އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު (މ) ގައި: ކޯޓަށް މައްސަލަ ހުށަހެޅިޔަސް އިންތިހާބު ފަސްް ނުވާނެ ކަމަށް އޭނާ މިއަދު ވިދާޅުވި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ޖެނުއަރީ 2017 - 18:10
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކޮށްފައި ވަނިކޮށް، ކޯޓުން ކުރި ހުކުމަކާ އެކު ދެ މަސްދުވަހަށް އިންތިހާބު ފަސް ކުރަން ޖެހުމުން އަންނަ އޭޕްރީލް މަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި ކުރީގެ ކެންޑިޑެސީތައް ބާތިލްކޮށް، ކުރިން ކެންޑިޑެސީ ގަބޫލުކުރި ފަރާތްތަކުން އަލުން ހުށަހަޅަންޖެހޭ ގޮތަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސައިން ވިދާޅުވީ އިންތިހާބު ފަސް ކުރަން ކޯޓުން ކުރި ހުކުމުގައި، މުޅިން އާ އިންތިހާބެއް ބާއްވާ ކަމަށް ބުނެފައި ނެތް ކަމަށާއި އެހެންވެ ކުރީގެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކުރެވިގެން ނުވާނެ ކަމަށެވެ. މައްސަލަ ކޯޓަށް ހުށަހަޅަނީ ކޮމިޝަންގެ އެ ނިންމުމުގެ ސަބަބުން 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ހައްގު ގެއްލިގެން ދާތީ ކަމަށާއި އެކަމަކު ހުށަހަޅާނީ ކޮން ކޯޓަކަށް ކަމެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ދެ އޮޕްޝަނެއް އެބައޮތް. އެއީ އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ހައި ކޯޓަށް ހުށަހެޅުން ނުވަތަ މިހާރު އޮތް ޕްރެސީޑެންސްގެ ދަށުން ސިވިލް ކޯޓަށް، ޝަކުވާއެއްގެ ގޮތުގައި ހުށަހެޅުން. އަޅުގަނޑުމެން ޕާޓީގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު މާދަމާގެ ވަގުތެއްގައި ނިންމާނަން ދާނީ ކޮޮން ކޯޓަކަށްތޯ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ވެސް އެ މައްސަލައިގެ ތެރެ އަށް ތަދައްހުލްވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކޯޓަށް މައްސަލަ ހުށަހަޅަނީ އިންތިހާބު ލަސްކުރަން ނޫން ކަމަށާއި އެ މައްސަލަ އަވަހަށް ކޯޓުން ނިންމައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅިޔަސް އޭގެ ސަބަބުން އިންތިހާބު އިތުރަށް ލަސްވެގެން ދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އަވަސް ވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. މިހާރު ވެސް މި އޮތް 900 ކެންޑިޑޭޓުން ބަލައިގަތީމަ، އެ ބޭފުޅުންނަށް ވެސް އިދާރީ ގޮތުން ފަސޭހަވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިންތިހާބު އަލުން އިއުލާންކޮށް، ކޮމިޝަނުން ނެރުނު އިއުލާންގައި ހަމަނުޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. ކުރިން ކުރިމަތިލި ކެންޑިޑޭޓުންނަށް ލުއިތަކެއް ދޭނެ ކަމަށް ކޮމިޝަނުން ބުންޏަސް އެކަން އިއުލާނުގައި ނެތް ކަމަށާއި އެހެންވެ އެ ކަންކަން ސާފުކުރަން މާދަމާ ކޮމިޝަނަށް ސިޓީ ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 14 ގައި ބާއްވަން ނިންމި ކައުންސިލް އިންތިހާބު ފަސްކުރަން ކޯޓުން އަމުރުކުރީ އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ޕީޕީއެމުން މައްސަލަ ހުށަހެޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫ
10 January 2017
ޕީޕީއެމަށް ތައްޔާރު ނުވެވުނީމާ ތައްޔާރު ވީ މީހުންވެސް ތައްޔާރު ނުވާ މީހުންނަށް ބަދަލުކޮށްލީ. ސަޅި ދޯ؟
އިންސާފު
10 January 2017
އަޞުލުގަވެސް އިންސާފުވެރިއެއްނޫން. ކޯޓްތަކުންވެސް އެބަޖެހޭ ޢަދުލުވެރިވާން. މަރަކީ ތިމާއާއި ވަރަށް ގާތުގާވާއެއްޗެއް. މަރުވެގެން ދަމުން އެކަކަށް އެކައްޗެއްވެސް ނުގެންދެވޭނެ. ހެޔޮ ޢަމަލާއި ނުބައި ފާފަ ފިޔަވާ.
މައިދާން
10 January 2017
އަސްލު މީ ކޯޓަށް ދާވަރަށް ވުރެވެސް މާބޮޑު މައްސަލައެއް ދޯ ! ހުރިހާ އެންމެން ފަނޑިޔާރުގެއަށް ދަމާހިނގާ !
އުމަރު
10 January 2017
ވާނެ އެއްކަމެއްވެސް ނެތް، އެންމެ ރަނގަޅުވާނީ ކައުސިންލް އިންތިހާބުވެސް ރިޔާސީ އިންތިހާބްވެސް ބޮއިކޮޓްކުރުން ރާއްޖޭގައި ބޭއްވޭ ހުރިހައި އިންތިހާބެއް ބޮއިކޮޓްކޮށް ބައިނަލް އަގުވާމީ އެހީހޯދުން
ބަގުބާ
10 January 2017
އެމްޑީޕީ މީހުން ގަބޫލުކުރާ ކޯޓެއްއޮވޭތަ
ދޮންދީނި
10 January 2017
ހާދަ ހެއްވައޭ...ހިތަށްއެރުންދޯ މި މީހުންގެ އޮންނަނީ.....މަށަށް ވޯޓު ލެވޭގޮތްވެއްޖެނަމަ ތި ޕިންކަށް ނިސްބަތްވާ ޤާނޫނުން މަތީގައިވާ އެކަކަށްވެސް ވޯޓު ނުދޭނަން....އަ ބިގް ނޯ ޓު ޔޫ
ބަންދުދުވަސް
09 January 2017
ކިތަންމެ ފަހަރަކު ހުށަހަޅަން ޖެހުނަސް ތިބެންޖެހޭނީ ހީވާގި ކަމާއެކު ތައްޔާރަށް ހަމައެއާއެކު ކެންޑިޑޭތުން ދެއްކި ފައިސާ އަނބުރާ ދިނުމުގެ މަސައްކަތްވެސް ނިންމަންޖެހޭނެ ދެފަހަރު ފޯމު ލާންޖެހުނީމަ ކަންބޮޑުވަންޏާ ދެން ކައުންސިލްތައް ހިންގަންވެސް ނުކުޅަދާނަ ވާނެ އިލެކްޝަނުން އަންގާ ގޮތް އެއީ ރަނގަޅު ގޮތަށް ކަމަށްވާނި އެމީހުންވެސް އެނިންމަނީކީ އަމިއްލަ ފައިމައްޗަކަށް ތެދުވެގެންނެއް ނޫން
ކަމަނަ
10 January 2017
ބަންދުދުވަހުގެ ނަމުގައި ކޮމެންޓކޮށްފައިވާ ބޭފުޅަށް ސަލާމް ތި ވިދާޅުވީ ހަމަ ތެދުފުޅެއް ހަމަ ޙަޤީޤަތުގައިވެސް އެމީހުން ކަންކަން ނިންމަނީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެއެއްނޫން އެ މީޙުން ކަންކަން ނިންމަނީ ސަރުކާރުން އަންގާ ގޮތަކަށް. އެ މީހުނަކީ އިންތިޚާބުތަކާއި ގުޅިގެން ސަރުކާރުން ބޭނުންވާ ގޮތްތައް އެންގީމަ އެ ނިންމުންތަކުގައި ސިއްކަ ޖަހާ އެ ނިންމުމަކީ އެ މީހުންގެ ނިންމުމެއްކަމުގައި ދައްކާ ނަމަުގަ ޤާނޫނީ އޮނިގަނޑުގެ ތެރެއަށްފައްތަން ތިބޭ ބައެއް.
މެންޓަލިސްޓް
09 January 2017
އެއްކަލަ ގަބޫލް ނުކުރާ ކޯޓްތަކަށް ތިޔަދަނީ ކީއްވެތޯ ؟ އެއްދުވަހު ބުނާނެ ކޯޓްތަށް އަދުލުވެރިއެއްނޫނޭ ކޮރަޕްޓް ޖޫޑިޝަރީއެކޭ އަނެއްދުވަހު އެބަދޭ އެތަނަށް ،، މިވަނީ ކީއްތޯ ؟؟ އެމް،ޑީ.ޕީއިންވެސް ކިޔާއެކައްޗެއް ކިޔަންވެއްޖެނޫންތޯ ؟؟ އޭރުން މީހުން ކުރާ އިތުބާރުވެސް ބޮޑުވާނީ ،، މިހާރަކު ޕާޓީގެ ލީޑަރޝިޕްއިން ދައްކާވާހަކަތަކެށް ގިނަމީހުން ގަބޫލްއެއްނުކުރޭ ،،،،، އެހެންވެ އެއްވުމަކަށް ގޮވާލީމާވެސް ދާމީހުން މަދުވަނީ ،،،، ވަރަށްވެދުން
ޕްރިންސެސް
10 January 2017
މީނަގެ ފިކުރު އެކިދުވަހު ހުންނަނީ އެކިގޮތަށް..
އަހުމްދު
10 January 2017
ދެންފަހެއަދުލުވެރި ނޫނަސް ދާންއޮތީ ހަމަ މިކޯޓްތަކެއްނު ނުގޮސް ދެންދާނެ ކޯޓެއްނެތް ދެން އޮތް ގޮތަކީ ބޮޑުވަރިހަމަވެގެން ތިބުންތަ.
ދަސްކުރެގަ
09 January 2017
އެމްޑީޕީ ތަމެން ދަގަ ކޯޓަށް. މަމެންގެ އެެއްވެސް ޕްރޮބްލަމް ނެތީ އިނގޭ. އެކަމަކު ދެން ތަމެން ވެސް ތިޔާ ވަރަށް ކަންކަމުގައި ކޫސުނި މައްސަލަ ނުޖައްސަގަ އެއީ ދޯ ރަނގަޅު ގޮތަކީ. މިގޮތަށް އުޅެން ދަސްކުރެގަ ހެޔޮ ނުވާނެ ދަރިންނޭ.
އަބްދުއްލާ އަލީ
09 January 2017
ކޯޓް އަމުރުގައިވަނީ ހަމައެކަނި އިންތިހާބު ބާއްވާ ތާރީހް ފަސްކުރުމްށް ވީމާއަލުން އިއުލާން ކުރާކަށެއް ނުޖެހޭނެ.