ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓުތައް ޕާކުކޮށްފައި.-- ފޮޓޯ/މިހާރު
06 ޖެނުއަރީ 2017 - 21:33
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ ހޯމަ ދުވަހަކީ އެއާޕޯޓްގެ ތާރީހުގައި އެންމެ ގިނަ އެއާކްރާފްޓް މޫމްމަންޓްސް ރެކޯޑްކުރެވުނު ދުވަސް ކަމަށް، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ ހޯމަ ދުވަހު 567 އެއާކްރާފްޓް މޫވްމަންޓް ރެކޯޑްކުރެވިފައިވާ ކަމަށެވެ.
އެއާޕޯޓް ޓްރެފިކް ބެލެހެއްޓުމުގައި، މަތިންދާބޯޓެއް ޖެއްސުމަކީ އަދި ފުރުމަކީ ވެސް އެއާކްރާފްޓް މޫވްމަންޓެކެވެ. އެހެންވެ ބޯޓެއް ޖެއްސުމާއި ފުރުމަކީ ދެ މޫވްމަންޓެވެ.
އޭޕްރީލް 12، 1966 ގައި އެއާޕޯޓު ހުޅުވިފަހުން މިވީ 50 އަހަރު ތެރޭގައި އެއާޕޯޓް އެންމެ ބިޒީ ދުވަހުގެ ގޮތުގައި ހޯމަ ދުވަސް ވެފައި ވަނީ 188 ވީލް ބޭސް މޫވްމަންޓާއި 379 ސީޕްލޭން މޫވްމަންޓާ އެކުގަ އެވެ.
އާ އަހަރު ފާހަގަކުރަން އަމިއްލަ ޖެޓްތަކުގައި ރާއްޖެ އައި މުއްސަނދިންގެ އަދަދު ވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ޖުމްލަ 46 ޖެޓު އެއާޕޯޓުގައި ޕާކުކޮށްފައި އޮތްއިރު، އެއީ ވެސް އެހެން އަަހަރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
08 January 2017
6 ޖެޓް ވެސް ޖައްސައިިފި 567 ފްލަިއޓްމޫވްމެނޓް ރެކޯޑް ވެއްޖެ، އެކަމު ރައްޔިތު މީހާ، އެޕަޓްމަންޓް ގެ ދައުން ޕޭމަންޓް ނުދެއްކިގެން އުޅެން ޖެހިފައި، ދެނޯ
އާދަން ހުސެން
08 January 2017
މެންޓަލިސްޓުގެ ލިއުން ފެނުމުން އުފާވި. މިގައުމުގަ މިފަދަ ކަންކަން ވިސްނާ ފިކުރު ކުރުމުގެ ޒިންމާ އުފުލަން ތިބި މީހުން މިފަދަ ވިސްނުން ނުގެންގުޅޭތީ ގައުމު އޮތްތާ އޮންނަނީ. މިގައުމުގަ ހަގީގަތުގަ އެއްވެސް އިތުރު ތަރައްގީއެއް ނުފެނޭ. އޮތްތާ އޮންނަނީ ދެން، ހުރިކަންކަމުގަ ކުލަޖައްސާލަޖައްސާލާ ތިބެނީ. އުފެއްދުންތެރި ކަންކަމާމެދު ވިސްނާވަރުގެ ގާބިލިއްޔަތު ބަޔަކު މިކަންކަމުގެ އިސް ސަފަށް ނުލެވޭހާ ދުވަހަކު މިގައުމު އޮންނާނީ ހަމަ މިހެން. ހެނދުނު އޮފީހަށްގޮސް ތެދުވެރިކަމާއި އެކު ފުން ނަޒަރަކުން ތިމަންނާގެ ވަޒީފާއާމެދު ވިސްނަނީ ކިތައް ވެރިންތޯ. ކަމަށް ގާބިލު ބައެއްތޯ ތިމާގެ ދަށުގަ ތިބީ ވިސްނީ ކިތައް މީހުންތޯ. އުފެއްދުންތެރި ވިސްނުމަކުން ވިސްނާ އެކަން ކުރާނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރީ އަހަރަކު ކިތައް ދުވަހުތޯ. މި ސުވާލުތަކަށް ޖަވާބު ދެވޭނެ ކިތައް ވަޒީރުން އެބަ ތިބިބާ.
މެންޓަލިސްޓް
07 January 2017
މިހާރު ރާއްޖޭގައި ކުރަންވީކަމަކީ ވަކިރަށެއްގައި ދުނިޔޭގެ ފެންވަރުގެ ބޮޑުހޮސްޕިޓަލްއެއް އަޅަންވީ ، ދެން އާއިލާއާޢިއުކު ތިބެވޭނެ ރޫމްތަށް ހަދަންވީ ބީޗްސަރަހައްދުގައި ސާފްވައި ލިބޭ ހިސާބުގައި ،، ދެން އެރަށުގައި އޮންނަންވާނެ އިންޓަރނޭޝަނަލް ފްލައިޓްޖެއްސޭ އެއަރޕޯޓްއެއް ،، އޭރުން ދުނިޔޭގެ މަހުޖަހުން އަންނާނެ ބޭސްފަރުވާޔަށް ރާއްޖެއަށް ،،،،، ޕްރިވެޓްޖެޓްގައި އައިސް ޕާކްކޮއްލާފައި މެޑިކަލް ކަންތަށް ނިންމާލައިގެން އަރާމުކޮއްލައިގެން ފުރައިގެން ދެވޭނޭ ،،، މިކަންކުރެވިދާނެ ބަމްރުންގްރާޑް ނޫނީ މައުންޓްއެލިޒަބަތް ނޫނީ އެމެރިކާގެ މޭޔޯ ކުލިނިކްއާޢި ގުޅިގެންވެސް ،،، އޭރުން ފުރިހަމަ ގޮތުގައި ހެލްތް ޓްއަރިޒަމް ހިންގޭނީ ،، އަދި އޭރުން ހުރިހާ ފައިސާވެރިންވެސް އަންނާނީ ރާއްޖެއަށް ބޭސްފަރުވާޔަށް ،،، މިހާރުވެސް ވަރަށް ގިނަ މިޑްލްއީސްޓްގެ މަހުޖަނުން ދޭ މޭޔޯ ކުލިނިކަށް ،،، ވީމާ މިކޮންސެޕްޓް ގައި ރާއްޖޭގައި ހެލްޓް ޓްއަރިޒަމް ރާއްޖޭގެ މަހުޖަނުން ޖައްސާނެކަމަށް އުއްމީދުކުރަން ،،،، ވަރަށްވެދުން ،،،
އެމ.އޭ.ކަރީމް
08 January 2017
މިހާރުވެސް ހެލްތް ޓުއަރިޒަމުން ގުރޭޓާމާލެއަށް ލިބޭ އާމްދަނީ މަދެއްނުވާނެ އެކަމަކު އެއީ ރާއްޖެތެރޭމީހުން އަޅުވެތިކޮށްގެން.އަމިއްލަ ރައްޔިތުމީހާއަށް ރަގަނޅު ސިއްހީ ހިދުމަތެއްނުދެވިގެން މިއުޅެނީ.މެންޓަލިސްޓް މެންޓަލް.
ޕޮއްޑޭ
07 January 2017
ކޮބާ ޖީ އެމް އާރު ގެބައިވެރިން ވަރަށް އަަރުކުރާނެ..
މަރީ
07 January 2017
ހީވަނީ ރިޒޯޓުތަކުގެ ޓުއަރިޒަމް މިސީޒަންގައި ދައްވިވަރު ބުނަންނުކެރިގެން، އެއަޕޯޓުގައި ޕްރައިވެޓް ޖެޓް ޖައްސާއަދަދު ގިނަވާހަކަ ދެއްކީމާ، އެންމެންނަށްވެސް އޮޅޭނެހެންތަ؟ އަދިވެސް ރިޒޯޓު ހުޅުވޭތޯބަލާ، ރޭޓްތައް ދަށަށްގޮސް އޮކިއުޕަންސީ ދަށަށް ދާވަރު ބަލާނެކަމެއްވެސް ނެތް.
އާއިޝަތު
07 January 2017
މީ ދެން ފުކެއް ބޮޑުވަރު، ގޭޓުވިކު އެއާރޕޯރް އެބަ ހޭންޑަލިންކުރޭ ކޮންމެ 5 މިނިޓުން އެއަރކުރާފުޓެއް އަނެއްކޅުން އަހަރުގެ 360 ދުވަހު ހަމަ އެއުސޫލުން.. އަވައްޓެރި ވޮމްބާއި އެއަރޕޯޓު ކޮންމެ 8 މިނެޓު ތެރޭ ބައިނަލް އަގުވާމީ އެއަރ ލައިނެއް ހޭނޑަލްކުރޭ... އެކުޓިވިސް ޓުންނައް އެބައި މީހުނާއި އެކަށީގެން ނުވާވަރުގެ ވަޒީފާ ލިބުމުން މިފަދަފޮނި ބާސާ ކެނޑުމަކީ ވަރައް އާދައިގެ ކަނަތައް.. ނަމަވެސް މިއަދު އޮންލައިނު ނިއުސް ވެސް ތަންކޮޅެއް ބޮޑައް ވިސްނަންޖެހޭނެ ކަމައް ގަބޫލުކުރެވޭ... 24/7 އެއަރޕޯރޓު ރެކޯރޑު އަދަދޭ އަބަދު ނުކިޔާ..
ތުއްތުބޭބެ
07 January 2017
މައުމޫނު ދެއްވި ނަންތަށް ބަދަލުކުރުމާ ޢިމާރާތް ކުރުމުގެ ނަމުގައާއި އެކިބަދަލު ގެނެއުމުގެ ނަމުގައި ޢިމާރާތް ތަޅާލާ ޢިމާރާތުގެ ވަކިބައެއް ތަޅާލުމާ ، ދިވެހި މަސައްކަތް ތެރިކަން ދައްކުވައިދޭ ފާލަމާއި އެތަށް ބިނާތަކެއް ގޮތްގޮތަށް ބަދަލުކުރުމީ ވަކިޢަގީދާ އެއްގެމައްޗަށް ބުރަވެ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތް ވުމަށް ކުރެވޭ ﷲ ނޫން ފަރާތަކަށް ނުވަތަ ވަކިކަމަކަށް އީމާންވެ ޤަބޫލުކުރެވޭ ކަންކަމުގެ ފަހަތުން ދެޗވެނީ ކަމަށްނޫނީ ނުވާނެ
ސުޒީ
07 January 2017
ރިކޯޑު އަދަކައް 3 އަހަރުތެރޭ ރައްޔިތުގެ ތިޖޫރިން ފައިސާ ގެއްލުންވެސް އެއީ ރައްތުންނައް ލިބުނު ކުރިއެރުމެއްތޯ؟؟ ބަޔެއްގެ ލަދުހަޔާތް ނެތިޖެއާ ކޮންމެ އެއްޗެކޭ ކިއާފަވެސް ކޮމެންޓު ކުރެވިދާނެ
ދިވެހި މީހާ
07 January 2017
ޑިޕާޗާ ޓާމިނަލްއިން ދިމާވި ޓުއަރިސްޓެއް. ބުނީ މީ އިންޓަނޭސަނަލް ތަނެއްހޭ ޑިޕާޗާ ޓާމިނަލްގައި ފާމަސީއެއްވެސް ނެތޭ. ޗެކިން ވެއްޖެއްޔާ ޕެނަޑޯލް ގުޅައެއްވެސް ލިބޭނެ ގޮތެއް ނެތް. އެހެނއ ނުން ވާނީ. ދުވެހިންގެ އެއާޕޯޓް ދިވެހިންނަށް ދޭންވެއްޖެ ވީޔަ.
އުމަރު
07 January 2017
ތިކަމުން ލިބޭ ހިންހަމަޖެހުމަކޯ ކޮބައިތޯ؟ ކިތަންމެ ވަރަކަށް ފުލެޓް އިތުރުވިޔަސް ދިވެހިންގެ އާންމު ދިރިއުޅުމަކަށް އިތުރު ކުރިއެރުމެއްނުލިބޭ، ވަޒީފާނެތްމީހުން ގިނަވަނީ، ޑޮލަރުގެ އަގު މައްޗަށްދަނީ ތެލުގެ އަގު މައްޗަށް ދަނީ، ގެދޮރުގެ އަގު މައްޗަށްދަނީ ކާބޯތަކެތީގެ އަގު މައްޗަށްދަނީ، ދިވެހި ގިނަ ކުންފުނިތަކުގެ މުސާރަ ނުދެވޭހާލަތުގައި އުޅެނީ، ތިޔަ ޖެޓްތަށް އަންނަނީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކަށް، އެތަންތަން ހިންގަނީ ބޭރުގެ ކުންފުނިތަކުން އެހެންކަމުން ޖެޓްގެންނަ މީހުން އެމީހުންގެ ހުރިހައި ހަރަދެއް ކުރިންދައްކާފައި އަންނަނީ އަދި އެފައިސާ އެއީ ރާއްޖެއަށް އެތެރެވާ ފައިސާއެއްނޫން