މޭރީ މަރާލުމުގައި ބައިވެރިވިކަމަށް ބުނާ ހަލީމަތު ލަމްހާ: އޭނާގެ ފަރާތުން މިއަދު އެދުނީ ހެކިބަސް ދޭ އިރު ވަކީލުންނާއެކު ކޯޓަށް ހާޒިރުވާން
16 އޮކްޓޯބަރ 2022 - 16:58
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުގެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ އިން ފެށިގެން ކޯޓަށް ހާޒިރުވާން ބޭނުން ކަމަށް އެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފަރާތުން މިއަދު ބުނެފި އެވެ.
މޭރީ މަރައިލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ދައުވާ ކުރާއިރު، އެ ކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް އެހެން ދައުވާތަކެއް ކުރެ އެވެ.
މާވިންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާ އަށް ކުރާ ދައުވާތަކަކީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމެވެ.
މިއަދުގެ ހެކިބަސް ނަގަން ފަށަން ހަމަޖެހިފައި އޮތް އަޑުއެހުމުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީނާއި އަބްދުﷲ ޝާއިރު އެދުނީ ހެކިބަސް ނެގުމުގެ މަރުހަލާގައި ލަމްހާ ކޯޓަށް ހާޒިރުވެގެން ހެކިބަސް ނަގާ ގޮތަށް ހަމަޖައްސައިދިނުމަށެވެ.
ލަމްހާ މިހާތަނަށް ގިނަ އަޑުއެހުންތަކުގައި ބައިވެރިވެފައި ވަނީ މާފުށީ ޖަލުން އޮންލައިންކޮށެވެ. އެކަމަކު، އޭނާގެ ވަކީލުން މިއަދު ވިދާޅުވި ގޮތުގައި ހެކިބަސް ނެގުމުގެ މަރުހަލާގައި ދައުވާ ލިބޭ ފަރާތާއި ވަކީލުން ކައިރިކައިރީގައި ތިބުމުން ހެކިންނާ ސުވާލު ކުރާއިރު ފަސޭހަތަކެއް ލިބޭނެ އެވެ. މިއަދު ހެކިބަސް ނަގަން ތައްޔާރުވެ، ކޯޓަށް ހެކިން ހާޒިރުކުރި އިރު، ދައުލަތުގެ ވަކީލުން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އެނގިފައި ނުވާ ކަމަށް ވެސް ލަމްހާގެ ވަކީލުން ވިދާޅުވި އެވެ
ލަމްހާ ކޯޓަށް ހާޒިރުވެ، ޝަރީއަތް ބާއްވަން ބޭނުންވާ ކަމަށް ބުނުމުން އެ ކަމަށް ދައުލަތުން އިއުތިރާޒު ނުކުރި ނަމަވެސް ދައުލަތުން ބޭނުންވީ މިއަދު ކޯޓަށް ހާޒިރުވި ހެކިވެރިންގެ ހެކިބަސް ނަގައި ނިންމުމަށެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބެއްލެވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ، ލަމްހާ އަށް ކޯޓަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަށެވެ. އެހެންވެ.މިއަދުގެ އަޑުއެހުން ނިންމައިލީ ހެކިބަސް ނުނަގަ އެވެ.
ހެކިބަސް ނުނަގަން ނިންމުމުން ދައުލަތުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ފާހަގަކުރީ، ދައުލަތުން ގެނައި ހެކިވެރިންނަކީ އެކި ވަޒީފާތައް އަދާކުރާ މީހުން ކަމަށާއި އެ މީހުން ކޯޓަށް ދިޔައީ ވެސް ވަގުތު ހުސްކޮށްގެން ކަމަށެވެ. އެހެންކަމުން، ހެކިބަސް ނެގުން ފަސ ކުރުން ވަނީ ދައުލަތަށާއި ހެކިވެރިންނަށް ތަކުލީފަކަށް ކަމަށް ވެސް ދައުލަތުގެ ވަކީލު އެވެ.
މުޅި ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރު ކުރަން ވެސް ލަމްހާގެ ފަރާތުން މިއަދު އެދުނެވެ. އެއީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިދާނެ ހާލަތެއް އޮތް ކަމަށް ބުނެ އެވެ.
ކޯޓުން ބަލަމުންދާ މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައަކަށް ވާއިރު ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ނޫސްތަކުން ރިޕޯޓު ކުރާ ގޮތުން އެކި ގޮތްގޮތަށް ދައުވާ ލިބޭ ފަރާތްތަކާ ބެހޭގޮތުން ވާހަކަ ފަތުރާ ކަމަށް ވަކީލު ޔާމީން މިއަދު ވިދާޅުވި އެވެ.
ދިފާއުން އެގޮތަށް އެދި ފޮނުވި ސިޓީއާ ގުޅޭ ގޮތުން ވާހަކަ ދައްކައި އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ނޫސްވެރިން ބޭރުކުރުމަށް ފަހު ފާއިޒު އަޑުއެހުން ކުރިއަށް ގެންދެވި އެވެ. އޭނާ ނިންމެވީ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ސިއްރު ނުކޮށް، ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށެވެ.
ގާޒީ އިއުލާނު ކުރެއްވި ގޮތުގައި ދެން ހެކިބަސް ނެގުމުގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުލި
17 October 2022
ދަތުރު ކުރަން ފަށާއިރަށް އުނަގަނޑުގަ ރިއްސާތީވެ ދެން އުޅެންޖެހޭނީ އެކަމާހެދި ސަރިއަތް ލަސްކުރަން. ބޭސް ފަރުވާ ނުލިބޭތީވެ.
މާޓިން2022
17 October 2022
ލަމް އަށް ކުށެއް ކުރެވިއްޖެ އެކަމު ލަމް އަށް އެއްޗިހި ނުގޮވާ ހެޔޮ ދުވާ ކޮށްދޭންވީ.
ކިމް
17 October 2022
މިކުއްޖާ ހާލު ކިހެނެއްތަ މިހާރު؟ފެން ބާލިދީއެއްޗެހި އުފުލޭތަ؟
އަބްޑޫޅް
17 October 2022
ފައިކުރު އޮޅައި، ތުނބުޅި ދިގުކޮށްފަ ތިބޭ އިސްލާން ފިރިހެނުން، މުޅި ދުނިޔޭގަ މީހުން މަރަމުން ދުވަނީ. އަންހެނުންނަށް ވެސް ވީވަރެއް ކުރާނެނުން ދޯ؟
އައިނާ
19 October 2022
މީނަޔަށާއި މީނަ ބުނެފަ އޮތް އެއްޗަށް ލއިކް ދީފަ ތިބި އިންސީންގެ ނަމުގަ ތިބި ޖާހިލުންނަށް ބުނެލަން. ފައިކުރު އޮޅައި ތުނބުޅި ދިގުކޮށްފައި ތިބޭ އިސްލާމް ފިރިހެނުންނަކީ ﷲގެ ރަސޫލާގެ ސުންނަތަށް އުޅޭމީހުން. އިހަށްދުވަހަކު އަންހެން ދަރިއަކު ކޮށާފަ އެއްލާލި ފިރިހެނަކީ ފައިކުރި ކުރުކޮށް ތުނބުޅި ބަހައްޓައިގެން 5 ވަގުތު ނަމާދުކުރާމީހެއްނޫން. އެހެންވީމަ އެކަހަލަ ވިޔާނުދާ ހުރިހާ ކަމެއްކުރަނީ ﷲ އަށާއި ރަސޫލާ ސ.އ.ވ ގެ ސުންނަތާއި ދެކޮޅު ކަލޭކަހަލަ ޖާހިލުންތާ.
ހާމިދު ޝާޙިދު
17 October 2022
ލަމްހާ އަކީވެސް ނަރަހަކަށް އުޅުނަސް ބޯ ހަމަނުޖެހޭ މީހެއްކަމަށް ބޮޑަށް ބެލެވެނީ. އެހެންވެގެން މިކަހަލަ ކަމެއްގައި ބެދިގެން މިއުޅެނީ. އެހެންނޫންނަމަ މިހާރުވެސް އޭނާ ހުންނާނީ އައިޖީއެމްއެޗްގައި އަހަރުމެންނަށް ފަރުވާ ދީ އިންޖެކްޝަން ޖަހާ ހަދަންނޫންތޯ! އޭނާގެ ސިކުނޑީގެ ޓެސްޓެއް ހެދުމަށްފަހު، ދޫކޮށްލަން ފެންނަނީ. އޭނާ އެހުރީ ހަމަ ރަނގަޅަށް ޓްރެޕަކަށް ވަދެވިފައި.
ގެދާނޯމޮސް
16 October 2022
ބުރުގާ އަޅާފަ ތިބޭމުސްލިމް ކުދިން މީހުންމެރުމާއި ފާހިޝް ކަންކަމުގަ ޝާމިލް ވުން މީ ކިހާވަރެއްގެ ރައްކަލެއްގެ މިންވަރެއްތޯ ޝެއިޚަކު ޖަވާބުދެއްވުން އެދެމެވެ.
ކީސްފިލާ
17 October 2022
ކުރާކުށަކާ މީހާ އަޅާހެދުމަކާ ގުޅުވަނީ ކީއްކުރަން؟ ޣައިރު މުސްލިމުންގެ އެކިވައްތަރުގެ ފައްޅިތަކުގައި ތިބޭ ބޮޑެތިމީހުންވެސް ތިބެނީ އެމީހުންގެ މާތްހެދުން އަޅައިގެން. އެމީހުން ތިބެނީ ކުށެއް ނުކޮށްތަ؟
މޭރީމޭރީ
16 October 2022
ރޯޔަލް މާޑަރު!!!!