ކްރިމިނަލް ކޯޓު: ކުޑަކުއްޖަކު ރޭޕްކުރި މީހަކު 40 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
19 ޖެނުއަރީ 2023 - 12:32
ކުޑަކުއްޖަކު ރޭޕްކޮށް، އެ މަންޒަރު ވީޑިއޯ ރެކޯޑްކުރި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ލ. ކަލައިދޫ މާކަރީލައިޓް މުހައްމަދު ޝަޒްލީފްގެ މައްޗަށް އެ ހުކުމް އައީ ޖެނުއަރީ 2018 ގައި އެ ރަށު ވަލުތެރެއަށް އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެންގޮސް އެ ކުއްޖާ ރޭޕްކޮށް އަދި އެ މަންޒަރު ވީޑިއޯ ރެކޯޑްކޮށްފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ޝަފްލީޒްގެ މައްޗަށް އިއްޔެ 40 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ މައްޗަށް ކުރި ދެ ދައުވާ ވެސް ސާބިތުވުމުންނެވެ. އެއީ ރޭޕްގެ ދައުވާ އާއި ކުޑަކުއްޖަކު މެދުވެރިކޮށްގެން އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ.
ކޮންމެ ދައުވާއެއްގައި ވެސް ކޯޓުން ކަނޑައެޅީ 20 އަހަރަށް ޖަލަށްލުމަށެވެ. އެކަމަކު ޝަޒްލީފް ބަންދުގައި ދެ އަހަރާއި 1 މަސް ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުގެ އެ ބައި އުނިކުރަން ޖެހޭނެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބޮޑު އަދަބު އަންނަ ކުށެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިކްސް
19 January 2023
ދެން އިވޭނީ ހެޔޮފުޅުކަމުން ނުވަތަ އެހެން ކަމެއްވެގެން އޭނާ މިނިވަންކުރި ނުވަތަ ދޫކޮށްލި ހަބަރު.