މިދިޔަ އަހަރު ރާއްޖެއަށް ހޭޒްގެ އަސަރުކުރިއިރުގައި މާލޭގެ މަލަމަތި ފުސްވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ޑިސެމްބަރ 2022 - 22:04
އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ވެސް ކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެ، ވައި ތަޣައްޔަރުވެއްޖެ އެވެ.
ހޭޒްގެ އަސަރު މި ދުވަސްވަރު ރާއްޖެއަށް ބޮޑަށް ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކުގަ އެވެ. މީގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އަދި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ.
މެޓް އޮފީހުގެ އިންޒާރުގެ ނޯޓިސްއެއްގައި މިއަދު ބުނީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި އިންޑިއާގެ އުތުރުގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖެއަށް ހިރަފުސްގެ އަސަރުކުރާ ކަމަށެވެ. މި އަހަރު ވެސް މި ދުވަސްވަރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް ބުންޏެވެ.
އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ ދަށްވެފައެވެ.
— Maldives Meteorology (@MetMaldives) December 1, 2022
Visibility has reduced in northern and central atolls pic.twitter.com/DEMOAyymxF
"މިކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ،" އެ ނޯޓިސްގައި އެވެ.
ހޭޒްގެ އަސަރުކުރަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ކަމަށް ވިޔަސް، މެޓް އޮފީހުން މިވަގުތު ވައިގެ ނުސާފުކަން ޓެސްޓެއް ނުކުރެ އެވެ. އެ މަސައްކަތްކުރަނީ އީޕީއޭ އިންނެވެ. މިކަމާގުޅޭ ގޮތުން އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖޭގެ ވައިނުސާފުވުމާ ގުޅިގެން ސިއްހީ ކަންކަމާ ބެހޭ އިދާރާއަކުން އަދި އެއްވެސް އިލްތިމާސެއްކޮށްފައި ނުވިޔަސް، ވައިގެ ކޮލެޓީ ދެނެގަންނަ ބައެއް އެޕްތަކުން ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ވައިނުސާފުވެއިވާ ކަމަށް ދައްކާތީ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Yes, not looking very good, especially for those sensitive groups with underlying conditions pic.twitter.com/XSmbHYMcUd
— Ahmed Fizal (@Ahmed_Fizal) December 1, 2022
ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ" އިން ދައްކާގޮތުގައި، މާލޭގެ މިއަދު އެއާ ކޮލެޓީ އިންޑެކްސް ހުރީ 100-150އާ ދެމެދުގަ އެވެ. އެހެންވެ މާލެއަށް އޮތީ އޮރެންޖު އެލާޓް ދީފަ އެވެ. އޭގެ މާނައަކީ ނޭވާލުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމެވެ.
އެކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ބަހެއް އަދި ނުލިބެ އެވެ.
މިދިޔަ އަހަރު ފަހުކޮޅު ވެސް ރާއްޖެއަށް ހޭޒްގެ އަސަރު ވަރަށް ބޮޑަށްކޮށް ވައި ތަޣައްޔަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅި
03 December 2022
ސަޅި މިހާރު ބަލާބެލުމަށް ވެސް ވައްތަރީ އިންޑިއާގެ އަވަށްގަނޑަކާ
ޏރބތބ
03 December 2022
އިންޑިއާ ނަޖިސްތައް
ނައިންޓީ
02 December 2022
މޫސު މް ބަދަލުވާއިރު ނުސާފު މައްސަލަތައް ކުރި މަތި ވާނެ. ބައެއް ފަހަރަށް އުދަ އަރާ ފަހަރުވެސް އާދޭ.. މިޒަ މާނުގެ އިލް މު ނުކިޔަވާ ތިބި ދިވެހިންނަށް އެކަންކަން އެނގޭ. ނަ މަވެސް މިޒަ މާނުގެ ޢިލް މުން މަތީފާސްތައް ނެގިވަރަކަށް ރާއްޖޭގެ މޫސު މް އެ މީހުނަކަށް ރޮލެއް ނުފިލާ. ވިއްސާރަ ވިޔަސް ވައި ގަދަވިޔަސް އުދަ އެރިޔަސް ޖައްވު ނުސާފު ވިޔަސް ހީވަނީ ދުވަހަކު ނުދެކޭ އާކަ މެއް ވެގެން އުޅޭހެން.
މިފަހަރު
02 December 2022
ވައިގެ ސުލޫކީ މައްސަލައެއް ބެލޭކަށް ނޯންނާނެ އިންޑިއާއިން އަންނާތީ.
ހުވޭ
02 December 2022
އަހަރެމެން ކާފަމެން ކިޔާއުޅެނީ އިރުވައި ފުސް އަންނަނީޔޯ.
ބޮޑުމީހާ
02 December 2022
އީޕީއީއިން އިންޑިޔާ ޖޫރިމަނާކުރަންވީނުން
އެނގޭނެ
02 December 2022
ތިޔަ ކަހަލަ ވަޔަށްވެސް މިހާރު ހަބަރު ލިބިފަ އޮންނާނީ ކޮންމެ ކަމެއްގައިވެސް ރާއްޖެ ގެންގުޅެނީ އިންޑިއާ-ފަސްޓް ޕޮލިސީކަން. އެހެންވީމަ އެ ވައިވެސް އެންމެ ކުރިން މިދިމާލަށް މިސްރާބުޖަހާފާނެ.
ބަބޫ
02 December 2022
ކޮއްމެ އަހަރަކު މި މޫސުމުގަ ވާކަމެއްތީ?????. މޫސުމީ ކަމެއް
ކުޗީ
02 December 2022
މިކަމުގައި ވެސް ހުރިހާ ޝުކުރެއް އިންޑިޔާއަށް ... އެމީހުން އަހަރުމެންނަށް ދެނީ ހަމައެކަނީ ލޯނެއް ނޫން ...
އެޑްމުންޑޯ
02 December 2022
ވައިތައައްޔަރުވެ ދުނިޔެ ދަނީ ނުސާފްވަމުން ، ރާއްޖޭގައި ރައްރަށުގެ ގިނަބަޔަކު ބޮނީ ވާރޭފެން ، މިހާރު މިވާގޮތުން ވާރޭފެން ބުއިމަކީ ނުރައްކާތެރިކަމެއް ، މިކަމާ ސަރުކާރުން ވިސްނަން އެބަޖެހޭ ، ރައްރަށުގެ ރައްޔިތުންނަށް ސާފްބޯފެން އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަން އެބަޖެހޭ ، މިހާރު މާލެއިން މިނަރަލްވޯޓާ ރަށައްގެނެސް މިވިއްކަނީ ވަރަށް އަގުބޮޑުކޮށް ، އެރަށުން ގަނެގެން ބުއިމަކީ ވަރަށް ޚަރަދުބޮޑު ކުރެވޭނެ ކަމެއްނޫން ،