ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!

މިއަދު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު. --ފޮޓޯ އޭޕީ

އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު މިއަދު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، މުޅި ދުނިޔެ އޮތީ އެ ކަމަށް ފާރަވެރިވެ އެވެ.

އިންތިޚާބީ ކެމްޕޭންގެ ތެރޭގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާގެ ޒައާމަތާ އެކު އެމެރިކާ ރައްޔިތުން މިއަދުން ފެށިގެން ކުރިމަތިލާނީ އޮޅުންބޮޅުން ބޮޑު އަދި ގޮތް ނޭނގޭ ދުވަސްތަކަކާ ކަމުގައި ބުނެވިދާނެ އެވެ. އެހެނީ ޓްރަމްޕް ގެންގުޅުއްވަނީ މިއިން ދުވަހަކު ވެސް އެމެރިކާގެ ރައީސަކު ނުގެންގުޅުއްވާ، ހަމަޖެހުމެއް ނެތް އަދި ހަރުކަށި ސިޔާސަތެކެވެ.

އެ ގޮތުން ބަލާއިރު، ޓްރަމްޕްގެ ވެރިކަމުގައި މައްސަލަތައް އުފަންކުރުވާނެ ބައެއް ދާއިރާތައް ފާހަގަކޮށްލުން ރަނގަޅެވެ.

- ދެ ގައުމުގެ ވާދަވެރިކަމަށް ބެލުމެއް ނެތި ރަޝިޔާއާ އެކު ގުޅުން ބަދަހި ކުރުން

- މުސްލިމުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުން

- އިސްލާމީ ދުނިޔޭގެ އިހްސާސްތަކަށް ނުބަލައި، އިޒްރޭލާ އެކު ގާތް ގުޅުމެއް ބޭއްވުން

- ފަސްބައިގައި ޖެހިފައިވާ އަންހެން ކުދިންގެ ލައްގަނޑުތައް

ވާދަވެރި ރަޝިޔާއާ މެދު އެމެރިކާ ގެންގުޅެމުން އައީ މެދުމިނުގެ ސިޔާސަތެކެވެ. މެދުއިރުމަތީގެ މައްސަލައިގައި ވެސް އެމެރިކާ މިހާތަނަށް ގެންގުޅެމުން އައީ، އިޒްރޭލު ރުއްސުމާ އެކު މުސްލިމުންނާ ނުޖެހި އޮތުމުގެ ސިޔާސަތެކެވެ. ނަމަވެސް މިއަދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޭނާގެ ސިޔާސަތު ތަންފީޒު ކުރައްވަން ފަށްޓަވައިފި ނަމަ، އެމެރިކާ ކުރިމަގު އެހާ ފަސޭހައެއް ނުވާނެ އެވެ.

މިއަދު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު. --ފޮޓޯ އޭޕީ

ރަޝިޔާއަކީ އެމެރިކާގެ ވާދަވެރިއެކޭ ކިޔަނީ ދުޝްމަނެކޭ ނުކިޔަން ވެގެންނެވެ. ނަމަވެސް ހަގީގަތުގައި އެމެރިކާގެ އެންމެ ބޮޑު ދުޝްމަނަކީ ރަޝިޔާ އެވެ. ޓްރަމްޕްގެ ވެރިކަމުގައި ރަޝިޔާއާ އެކު ގާތް ގުޅުމެއް އުފައްދަވާނެ ކަމުގެ އެތައް އިޝާރާތެއް ދެއްވާފައިވާ އިރު، ޖަރުމަން ފަދަ އެމެރިކާގެ ޒަމާންވީ ގާތް އެކުވެރިން ތިބީ ކަންބޮޑުވުމެއްގަ އެވެ. ހަމަ އެފަދައިން އެމެރިކާގެ އެހީތެރިކަމާއި މަދަދަށް އެންމެ ބޮޑަށް ބޭނުންވާ ވިލާތުގެ އިއްތިހާދާއި ނޭޓޯ ވެސް މި ކަމުގައި ކަންބޮޑުވާނެ އެވެ.

އެމެރިކާގެ ނިމިދިޔަ ރިއާސީ އިންތިހާބުގައި ރަޝިޔާ އިން ނުބައި ދައުރެއް އަދާކުރި ކަމުގެ ތުހުމަތުތައް ހަރު އަޑުން ކުރަމުންދާ އިރު ވެސް، ޓްރަމްޕުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެވެ. އަދި ޕުޓިންގެ ހިމާޔަތުގައި ޓްރަމްޕް ވެސް އެ ވަރަށް ވަކާލާތު ކުރައްވަ އެވެ.

"އޭނާގެ ގައުމުގެ މައްޗަށް އޭނާގެ ވަރަށް ވަރުގަދަ ކޮންޓްރޯލެއް އެބަ އޮތް. އެއީ ވަރަށް ތަފާތު ނިޒާމެއް. އަޅުގަނޑު އެ ނިޒާމަށް ތާއީދެއް ނުކުރަން. އެކަމަކު ޔަގީނުން ވެސް، އެ ނިޒާމުގެ ތެރެއިން، އޭނާއަކީ ވަރުގަދަ ލީޑަރެއް. އަހަރެމެންގެ ރައީސަށް ވުރެ އޭނާގެ ޝަޚްސިއްޔަތު މާ ވަރުގަދަ،" އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މިއަދު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު. --ފޮޓޯ އޭޕީ

ރަޝިޔާއާ މެދު ޓްރަމްޕް ގެންގުޅުއްވާ މި "ލޯބި" ސިޔާސަތުގެ ސަބަބުން، ފިނި ހަނގުރާމައިގެ ދުވަސްވަރު ވެސް ދެ ގައުމުގެ ގުޅުން ގޯސް ނުވާ މިންވަރަށް މިހާރު ގޯސްވެފައިވާ ކަމަށް އެމެރިކާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރާނެ ކަމަށް ޓްރަމްޕް ވެވަޑައިގެންނެވި ވައުދު ފުއްދަވައިފާނެތީ، އަރަބި އިސްލާމީ ދުނިޔޭގެ ވެރިން ތިއްބެވީ ހާސްކަމެއްގެ ތެރޭގަ އެވެ. ޚާއްސަކޮށް އެމެރިކާގެ އަރަބި އެކުވެރިންގެ އިހްސާސްތަކާ މެދު ވިލާތުގެ ގައުމުތައް ވެސް ކަންބޮޑުވެ އެވެ.

އަވައްޓެރި ކެނެޑާ އާއި މެކްސިކޯ އަށް ވެސް އޮތީ ފަސޭހަ ދުވަސްތަކެއް ނޫނެވެ. ޓްރަމްޕްގެ ރިއާސީ ކެމްޕޭން ފެށްޓެވީ ވެސް މެކްސިކޯ އަށް ދެއްވި ޒިންމާދާރުކަން ކުޑަ ބަހުގެ ހަމަލާތަކަކުންނެވެ.

"މެކްސިކޯ އިން އެމެރިކާ އަށް މީހުން ފޮނުވާއިރު ފޮނުވަނީ އެންމެ ރަނގަޅު މީހުންނެއް ނޫން. އެ ގައުމުން ފޮނުވަނީ އެތައް ބައިވަރު މައްސަލަތަކެއް ހުރި މީހުން. އެ މީހުން އެ މައްސަލަތައް ގެންނަނީ އަހަރެމެންގެ ތެރެ އަށް. އެ މީހުން ގެންނަނީ މަސްތުވާތަކެތި. އެމީހުން ގެންނަނީ ޖަރީމާތައް. އެއީ ރޭޕްކުރާ މީހުން. އޭގެ ތެރޭގައި މަދުން ނަމަވެސް ރަނގަޅު މީހުން އުޅޭ،" ކެމްޕޭގެ ފުރަތަމަ އެއްވުމުގައި ޓްރަމްޕް ވިދާޅުވި އެވެ.

މުސްލިމުންނާ މެދު ފާޅުގައި ވިދާޅުވެފައިވާ ނުރުހުމުގެ ބަސްތަކުގެ ސަބަބުން އެމެރިކާގެ ތެރޭގައި މުސްލިމުންނާ މެދު އިތުރު ނަފްރަތާއި ރުޅިވެރިކަން ބޮޑުވެގެންދާނެ އެވެ. ޑިސެމްބަރު 7، 2015 ގައި ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެކި ގައުމުތަކުން އެމެރިކާ އަށް މުސްލިމުން އައުން، އޭނާގެ ވެރިކަމެއްގައި މުޅިން ހުއްޓުވާނެ ކަމަށެވެ. އަދި އެމެރިކާގައި އުޅޭ މުސްލިމުންގެ ހިތްތަކުގައި އެމެރިކާ ރައްޔިތުންނާ މެދު ވަރަށް ބޮޑު ނުރުހުންތެރިކަމެއް އޮންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އޭގެ އިތުރުން ކިތަންމެ ތަނެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މުސްލިމުންނާ މެދު އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އިތުރުވާނޭ ފަދަ ބަސްތައް ވިދާޅުވެފަ އެވެ. ނޮވެމްބަރު 21، 2015 ގައި ބާމިންހަމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވައިލުމާ ގުޅިގެން މުސްލިމުން ދިޔައީ އުފާ ފާޅުކުރަމުންނެވެ.

މާޗް 9، 2016 ގައި ސީއެންއެން އިން ދެއްކި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ؛ އަޅުގަނޑަށް ހީވަނީ އިސްލާމް ދީން އަހަރެމެންނަށް ނަފްރަތު ކުރާހެން. އަހަރެމެންނާ މެދު ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އެބަ އޮތް. މި ކަމުގެ އެންމެ ފުނަށް ބަލަން އެބަ ޖެހޭ. ގަބޫލު ވެސް ނުކުރެވޭހާ ބޮޑު ދެކޮޅުވެރިކަމެއް އެބަ އޮތް."

މިއަދު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު. --ފޮޓޯ އޭޕީ

އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޓްރަމްޕް މާދަމާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، އޭނާ ވެގެންދާނީ ފަސްބައިގެ ކިލަނބުކަން ވެސް އެންމެ ބޮޑު ރައީސަށެވެ. ޚާއްސަކޮށް އަންހެން ކުދިންނާ އެކު އޭނާ ހިންގެވި ކަމަށް ތުހުމަތުކުރެވޭ ނަހަމަ ގުޅުންތަކުގެ ހިޔަނި، އޭނާގެ ޝަޚްސިއްޔަތަށް ވަރަށް ބޮޑަށް އެޅިގެންދާނެ އެވެ.

އޭނާ ޖިންސީ ގޮތުން ގޯނާ ކުރެއްވި ކަމަށް ތުހުމަތުކުރާ އަންހެނެއް ކަމަށްވާ ސަމާ ޒެރްވޯސް، މިދިޔަ އަންގާރަ ދުވަހު ވަނީ ޓްރަމްޕާ ދެކޮޅަށް އަބުރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ ބެވަލީ ހިލްސްގެ ހޮޓަލެއްގެ ތެރޭގައި އުޅެނިކޮށް އޭނާގެ ރުހުމެއް ނެތި ޓްރަމްޕް އޭނާގެ ތުންފަތުގައި ކިސްކޮށް ބައްދައި ހެދި ވާހަކަ ދައްކާފައި ވަނިކޮށް، ޓްރަމްޕް އެ ވާހަކަތައް ދޮގު ކުރުމުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ އެވެ.

ޓްރަމްގެ ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ އަންހެނުންތަކުގެ ތެރެއިން ސަމާ ޒެރްވޯސް. ފޮޓޯ ގެޓީ އިމޭޖް

ސަމާ ބުނެފައިވަނީ، އޭނާގެ ނުރުހުމުގައި ޓްރަމްޕު ކުރި ކަންތަކަށާއި، އޭގެ އިތުރުން އެހެން އަންހެނުންނާ އެކު ޓްރަމްޕް ހިންގާފައިވާ ނަހަމަ ޖިންސީ ގުޅުންތަކަށް އިއުތިރާފް ވަނިކޮށް މިހާރު ވެސް އެ މައްސަލަ އަނބުރާ ނަގާނެ ކަމަށެވެ. އަދި އެކަމަށް ފައިސާގެ ބަދަލެއް ވެސް ބޭނުން ނުވާ ކަމަށް ސަމާ ބުނެފައިވެ އެވެ.

އެމެރިކާގެ އެންމެ މަގުބޫލު އެއް ރައީސް ކަމަށްވާ ބަރަކް އޮބާމާގެ ދައުރު މިއަދު ފުރިހަމަ ކުރައްވައި ނިންމަވާނެ އެވެ. އަދި މަގްބޫލުކަން އެންމެ ކުޑަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް މިއަދު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ. މަގާމާ މިއަދު ހަވާލުވެވަޑައިގަންނަވާ އިރު، އާންމު ރައްޔިތުންގެ މެދުގައި ޓްރަމްޕުގެ މަގުބޫލުކަން ހުރީ އެންމެ 40 ޕަސެންޓްގަ އެވެ.

ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ކުރި މުޒާހަރާއެއް. ފޮޓޯ އޭޕީ

އޮބާމާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އޭނާގެ މަގްބޫލުކަން ހުރީ 64 ޕަސެންޓްގަ އެވެ. ކްލިންޓަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަގްބޫލުކަން ހުރީ 67 ޕަސެންޓްގަ އެވެ. ޖޯޖް ޑަބްލިޔޫ ބުޝްގެ މަގްބޫލުކަން ހުރީ 61 ޕަސެންޓްގަ އެވެ.

6 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 4%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިންދިތާ

21 January 2017

ޓްރަމްޕް ގޯސްކަމަކަށް ނުފެނޭ. ޓްރަމްޕް ދެއްކި ވާހަކަތަކަށް ބަލާއިރު އަދި ގޯހެކޭ ބުނެވޭކަށްނެތް. ޓްރަމްޕް ބުނެފައިވަނީ ފުރަތަމަ އިސްކުރާނީ ގައުމުކަމަށް. އަދި މަސްތުވާތަކެއްޗާއި ޓެރަރިޒަމަށް ފުރުސަތު ނުދޭނެކަމަށް. އެހެންވީމަ ކަންތައްތައް ކުރިއަށްދާގޮތް ބެލުމަށްފަހު ނޫނީ ގޯހެކޭވެސް އަދި ބުނާކަށް ނުވާނެ.

The name is already taken The name is available. Register?

މެންޓަލިސްޓް

20 January 2017

ޓަރަމްޕް އަކީ މިފަހުގެ ތާރީހްގައި އެމެރިކާއަށް އައި ރަގަޅުވެރިޔެކޭ ދަންނަވަން ޖެހެނީ ،، މިހާތަނަށް އޭނާ ދައްކާވާހަކައާޢި ކަންކަން ކުރާގޮތް ރަގަޅު ،، ޓްރަމްޕްއަކީ ވިޔަފާރި ސިނކުޑިއެއްގެ މީހެއް ،، އޭނާ ކަންކަން މިނާނީ ސިޔާސި ނަޒަރިއްޔާތަށް ވުރެ ބޮޑަށް ހިސާބުއަދަދުން ،، މިސާލަކަށް ޓްރަމްޕް ބުނި އެމެރިކާއިން މިޑްލްއީސްޓްގައި ހިންގާ ހަނގުރާމަތަށް އެތަށް ޓްރިލިއަން ޑޮލަރެއް ޙަރަދުވީވާހަކަ އަދި އޭގެ ނަތީޖާ އަކީ ސުމެއްކަމަށް އޭނާ ބުނި ،، އަދި ޓްރަމްޕް ބުނި ގްލޯބަލް ވޯމިންގއަކީވެސް ކުޑާކޮށް ފޭކްވާހަކައެއްކަމާޢ އެކަމަށް ކުރާ ޙަރަދުވެސް ކުޑަކުރާނެކަމަށް ،، އަދި ޓްރަމްޕް ބުނި އޭނާގެ އޮފިޝަލް މަތިންދާބޯޓް އެއަރފޯސް 1 އަށް ކުރާ ޙަރަދުބޮޑުކަމާއި އެކަންވެސް ހުއްޓާލާނެކަމަށް ،، ވީމާ ޓްރަމްޕަކީ ފައިސާއިން ވާހަކަދައްކާ މީހެއް ،،، ދެން އިނގޭނީ ވެރިކަމަށް ހުވާކުރުމަށް ފަހު ކަންކަން ކުރާގޮތުން އެއްޗެކޭ ބުނަން ،،، ހަމަގައިމުވެސް ޔަހޫދީންނަށް ދެރަވާ އެއްކަމެށްވެސް ނުކުރާނެ ،،، ނުވެސް ކުރެވޭނެ އެމެރިކާގެ އެއްވެސް ރައީސަކަށް ،،، ވަރަށްވެދުން

The name is already taken The name is available. Register?

މަ

20 January 2017

އެކަމުވެސް އޭނާ ދައްކާފަ ހުރީ ހުސް ތެދު ވާހަކައެއް ނޫންތަ؟ މަށަކަށް ނުފެނޭ އޭނަހާ ތެދުވެރި ރައީސް އެއް އެމެރިކާ އަށް އައިތަނެއް؟؟! ޓްރަމްޕް އާ ރަސިޔާ އެއްބައިވެގެން ޓެރަރިސްޓުން ނައްތާލުމަކީ ޓްރަމްޕް ވެރިކަމަށް އަރާ ފުރަތަމަ ވެސް ކުރަންޖެހޭ ކަންތައް. މީ ގިނަ މުސްލިމުންވެސް ބޭނުން ވާ ގޮތް!!

The name is already taken The name is available. Register?

އައްޑޫ ރަދުން

20 January 2017

ޓްރަމްޕް ވެރިކަމަށް އައީ ހުރިހާ ބޮޑުންނާއި މުއައްސަސާތަކާއި ދެކޮޅަށް އަދި އޭގެ އިތުރަށް ސީއައިއޭ އާއި މެއިންސްޓްރީމް މީޑިއާއިވެސް ދެކޮޅަށް.އިންތިޙާބައް ކުރިމަތި ލީއްސުރެން އޭނަގެ އަބުރު ކަތިލުމަށް ބާރުގަދަ ނޫސްތައް ކަމުގައިވާ ނިއުޔޯކްޓައިމްސް ، ވޮށިންޓަންޕޯސްޓް ، ސީއެންއެން ފަދަ ނޫސްތަކުން ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން.ޑިބޭޓްތަކުގައިވެސް ކުރާނެ ސުވާލުތައް ކްލިންޓަންއަށް އެޑްވާންސްކޮށް ދީފަވަނީ.އެމެރިކާގެ ތާރީޚުގައިވެސް އެސްޓޭބްލިޝްމެންޓްއާއި ދެކޮޅަށް ވެރިކަމަށް އަންނަން މަސައްކަތް ކުރި ފުރަތަމަ މީހާ ޓރަމްޕްއަކީ މީގެ މާނައަކީ އެމެރިކާ ގެންގުޅޭ މުނާފިގު ގޮތްދޫކޮއްލައި އެމެރިކާގެ ރައްޔިތުންނާއިގެން އުޅުން.ޓްރަމްޕް ބުނީ އިސްލާމިކު ސްޓޭޓަކީ އެމެރިކާއިން އުފެއްދި ބައެއްކަމަށް ވީމާ މިއީކީ އެމެރިކާ ބޭނުންވާގޮތެއް ނޫން ޓްރަމްޕް މަރާލާނެ ކަމުގެ އިންޒާރުވެސް ސީއައިއޭގެ ވެރިޔާ ވަނީ ނުސީދާކޮށް ދީފަ އެކަމަކުވެސް ޓްރަމްޕްއަށް ތާއީދުކުރާ މީހުން ބުނީ ކެނެޑީއަށް ހެދިހެން ޓްރަމްޕަށް ހަދައިފިނަމަ ކުޅިދައްކާލާނެކަމަށް.އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އިތުބާރު ނުކުރާތީ އަމިއްލަ ސެކިއުރެޓީ އިސްވެ ހަރަކާތްތެރި ވަނީވެސް.ވީމާ ތެދު ޚަބަރަކީ ގިނަނޫސްތަށް ބުނާގޮތް ކަމުގައިވާނަމަ ރާއްޖޭގައިވެސް ތެދު ޚަބަރަކަށްވާނީ ތެދުނޫން ޚަބަރު އެހެނީ "މިހާރު" ފިޔަވާ އެންމެން ކިޔަނީ އެކައްޗެއް......؟

The name is already taken The name is available. Register?

ރޮކްއިޓް

20 January 2017

ޕްރައިމަރީ ކެމްޕެއިން އަދި ޕްރެޒިޑެންޝަލް ކެމްޕެއިން ގައި ޓްރަމްޕް ދައްކާފައިވާ ވާހަކަ ތައް ސްޕެޝަލީ ހިޒް ކޮންވެންޝަން ސްޕީޗް ވީ ލައިކް އިޓް. ޓްރަމްޕް ޔޫއެސްގެ ރައީސް ކަމާއި ހަވާލު ވުމުން މާ ބޮޑަށް ރަނގަޅު ވާނެ ޑިމޮކްރަޓުންނަށް ވުރެން އަދި ޕްރީވިއަސް އޯލް ރިޕަބްލިކަން ޕްރެޒިޑެންޓުންނަށް ވުރެން. ސަބަބަކީ ހީ ހިމްސެލްފް އިޒް އަ ބިޒްނެސް ޓައި ކޫން އެއް. އެހެން ވެއްޖެނަމަ ޓްރަމްޕް އަށް އިނގޭނެ އެމެރިކަން ބޮޑެތި ބްރޭންޑްސް ތައް އެމެރިކާގައި ބަހައްޓާނެ ގޮތް. މިހާރު ވެސް އެމެރިކާގެ ޓެކްސާސް އިން ބިން ނުލިބިގެން ވަރަށް ގިނަ ކުންފުނި ތައް ބްރެޒިލް އަށް މައިގްރޭޓް ކޮށްގެން އެމެރިކަން ޕްރޮޑަކްޓްސް ތަކުގެ ވިޔަފާރި ވަނީ ގެއްލިފައެވެ. އެމެރިކާ ގައި ފެކްޓަރީސް ތައް ހުރުމާއި ބޭރު ގައުމު ތަކުގައި އެެމެރިކާ ގެ ފެކްޓަރީސް ތައް ހުރުމުގެ ތަފާތަކީ އެއީ އެމެރިކާ ކުންފުންނެއް ތިން ވަނަ ދުނިޔޭގައި ހުންނަ އިރު އެގައުމު ތަކުގެ މުވައްޒަފުންގެ އެކްސްޕެކްޓޭޝަން ހައިވުމެވެ. ޓްރަމްޕްގެ ވެރިކަމުގައި ޓްރަމްޕް ފޮރޮޅާނީ ލާރޖް ގަލެވެ. އެއީ މަމެން ޕިންކީން ރާއްޖޭގައި ވެރިކަން ކުރާ ގޮތަށް ޓްރަމްޕް ވެސް ވެރިކަން ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ. ރާއްޖޭގެ ވެސް އިގްތިސާދު ކުރި އަރާނީ މާލެ ސަރަހައްދު ތަރައްގީ ވެގެން ކަން އިހަށް ދުވަހު ހުޅުދޫގައި އެޅި ފްލެޓްސް ތައް ހިފާނެ މީހަކު ނުވުން މިފެންނަނީ ނޫންތޯ މިސާލު. ޓްރަމްޕް ހަމަ މިހާރުން މިހާރަށް ކްލައިމެޓް ޗޭންޖް އެއްބަސްވުން ވީދާލާ ޑަސްބިނަށް އަޅާލާ ވަކިވޭ އެއިން. އެއީ ސައެންޓިފިކަލީ ޕްރޫވެން އެއްޗެއް ނޫނެވެ. ކްލައިމެޓް ޗޭންޖް އަދި ގްލޯބަލް ވޯރމިންގް އަދި ކާރބަން ނިއުޓްރަލް އެއީ ޕްރޮޕެގެންޑާ އެވެ. ފޭސް އިޓް ވިދް ވިލް ޕަވަރ. ނޯވަން ކޭން ސްޓޮޕް ޔޫ އެން ނޯ ވަން ކޭން ބީޓް ޔޫ. ވީއާރ އޯލްވޭޒް ވިދް ޔޫ ޓްރަމް.. ރޮކް ދަ ސިސްޓަމް ރޮކް އިޓް ރޮކް އިޓް ރޮކް އިޓް..

The name is already taken The name is available. Register?

ޕްރިންސެސް

20 January 2017

ވަރަށް ދެން ޕިންކު ވާހިތްވޭ ދޯ!..ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454