފުޅުކަމެވެ. އެ ބައްޕާފުޅު ނުކުންނެވީ ރައީސް ޔާމީންގެ ސަރުކާރުން ހުއްޓުމެއް ނެތި ކުރަމުން ގެންދާ ގޯސް އެތައް ކަމެއްގެ ސަބަބުންނޭ އޮތީ ވިދާޅުވެފަ އެވެ. އެހެން ވިދާޅުވި އިރު ފަހަތްޕުޅުގައި ދުންޔާ ހުންނެވި އެވެ.

ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަންޏާ އެކަންކަމާ ދެކޮޅު ދިވެހިން އަބަދުވެސް އުޅެ އެވެ. އެއީ ގައުމު އިސްލާހުކުރަން ބޭނުން ދިވެހިންނެވެ. އެ މީހުންގެ އަޑު ކަނޑުވާލާފައި ވަނިކޮށް، ފޮރިން މިނިސްޓަރުކަމުން ދުންޔާ އިސްތިއުފާ ދެއްވުމާއި، ރައީސް ޔާމީން ބޭނުންފުޅުވާ ގޮތާ އިދިކޮޅަށް ރައްޔިތުންގެ މަޖިލިހުގައި ފާރިސް އަމަލްކުރައްވަން ފެއްޓެވުމުން، އެ ދިވެހިންނަށް ހިތްވަރު ލިބުނެވެ. ސިޔާސީ އިދިކޮޅު އެތައް ލީޑަރުންނަކަށް ނުހައްގުން ދެމުން ދިޔަ ޝަރުއީ އަދަބުތައް ދިފާއުކުރައްވައި، ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން ދުންޔާ އޭރު ދެއްކެވި ވާހަކަތަކަށް، އެ ދިވެހިން މައާފުކުރި އެވެ. އެކުގައި މަސައްކަތްކޮށް، ރާއްޖެ އަލުން ޑިމޮކްރަސީގެ ހަމަ މަގަށް އެޅުވުމުގައި މައުމޫންގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް ޔަގީންކުރި އެވެ.

މައުމޫން ޕްރެސް ކޮންފަރެންސެއްގައި: ސަރުކާރާ ދުންޔާ ގުޅިވަޑައިގަތުމުން އާންމުންގެ ހިތުގައި އަނެއްކާ ވަނީ ޝައްކު އުފެދިފައި --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ ގޮތްދޫނުކުރެއްވުމުގެ ސިޔާސަތަށް ހަމަ އެއްވެސް ބަދަލެއް ނާދެ އެވެ. ރައީސްކަމުގެ ހުވާ ކުރެއްވި ހިނދުން ފެށިގެން އިސްލާހުކުރަން ހުރި މުހިންމު އެތައް ކަމެއް ދަނީ އެއަށް ވުރެ ގޯސްވަމުންނެވެ. ނުވަތަ ހުންނެވީ ގޯސްވާން ދޫކޮށްލައްވައިފަ އެވެ. މި ހާލަތުގައި ހަމަ ކުއްލިއަކަށް ދުންޔާ ރައީސް ޔާމީންގެ ސަރުކާރާ ގުޅިވަޑައިގަތުމުން އެ ހިއްޕެވުނީ ރަނގަޅަކަށް އެދިއެދި ތިބި ދިވެހިންގެ ކަރުގަ އެވެ. އެ ދެއްކެވުނީ އަމިއްލަ އެދުމުގެ އެންމެ މަތީ ދަރަޖަ އެވެ. އެ ވިދާޅުވެވުނީ "ކަލޭމެން ތިހެން ތެޅިތެޅި ތިބޭށެވެ."

އެއް ބަޔަކު އެ ތިބީ ރައީސް ޔާމީނާ ދެކޮޅުވުމުގެ އަދަބެއްގެ ގޮތުން އަމިއްލަ އަށް އަރުވާލެވިގެންނެވެ. އަމިއްލަ ގައުމަށް އަތުވެއްޖެ ނަމަ، އިންސާފެއް ނެތި، ޖަލަށް ދިއުމުގެ ބިރުވެރިކަމުގަ އެވެ. އަނެއް ބަޔަކު އެ ތިބީ މިހާރު ވެސް ބަންދުގަ އެވެ. އެ މީހުންގެ ކުށަކީ ގައުމުގެ ކަންކަމާ މެދު ރައީސް ޔާމީންގެ ދުރުމީން ނުބެލުމެވެ. އެހެންކަމުން ދިވެހިންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތެއް އެ މީހުންނަކަށް ނެތެވެ. ތިމާގެ މީހުންނާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރެވޭނެ ގޮތެއް ނެތެވެ.

އެކަމަކު އެމީހުން އެ ހާލުގައި އުޅޭތާ ދެ އަހަރު ވަނީ އެވެ. އަދި އަޒުމެއް ނުގުޑަ އެވެ. ދުންޔާ އުނބަށް ޖެހީ އެންމެ ފަސް މަސްދުވަހުގެ ތެރޭގަ އެވެ. އެ ނިންމެވުމާ އެކު ރައީސް މައުމޫންގެ މަސައްކަތްޕުޅާ މެދު ވެސް މިހާރު މި އޮތީ ސުވާލު އުފެދިފަ އެވެ. އާންމުންގެ ތެރޭގައި ގެއްލުނު އިތުބާރު ހޯއްދެވޭތޯ މައުމޫން ޓްވީޓްކުރެއްވިޔަސް، އާއިލާގެ ޚިޔާލު ތަފާތުވުން އާންމުންނަށް މި ދަނީ ފެންނަމުންނެވެ. "ގޭމެކޭ" ބުނެ ކުރިންސުރެ ބައެއް އާންމުން އިއްވި އަޑު ހައްތަހާ ގަދަވީ އެވެ. މައުމޫންގެ އާއިލާގެ އަމަލްތަކާ މެދު ޝައްކުގެ ނަޒަރުން ބަލަމުން އަންނަ މީހުންނަށް، އެ ފުސްކަމުގެ ތެރޭގައި ތިބެން އަނެއްކާވެސް މި ލިބުނީ ފުރުސަތެކެވެ.

ސާފުކޮށް ފެންނަން މި އޮތީ ހަމަ އެންމެ ކަމެކެވެ. އިސްކުރަނީ ގައުމެއް ނޫނެވެ. އަމިއްލަ އެދުމެވެ.

69 ކޮމެންޓް, 174 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 6%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ އަލީ

08 January 2017

ދުވަސް ކޮޅަކުން ހންނަވާނީ ހެލްތު މިނިސްޓަރު ކަމުގާ ،ސިޔާސީ ދާއިރާއިން އަމިއްލަޔަށް ބޭރުވާން އެޅުއްވީ ގޯސްފިޔަވަޅެއް .މިހާރުގެ ފިޔަވަޅު ރަނގަޅު .އެތެރޭގަ ހުންނެވީމާ ގިނަބައެއްގެ ލޯ އަމާޒުވެ ތައާރަފް ބޮޑުވާނެ. ހިތްހަމަ ނުޖެހޭ ކަންކަން ދުނިޔޭގަ ވަރަށް ގިނަވާނެ. މަގްސަދު ހާސިލް ކުރެވޭނީ ކެތްތެރިވެގެން. މައުމޫނުގެ ސިޔާސީ އުވިދާޅުވުންތަކަކީ ގިނަބަޔަކަށް އެގޭނެ ކަންކަމެއްނޫން. އެއްފަހަރު ވިދާޅުވާނީ ސިޔާސީ ބަހުރުވައިން ، އަނެފަހަރު ވިދާޅުވާނީ ރައްޔތުންގެ ތާއީދު ހޯއަދެވުމަށް އަދި ތާއީދު ހިފެހެއްޓުމަށް ،ދިވެހިން ގެ ގިނަބަޔަކު ބަލާނީ ވިދާޅުވާއެއްޗަކަށް އެކަނި ، ވިސްނައެއް ނުލާނެ.

The name is already taken The name is available. Register?

ފަރިޔާދާ ފަޒީލް

08 January 2017

މީ ދުންޔާ އޭނާގެ ލޮބުވެތި ބައްޕާފުޅަށް ދެއްވި ވަރަށް ބޮޑު ދޯކާއެއް ! ލޮބުވެތި ދަރިކަނބަލެއްގެ ފަރާތްޕުޅުން ފެނިގެން ނުވާފަދަ ބޭއަދަބީ ކަމެއްމީ !

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

08 January 2017

ރައީސް ޔާމީން ފިފްޓީ ފިފްޓީ - ކާމިޔާބެއް. ---------------------------------------- ރައީސް މައުމޫންގެ މިއަދުގެ ސިޔާސީ ހާލަތު. ވަރަށް ސާފެވެ. 4 ބޭފުޅުންނަށް މިދެންނެވި ސިޔާސީ ހާލަތު ހަމަ އެހާމެ ސާފްއެވެ. ޔާމީން މައުމޫން ސިޔާސީ ޚިޔާލް ތަފާތުވުން ފެށުމުގާވެސް އެއް ބޭފުޅަކު ހުންނެވީ ޔާމީން އާއި އެކުގައެވެ. މިއަދުގެ ހަގީގަތަކީ މައުމޫން ކުރިމަތި ވެފައިވި ސިޔާސީ މުޑީ އެރުމާއި ގޮންޖެހުން ތަކާއެކުވެސް ރައީސް ޔާމީން އަށް މައުމޫންގެ 4 ބޭފުޅުން ތެރޭން 2 ބޭފުޅުން ސާފުކޮށް ތާއީދު ކޮށް ރައީސް ޔާމީން އާއި އެކު މައުމޫންގެ 2 ބޭފުޅުން. ރައީސް މައުމޫން އާއި އެކު މައުމޫންގެ 2 ބޭފުޅުން. ރައީސް ޔާމީން އަށް ( ފިފްޓީ ފިފްޓީ ) ގެ ކާމިޔާބީއެއް ކަމުގައި ބެލެވިދާނެއެވެ. ރައްޔިތުން ހައިރާން ކަމާއެކު ވާނުވާގެ ސުވާލު މާކެއްގެ ތެރޭގައެވެ.

The name is already taken The name is available. Register?

ހެލޯ

08 January 2017

ރައްޔިތުންގެ މުސާރައިން މުސާރަ ނުނަގާވެސް ރައްޔިތުންނަށް ޚިދުމަތް ކުރެވިދާނެއެވެ. އުނބަށް ޖަހާކަށް ނުޖެހެއެވެ.

The name is already taken The name is available. Register?

ހަސަން

08 January 2017

އެމްޑީޕީ މީހުންނަ އެގެނީ ފަޝާދަކުރަން.

The name is already taken The name is available. Register?

ޑިމޯޝަން

07 January 2017

މިއީ ޑިމޯޝަންއެއް! މިނިސްޓަރު ކަމުން ސްޓޭޓް މިނިސްޓަރުކަމަށް. ދެން ވާނީ ޑެޕިއުޓީ މިނިސްޓަރަކަށް! އެހެންގޮސް ނިމޭނީ ކޯޑިނޭޓަރު ކަމުން ތޯއްޗެއް!

The name is already taken The name is available. Register?

ހަޑިގިއްލާ

07 January 2017

މިލިޔުމުގެ ހަމަ ކޮންމެ ކަލިމައަކީ އޭގައި އަސްލެއްއޮތް އެއްޗެކެވެ. މީ ހަޤީޤީ ލިޔުންތެރިކަމެވެ! ނަމަވެސް ހަޤީގަތް ބޮޑަށް އެނގިލައްވާނީ ދުންޔާއަށް!

The name is already taken The name is available. Register?

ނަތަން

07 January 2017

ގޯސްކޮށްހުރިކަންތައް ހައްތާވީގޯހޭ މޫސަބުނިއިރު ގޯސްކަންތައްތައްވެސް ކޮއްމެވެސްވަރަކަށް ލިޔެލިނަމަ އަހަރުމެންކަހަލަ މީހުންނަށް ފަސޭހަގޮތެއްގަ ބަލައިގަންނަން ފަސޭހަވީސް!

The name is already taken The name is available. Register?

އޯލްވޭޒް

07 January 2017

ދުންޔާ އަލުން ޕިންކީންގެ ސަރުކާރާއި އެ ގުޅުނީ އެއީ ދުންޔާ ޕޮލިޓިކަލް ވޯލްޑް އަށް އެ ދިނީ ރިބާރތް އެކެވެ. އެއީ މިހާރު އަސްލު ޕިންކީ އެއް ދޯ. އިން ޔުއަރ އައިޒް އައި ކޭން ސީ ހޮޕް އެން ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ދޯ. ދުންޔާ އެއްގޮތަކަށް ވެސް ފަހަތަށް ބައްލަވާނެ ކަމެއް ނެތެވެ. ގެޓް އަޕް ސްޓޭންޑް އަޕް އެން ޑޫ އިޓް ފޯރ ދި އެންޓަޔަރ ހިއުމެން ރޭސް.. އައި އޭމް ކީޕިންގް ދިސް މޮމޮރީ އިން މައި މައިންޑް ފޯރ އޯލްވޭޒް. އޯލްވޭޒް..

The name is already taken The name is available. Register?

ޕިސް

07 January 2017

މި ކޮމެންޓަައް ޑިސްލައިކް ދޭ މީހުން ހެޔޮވިސްނުން ދެއްވާށި. :(

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454