ފުލުހުން މީހެއްގެ ހަށިގަނޑު ފާސްކުރަނީ: ބޮކްސާ ތެރޭގައި ޑްރަގް ފޮރުވައިގެން ގެންދިޔަ މީހަކު އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
21 ނޮވެމްބަރ 2022 - 10:53
ލައިގެން ހުރި ބޮކްސާގެ ތެރޭގައި ފޮރުވައިގެން އައްޑު އަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސ. ހިތަދޫގެ އެ މީހާ ޖެނުއަރީ 2020 ގައި ހައްޔަރުކުރީ ވައިގެ މަގުން މާލެ އިން އައްޑު އަށް މަސްތުވާތަކެތި ގެންދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު، ފާސްކުރަން އުޅުމުން އޭނާ އަމިއްލަ އަށް ވަނީ ބޮކްސާގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވެ، އެ ތަކެތި އަމިއްލަ އަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ. ބޮކްސާގެ ތެރެއިން 99 ގްރާމްގެ މަސްތުވާތަކެތި ފެނުނެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގައި ވަނީ އެ މީހާ އެ ދައުވާއަށް އިންކާރު ކުރިޔަސް، މަސްތުވާތަކެތި ފުލުހުންނާ އަމިއްލަ އަށް ހަވާލު ކުރުމުގެ އިތުރުން ބަންދު މުއްދަތު މަޖިލީހުގައި ވެސް ކުށަށް އެއްބަސްވެފައިވާ ކަމަށެވެ.
އެ މީހާ ހުއްޓުވައި، ފާސްކުރި ކަމަށް ވިޔަސް، ހުކުމުގައިވާ ގޮތުން އެކަމުގައި ގޯހެއް ނެތެވެ. ސަބަބަކީ މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ވަގުތާއި އެ މީހާ ހައްޔަރުކުރި ވަގުތާ ދެމެދު ގިނަ ވަގުތުތަކެއް ނުވާތީ ކޯޓު އަމުރެއް ނެތި ހުއްޓުވުމުގައި އެކަށީގެންވާ ސަބަބެއް އޮތުމެވެ.
ފުލުހުން އެ މީހާ ހުއްޓުވީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވާތީ އެކަމުގައި ފުލުހުންގެ ނުބައި ނިޔަތެއް ފެންނަން ނެތް ކަމަށް ހުކުމުގައި ބުންޏެވެ. ހެޔޮ ނިޔަތުގައި ހޯދާ ހެކިތަކުގައި އިޖުރާއީ މައްސަލަތަކެއް ހުއްޓަސް، ހެކި ބަލައިގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި އެ މީހާ އުމުރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ދެ އަހަރާއި 23 ދުވަހު ބަންދުގައި ހޭދަ ކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި 11 މަހުގެ ޖަލު ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހިރުވަށް
22 November 2022
ތިޔަ ދިމާވީ ވަރަށް ދެރަކޮށް. އެސޮރުގެ ތަނެއްގައި ޑްރަގު ތަތްލާފަ ހުރިކަން އެސޮރަށް ނޭނގުނުނަމަ ސަލާމަތްވީހެއްނު. އޭރުން ގައިމުވެސް އެސޮރު އެއްޗެއް ނޫންކަމަށް ހުކުމެއް ކުރެވިދާނެ ވިއްޔަ. ވެދާނެ ޑްރަގަށް ތަންކޮޅެއް ޅަފަތުގައި އުޅެވޭތީ ލާރިކޮޅު މަދުސޮރަކަށްވެސް.
ވަހީދުބެ
22 November 2022
ދަރިންނަށް ހިނގަން ދަސްކޮށް ދިނުމުން އެކަނި ނުފުދޭ. މަގުތަކުގައި ހުންނަ ވަޅުގަނޑުތަކަށް ނުވެއްޓި، ތަންތަނުގައި ނުޖެހި ހިނގަން ވެސް ދަސްކޮށްދޭން ޖެހޭ.
ވޮޗްމޭން
21 November 2022
އެސޮރަށް 99 ކިލޯ ބޮކްސާގައި ރައްކާކޮށްގެން އުފުލުނު ނަމަ ތިކަން ނިމޭނީ ސާބިތުނުވާ ކަމަށް.
ބޮއްޓި ޑީ ޚަލީފާ
21 November 2022
ބޮކްސާއަކީ ނުލާހިކު މާތް ގުނަވަނެއްގެ ޖިފުޓިއެއް. އެތަނަށް ފާޑުފާޑުގެ އެއްޗެހި ލައިގެން އުޅުމަކީ ރަގަޅުކަމެއް ނުން.
ހުސްނުހީނާ
21 November 2022
ހުކުމެއް އަޔަސް މިއައްނަނީ ބޮއްކުރަޔަށް. ބޮއްކުރާ ކުރާކަމަކީ އޮޑި ކައިރިޔަށްގޮސް މުދާ އަރުވައިގެން އެކި ދިމަ ދިމާލަށް ސަޕްލައި ކުރަނީ. އޮޑި ހުއްޓުވަބަލަ! އޮޑިޔަށް ހުކުމް އިއްވަބަލަ! އެހެންނޫނީ ކިހިނެއް ތިކަން ހުއްޓުވާނީ!
ބޮކްސާ ނެޕީ
21 November 2022
ބަލަ ތިއަކު ނެތް ހަބަރަކައް ވާކަހަލަ ހަބަރެއްވެސް.
އަލީހަމީދު
21 November 2022
ޑްރަގްގެ ބޮޑެއް ނޫނިއްޔަ ސަލާމަތެއް ނުވެވޭނެ. އެންމެ 99 ގްރާމް. އޭނައަތުގަ ހަދިޔާދޭނެ މާގިނަ ލާރިއެއް ނުހުންނާނެ.
އަފްރާސިޔާބު
21 November 2022
ރަގަޅުވާހަކައެއް. ކުރީ ދުވަހެއްގައި މިނޫހުގައި އޮތް ތިފަދަ މައްސަލައެއްގައި އެމީހާ ހުއްޓުވައި ފާސްކުރީ ކޯޓު އަމުރެއްނެތި ކަމަށްވާތީ ކޯޓުން އޭނާ ދޫކޮށްލީކަމަށް. ފުރަތަމަ ކުރިކަންތައް ގޯސްވެއްޖެއް އޭގެ ފަހުން ހިންގި ކަންކަން ގޯސް ކަމަށް ނޫންތޯ އެދުވަހު ބުނީ. އަޅެ މިހާރު ނޫހުން މި ކަންކަން ތަހުލީލީ ނަޒަރަކުން ނޫހުގައި ލިޔެދޭންވީ ނޫންތޯ؟
ހޮއްކޮ
21 November 2022
ހޫން އެހާ މަދުން ގެންދިއައިމަ ލާނީ ޖަލަށް. ކިލޯ އެއްވީމަ ސާބިތު ނުވާނެ. ޢޭރުން އެންމެންނަސް ރަނގަޅު ބައެއް އެޅޭނީ
ފެންނަ ފެނުމުގަ
21 November 2022
ތިޔަވާނީ ހަސްފަށް ނެތް ފަކީރަކަށް