މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
10 ނޮވެމްބަރ 2022 - 12:21
މާލޭގައި ހިންގި ކެމިކަލް ގުދަނެއްގައި ސެޕްޓެމްބަރު 2019 ގައި ރޯވެ، އެކަކު މަރުވެ ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވުމާއެކު، ކެމިކަލްތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ، މިހާތަނަށް އެ ފަދަ ތަނެއް މާލޭގައި ހުރެގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަރަށް ޔަގީންކަމާއެކު، ވިދާޅުވިޔަސް އަދިވެސް 18 ކެމިކަލް ގުދަނެއް މާލޭގައި ހުރިކަން އެޗްޑީސީން ދިން މައުލޫމާތުން ހާމަވެއްޖެ އެވެ.
އެ ވާހަކަތައް އަނެއްކާ ވެސް މި ފެންމަތިވީ، މ. ސެންޑްރޯސްގައި ހިންގާ ގަރާޖެއްގައި ރޭ ދަންވަރު ރޯވެ، 11 ބިދޭސީއަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.
ސެންޑްރޯސް ސަރަހައްދަށް މިއަދު ވަޑައިގެން ނޫސްވެރިން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ޔަގީންކަމާއެކު ވިދާޅުވީ، މާލޭގައި މިހާރު އެއްވެސް ކެމިކަލް ގުދަނެއް ހުރެގެން ނުވާނެ ކަމަށެވެ.
"...އެހެންވީމާ މިހާރަކު މާލޭގައި ހުރެގެން ނުވާނެ އެއްވެސް ކެމިކަލް ގުދަނެއް. އަޅުގަނޑަށް ހަމަ ޔަގީން މިހާރު ނުހުންނާނެ ކަން،" މީގެ ދެ އަހަރެއްޖާ ދުވަސް ކުރިން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށް ފަހު ވެސް ފެންނަނީ އެކަށީގެންވާ ފިޔަވަޅު ސަރުކާރުން ނާޅާ ތިބި ތަން ކަން ނޫސްވެރިން ފާހަގަކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ގޭގޭގެ ތިރީގަ އާއި ފިހާރަކުގައި ކުރީގަ [ކެމިކަލް ގުދަން] ހުރި. އެއީ ހެންވޭރުގައި ހިނގި ހާދިސާގެ ކުރިން. ނަަމަވެސް އެެ ހާދިސާއަށް ފަހު އަޅުގަނޑުމެން ވާނީ ވަގުތުން ފިޔަވަޅުތައް އަޅާފައި. މާލެއިން ހުރިހާ ކެމިކަލް ގުދަންތަކެއް ވާނީ ތިލަފުއްޓަށް ބަދަލު ކުރެވިފައި."
އެކަމަކު، ތިލަފުށި ބަލަހައްޓާ އެޗްޑީސީން މީޑިއާގައި ބުނީ 18 ކެމިކަލް ގުދަނެއް ބަދަލުކުރަން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. ތިލަފުއްޓަށް މިހާތަނަށް ބަދަލުކުރެވުނީ އެ ކުންފުނިން ބުނިގޮތުގައި 34 ގުދަނެވެ.
"އެޗްޑީސީން ކުރާ ކަމަކީ އެމްއެންޑީއެފުން ބުނީމާ އެކަން ކުރުމަށް ފެސިލިޓޭޓް ކޮށްދިނުން،" އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި މިހާރު ކެމިކަލް ގުދަން ނުހުންނާނެކަން ވަރަށް ޔަގީންކަމާއެކު ވިދާޅުވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެން ފާހަގަކުރެއްވި ގޮތުގައި ދެން އޮތީ ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ނޫޅޭ ސަރަހައްދުތަަކަށް ބަދަލުކުރުމެވެ.
އަލިފާނުގެ ހާދިސާތަކުން މާލެ ރައްކާތެރި ކުރެވޭނީ ރައީސް ވިދާޅުވިގޮތުގައި ތޮއްޖެހުން ކުޑަކުރެވޭނެ ގޮތްތަކެއް ހޯދައިގެންނެވެ. އަދި ބިލްޑިން ކޯޑަށް އަމަލުކުރުން ހަރުދަނާ ކުރުމާއި ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރަންޖެހޭ ކަން ވެސް ފާހަގަކުރެއްވި އެވެ.
UPDATE
— Mihaaru (@Mihaarunews) November 10, 2022
އަލިފާނުގެ ހާދިސާ ހިނގި ތަނަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީޑިއާއާ ވާހަކަ
ދެއްކެވުން pic.twitter.com/XrIgCT7zWM
މާލޭގައި ހިންގާ ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރަން ވާހަކަ ދައްކާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އެ ވާހަކަ ދެއްކިޔަސް އަމަލީ ސިފައެއް ގެނެވުނު ސަރުކާރެއް އަދި ނެތެވެ. ގަރާޖުތަކާއި ވޯކްޝޮޕްތައް ތިލަފުއްޓަށް ބަދަލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑަސްޓްރިއަލް ވިލެޖު ހިއްކި ނަމަވެސް އެ ވެރިކަން ނިމުނީ އަމަލީ ގޮތުން ނަތީޖާއެއް ނުނެރެވި އެވެ.
އޭގެ ފަހުން ނޮވެމްބަރު 2018 ގައި މި ސަރުކާރު ވެރިކަމަށް އައިސް ބުނީ، ގަރާޖުތަކާއި ވޯކްޝޮޕް ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންވެ، އެ ހިސާބުން އެ ކަން އޮތީ ހުއްޓިފަ އެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި ސެޕްޓެމްބަރު 2019 ގައި ރޯވި އަލިފާނުގެ ހާދިސާ އަށް ފަހު، އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އޭރު މާލޭގައި 126 ކެމިކަލް ގުދަަން ހުއްޓެވެ. އެ ގުދަންތަކުން މީހުން ދިރިއުޅޭ ސަރަހައްދުގައި 82 ގުދަން ހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އޭރު ވަނީ ވިދާޅުވެފައި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، މިދިޔަ ދައުރާއި މި ދައުރުގައި ވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނިޓަކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ހުށަހެޅިޔަސް ކަންކަން ހައްލުކުރަން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްޓޭ
11 November 2022
ކަޑައެޅިގެން ބޮޑެތި ދޮގުހަދައިގެން އެތައް ބަޔަކު ރައީސަށް ނަފުރަތު އުފެއްދުމަކީ ހަމަ އިސްލާމްދީންތޯ؟ ނުވަތަ ތިމާގެ ޤައުމިއްޔަތާއި ވަތަނިއްޔަތުތޯ؟؟؟؟؟؟
ހަސަންދީ
10 November 2022
ރައީސަށް އެހެން ވިދާޅުވެވިދާނެ އެޗްޑީސީން އެވިދާޅުވި ގުދަންތަކަކީ އަލިފާން ރޯވާޒާތުފެ ކެމިކަލްތަކެއްގެ ގުދަނެއްނޫން އެއީ ލޯންޑުރީ ޑެޓާޖެންޓުފަދަ ކެމިކަލް ތަކުގެ ވާހަކަ އެފަދަ ކެމިކަލްތައްވެސް މާލޭގައި ގުދަން ނުކުރެވޭގިތައް ގެދުމަކީ ރަގަޅުކަމެއް ....
5789
11 November 2022
ތަރުޖަމާ އެއްތޯ؟ ހާކިމް އަނގަ ނުހުޅުވައި ހުންނާށޭ ބުނޭ. ދިވެހި ބަސް ދިވެހިންނަށް ތަރުޖަމަކުރަން ޖެހުމަކީ ހުތުރު ކަމެއް.
ލިޔާލާ
10 November 2022
އަނޯނާ ގޯޅި، ރަށްދެބައި މަގުގަ ވެސް ހުރޭ ތިކަހަލަ 2 ގަރާޖު... އެތަނުން އެއް ތަން ހިފައިގެން އެތަށް ބައިވަރު ބޭރު މީހުން ގަރާޖެއް ގަ ނިންދަވަނީ ކުރީގެ އެމްޕީ ރިޔާޒް ރަޝީދު.. ވަރަށް ހަނި ގޯޅި އެއް... ސައިކަލެއް ދިޔަޔަސް މަގު ބަންދު ވޭ... ޢެހާ ހަނި ގޯޅި އެއްގަ ކުރިން ފިހާރައެއް ހުރި ތަނެއްގަ އެހެރީ ވެލްޑިން ކުރާ ވޯކް ޝޮޕެއް... އަޅެ ކަމެއް ވުމުގެ ކުރިން އެތަން ބަންދު ކުރުވާ ބަލަ... ކެމިކަލް ވެސް ހުރޭ ގަރާޖުގަ
ޭއެންމެގިނަ ވަގުން ތިބިގައުމު
10 November 2022
ކޮބާވެރިމީހާގެ ހުރިހާ ބޮޓިންތް.. އަތްޖަހާލަބަލަ ނިކަން ..
ސަމަންދަރު
10 November 2022
ހިޔާ ޓަވަރު 6 ގައި އެބަހުރި 7 ވަރަކަށް ގުދަން މުދާ ވައްދާފުރާފައި އެޗްޑީސީއަށް މައްސަލަ ޖައްސައިގެންވެސް ވީކަމެއް ހަރާން! ބައިއެޅޭ ބައެއްގެ ކަމެއްވީމަ ހަމަ އޯކޭ! ޝޯޝަލް ހައުސިންއަށް ދިރިއުޅޭ ހާލަތަށް ބަލައިގެން ދޫކުރީމަވެސް ގުދަނަކަށް ކުއްޔަށްދީގެން މިއުޅެނީ!
ޖަޔާ
10 November 2022
ކަމެއްކުރަން ނޭނގުނަސް ފިސާރި ދޮގުހަދަން ދަސްކޮށްފައި އެބަހުއްޓޭ..!
ވެދާނެ
10 November 2022
މަސާޖްޕާލާ ކިޔައިގެން ނުހިންގޭނެތީ ބޮޑީ ކެއަރ ނޫނީ ސެލޫން ކިޔައިގެން މަސާޖްޕާލާތައް ހިންގާގޮތަށް ތިޔަ ތަންތަނުގެ ނަމާއި ކެމިކަލްގެ ނަންވެސް ބަދަލުކޮށްލީކަމަށްވާނީ. މީ ދިވެހިން ކަމަށްވަންޏާ މިގައުމުގައި މިކަން އޮންނީ މިހެން. ރައީސަށް ލިބޭ މައުލޫމާތުގައި އޮތްގޮތެއް ރައީސަށް ވިދާޅުވެވޭނީ. އެކަމަކު މީ ދިވެހިން ކަމަށްވަންޏާ ކަންކޮށްފައި އޮނާންނާނީ މި ބުނިގޮތަށް.
އަފްރާސިޔާބު
10 November 2022
ބައްލަވާ. ކިރިޔާ ހިރިލެވޭ ވަރަށް ރެސިން ފީފާތަކާއި ވަލްވޮލައިން ތެޔޮފީފާތައް ބަރުކޮށްގެންނާއި ޕެޓްރޯލް ޝެޑުން ފުޅިފުޅީގައި ޕެޓްރޯލް އުފުލާ ފަރާތްތައް ފުލުހުންނާއި ސިފައިންނަށްވެސް ފެންނާނެ. އަދި މީހުން މަތީގައި ދިރިއުޅެފައި ތިރީ ގްރައުންޑް ފްލޯ ބޭރު ބަޔަކަށް ގުދަން ހަދައިގެން ކެމިކަލްސާއި އަވަހަށް ހުޅު ރޯވާ ޒާތުގެ ތަކެތި ގުދަން ކޮށްފައިވާ ކިތައް ގުދަން ހުރިތޯ ބަލާބަލަ. ބައެއްގޯތިތަކުގެ ވެރިން ތަން ކުއްޔަށް ދީފައި ހިޔާ ފްލެޓުތަކުގައިވެސް އެބައުޅޭ.
ބޮޑުމީހާ
10 November 2022
ރައްޔިތުން ބޭނުންވަނީ ކަންތައްތައް ކުރެވޭ ގާބިލު މީހުންނަށްވުރެން އަޗާތަޅާ މީހުން. އެންމެން އެއްޗެހި ގޮވަނީ މުއިއްޒަށް. މި މާލޭއަށް ހެޔޮބަދަލެއް ގެނެސްދިނީ މުއިއްޒު. އިންޑަސްޓްރިއަލް ވިލެޖް ދޫކޮށްލީ މިސަރުކާރުން. އަސްލަމްމެން ފޮނި ކެޑިޔަސް ހަގީގަތަކީ އަސްލަމަށް ކުރެވުނު އެއްކަމެއްވެސް ނެތް. ދެން ހުރި ޗެއަޕާސަންގެ އެހެރީ ހުރިހާ ބިދޭސީf
އޮނަރަބްލް އަފީފު ދީދީ
10 November 2022
ޤާނޫނާއިޙިލާފު ބިދޭސިންގެމައްސަލަ ބޮޑުކަމަކަށްނުވާ ސަރުކާރުތަކަށް ތިކަންވެސްނުކުރެވޭނެ. އެހެންނޫނަސް ދައުލަތުގެޙަޒާނާއެއްކޮށް ތިރަށުމީހުންގެ އުފަލާއިއަރާމަށްޓަކައި ހޭދަކުރުމަށް ހިންގަމުންދާ "އެއްރަށްދައުލަތްސިޔާސަތު ދޫކޮށް" ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫގައި އިންސާނުނަށް ދިރިއުޅެވޭނެގޮތް ހަދާބަލަ.
ފާނު
10 November 2022
ނިކަމެތިންގެ ފުރާނަ ގުރުބާންކޮށްގެންވެސް ތިޔަ އަނިޔާވެރި ސިޔާސަތު ދަމަހައްޓާނެ ހުރިހާ ސަރުކާރުތަކަކުންވެސް... ހުރިހާ ސަރުކާރެއްކަވެސް ބަގުޑި ބައްދައިގެން ތިބެނީ ތި"މުޤައްދަސް" ރަށުގެ "ބޭފުޅުން" ވީމަ..
އަފްރާސިޔާބު
10 November 2022
ކޮން ސަރުކާރަކަށްތޯ ބިދޭސީންގެ މައްސަލައެއް އެއްވެސް ކަމެއްގައި އޮތްކަމަށް ގަބޫލުކުރެވެނީ. މައުމޫނު ސަރުކާރު، ނަޝީދުގެ ސަރުކާރު. ޔާމީނުގެ ސަރުކާރު، ސޯލިހުގެ ސަރުކާރު. ހައްތާ ބިދޭސީން އެތެރެކުރުމާއި އެތެރެވުމުގެ ފުރުސަތު ތައްމިނަށް ހުޅުވާލާފައިވަނީ.
ތައްޓޭ
11 November 2022
ކުރީގެ އެތައް ސަރުކާރެއް އައިސް ގޮސްސި މިސަރުކާރުން ތިޔަ ބޭރުން މީހުންނާ މެދު އެޅި ފިޔަވަޅެއް އަދި އެއްވެސް ސަރުކާރަކުން ނުކުރޭ، 17000 މީހުން ބޭރުކޮށްފި އެންމެ މައްސަލަ ބޮޑު ބަންގުލަދޭޝް މީހުން އެތެރެ ކުރުން ވަނީ މިސަރުކާރުން ހުއްޓުވައިފައި، އިގިހުރެ ތިމާގެ ނަފްސައް އޮޅުވާލާމީހެއްގެ ޙާލާމެދު ވިސްވަނާ!
ސަސ
10 November 2022
މިވަރު ވެގެން ދާއިރުވެސް އިންޑަސްޓްރިއަލް ޒޯނަކީ ކުނިގޮނޑެކޭ ކިޔާ ވަހާކަ ދެއްކި އަސްލަމް ކޮބާތަ؟ ހަމަ އެއްވެސް ޒިންމާއެއް ނޯންނަނީއޭ
568965
10 November 2022
ތިބުނާ މީހާވީ އެމެރިކާގެ މިޑްޓަރމް އިންތިހާބުގައި ވޯޓްލާން ގޮސް.