ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--ފޮޓޯ: ރައީސް އޮފީސް
09 ނޮވެމްބަރ 2022 - 11:21
ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އިންޑިއާ އާއެކު ބާއްވާ ގުޅުމާ މެދު ސުވާލު އުފައްދައި އިދިކޮޅު ފަރާތްތަކާއި ކުރީގެ ބައެއް އިސް ބޭފުޅުން ވެސް ކަންބޮޑުވުން ފާޅު ކުރެ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އާންމުކޮށް ވާހަކައެއް ނުދައްކަ އެވެ. މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ވަރަށް މަދު ފަހަރެއްގަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އަހަރެއްހާ ދުވަހު ހުންނެވުމަށް ފަހު ރޭ ފުރަތަމަ ފަހަރަށް ޝާހިދު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް އޮފީހުގައި ލައިވްކޮށް ކުރިޔަށް ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އިންޑިއާގެ މަސްލަހަތު އޮންނަ ކަންކަމުގައި ސަރުކާރުން ހަނު ހުންނަ މައްސަލާގައި ސުވާލުކޮށްފަ އެވެ.
"އިންޑިއާގެ މަސްލަހަތު އޮންނަ ކަންކަމުގައި ސަރުކާރުން ފާޅުގައި ބަސް ނުބުނާކަން ފާހަގަ ކުރެވޭ،" ނޫސްވެރިޔާ ސުވާލު ކުރި އެވެ.
އޭގެ މިސާލެއް ގޮތުން ބުނަން މަސައްކަތް ކުރީ ދާދިފަހުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހަށިކޮޅަށް ބަޑި ޖަހައި ޒަހަމްކޮށްލި މައްސަލާގައި ސަރުކާރުން ކުށްވެރިކޮށް ނުވަތަ ހަމްދަރުދީގެ އެއްވެސް ސްޓޭޓްމަންޓެއް ނުނެރޭ މައްސަލަ އެވެ.
ނަމަވެސް ނޫސްވެރިޔާ ސުވާލު ކުރަން ހަމަ ފެށުމާ އެކު ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ގެންދެވީ ސުވާލު ކުރުން ހުއްޓާލަން އަންގަމުންނެވެ. ނަމަވެސް ތަކުރާރުކޮށް އެ މައްސަލާގައި ސުވާލު ކުރުމުން ރައީސް އޮފީހުން ވަނީ މައިކުގެ އަޑު ކަނޑާލައި ނޫސްވެރިޔާ ސުވާލު ކުރުން ހުއްޓުވައިފަ އެވެ.
"މައުލޫއާ ގުޅޭ ގޮތުން އެކަނި އިނގޭތޯ ސުވާލު ކުރާނީ،" އެހެން ނޫސްވެރިއަކު މައިކު ކައިރިއަށް ދިޔުމަށް ނަން ގޮވުމަށް ފަހު މިއުވާން ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން --ފޮޓޯ: ރައީސް އޮފީސް
އެއްވެސް އެއްޗެއް ވިދާޅު ނުވެ މަޑުން އިންނެވުމަށް ފަހު ޝާހިދު ވިދާޅުވީ މައުލޫއާ ނުގުޅޭ ސުވާލަކަށް ޖަވާބު ދީފި ނަމަ ރައީސް އޮފީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އޭނާ އަށް ހިލާފު ވެވޭނެ ކަމަށެވެ.
"އެހެންވެ އަޅުގަނޑު ފަހުން ތިޔަށް ޖަވާބު އަރުވާނަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ރައީސް އޮފީހުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކޮމިޝަންތަކުން ވެސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މައުލޫ އާ ސީދާ ނުގުޅޭ ސުވާލުތައް ކުރެވެ އެވެ. އަދި ސުވާލު ކުރުމުން ޕޯޑިއަމްގައި ހުންނަވާ ބޭފުޅުން ޖަވާބު ވެސް ދެއްވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ވެސް ބައެއް ފަހަރަކު ވަކި މައްސަލައަކާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުންޏަސް، އާންމުކޮށް ބައްދަލު ނުވާނެތީ ނޫސްވެރިން ކުރާ އެހެން ސުވާލުތަކަށް ރައީސް ވެސް ޖަވާބު ދެއްވަ އެވެ.
އެއީ ރައީސް އޮފީހުގެ އުސޫލުތަކާ ހިލާފުވުން ކަމަށް މީގެ ކުރިން އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނުބުނެ އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ދާދިފަހުން ދިން ޓެރަރިސްޓް ހަމަލާ ސަރުކާރުން ކުށްވެރި ނުކުރީ ކީއްވެގެންތޯ، މީގެ ކުރިން "މިހާރު"ން ވަނީ ފޮރިން މިނިސްޓްރީގައި ވެސް ސުވާލުކޮށްފަ އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފީޝަލް ވިދާޅުވީ އެ މައްސަލާގައި "ކޮމެންޓެއް ނެތް" ކަމަށެވެ.
މީގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖިން ޕިން ތިން ވަނަ ދައުރަކަށް އިންތިހާބުވުމާ ގުޅިގެން ވެސް ސަރުކާރުން ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނަށް މަރުހަބާ ވިދާޅެއް ނުވެ އެވެ.
ނަމަވެސް ރާއްޖެ އާ ގާތް ގުޅުމެއް ބާއްވާ އެހެން ގައުމުތަކުގެ ވެރިން އިންތިހާބުވުން ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ވެސް މަރުހަބާ ވިދާޅުވެ ޓުވީޓު ވެސް ކުރައްވަ އެވެ.
މި ސަރުކާރަށް ފާޑު ކިޔުން އަންނަ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތާއި އިންޑިއާ އަށް މާ ބޮޑަށް ބަރޯސާވެފައި އޮންނަ މައްސަލަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގައި ސަރުކާރުން ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ސާފެއް ނުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭއެކްސިކިއުޓް
09 November 2022
އެކްސިކިއުޓް
ޑިސްއޮނަރަބަލް ޑީޑީ
09 November 2022
ދިވެހިންގެ މަސްލަހަތާގުޅޭކަމެއްވިއްޔާ ޖަވާބުދޭންޖެހޭނީ. ޖަވާބުނުދެވޭވަރުކަމެއް އޮތިއްޔާ ރީތިކޮށް އިސްތިއުފާގެ ސިޓީ ލިޔެފާ ގެއަށްދޭ. މިހާރު ފަތުއަޑުކިޔައިގެންދާވަރަށް ލާރިއޮންނާނެ ރާއްޖެއާ ރާއްޖެއިންބޭރު އެކައުންޓުތަކުގާ. ދެން ކޮންހާހެއްވާކަށް؟
ގުލްބަދަން
09 November 2022
އިންޑިޔާގަ ބޭހަށާ އެހެނިހެން ކަންކަމުގަ ދާމީހުންނައް ކުރާޖެއްސުން މިހާރުވަނީ ހައްދުންނެއްޓިި އިމުން ބޭރުވެފަ ދިވެހިނަންކިޔާ އެންބަސީއާއި އައިލެންޑު މޯލްޑިވިއަން އެވަނީ އިންޑިއާ މީހުން ހިސޯރުކޮށް ހިލިހިލާޖަހާފައެވެ އެތަންތަނުގަވަޒިފާގަ އެތިބީ އިންޑިޔާގެ ވަރުގަދަ އެޖެންޓުން ދިވެހިން ނިކަމެތިވެ ކުޑަކަކޫމައްޗައް ތިރިކޮށްލައި އިންޑީޔާމީހުން މިތަންތަނުގެ ފުރިހަމަ ކޮންޓްރޯލް ވަނީ ނަގާފައި ވީމާ ދެންތިބެންޖިހޭނީ އެމީހުންގެ އަޅުވެތިކަމުގައި
ބޮޑުމީހާ
09 November 2022
ވަކިވަރަކަށްވުރެ ފިތިބާރުވީމަ ދެން ނޯންނާނެ އަގަހުޅުވެން. ޔާމީނު ސަރުކާރުގަ ޗައިނާއާއި ގާތްގުޅުމެެއް ބާއްވައިގެން އިގްތިސާދީ އެތައް މަންފާއެއް ރާއްޖެއަށްފަހިވި. މިސަރުކާރުގެ އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން އަޅުވެތިކަން ނޫން މަންޒަރެެއް ނުފެނޭ
ސިކުނޑި
09 November 2022
އިންޑިއާ ފަސްޓް ޕޮލިސީއަކީ އެއްގޮތަކަށްވެސް ތާއީދު ކުރެވޭ ޕޮލިސީއެއްނޫން! ސަރުކާރަކުން ކޮށްގެންވާނެ ކަމެއްވެސްނޫން! ފާޅުގައި އެހެން ބުނުމާއި ނުބުނެތިބެ ކުރުމާއިވެސް ތަފާތު! އިންޑިއާ ގަބޫލު ކުރާގޮތުގައި އެމީހުންނަކީ އިންޑިއާ ކަނޑުގެ ރަސްގެފާނެވެ. ކުދި ޖަޒީރާ ގައުމުތަށް އުޅެން ޖެހޭނީ އެމީހުން ބުނިހާގޮތެއް ހަދައިގެންނެވެ.
ދގދސެފ×
09 November 2022
ޝާޑޭ އިސްތިއުފާ!
ތައްޓޭ
09 November 2022
އެބައްދަލުވުން ފެށުމާއެކު ބުނި މީވަކިކަމަކަށް ބާއްވާ ބައްދަލުވުމެއް ކަމަށް ދެން އެނޫންކަމަކާ ކުރާ ސުވާލަކައް ޖަވާބު ދޭން ޖެހޭތަ؟
ފެންސު
09 November 2022
ކޮބާ މާގިނައިރުތަކެއްވެއްޖެ؟ މީ މަބުނި ވާހަކަ. ރީނދޫ ހުމުގެ އަހުލުވެރިންނަށް ނުވިސްނޭނެ. ބޮޑު މުސާރަދީފަ ބަހައްޓާފަ ހުރީ ކަންކަން ރަގަޅުކުރަން. ދެން ތިމާމީހާގެ ޒިންމާގެތެރެއިން ހިމެނޭ ކަމަކާ ސުވާލުކުރީމަ މިބުނަނީ ނުގުޅޭ. ތިބޭފުޅާ ބޮޑުމުސާރަ ދީފަ މީހަކަށް ވަޒީފާ ދީފަ ހުންނައިރު، މަސައްކަތާބެހޭގޮތުން ސުވާލެއްކުރީމަ ތީ ނުގުޅޭސުވާލެކޭ ބުނީމަ ދަތްޕިލަ ނަގާ އަތަށްލައިގެންދޯ ހުންނާނީ.
ފެންސު
09 November 2022
ވޯޓު ހޯދަން އައީމަ ހަމަ ތިކަހަލަ ޖަވާބެއް ދޭންއޮތީ!!! ރީނދޫ ހުމުގެ އަހުލުވެރިންނަށް އަދިވެސް ނުވިސްނޭނެ. ޔާމީނުގެ ކޮރަޕްޝަން ވާހަކަ ނުދައްކާ ދެން. ތިހާވާ ހަޑީގެ ކުރިމަތީ ކޮރަޕްޝަން ނުވާނެ މަދިރިއަށްވެސް. މާ ސާފު ތާހިރު ބަޔަކަށް ވެގެން އެބައުޅެއެއްނު އަދި.
ޖަލީލީ
09 November 2022
އިންޑިއާއިން ދިން ރިޝަވަތު ކޮޅު ގޮހޮރަށް ކައިގެން ތިބެގެން ކީކޭ ކިޔޭނީ
ލާމަސީލު
09 November 2022
ފަލަސްތީނަށް އިޒްރޭލުން ދޭހަމަލާތައް އިދިކޮޅުން ކުއްވެރި ނުކުރަނީ ކީއްވެ؟ މިސުވާލަށްވެސް ޖަވާބު ބޭނުން. އަނގައެއް އޮތިއްޔާ ވާހަކަ ދެއްކިދާނެ.
ފެންސު
09 November 2022
ހަމަފައްކާ ލާމަސީލު ރީނދޫ ހުމުގެ އަހުލުވެރިއެއްތީ