ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާބޯޓެއް ޖައްސާފައި: އަލަށް ދަތުރުތައް ފަށަން މަސައްކަތް ކުރަނީ އިންޑިއާ އަދި ޗައިނާގެ އެއާލައިނެއްގެ އިތުރުން، ޔޫރަޕްގެ އެއާލައިނެއް.-- ފައިލް ފޮޓޯ: މިހާރު
10 ޖެނުއަރީ 2017 - 12:53
މި އަހަރުގެ ތެރޭގައި އާ ތިން އެއާލައިނަކުން ރާއްޖެ އަށް އުދުހެން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ފަށާނެ ކަމަށް ބެލެވެ އެވެ. އެ ގޮތުން، މިހާރު ވެސް ތިން އެއާލައިނަކާ މަޝްވަރާ ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އެއީ، އާދިލް ވިދާޅުވި ގޮތުގައި، އިންޑިއާގެ ދެ ސިޓީ އަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އާ ދެމެދު ސީދާ ދަތުރުތައް ފަށަން ހުށަހަޅާފައިވާ އެއާލައިނަކާއި ޔޫރަޕްގެ ގައުމެއްގެ އެއާލައިނެއްގެ އިތުރުން، ޗައިނާގެ އެއާލައިނެކެވެ. އޭގެ ތެރޭން، އިންޑިއާގެ އެއާލައިންގެ ދަތުރުތައް މި އަހަރުގެ މެދުތެރޭގައި އަދި ޔޫރަޕްގެ އެއާލައިންގެ އޮޕަރޭޝަންތައް ޔޫރަޕަށް ފިނި މޫސުން ކަމަށްވާ އޮކްޓޯބަރު ނުވަަތަ ނޮވެމްބަރު މަހު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ސީޒަނުގައި އެއާޕޯޓަށް ރެކޯޑް އަދަދެއްގެ މޫވްމަންޓް ފާހަގަކުރެވުނު. ކުރިއަށް އޮތް ތަނުގައި ވެސް މޫވްމަންޓް އިތިރުވާނެ،" އާދިލް ވިދާޅުވި އެވެ.
އަލަށް ދަތުރު ފަށަން މަސައްކަތް ކުރަމުން އަންނަ އެއާލައިންތަކުގެ ތަފްސީލެއް އެމްއޭސީއެލް އަކުން ނުދެ އެވެ. އެކަމަކު، ޗައިނާގެ ގައުމީ އެއާލައިން ކަމަށް ވާ އެއާ ޗައިނާގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައި، އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޝަންތައް ވީހާ ވެސް އަވަހަކަށް ފަށަން މަސައްކަތް ކުރަމުން އަންނަ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ މިދިޔަ ހަފުތާގައި ބުނެފަ އެވެ.
ރާއްޖެ އަށް މިހާރު ވެސް 30 އަށް ވުރެ ގިނަ ބޭރުގެ އެއާލައިންތަކުން ދަތުރު ކުރެ އެވެ. އޭގެ އިތުރުން ވެސް، ޓޫރިޒަމް ސީޒަނާ ދިމާކޮށް ބައެއް ޗާޓަރު ފްލައިޓުތަކާ އަދި ޑޮމެސްޓިކް އެއާލައިންތަކުން ވެސް ރާއްޖޭގެ މައި އެއާޕޯޓަށް ދަތުރު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން
12 January 2017
ޙުރިހާ މޮޅެޢް މަަލެޢަށް ތިބެް
ގިނބަރު
10 January 2017
މަށަށްވެސް ހެޔޮ އަޔަސް ނަޔަސް. ޅާރި ލިބޭނީ ހަތްމަހުޖަނުން ކުރެ އެކަކަށް ނުވަތަ އެމީހުންނަށް ވިއްޔަ.
ކިޔަވާ ކުދން
10 January 2017
ހެޔޮ ނުވާނެ ބަންގާޅުން ސީދާ ދަތުރު ފައްޓަދީބަ. ރާއްޖޭގަ އެހާ ބަންގާޅު މީހުން ގިނަ އިރު ވެސް، ބަންގާޅުގަ އިތުރުވަމުންދާ ދިވެހި ކުދީންގެ އާބާދީއެއް އޮތް އިރުވެސް، ސީދާ ދަތުރެއް ނޯވޭ. އެންމެ އަގުހެޔޮ ދެ އެއަރލައިނުންވެސް ދެކޮޅު ދަތުރެއް ކުރެވެނީ 9000 ރުފިޔާއަށް.
މެންޓަލިސްޓް
10 January 2017
ފުރަތަމަ ތިޔައެއަރޕޯޓް ސަޅި ރީތި ބޭރުގެ ފަރާތްތަކުން އެވޯޑްލިބޭކަހަލަ ހިއްގައިމު ތަނަކަށް ހަދާލަބަލަ ،، ޓާރމިނަލްއާޢި މުޅިއެއަރޕޯޓްގެ ލޭންޑްސްކޭޕް ވާނެޖެހޭނީ މީހުން " ހާދަސަޅިއޭ " ބުނާހާ ރީތިތަނަކަށް ހަދާލަބަލަ ،،، ރާއްޖެކަހަލަ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންއެއްގެ އެއަރޕޯޓްވާނެޖެހޭނެ ވަރަށް ރީތި ހިއްގައިމު ތަނަކަށްވާނެ ،،،، އެއީ ރާއްޖޭގެ ފުރަތަމަ އިމްޕްރެޝަންއަކީ އެއަރޕޯޓްކަމަށް ވާތީވެ ،،، އެއަރޕޯޓްގައި ހުންނަންވާނެ ވަރުގަދް އެކޯރިއަމްއެއްވެސް ،،، ވަރަށްވެދުން
މެންޓަލިސްޓް
10 January 2017
ފުރަތަމަ ތިޔައެއަރޕޯޓް ސަޅި ރީތި ބޭރުގެ ފަރާތްތަކުން އެވޯޑްލިބޭކަހަލަ ހިއްގައިމު ތަނަކަށް ހަދާލަބަލަ ،، ޓާރމިނަލްއާޢި މުޅިއެއަރޕޯޓްގެ ލޭންޑްސްކޭޕް ވާނެޖެހޭނީ މީހުން " ހާދަސަޅިއޭ " ބުނާހާ ރީތިތަނަކަށް ހަދާލަބަލަ ،،، ރާއްޖެކަހަލަ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންއެއްގެ އެއަރޕޯޓްވާނެޖެހޭނެ ވަރަށް ރީތި ހިއްގައިމު ތަނަކަށްވާނެ ،،،، އެއީ ރާއްޖޭގެ ފުރަތަމަ އިމްޕްރެޝަންއަކީ އެއަރޕޯޓްކަމަށް ވާތީވެ ،،، އެއަރޕޯޓްގައި ހުންނަންވާނެ ވަރުގަދް އެކޯރިއަމްއެއްވެސް ،،، ވަރަށްވެދުން
އޯސަމް
10 January 2017
މަމެންގެ ވެލާނާ އެއާރޕޯރޓް އަށް އެއަންނަނީ ދުނިޔޭގެ ފެންވަރުގެ އެއާރލައިންސް ތަކެވެ. އޭގެ ތެރޭގައި ބޮއިންގް 787 ޑްރީމް ލައިނަރ އަދި އެއާރބަސް އޭ 380 ވެސް އަންނަން މަޝްވަރާ ކުރެވެނީ އެވެ. މީ އުފާ ކުރުން ހައްގު ކަމެކެވެ. މަމެންގެ އެއާރޕޯރޓްގެ ނަން ވެލާނާ އަށް ބަދަލު ކުރި ދުވަހުން ފެށިގެން މުޅިން ވެސް އަޑު އިވިގެން ދަނީ އެއީ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ޚަބަރު ތަކެވެ. މި ފަދަ އުފާވެރި ޚަބަރުތައް އެމެންގެ ޑޮލަރު އަގު ބޮޑު ކުރި ވެރިކަމުގައި އަޑު ނީވެއޭ މަމެން ބުނަން ނެތީމު ދޯ. މަމެން މިއުޅެނީ ވެލާނާ އެއާރޕޯރޓް ތަރައްގީ ކޮށްގެން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށްލަން އެވެ.
ބަލަންވީ
10 January 2017
ވެލާނާ އެއާރޕޯރޓް އަށް އިތިރު ތިން އެއާރލައިން އިން ދަތުރު ތައް ހަމަޖައްސަމުން ދާކަމީ އެއީ އުފާ ކުރަން ޖެހޭނެ ކަމެކެވެ. އަދި ވެސް ޔޫއެސްގެ އެއާރލައިންސް ތައް ޔޫއެސް އިން ރާއްޖެ އަށް ގެނެވޭތޯ އަދި ބްރެޒިލް އަދި މެކްސިކޯ އަދި ކެނެޑާ އިން އެއާރލައިންސް ތައް ގެނެވޭތޯ ވެލާނާ އެއާރޕޯރޓް އިން މަސައްކަތް ކުރަން އެބަޖެހެއެވެ. ބްރެޒިލް އަކީ ވެސް ވަރަށް ގިނަ މުއްސަދިން ތިބި ގައުމެއް އަދި ޔޫއެސް އާއި މެކްސިކޯ އާއި ކެނެޑާ ވެސް އެއީ ވަރަށް މުއްސަދިން ގިނަ ގައުމު ތަކެވެ. އެގައުމު ތަކުން އެއާރލައިންސް ގެނެވޭތޯ ބަލަންވީ ވެލާނާއިން. އެއިރުން ކަން ކަން ރަނގަޅު މަގުން ދާނީ.
ރަޑީފް
10 January 2017
މަމެންނަށް ހެޔޮ އަޔަސް ނަޔަސް.