ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް: ނޮޅިވަރަމްގައި މަރުވި އަންހެން މީހާގެ ފިރިމީހާ މިހާރު ހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި
10 ޑިސެމްބަރ 2022 - 17:41
ހދ. ނޮޅިވަރަމްގައި މިއަދު މަރުވި އަންހެން މީހާގެ މަރުގެ މައްސަލާގައި ތުހުމަތުވާ އޭނާގެ ފިރިމީހާ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސް އަމިއްލައަށް ހަވާލުވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ އެ އަންހެން މީހާ މަރުވުމުން އޭނާ ލޯންޗެއްގައި ނޮޅިވަރަމުން ފުރައިގެން ދިއުމުން އެ ރަށު ބައެއް މީހުން ތުހުމަތު ކުރަނީ ފިރިހެން މީހާއަށެވެ. އަންހެން މީހާ މަރުވި ސަބަބެއް އަދި ނޭނގެ އެވެ.
އެނގިފައިވާ ގޮތުގައި އދ. ފެންފުށްޓަށް ނިސްބަތްވާ ފިރިހެން މީހާ ފުރައިގެން ދިޔައީ ކުޅުދުއްފުއްޓަށެވެ. އޭނާ މިހާރު ހުރީ އެ ރަށު ޕޮލިސް ސްޓޭޝަންގައި ކަމަށް ވިޔަސް، އޭނާ ހައްޔަރެއް އަދި ނުކުރެ އެވެ. އޭނާ ހައްޔަރު ކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް މިހާތަނަކަށް ނުލިބެ އެވެ.
އަންހެން މީހާ މަރުވުމުގެ ގަޑިއިރުތަކެއް ކުރިން ވެސް އެ ދެމަފިރިންނާއި ދަރިންގެ ފޮޓޯތައް ފިރިހެން މީހާގެ ފޭސްބުކްގައި ޕޯސްޓްކޮށްފައިވެ އެވެ.
އެ ދެމަފިރިންގެ ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy