ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: މާލޭގައި ގެއަކުން ދުން އަރާތީ ފުލުހުންނާއި ސިފައިން ގޮސް ބެލިއިރުގައި ބަޔަކު ތިބީ ބަނގުރާ ކައްކަން -- ފައިލް ފޮޓޯ: ޕޮލިސް މީޑިއާ
13 އޮކްޓޯބަރ 2022 - 12:28
މާލޭގައި ގެއެއްގެ ތެރޭގައި ބަނގުރާ ކެއްކި މައްސަލާގައި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 34 އަހަރު ފިރިހެނަކު ކަމަށެވެ. އޭނާ ހައްޔަރުކުރީ އެ ގޭތެރެއިން ކަމަށް ވެސް ބުންޏެވެ.
އެކަމަކު، އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ރޯޝަނީ މަގުގައި ހުންނަ އެ ގޭގައި ބަނގުރާ ކައްކާ ކަން ފަޅާއެރީ، އެ ގެ އިން ދުން އަރާތީ ފުލުހުންނާއި ސިފައިން މިއަދު ހެނދުނު ގޮސް އެތަން ބެލުމުންނެވެ.
ދުން އަރާ ކަމުގެ ރިޕޯޓް ލިބުމާ އެކު ސިފައިންނާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވި ވެ. އެހެންވެ، ބާރުގެ ބޭނުންކޮށްގެން އެ ގެ އަށް ފުލުހުން ވަނީ އެވެ.
ބަނގުރާ ކައްކަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ވެސް އެ ގޭތެރެއިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކް ގަން މުރުގަން
16 October 2022
ދޫކޮށްލާ އަވަހަށް . އެގެއަށް ވަނީ ދުން އަރާތީވެ. އެހެން ވީ މާ ކުރީބައިގަ ނުބުނޭ ބަނގުރާ ކައްކާތީއޭ ދިޔައި އެގެއަށް. ފަޑިޔާރު ކަލޭގެ ރުޅިއަންނާނެ ބުނާނެ ފަޅޮލޭ ، އަޅޮލޭ ، ފުފުލޭނުކިޔާށޭ ދެން.
ކުޗީ
13 October 2022
އެންމެ ބަންގާޅީއެއް ވެގެން ހުރިހާ ކަމެއް ރާވާ ބަނގުރާ ކައްކާފަ ހުރިހާ ބަލި ކުދިންނަށް ބަހަނީ ... ދުން އަރާތީ އޯ ގޮސް ބެލީ ... އެމީހާ އަތުލީވެސް އެގޭ ތެރެއިންނޯ ...
އެމްސް
13 October 2022
ބަނގުރާ ކެއްކުން މަނާކުރާ ޤާނޫނެއް ނެތުމުންނާއި، ފޮތް ފަންސުރު ހަމަނުވުމުންނާއި، ބިދޭސިއަކަށް ރާއްޖޭގެ ޤާނޫނު ހިންގޭނެ ކަމަށް ޤާނޫނުގަ ނެތީމައާއި، ޖަލު ޙުކުމެއްކޮށް ތަންފީޒްކުރަން ދައުލަތުން ހިނގާނެ ޚަރަދަށް ރިޢާޔަތްކޮށް ބަނގުރަލަށް އަލުން ދޫކޮށްލާ! ނަމަނަމަ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓް ނުކޮށްލާތި!
ލަތީފާ
13 October 2022
މަޖިލީސް ރައީސް އަދި ނައިބު ރައީސް އަދި މި ދެމީހުންގެ އެކްޓިވިސްޓުން ބޯ ތަކެތި ހެއްކާއި އެކު އަތުލައި ހައްޔަރު ކުރެވޭނީ ކޮން އިރަކުތޯ؟ ނޫނީ ފޮލިހުގެ އޮފިސަރުން ހަމަ ފިނޑީތޯ؟ މި މީހުން ގާނޫނާއި ގަވައިދަށް ވުރެ މަތީގަތޯ؟ ވަރަށް ދެރަ!
ކޮރަލް
13 October 2022
ގަވާއިދާ ހިލާފް ގިނަ ކަންކަން ކުރާ އިރު އަދި ބޮޑެތި ކުއްކުރާ ބިދޭސީން ޑިޕޯޓް ކުރާ ވަހަ އެއް އަޑެއް ނީވެ އެވެ. އެމީހުންގެ ތެރޭ ވެސް ތަކުރާރު ކޮށް ކުއްކުރާ މީހުން ގިނަ އެވެ. އެއީ ފަސޭހަ އިން ދޫވާތީ އެވެ.