10 ނޮވެމްބަރ 2022 - 10:56
މާލޭގައި ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯސްގައި ބިދޭސީން ދިރިއުޅުނު ތަނުގައި 28 ގޭސްގުޅި ހުރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޑަރު ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ ގަރާޖުގެ ފުރަތަމަ އަދި ދެވަނަ ފްލޯގައި މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކައްކާ ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
އެ ގަރާޖުގެ ވެރި ފަރާތުން "މިހާރު" އަށް ބުނި ގޮތުގައި ގަރާޖުގެ މަތީ ފްލޯތަކުގައި ހަދާފައި 28 ކޮޓަރި ހުރެ އެވެ. ގާތްގަނޑަކަށް 600 އަކަފޫޓުގެ އެ ތަނުގައި ކޮންމެ ކޮޓަރިއަކީ ހުންނަނީ އެނދަކާއި ކައްކާނެ ގޭސްފުޅިއެއް ބެހެއްޓޭނެ ޖާގަ އެވެ.
"ވަރަށް ބައިވަރު ސިލިންޑަރުތައް ހުރި. އެއާއެކު މަތީގައި ފަސްޓް އަދި ސެކަންޑް ފްލޯގައި ބިދޭސީން ކައްކަން ވެސް ކޮންމެ އެނދެއް ކަހަލަ ގޮތަކަށް ކައްކާ ގޭސްފުޅި ހުރި،" ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް އަދި ފުލުހުންނަށް ދެނެގަނެވިފައި ނުވެ އެވެ. ނަމަވެސް އަލިފާންގަނޑު ބޮޑުވެ އަވަހަށް ކޮންޓްރޯލް ކުރަން އުނދަގޫވީ ގިނަ އަދަދެއްގެ ގޭސްފުޅިތައް ގޮވައިގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާގައި މިހާތަނަށް 11 މީހުން މަރުވި އިރު އަދިވެސް އިތުރު ހަށިގަނޑުތަކެއް ފެނިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު ބަޔަކު މަރުވިތޯ ބެލުމަށް އެ ތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ މީހުންނެވެ.
- ފުރަތަމަ ފެނުނު ދެ މީހުން އައިޖީއެމްއެޗަށް ގެންދިޔަ
- އޭގެ ތެރެއިން އެކަކު މަރުވެ، އަނެކަކު ކްރިޓިކަލް ހާލުގައި ފަރުވާ ދެނީ
ގަރާޖުގެ ވެރިފަރާތުން ބުނި ގޮތުގައި އެ ތަނުގައި މުޅިން ވެސް މަސައްކަތް ކުރަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަރުސްމީހަ
11 November 2022
ތިޔަގެގެ ވެރިފަރާތްކޮބާތަ ގަރާޖު ހިންގާމީހާވެސް ތަން ހިންގީ ކުއްޔަށް ނަގައިގެނެނޭކިޔަނީ ކުރިން ކެފޭހިންގިތަނެއް މިހާ ނުރައްކާކޮން ހުރި ކިތަންމެ ތަނެއް މާލޭގަހުރޭ ޒިންމާ އުފުލާމީހުން މުސާރަނަގައިގެން ތިބެނީ ކަހާތަން ހިރުވާލަނީ މީހަކު ނިޔާވީމަ އެވެސް ހަފްތާއަކު އެވާހަކަ ދައްކާލާފަ މައްސަލަ އޮއްބާލަނީ.
ބުރޮ
10 November 2022
އިކްނޮމިކު މިނިސްޓުރީގާ އޮތް ލޭބަރު މެންޑޭޓުގެ މަސައްކަތް ނުކޮއް ފައްޔާޒު ދުވަނީ 2023 އިންތިހާބައިގެން
ގޗވވބސވދ
10 November 2022
މީހުން ދިރިއުޅެން ތަންތަން ކުއްޔަށް ދޫކުރާއިރު އެޔެއް މިޔެއް ނުބަލާ ކުއްޔަށް ލާރިލިބެނިކޮށް ނިމުނީ.. އެއްވެސް އުސޫލެއް ގަވާއިދެއް ނެތް ކުއްޔަށް ދޫކުރުމުގެ ވިޔަފާރީގަ.
ކނކނކހނމމނ
10 November 2022
ތިއީ އިންސާނުން ދިރިއުޅެންވެސް ހެޔޮވާވަރު ތަންތަނެއްނޫން. ގެރިބަކަރި ގެންގުޅެންވެސް ހެޔޮނުވާނެ.
އޯމޯކުމާރު
10 November 2022
ބޭކާރު އަނގަ ނުތަޅާ ކަމާބެހޭ ހުރިހާ މުއައްސަސާ އަކުން މީހުން ދިރިއުޅޭ ހުރިހާތަނެއް ހުރީ ރާއްޖޭގެ ގާނޫނާ ގަވައިދާ އެއްގޮތަށްތޯ ބަލައި ގަވައިދާ ޚިލާފްވާ ހުރިހާތަނެއްގެ ހުއްދަ ބާތިލްކޮށް ބޮޑު އަދަދަކުން ޖޫރިމަނާކޮށްގެންނޫނީ މިފަދަ މައްސަލަތަކަށް ދުވަހަކުވެސް ހައްލެއްނުލިބޭނެ.
ާއުނިމާ
10 November 2022
މާލޭގައި އިންސާނުން ދިރިއުޅެން ހެޔޮނުވާވަރުގެ ކަބީނާކޮށް ހަދާފަހުރި ތަންތަން ނިސްބަތުން މަދެއްނުވާނެ! ކުލީވިޔާފާރި ކުރުމަށްޓަކައި ހުދޫދެއް އިމެއްނެތް މިންވަރަށް ހުއްދަ ދިނީމާ ހިގާނީ މިފަދަ ހާދިސާތައް! ގަރާޖު ހުއްޓަސް ނެތަސް މާލޭގެ އަލިފާނުގެ ހާދިސާއެއް ހިގައިފިއްޔާ އޮންނަނީ ސަލާމަތް ނުވެވޭވަރު ވެފާ! މިކަންކަން ހިނގަނީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުތަކުން! އަދިވެސް ސަރުކާރާއި މަޖުލިހުން ހޭއަރާ ރަނގަޅު ހަރުދަނާ ސިޔާސަތުތައް ބައްޓަން ނުވޭބާ؟
ބާބާ
10 November 2022
މިހިރަ ކަންކަމަމީ އަހަރުމެންގެ ތަންފީޒީއަދާރާތްތަކުގެ ދޯހަޅިކަމުން ބޮއްސުންލާފައިހުރިކަން. މިހާރުވެސް މާލަސްވެއްޖެ! މިފަދަ ހިތާމަވެރި ހާދިސާއެއްގައި ވަގުތުން ޖެހޭނެ ސަރުކާރުން ރައީސް ނޫނީ ނައިބް ރައީސް އިސްކޮށްހުންނަވައިގެން މިކަން ޚާއްސަކޮށްބަލަން އިމާޖެންސީ ކޮމިޓީއެއް ހަދާ ވީހާއަވަހަކަށް މުޅިމާލޭގަ ހުރި މިކަހަލަތަންތަން މިހާރުން މިހާރަށް ބަލާ ފިޔަވަޅު އަޅަން. ބިދޭސީނަށް މިހާ ނިކަމެތިކޮށް ހިތިހިތީނުން އެކަންމިއޮތީ އިންސްޓިއުޝަނަލައިޒުވެފަ.
މޮހިތު
10 November 2022
މާލޭގަ ކުއްޔައް ދޫކުރާ ތަންތަނުގެ ސްޓޭންޑަޑެއް ނަހަދަނީ ކީއްވެ؟ ހިތުހުރި ގޮތަކަށް ކަންތައްކުރަން ދޫކޮށްލާފަ އޮންނަނީ ކީއްވެ؟ މިއީ ބޮޑު ސުވާލުތައް!
ޙާ މީމު
11 November 2022
ސްޓޭންޑަޑެއް އޮވޭ . ރެގިޔުލޭޓް ނުކުރެވެނީ ، މީގެ ކުރިންވެސް ތި ތަނުގައި ދެ ފަހަރު އަލިފާން ރޯވެފައި ވާއިރު ކޮން ފިޔަވަޅެއް ތޯ އެޅުނީ.
ސިމްޕަލް
10 November 2022
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރުމަކުން ހައިރާން ވާވަރެއްނުވޭ. 1 ކާރު ލެވޭވަރު ގަރާޖެއްގަ 100ކާރު އޮންނަކަަން ރަސްމީ ލިތުންތަކުން އެބަދައްކާ. ކުދި ކުދި ގޮޅި ތަކުގައި ގަޑި ބަހައިގެން ނިދާ މީހުން ވެސް އެބަ އުޅޭ. ލިޔެ ކިޔުމެއްނެތި އުޅޭ ބިދޭސީން ދުވަހު މަސައްކަތްކޮށްގެން މަހަކު -/30،000 އެބަހޯދާލާ. ޑޮލަރު ވިއްކަން ޖެހޭ ރޭޓަކީ، 15.42 އެކަމަކު ރޯމާ ދުވާލު މާލޭގެ ބޮޑެތި މަގުތަކުގައި ޑޮލަރުވިއްކާ ތަންނަތަން ހަދައިގެން -/17 އަށް ޑޮލަރު އެވިއްކަނީ.
ނާމްދި ކާނޫ
10 November 2022
ރާއްޖޭގެ ކަންކަން މުޅިންވެސް ދަނީ މިފެންވަރުން! ހިތާމަވެރި ހާދިސާތަށް ހިންގާއިރު ސަރުކާރު އޮންނަނީ އެތަށް ލެވެލް އަކުން ފެއިލް ވެފަ.