މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަދައްކަވަނީ. -- ފައިލް ފޮޓޯ: މަޖިލިސް
23 ނޮވެމްބަރ 2022 - 12:58
މި ސަރުކާރަށް މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކޮށްދޭން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އީވާ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅައި، މިހާރު ބަޖެޓް ކޮމިޓީން ފާސްކޮށްފައިވާ ބަޖެޓާ ގުޅިގެން ވެސް އީވާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ގޮތަށް ފާސްކުރި އެ ބަޖެޓަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދެއް ނުކުރައްވަ އެވެ. އޭގެ ތެރޭގައި އީވާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި ވަރަށް މާލޭ ބާކީކޮށްފައި އެ ބުނަނީ، މާލެ ނުލައި ވެރިކަން ކުރާށޭ މި އުޅެނީ. ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތެއް ނުކުރާނަމޭ ބުނަންޏާ ހަމަ މާލޭގެ ބޯހިޔާވަހިކަން ވެސް ހިމަނަން ޖެހޭ: އީވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ އެކު މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، އީވާ ހުންނެވީ ނަޝީދު ފަޅީގަ އެވެ. އީވާގެ އިތުރުން ނަޝީދުގެ ފަޅީގައި ތިއްބެވި އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް، މިހާރު، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ.
"މި ވަރަށް މާލޭ ބާކީކޮށްފައި އެ ބުނަނީ، މާލެ ނުލައި ވެރިކަން ކުރާށޭ މި އުޅެނީ. ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތެއް ނުކުރާނަމޭ ބުނަންޏާ ހަމަ މާލޭގެ ބޯހިޔާވަހިކަން ވެސް ހިމަނަން ޖެހޭ،" އީވާ ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެމްޑީޕީއާ މެދު ރައްޔިތުން ކުރާ އުއްމީދަކީ ހަމައެކަނި ރަށްރަށުގެ ބަނދަރު ހަދައިދިނުމަށް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލިއިރު އަނެއްކާވެސް ފެނުނީ އަމިއްލަ ވިޔަފާރިތަކަށް ލިބޭ ފުރުސަތުތައް ހަނިކުރި ތަން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އެއީ އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ވެސް މުޅިން ހިލާފު ކަމެކެވެ.
"ސަރުކާރު ހިންގާ ކުންފުނިތައް ބޮޑުވަމުން، ބޮޑުވަމުން ގޮސް މިހާރު ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލާ ހިންގުން ނޫން ހުރިހާ ވިޔަފާރީއެއްގެ ތެރެއަށް ކުންފުނިތައް ވަދެއްޖެ. އިއްޒަތްތެރި ރައީސް އެމްޑީޕީގެ އެންމެ އަސާސީ އެއް ވިސްނުމާ ހިލާފަށް ސަރުކާރަކީ މިހާރު ވިޔަފާރިކުރާތާކަށް ވެއްޖެ،" އީވާ ވިދާޅުވި އެވެ.
ބައެއް ކުންފުނިތަކާ ހެދި ދައުލަތަށް ބުރަ ބޮޑުވަނީ! https://t.co/29OGCUpKyA
— Mihaaru (@Mihaarunews) November 8, 2022
އިގުތިސާދު ހަމައަކަށް އެޅުވުމުގެ ނަމުގައި މި ސަރުކާރުން އުޅެނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް އީވާ ތުހުމަތު ކުރެއްވި އެވެ. އެ އޮޅުވާލުންތަކުގައި އެންމެ ބޮޑު ރޯލެއް ކުޅޭ ބަޔަކީ ވެސް ސަރުކާރު ހިންގާ ކުންފުނިތައް ކަމަށް އޭނާ އިޝާރާތް ކުރެއްވި އެވެ.
"ސަރުކާރުން ހިންގާ ކުންފުނިތަކަށް ސިޔާސީ މީހުންތައް ލަމުންލަމުން ގޮއްސަ އެ ބުނަނީ، ދެވަނަ ދައުރު ހަމަޖައްސަން އުޅޭ ވާހަކަ. އެ ދައްކަނީ އިގުތިސާދު ހަމަޖައްސަން އުޅޭ ވާހަކައެއް ނޫން. މެދު ރާސްތާ އާއި ކުރު ރާސްތާ އާއި ދިގު ރާސްތާ އަށް އިގުތިސާދު ހަމަޖެއްސުމަކީ އަޅުގަނޑުމެންނަށް ވެސް އެނގޭނެ އަމިއްލަ ވިޔަފާރިތައް ހަމަޖެހުން،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީގެ ސިފައިގައި އެމްޑީޕީގެ އަސްލު ވައުދެއް ވެސް ފުއްދަން ޖެހޭނެ: އީވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު
އީވާ ވިދާޅުވީ ބަނދަރާއި ފެނާއި ނަރުދަމާގެ މުހިންމުކަން އޮޅޭނެ މީހަކު މިހާރު ނުހުންނާނެ ކަމަށެވެ. އެއީ އުއްމީދަކަށް ވުރެ ބޮޑަށް ކޮންމެ ބަޔަކަށް ވެސް ލިބެން ޖެހޭ އަސާސީ ހައްގެއް ކަމަށް ވިދާޅުވި އެވެ. އެމްޑީޕީއާ މެދު ރައްޔިތުން ކުރާ އުއްމީދަކީ ހަމައެކަނި ބަނދަރެއް ހަދައިދިނުން ކަމަށް ވެއްޖިއްޔާ، އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
"ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީގެ ސިފައިގައި އެމްޑީޕީގެ އަސްލު ވައުދެއް ވެސް ފުއްދަން ޖެހޭނެ،" އީވާ ވިދާޅުވި އެވެ.
"ކޮންމެ ބަނދަރަކާ ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވައްކަން ހޯދާތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން މި ސަރުކާރުގެ ވެންޓިލޭޓަރުގެ ވައްކަން ހޯދަން އުޅޭތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގަލޮޅު އުތުރު، މާލެއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގެއްލިފައިވާ ރިލްވާނާއި މަރާލާފައިވާ ޔާމީނަށް އިންސާފު ހޯދާތަން ފެނަން ޖެހޭނެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔާ
24 November 2022
އިންސާފަކުން ނޫން ފްލެޓް ދީފަ ހުރީކީް އަތޮޅު މީހުން ރަށުގާ ގެސްޓް ހައުސް އަޅާފަ މާލެއިން ފްލެޓް ލިބިފާ ތިބި މީހުން މަދެއް ނޫން. އަދިވެސް މާލެ ކުދި ގޮޅިތހަކުގާ ތިބި މީހުން ގެ ބޯހިޔާ ނުވޭ.ރާއްޖެތެރެ ވިޔަސް މާލެޗތެރެ ވިޔަސް މުއްސަނދިން މުއްސަނދި..
ނާނާ
24 November 2022
މާލެ މީހުންގެ ގެތަށް ހުރީ އިގިރޭސިވިލާތުގަ
ނޯޓީ ބޯއި
24 November 2022
މާލޭގެ 75% އޮތީ ކުއްޔަށް ދީފަ. ދެން "އިންސާފުން" ދިން ފުލެޓުތަކުގެ %45 ވެސް ކުއްޔަށް ދީފަ. ނިކަމެތިންނާށޭ ކިޔާފަ ދެނީ ކަލޭމެން ބޭނުން ބަޔަކަށް..
ކަލީމް
24 November 2022
އަމިއްލަ ޕާޓީ ފެއިލް ވީމަ ތިމަންނަ މީ އަމިއްލަ ޕާޓީ މީހަކަށްވުރެ ވިސްނުން މާ ތަނަވަސް ތަންދޮރު ދަންނަ މީހެއްކަމަށް ހެދޭނެކަމެއް ނެތް. އަމިއްލަ އެދުންވެރިކަމެއް ނެތިއްޔާ މަޖުލީހުގެ ނައިބުކަމުން އިސްތިއުފާދީ، ތިމާގެ ބޮޑުބޭބެ ރައީސްކަމުގެ ހުއްޓާ ތިމާ ނައިބަކަށް އަރަން ލަދެއްނެތި ތިހުންނަނީ ކިންގްޑަމެެއް ހަދައިގެން ޑިމޮކްރަސީގެވެސް ކާފައަކަށް ވެގެން
ހުތްއާދަނު
24 November 2022
15 އަހަރު ، މާލޭ މީހުން މޮޔައީތަ
ބަޑިތަކުރު
24 November 2022
ފްލެޓް ދިނީމާ ތަންކުއްޔަށްދީފައި ހަމަ ތިޔަބުނާ ދަތިހާލުގައި އަމިއްލަ ގޭގައި އުޅެފައި ލިބޭފްލެޓުން ނަގާކުލި ދައުލަތަށް ނުދައްކަންޏާ ދެން ފްލެޓާ ގޯއްޗާ ދޭނީ ކިހިނެއްހެއްޔެވެ. ދައުލަތަށް ދައްކަންވާ އެއްޗެއް ނުދެއްކިޔަސް އެތަންތަނުން ބަރާބަރަށް ބޮޑުކުލި ނަގަމުން ގެންދެއެވެ. ވީއެންމެ އަވަސް ފުރުޞަތެއްގައި ޤާނޫނެއް ހަދައި ކުލި ނުދައްކާނަމަ އެޅޭނެ ފިޔަވަޅުތަކެއް ތަންފީޒްކުރެވޭނެގޮތެއް ހަދަންވެއްޖެއެވެ.
ބަބޫ
24 November 2022
އީވަަމެން ޖެހޭނީ ދެން ފޮނުއަރުާލަ އަރުވާލާ ތިބެން. އެމްޑިޕީގަވެސް މިހަަރު ތިމީހެއްގެ ވައެއް ނެތް. ނަޝީދު އަށް ސަޖިދަ ޖަހައިގެން ކުރިޔަކަށް ނުކަނޑާނެ. އެހެލާފަ ތިތިބީ
ދަގަތްފާނު
23 November 2022
މަޖިލީހުގެ ނައިބުކަޒިންގެ އެހަރީ ރުޅިއައިއްސަ، ދުންމާރި ފުމެގަންނާނެއިރެއް ނޭނގެނީ.
މާލޭ އޮށް
23 November 2022
މިހާރު ދެން ފޫހިވާން ފަށައިފި. ޕޕމ މޑޕ އަށް ރައްޔިތުން ސަލާމއ ބުނަން ޖެހޭ އެބަ
ކޮރަލް
23 November 2022
ސަރުކާރަށް 4 އަހަރު ވީއިރު ކަމެއް ކޮށްނުދެވުނު ވާހަކަ ދައްކާ އިރު އީވާ މަޖްލިސް މެމްބަރުކަން ކުރާތާ 14 އަހަރު ވެއްޖެއެވެ. ދާއިރާ އަށް ކޮށްދެވުނު ކަމެއް ފެންނާ ކަށް ނެތެވެ.
ސައިނީސް
23 November 2022
އީވާމެން އެބަޖެހޭ ބަދަލަކަށް ތިގޮނޑި ދޫކޮށްލަން ހެޔޮނުވާނެ ، ކަބުލޮއަކަށް ތިކަމެއް ނުވެޔޭ!