ޕީޕީއެމުން މަސްވެރިންގެ ހައްގުގައި ބޭއްވި މުޒާހަރާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 އޮކްޓޯބަރ 2022 - 20:27
މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ބޭއްވި އިހުތިޖާޖުގައި ހައްޔަރު ކުރި 10 މީހުންގެ ތެެރެއިން ނުވަ މީހަކު ދޫކޮށްލައިފި އެވެ.
އެ ޕާޓީން ބުނީ މިއަދު ނުވަ މީހަކު ދޫކޮށްލި ނަމަވެސް ޔޫތު މެންބަރު އަލީ އިޒްހާންގެ ބަންދަށް ތިން ދުވަސް ޖަހައިފައިވާ ކަމަށެވެ.
ލޭނާރު" ގެ ނަމުގައި އިއްޔެ ހަވީރު މަސްމާރުކޭޓު ކުރިމަތީ ބޭއްވި އެ މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާ މަސްވެރިން ބާކީކޮށްލި ކަމުގެ ޝަކުވާ އެވެ. އަދި މަސްކިރޭނެ ގޮތެއް ނެތުމާއި އައިސްޕްލާންޓްތައް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
ނިސްބަތުން މަދު ބަޔަކު ބައިވެރިވި އެ މުޒާހަރާ ރޫޅައިލައި ފުލުހުން 10 މީހަކު ހައްޔަރު ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު މީމު
12 October 2022
ބެޔަސް ނުބެޔަސް ވީ ވައުދެއް ކޮންމެ ދަނޑުވެރިޔަކަށް ލާރިދޭން އަދަދުތަކުން ބުނި އެ ވައުދު ފުއްދާފަތަ ވެރިކަމުގެ ދައުރު ނިންމާލީ ލަދެއްވެސް ނުގަންނަތާގަ ހަޔާތްވެސް ކުޑައީ
މަސްވެރިން
12 October 2022
އެއްވެސް މަސްވެރިޔަކު ބަންދުކުރިތަ އަދި ދޫކުރިތަ.
ޕޮކިއަް
12 October 2022
މަގޭ ހިތައް އަރަނީ ފަހެ އައިސްޕްލާންޓް ތައް އިތުރުކުރިޔޭކިޔާފަ ކާކުހޭ އަގުބޮޑުކޮށް މަސްގަންނާނީ.ދުނިޔޭގަ މަހުގެ އަގު ހުރިގޮތުން މަސްވިއްކައިގެން ކޮންމެ މަސްވެރިޔަކު މަހުޖަނަކަށް ނުވެވޭނެ. ސަރުކާރުން އަގުބޮޑުކޮއް ގަނެފަ ދުނިޠޭގެ މާރކެޓުގަ ވިއްކާނީ ކިހިނެއް.