ޚަބަރު

އެތައް އަހަރުތަކެއް ފަހުން ވެސް ވެލިކަލަގެ ހަނދާންތައް ދިރިދިރި!

އަމީނިއްޔާ ސްކޫލުގައި އޮތް ޖަލްސާއެއްގައި ވެލިކަލަ، ކުރީގެ ރައީސް މައުމޫނާ ސަލާމް ކުރައްވަނީ -- ފޮޓޯ: އަމީނިއްޔާ ސްކޫލް

އޭނާގެ ތޮބީއަތަކީ ވެސް ރަނގަޅު އަޚުލާގެވެ. އެހެންވެ، އޭނާ އަމީނިއްޔާގެ ޕްރިންސިޕަލް ކަމުގައި ކުސުމަތީ ވެލިކަލަ ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ދަރިވަރުންގެ އަޚުލާގެވެ. އަމީނިއްޔާ ސްކޫލުގެ ދިގު ތާރީހުގައި، އެ 12 އަހަރު ވަކިން ކަނޑާނަގައި ހާއްސަ ކުރެވެނީ އޭނާގެ އަމިއްލަ ރީތި ސިފަތަކަކާ އެކު ސްކޫލުގެ ސަގާފަތް ވެސް ބަދަލުކޮށްލީމަ އެވެ. ކިޔެވުމަށް މޮޅު ދަރިވަރުންތަކެއް ނުކުމެ، ރާއްޖޭގެ އެންމެ މަތީ ސަފުގައި މިއަދު ތިބީ އެ ހުރިހާ އާދަތަކެއް އޭގެ ތެރެއަށް ވެއްދީމަ އެވެ. -- އެއީ އެކަކު ވެސް، އަދި އެ 12 އަހަރުގެ ތެރޭގައި އެ ފުރާޅުގެ ދަށުގައި ކިޔެވި އެއްވެސް ދަރިވަރަކަށް ދެކޮޅު ހެދެން ނެތް ހަގީގަތެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް، 80ގެ ތެރޭގައި ބޭރުން ގެނައި ޕްރިންސިޕަލުންގެ ތެރޭގައި ހިމެނިވަޑައިގަތް އެންމެ ވަރުގަދަ އެއް ޕްރިންސިޕަލް، ސްރީލަންކާ އަށް އުފަން ވެލިކަލާ، އުމުރުން 92 އަހަރުގައި އިއްޔެ ވަނީ އަވަހާރަވެފަ އެވެ. އެކަމަކު، އޭނާގެ ހަނދާންތައް އަދިވެސް އަމީިނިއްޔާގެ ހަތަރު ފާރުގެ ތެރޭގައި ތާޒާކޮށް އެބަހުއްޓެވެ. އޭގައި ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ވެލިކަލަ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމާ ހަވާލުވެ ވަޑައިގަތީ މީގެ 34 އަހަރު ކުރިން 1988ގަ އެވެ. ނުވަ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތީ 1992 ވަނަ އަހަރު އެވެ. އެ ނުވަ އަހަރު ވެގެން ދިޔައީ އަމީނިއްޔާގެ ރަންޒަމާނަށެވެ. ފެނުނީ ތަފާތު ހިންގުންތެރިއަކަށެވެ. "ވެލިކަލަ" މި ނަމަކީ ތައުލީމީ ދާއިރާގައި ވެސް ވަރުގަދަ، އަދި އިހުތިރާމް ލިބޭ ނަމަކަށް ވި އެވެ.

އޭގެ ފަހުން ވެސް ވެލިކަލަ ރާއްޖެ ވަޑައިގެން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަން ކުރެއްވި އެވެ. އެއީ 2003 ގައި، އޭރު އަމީނިއްޔާގެ ޕްރިންސިޕަލް ކަމުގައި ހުންނެވި ޑރ. އާމާލް އަލީ ކިޔަވާވިދާޅުވާން ބޭރަށް ވަޑައިގަތުމުން އޭރުގެ އެޑިއުކޭޝަން މިނިސްޓަރުގެ އެދިވަޑައިގަތުމަކަށެވެ. އެ ފަހަރު ތިން އަހަރު އަމީނިއްޔާގެ ޕްރިންސިޕަލް ކަން ކުރެއްވި އެވެ.

އޯގާތެރި ޕްރިންސިޕަލްއެއް، ދަރިވަރުންނަށް "މަންމަ"އެއް

"ވެލިކަލަ އަކީ ވަރަށް އޯގާވެރި ބޭފުޅެއް، ވަރަށް ކެއަރިން ވަރަށް މަދާލީ [މައެއްގެ] ގޮތެއް ހުންނާނީ. އަންހެން ކުދިންގެ ސްކޫލަކަށް ވަރަށް އައިޑިއަލް ބޭފުޅެއް،" ތައުލީމީ ދާއިރާގެ ތަޖުރިބާކާރު، އަދި ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވި އެވެ.

ވެލިކަލަ އަމީނިއްޔާ ސްކޫލުގެ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ: ތައުލީމީ ދާއިރާގެ ބޭފުޅުން ވެލިކަލަ ސިފަ ކުރައްވަނީ މަންމައެއްގެ ގޮތުގައި -- ފޮޓޯ: އަމީނިއްޔާ ސްކޫލު

ވެލިކަލަ އަމީނިއްޔާގައި މަސައްކަތް ކުރެއްވި އިރު، އަންވަރު ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގައި ސްކޫލުތައް ބެލެހެއްޓުމުގެ ވަރަށް އިސް މަގާމެއްގަ އެވެ. އަންވަރަށް ވެލިކަލަ ފެނިވަޑައިގަތީ ދަރިވަރުންނަށް އޯގާތެރި، އަދި ކިޔެވުމުގެ ކަންކަމުގައި ކުދިންގެ ކުރިމަގަށް ވިސްނެވި ބޭފުޅެއްގެ ގޮތުގަ އެވެ.

"އެއީ ކުދިންގެ ކަންތައްތަކުގައި ވަރަށް ބޮޑަށް އުޅުއްވި ބޭފުޅެއް. ކިޔަވައިދިނުމުގެ ކަންކަމަަށް ވެސް އެހާ ބޮޑަށް އުޅުއްވި، ޓީޗަރުންނަށް އިރުޝާދު ދެއްވާ، ވާނުވާ ބައްލަވާ، އުނިވާ ކަންކަން ބައްލަވާނެ. ފަހަތަށް ޖެހޭ ކަމެއް އޮތް ނަމަ އެކަމަކަށް ވެސް ވާހަކަ ދައްކަވާނެ،" އަންވަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ އެއީ އޭރުގެ ހުރިހާ ޕްރިންސިލުންގެ ތެރެއިން ކުދިންގެ ކަންކަމަށް އެންމެ އިސްކަމެއް ދެއްވި ޕްރިންސިޕަލޭ."

މުދައްރިސުންގެ ކަންކަމުގައި ވެލިކަލަ ބަހައްޓަވާ ފަރުވާތެރިކަމާއި ދެއްވާ އިރުޝާދު ވެސް އަންވަރު ފާހަގަ ކުރެއްވި އެވެ.

އަމީނިއްޔާ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާއެއްގައި ވެލިކަލަ އާއި އެ ސްކޫލުގެ ބައެއް މުވައްޒަފުން ބައިވެރިވަނީ

ވެލިކަލާގެ އެންމެ ހާއްސަ އަނެއް ސިފަ އަކީ، އަންވަރު ވިދާޅުވި ގޮތުގައި މުޅި ތައުލީމީ ސިސްޓަމް ރަނގަޅުކުރުމަށް އޭނާ އަމިއްލަ ގޮތުން ވެދެއްވި އެހީތެރި ކަމެވެ. އެއީ، އެހެން ސްކޫލެއްގެ ކަމެއް ވިޔަސް ހެވެވެ.

އޭގެ އެއް މިސާލެއްގެ ގޮތުން އަންވަރު ނެންގެވީ، 1991 ގައި އޭނާ ތައުލީމީ ދާއިރާ އަށް ކޮށްދެއްވި އަގުހުރި ހިދުމަތެކެވެ. ގްރޭޑް 8 އަށް ވަންނަ ކުދިންނަށް، އެ ގްރޭޑަށް ވަންނަ އިރު އެނގެން ޖެހޭ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް އޭރު އެޑިއުކޭޝަނުން ވަރަށް ބޮޑު ހަރަކާތެއް ހިންގި އެވެ. އެ ކަމަށް އުފެއްދި ސަބްޖެކްޓް ކޮމެޓީތަކުގައި ވެލިކަލަ މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

"އެއީ ކޮންމެ މާއްދާއެއްގެ ޓީޗަރުންތައް އެއްކޮށް ގްރޫޕެއް ހަދައިގެން ހިންގި ކޮމެޓީއެއް. މި ހުރިހާ ޓީޗަރުން އެއްވާނީ އަމީނިއްޔާ ނޫނީ މަޖީދިއްޔާ ސްކޫލަށް. އޭގައި ބައިވެރިވާނެ އެކި ސްކޫލުތަކުން، އެ ކޮމެޓީތައް އަމީނިއްޔާ ސްކޫލުގައި ބާއްވާއިރު، ވެލިކަލަ ބައިވެރިވެ ވަޑައިގެން އޭނަގެ އިންޕުޓް ދެއްވާނެ ވަރަށް ބޮޑަށް." އަންވަރު ވިދާޅުވި އެވެެ.

"އަމީނިއްޔާގައި އެ އޮތް ކޮމެޓީތަކުގެ ތެރެއިން އެހެން ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ކަންކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިފައި ހުންނާނީ. އެއީ ހުރިހާ ސްކޫލުތަކަކުން ޓީޗަރުން ބައިވެރިވެގެން ކުރި ކަމެއްވީމަ. ކޮންމެވެސް އެއް ސިފައެއްގައި ކޮންމެ ސްކޫލަކަށް ވެސް ކޮންޓްރިބިއުޓް ކުރެވިފައި ހުންނާނީ."

އަމީނިއްޔާ ސްކޫލުގެ ޖަލްސާއެއްގައި ވެލިކަލަ، ކުރީގެ ރައީސް މައުމޫން އަރިހުގައި -- ފޮޓޯ: އަމީނިއްޔާ ސްކޫލް

ވެލިކަލަ އަކީ، އެއްވެސް އިރެއްގައި ސްކޫލު ހިންގުމުގައި އުޅުއްވި ބޭފުޅެއް ނޫން ކަމަށް އަންވަރު ވިދާޅުވި އެވެ. ސްކޫލު ހިންގުމުގެ ހުރިހާ ކަމެއް އަބަދު ވެސް ބަލަހައްޓަވަނީ ޕްރިންސިޕަލް ކަމަށް އަންވަރު ވިދާޅުވި އެވެ. ވެލިކަލާ އިސްކަން ދެއްވާފައި ހުރީ އަބަދުވެސް، ކިޔެވުމުގެ ކަންކަމަށެވެ.

ރާއްޖެ އަށް ބޭނުންވާ ޓީޗަރުން ހޯދުމުގައި ވެސް މުހިންމު ދައުރެއް

އަންވަރު ވިދާޅުވި ގޮތުގައި، ބިދޭސީ ޓީޗަރުން ހޯދުމުގައި ވެސް ވެލިކަލާ އަކީ މުހިންމު ބައިވެރިއެކެވެ. ލަންކާ އިން ރަނގަޅު ޓީޗަރުން ހޯދުމުގައި ވެލިކަލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދުވަސްވަރު ރާއްޖެ އަށް ޓީޗަރުން ގެންނާނީ ލަންކާއިން އެކަނި. ލަންކާއިން ޓީޗަރުން ގެނައުމަށްދާ ދަތުރުތަކުގައި މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ވަޑައިގަންނަވަނީ އަމީނިއްޔާ އަދި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލުން. އެހެންވީމަ އެއީ ވެސް ވެލިކަލަ މި ގައުމަށް ކޮށްދެއްވި ވަރަށް މުހިންމު ހިދުމަތެއް."

އަންވަރު ވިދާޅުވި ގޮތުގައި، ވެލިކަލާގެ މިޒާޖަކީ ގިނަ ވަގުތު ސްކޫލުގައި ހޭދަކުރެއްވުމެވެ. އަދި މާދަމާ އަށް ކަންކަން ފަސް ނުކުރެއްވުމެވެ.

"ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވާނެ ސްކޫލުގައި. ހަވީރުގެ ސެޝަން ނިމިގެން ވެސް އުޅުއްވާނެ. ވަރަށް ހީވާގިވާނެ. އެއީ ސްކޫލުގެ ކިޔަވައިދިނުމުގެ ކަންކަން ނިމުނަސް ކުރަން ހުންނަ ކަންކަން ކުރެއްވުމަށް މަޑުކުރައްވާނެ."

އަމީނިއްޔާގެ ޖަލްސާއެއްގައި ވެލިކަލަ: ތަފާތު ޕްރިންސިޕަލްއެއް -- ފޮޓޯ: އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަދި ވެލިކަލައާ އެކު ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ކުރައްވާފައިވާ ޑރ. އާމާލް އަލީ ވިދާޅުވި ގޮތުގައި ވެލިކަލާ އަކީ ދަރިވަރުންގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

"ވެލިކަލަ އަކީ ވަރަށް ތަރުތީބުން އުސޫލު ކުރިއަށް ގެންދެވި ބޭފުޅެއް. އަބަދުވެސް ކުދިންގެ ކަންކަން ރަނގަޅުކޮށް ކުދިން ކުރިއެރުވުމަށާއި ސްކޫލުން ދެވޭ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނީ،" އާމާލް ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގައި ވެލިކަލަ ޕްރިންސިޕަލްކަން ކުރެއްވިއިރު އެ ސްކޫލުގައި އޮންނަނީ ސެކަންޑްރީ ގްރޭޑްތަކެވެ. އޭރު އެ ސްކޫލުގައި 3000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދިޔަ ކަމަށް އާމާލް ވިދާޅުވި އެވެ.

ވެލިކަލަ އަވަހާރަވުމާ ގުޅިގެން، އަމީނިއްޔާގެ އެސެމްބްލީގައި ވެސް މިއަދު ވަނީ އެކަން ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ހިތާމައިގައި ބައިވެރިވެފަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެން ކުދިންގެ ތައުލީމުގައި ވެލިކަލަގެ ހިއްސާ ބޮޑު ކަމަށެވެ. އަމީނިއްޔާ ސްކޫލުގެ ތައުލީމަށް ގިނަ ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދައިދީފައިވާކަން ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ މިއަދު މިއޮތީ މަތީ ފެންވަރުގަ އެވެ. އެކަމަކު، 80ގެ އަހަރުތަކަކީ، އެ ތައުލީމު ފުޅާކުރުމަށް އެތައް ހުރަހެއް ކުރިމަތިވަމުން އައި އަހަރުތަކެކެވެ. ރަނގަޅު ޕްރިންސިޕަލުންނާއި ރަނގަޅު ޓީޗަރުން ހޯދުމުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވި އެވެ. އެ ދަތިކަން ފިލުވައިދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކުރީ ލަންކާ އިން އައި ޓީޗަރުންނާއި ޕްރިންސިޕަލުންނެވެ. ވެލިކަލާ އަކީ އޭގެ ތެރެއިން އެއް ބޭފުޅާ އެވެ. އެކަމަކު އޭނާ އަކީ ހަމައެކަނި ވަޒީފާއެއް އަދާކުރި ޕްރިންސިޕަލެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އަކީ، މުޅި ތައުލީމީ ނިޒާމު ފައްކާ ކޮށްދިން ޕްރިންސިޕަލެކެވެ. އެއީ ފޮހެވޭނެ ހަނދާންތަކަކަށް ވުރެ މާ ވަރުގަދަ ހިދުމަތެކެވެ.

14 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 86%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަންޒަން

09 January 2023

މައުމޫން އަކީ ރާއްޖެމިދެކޭ ތައުލީމި ޖީލުގެ ބަޢްޕަ. މިހާރަށް ވުރެ ހަމަޖެހިގެން މައުމޫންގެ ދުވަސް ވަރު ރައްޔިތުން ދިރިއުޅުނު. ހަޖަމްނުވިޔަސް ހެޔޮ

The name is already taken The name is available. Register?

ޔޫނުސް23

09 January 2023

އަދުގެ ތައުލީމީ ނިޒާމަކީ ފެއިލްވެފަވާ ނިޒާމެއްކަން ހަޤީޤަތް ޤަބޫލްކުރާ ކޮންމެ މީހަކުދެކޭނެ. މިހެން ބުނުމުން ހިތްހަމަނުޖެހޭނެ ބަޔަކުވެސް އުޅޭނެ. ދުވަހަކަށްވުރެ ދުވަހެއް ފެންވަރު ވަނީ ދަށް.

The name is already taken The name is available. Register?

ނިޒާމު

09 January 2023

ތައުލީމީ ނިޒާމު އޮތަސް މިހާރު އެ ނިޒާމަކީ އަދަބެއް ސަދަބެއް އަޚުލާގެއް އޮތް ނިޒާމެއް ނޫން. ހަރުދަނާ އުޅުންހުރި ގޮތް ދަންނަ މީހުން އަޅައިދިން ބިންގާތައް މިއަދު މިވަނީ މުލުން ލުހެލާފައި. ނަތީޖާއަކީ ދަރިވަރުންގެ ކިބައިގައި އިޙްތިރާމްކުރުމެއް އަދަބެއް ސަދަބެއް ނެތުން. ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނެތުން. މަސްތުވުމަށް ދެވި ހިފުން. ގޭންގުތައް އުފެދުން.

The name is already taken The name is available. Register?

ޗަރުކޭސް

09 January 2023

ނަސީދަށް ހަޖަމުވޭތަ އަނެއްކާ؟ މައުމޫނީ ޒައާމަތުގެ ރިވެތި މާޒީގެ ތެރެއިން..... ތަޢލީމީ ޖީލެއް ބިނާކޮށްދެއްވި ބާނީ...

The name is already taken The name is available. Register?

އަމީނިއްޔާ ސްކޫލް

08 January 2023

އާހް.. ވެލިކަލާ... އުފާވެރި ހަނދާނެއް..ޝައުގުވެރި ވާހަކައެއް..

The name is already taken The name is available. Register?

ޖުހާނާ

08 January 2023

ވެލިކަލަ އަކީ އެއްވެސް އިރެއްގައި ސްކޫލް ހިންގެވުމުގައި އުޅުއްވި ބޭފުޅެއް ނޫން ކަމަށާއި ސްކޫލް ހންގެވުމުގެ ހުރިހާ ކަމެއް އަބަދުވެސް ބަލަހައްޓަވަނީ ޕްރިންސިޕަލް ކަމަށާއި ވެލިކަލަ އަބަދުވެސް އިސްކަން ދެއްވާފައި ހުރީ ކިޔެވުމުގެ ކަންކަމަށް ކަމަށް އަންވަރު ވިދާޅުވިކަމަށް ލިޔެފައިވާއިރު، ވެލިކަލަ އުޅުއްވީ ޕްރިންސިޕަލަކަށް ނޫންތަ؟ ސްކޫލް ހިންގުމުގެ ކަންތައް ބަލަހައްޓަނީ ޕްރިންސިޕަލޯ. އެކަމަކު ވެލިކަލަ އެކަމެއް ނުކުރައްވަޔޯ. މިއީ އަރަތެއްނު.

The name is already taken The name is available. Register?

ޖުހާނާ

09 January 2023

މި ކޮމެންޓް ކުރީމާވެސްް، ކޮމެންޓުގައި ބުނެފައިވާ އެއްޗެއް މި އާޓިކަލް ލިޔުނު ފާތިމަތު އަޖްފާނަށް ނޭނގުނުދޯ؟

The name is already taken The name is available. Register?

ތިންތިންމަޑޫ

08 January 2023

އޑޕއަށްއެއުޅެނީ މައުމޫނި ވެރިކަން ހަޖަމު ނުކުރެ ވިގެން އެކަމަކު އެންމެން އެދައްކަނީ ރަންތިރީސް އަހަރުގެ ހަރުދަނާ ސިޔާތެއްގެތެރެއިން ތައުލީމީ ޖީލެއް ބިނާކުރިވާހަކަ ގައުއެތައް އުސްމިނަކައް ގެންގޮސް ދިން ޒައީމެއްގެވާހަކަ ދެން އައީ ކޮށްކޯފުޅު އަބުއްﷲ ޔާމިން އެމަނިކުފާނުއެދެއްކީ ތަރައްގީއަކިީ ބަހާއަލުން ކަށީގެހިތްވަރުން އެކަން ކޮށްލަން އެއީ މެޓައެއްކަން ވިސްނުމާ ގާބިލްކަން އެބަހުރިކަން ކުރެވިދާނެކަން އެކަމަކު އޑޕ ބަހާ އަމަލެއްދިމައެއްނުވޭ ހަދަނީ ދޮގު

The name is already taken The name is available. Register?

ލިޓޯން

08 January 2023

އަންނިއަށް މިކަންކަން އަންގައިދީބަަލަ, މައުމޫނީ ނިޒާމަކީ އެއީ. ހުރިހާ ކަމެއްގައިވެސް ހަރުދަނާ ކަމާއި ރިވެތި އުޞޫލުން ކަންކަން ކުރެއްވި ޒައާމަތަކީ އެއީ.

The name is already taken The name is available. Register?

މުހައްމަ ދު

08 January 2023

އޭރު ގެ މިކަހަލަ ވާހަކަ ކިޔަން ފެށީމާ ލޮލުން ކަރުނަ އަންނަނީ!

The name is already taken The name is available. Register?

ފްރޮމް ކަޓް ޖެނެރޭޝަން.

08 January 2023

އަހަރުމެން ފަޙުރުވެރިވޭ އެ ޖެނެރޭޝަންއަށް ނިސްބަތްވި މިހާރުގެ ކުދިންގެ ނަމުންނަމަ "ކަޓު ޖެނަރޭޝަންގެ" ބަޔަކަށް ވީތީ. އޭރު އަހަރުމެންނަށް ކިޔވައިދިން ޓީޗަރުންނާ ސްކޫލްތަކުގެ ޕްރިންސިޕަލުން އެއީ ނަމޫނާ ބައެއް. ކެއާ ކުރާނެ. ވާނުވާ ބަލާނެ. މަގުން ކައްސައިގެން ދަންޏާ ހަމައަށް އަޅުވަން އަޅަންޖެހޭ ފިޔަަވަޅުވެސް އަޅާނެ. ކިޔެވުމާ އަޙުލާގާ އަދަބިއްޔާތާ ކުޅިވަރާ. ވަރަށް މިސް ސްކޫލް ދައުރުގެ އެ ހަނދާންތައް.

The name is already taken The name is available. Register?

އަބްޑޫޅް

08 January 2023

ކަޓް ޖަނަރޭސަނަށް ފަހުރު ވާނީ ހާދަ ކަޓް ވީމައޭ ދޯ؟ ކަޓް، ކަޓް، ކަޓް، ކަޓް..... ކަޓް، ކަޓާ..... ކަޓް،

The name is already taken The name is available. Register?

ހައިކްލް

08 January 2023

މިހާރުގެ ކުދިން ކިޔާ އެއްޗެއް ނޫން ތިއެއް. އަލަށް މިފެނުނީ ތިކަހަލަ އެއްޗެެް. ހަމަ ވާހަކައެއް ހަދާލީދޯ؟ ހަގީގަތުގައި އަދިވެސް މިހާރުގެ ޖެނެރޭޝަންގެ ހުރިހާކަމަކަށް ފަހުބަސް ބުނެ ގޮތް ނިންމާ ބައްޓަންކޮށް މި ހަދަނީ ތިޔަބުނާ ޖެނެރޭޝަން. ގައުމުގައި ވެރިކަންކޮށް ޝަރިއަތްކޮށް ބޭސްފަރުވާދީ ދީނީ ފަތުވާދީ މި ހަދަނީ ހަމަ އެ ޖެނެރޭޝަން. ހުރިހާ ނުބައެއްގެ މޭސްތިރިންނަކީ ވެސް ހަމަ ތި ބުނާ ޖެނެރޭޝަން.

The name is already taken The name is available. Register?

އޮޅިފަތިއޮތީ

09 January 2023

ހައިކަލް ތިބުނާ ކަންތައް ބޮޑަށް ވާގޮތަކީ އެޖެނެރޭޝަންގެ މީހުންގެ ގޮތް މިހާރުގެ ޖެނެރޭޝަނަށް އެހާ ބޮޑަށް ދޭހަނުވަނީ. އެމީހުން ކިޔައިދޭ ގޮތްތައް މިހާރުގެ ކުދިންނަށް ކަމުނުދަނީ. ކަންކަމުގަ ގަވައިދު ބާއްވަން ބޭނުންނުވަނީ. އެމީހުން ބުނާ ގޮތަށް އުޅެން ބޭނުންނުވަނީ. އެޖެނެރޭޝަންގެ ބަސް އަސްލު މިހާރު ނުވިކެނީ. އެ ޖެނެރޭޝަންގެ ބައެއް މީހުންގެ އެހާ ކެތްތެރިކަމެއްވެސް ނުހުރޭ މުހިއްމު ކަންކަން ރަގަޅަށް ވިސްނައިދީ ކިޔައިދޭކަށް. މިކަހަލަ ބައިވަރު ކަންކަން ހުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454