ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަކިކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިނުގަތުމަށް ނިންމާފައި --- ފޮޓޯ/ރައްޔިތުންގެ މަޖިލިސް
14 ނޮވެމްބަރ 2022 - 18:02
ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
ނަޝީދުގެ މަޖިލިސް މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ވަކީލު އަހުމަދު ތާލިބެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ މިސްރުގައި ކުރިއަށް ގެންދާ ކޮޕް-27 ސަމިޓްގައި ސްރީ ލަންކާ ތަމްސީލުކުރަން ނަޝީދު ވަޑައިގަތުމުންނެވެ. އެކަމާ ގުޅިގެން ނަޝީދަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިއަދެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ.
ގާނޫނުއަސާސީ ބުނާގޮތުން މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
ނަޝީދު، ސްރީ ލަންކާ ތަމްސީލު ކުރައްވާތީ ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިން ބުނެފައިވަނީ އެ ދަތުރުގެ ހަރަދުތައް ދިވެހި ދައުލަތުން ކުރަން ނުޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަޠީފު
15 November 2022
ތިކޯޓަށް ކެރޭނެތަ ސުމޯޓޯ އުސޫލުން މައްސަލައެއް ބަލަން. މަލޭގެ މަހުޖަނުންތަކެއް ފަހަތުގަ ތިބެގެން، ދިވެހި ރާއްޖޭގެ ފަރުކޮޅުފުށީ ފަރުންހިއްކި ބިން މާލޭގެ މީހުންނަށް ހިލޭ ދޭން.
އިމަނާ
15 November 2022
އެނގޭ ތިޔަހެންކަންވާނީ. ތިޔަ މީހާއާބެހޭ ކޮންކަމެއްތޯ ބެލީ. ކިތައްކަންތައްތޯ މީޑިޔާގަ ފާޅުގަ ބުނެފަހުރީ. ޞާލިހާބެހޭގޮތުން ކިހާ ބޮޑު އިލްޒާމެއްތޯއެޅުވީ. ކޮންބަޔަކަށް އެކަންބެލުނީ. އަދިއޮތީދުވަސް ގާތުގަ.
ށަވިޔަނި
15 November 2022
ތާކުންތާކު ނުޖެހޭ މައްސަލަތައް ހުށަހަޅީމަ ބަލާނުގަންނާނެ އެއް ނޫން. ކޮންމެ މީހަކު މިހާރު ދެކެނީ ގާނޫނަކީ އަދި އަދުލަކީވެސް ތިމަންނާގެ ހިތައްއަރާހާ އެއްޗެއްކަމަށް. ތިމާގެ ވިސްނުންކަމަށް.
ވޮޗަރ
15 November 2022
އެެެއީ ޑުރާމާއެއް
ދަތްނެތްކުއްޖާ
15 November 2022
މި ސިޔާސީ ކޯލުން ގަނޑު ތެރޭގައި ރައްޔިތުން ވަނީ ހަފުސް. ބަޖެޓޭ އެ ކިޔާ އެއްޗެއް ގޮސް މިހާރު ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް ގޮސް އޮބާލަނީ! އަދިވެސް ރައްޔިތުން ނަކަށް މިވެރިން މިޖަހާ ސަކަރާތަކަށް ހޭވެރިކަމެއް ނާދޭ. ވާނީވެސް އެހެންތާ! ޤައުމު ވެސް ވަނީ މަސްތުގެ ހާލަތުގަ ޖެހިފާ. ކަލޯ ބޯހަލާކު!
ކުކްރެއްލާ
14 November 2022
މައްސަލަ ހުށަހެޅި ކުދިން، ދެން ލަލަލާ....
ށަމްސުނާ
14 November 2022
ތިޔަ ރެޖިސްޓަރ މައްސަލަ ބަލައިނުގަތް ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި ނުފޫޒު ބޭނުންކޮށްފައިވާކަމަށް ފެނޭ. ކޮންމެސް ދޒވަހަކުން ރެޖިސްޓަރގެމައްސަލަ ބެލޭނެކަމަށް ހީކުރަން
އެމްސް
15 November 2022
މިހާރަށްވުރެވެސް ޚުދުމުޚުތާރު ޒަމާނެއް އައިއްސިޔާ ތިޔަކަންވެސް ހިނގާނެ!
ހަސަނު
14 November 2022
މި ފަދަ ސިޔާސީ ކަންކަން ކީޓުން އެންޓަޓެއިން ނުކުރާނެ...
ކިންގް ޗާލްސް 10
14 November 2022
ބަލާގަންނާކަށް ނުކެރޭނެ