ވިލިމާލެ "ޑައިވިން ޕޮއިންޓް" މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.
23 އޮކްޓޯބަރ 2022 - 13:21
ވިލިމާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ޑައިވިން ޕޮއިންޓް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފެށުމުން، އެ އަވަށުގައި އަމިއްލަ މީހުން ހިންގާ ޑައިވިން ސެންޓަރުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެއީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެރިޓައިމް ސްޓަޑީސް ސެންޓަރުގެ ޕްރޮގްރާމްތައް ހިންގަން ސަރުކާރުން ދޫކޮށްފައި އޮތް ސަރަހައްދެކެވެ. އެކަމަކު، އަމިއްލަ ފަރާތްތަކަށް ވެސް އެ ސަރަހައްދު ބޭނުންކުރެވެ އެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފު "މިހާރު" އަށް މިއަދު ވިދާޅުވީ، އެއީ އެ ޔުނިވާސިޓީގެ މެރިޓައިމް ސްޓަޑީސް ސެންޓަރުގެ ޕްރޮގްރާމްތައް ހިންގަން މީގެ 20 އަހަރު ކުރިން ސަރުކާރުން ދޫކޮށްފައި އޮތް ސަރަހައްދެއް ކަމަށެވެ.
އެ ސެންޓަރުން ހިންގާ މެރިން އިންޖިނިއަރިން އަދި އޮޕަރޭޝަން ކޯސްތަކުގައި އަމަލީ ތަމްރީނުތަކަށް ބޭނުންކުރަނީ އެ ސަރަހައްދެވެ.
Our "classrooms" training area being destroyed/taken by MNUfor maritime training center.. while there is so much space in Hulhumale' too.
— Divers Lodge Maldives (@diverslodge) October 22, 2022
For the past 20+ years we have used this area to train a few thousand divers,of which many are professionals, contributing to the economy. pic.twitter.com/xr6MvrJ9EE
"އަޅުގަނޑުމެންނަށް އެ ތަން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްގެން ޕްރޮގްރާމްތައް ރަނގަޅަށް ހިންގޭނީ. އެހެންވެ އެ މަސައްކަތް ކުރަން މި ފެށީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، "މެރިޓައިމް ސަވައިވަލް ސެންޓަރެއް"ގެ ގޮތުގައި އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށީ އެ ނޫން އެހެން ތަނެއް އެ ކަމަށް ލިބޭތޯ ވެސް ބެލުމަށް ފަހު އެކަން ކާމިޔާބު ނުވުމުން ކަމަށެވެ. ހުޅުމާލެ އިން ސަރަހައްދެއް ލިބޭތޯ ވެސް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، އެ ސަރަހައްދު މަރާމާތު ކުރަނީ އީއައިއޭ ހަދައި، އެހެން ހުއްދަތައް ވެސް ހޯދައިގެން ކަމަށެވެ.
"އެ ތަނުގައި ކުރީގައި ވެސް ހުންނާނެ މޫދަށް ވައްޓާލާ ބޯޓަކާ އެއްޗެހި ވެސް ލައިފައި. އެ ވެސް މިހާރު ހަލާކުވެފައި ހުރީ. އެ ތަނުގެ ތޮށިގަނޑާ އެއްޗެހި ވެއްޓިފައި އޮތީމާ، ތޮށިގަނޑުގެ ބަދަލުގައި ޝީޓް ޕައިލް ޖަހަން މިހާރު އެ އުޅެނީ،" އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް، 4.6 މިލިއަން ރުފިޔާ އަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެ މަސައްކަތުގެ ދަށުން 1،200 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައި 62.25 މީީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލައި، ރޭމްޕެއް ހަދާނެ އެވެ. އަދި މޫރިން ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
އެމް.އެން.ޔޫ.ގެ މެރިޓައިމް ސަރވައިވަލް ސެންޓަރ ހެދުމުގެ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވަނީ 22 އޮކްޓޯބަރ 2022 ވަނަ ދުވަހު ފެށިފައެވެ.#MTCCProjects #RayyithungeKunfuni pic.twitter.com/quHJxa8jhK
— MTCC Plc (@MTCCPlc) October 23, 2022
ވިލިމާލޭގައި އަމިއްލަ މީހުން ހިންގާ ދެ ޑައިވިން ސެންޓަރުން ހުރެ އެވެ. އެއީ "ޑައިވާސް ލޮޖް މޯލްޑިވްސް" އާއި "މޫދުބުޅާ ޑައިވިން ސެންޓަރު" އެވެ. އެ ސެންޓަރުތަކުން ކަންބޮޑުވުން ފާޅުކުރީ މެރިޓައިމް ސެންޓަރުގެ ބޭނުމަށް އެމްއެންޔޫ އިން އެ ސަރަހައްދު ހަލާކުކުރަމުންދާ ކަމަށް ބުނެ އެވެ.
ވިލިމާލޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ޑައިވިން ސެންޓަރު "ޑައިވާސް ލޮޖް މޯލްޑިވްސް" އިން ކުރި ޓުވީޓެއްގައި ބުނީ، ޑައިވިން ކްލާސްތައް ނަގަން އަމިއްލަ ފަރާތްތަކުން އެ ސަރަހައްދު ބޭނުންކުރަމުން އަންނަތާ މިހާރު 20 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. މެރިޓައިމް ސެންޓަރުގެ ބޭނުމަށް ހުޅުމާލެއިން ވެސް ސަރަހައްދެއް ހޯދެން އޮއްވައި އެމްއެންޔޫ އިން އެ ތަން ހަލާކުކުރަމުންދާ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން [ވިލިމާލޭގައި ހުންނަ] ދެ ޑައިވް ސެންޓަރުން ވެސް ކޮންމެ ދުވަހަކު، ތަފާތު 4 ނުވަތަ 5 ލެވަލްއެއްގެ ޑައިވާ ޓްރެއިނިންތަކަށް އެ ސަރަހައްދު ބޭނުންކުރަން،" އެ ސެންޓަރުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
"އެތަނުގައި ހުންނަ އަޅުގަނޑުމެންގެ އެއްޗަކަށް ގެއްލުން ނުވަންޔާ އަދިވެސް އޯކޭ ކޮންމެ ބަޔަކު ވެސް [މަރާމާތަށް ފަހު އެ ސަރަހައްދު] ބޭނުންކުރިޔަސް -- ޝަރީފް، އެމްއެންޔޫ ވައިސް ޗާންސެލަރު
ޑައިވާސް ލޮޖް މޯލްޑިވްސް އިން ބުނި ގޮތުގައި އެއީ މިހާރު ރާއްޖޭގައި ސްކޫބާ ޑައިވަރުން އެންމެ ގިނައިން ތަމްރީނުވާ ސަރަހައްދެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޝަރީފު ވިދާޅުވީ އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން މިހާރެކޭ އެއްގޮތަށް ދެން ވެސް އަމިއްލަ މީހުންނަށް އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށެވެ. އެކަމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތަނުގައި ހުންނަ އަޅުގަނޑުމެންގެ އެއްޗަކަށް ގެއްލުން ނުވަންޏާ އަދިވެސް އޯކޭ ކޮންމެ ބަޔަކު ވެސް [މަރާމާތަށް ފަހު އެ ސަރަހައްދު] ބޭނުންކުރިޔަސް،" ޝަރީފު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
23 October 2022
ދިވެހިރާއްޖޭގައި މީހުންއުޅޭ 200 ވަރަކަށް ރަށް އޮންނައިރު ހުރިހާކަމެއް ތިޔަ މުޤައްދަސް ރަށްކޮޅުގައި ކުރާންޖެހުނީމަ ތިފަދަ އެތައް މައްސަލަ ކުރިމަތިވާނެ. # ކީއްވެގެންތޯ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެރިޓައިމް ސްޓަޑީސް ސެންޓަރު ހުވަދޫ އަތޮޅުގައި އިމާރާތް ނުކުރީ. ދުނިޔޭގެ އޮތް މުރަކައިގެ އެންމެ ބޮޑު އަތޮޅުގައި ތިތަން ހުރިނަމަ މާރަނގަޅު ވާނެ. އެކަމަކު ކީއްކުރާނީ. ސިޔާސަތު ކަޑައަޅަންތިބި ކ.އަތޮޅު މާލޭމީހުނަށް އެގޮތެއް ކަމުނުދޭވީއްޔާ.
އަލީބެ
24 October 2022
މިތަނަކީ ފާއިތުވި 20 އަހަރު ހުރި ތަނެކޯ. އެތަން ތަރަް